"މުސްލިމުން ނިކަމެތިވާ އެއް ސަބަބަކީ އިސްލާމީ ގައުމުތަކުގެ ވެރިންގެ ފިނޑިކަމާއ،ި ދުނިޔެއާއި ވެރިކަމާއިހެދި މޮޔަވެ ޝައިތާނާއަށް ހެއްލިފައި ތިބި މުސްލިމް ވެރިން ކާފަރުންގެ އަޅުވެތިކަމުގައި އެމީހުންގެ ޚާދިމުންކަމުގައި ވުމުންނެވެ. ފަލަސްތީނުގެ ދިފާއުގައި ހުޅަގުގެ ގައުމުގެ ތަކުގެ އާއްމު ރައްޔިތުންނާއި މުސްލިމުން ތެދުވެފައިވާއިރުވެސް މި އަދުއްވުން ގެންދަނީ އެމީހުންގެ އަޑުވެސް މަޑުކުރަން ފިއްތުން ތައް ކުރިމަތިކުރަމުންނެވެ. މުސްލިމުން ކަތިލާ ގެދޮރު ސުންނާފަތި ކުރަމުންދާއިރު އެހީތެރިވާނެ މަގު ބަންދުކޮށްގެން ތިބޭއިރުވެސް ވެރިންނާއިހެދި އާއްމުން ތިބެނީ އަތްފައި ބަދެވިފައެވެ. ފަލަސްތީންގެ މުޖާހިދުންނަށް އެހީތެރިވެވެން އޮތް ހުރިހާ ގޮތަކުން އެހީތެރިވެ ދުޢާކުރުމަކީ މިހާރު މުސްލިމުން ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ."

***

ސައިރަސް އާއި މެހެރާޒް އޮފީހުން ނިކުމެގެން އައިއިރު ޚަރީފުގެ ފިނިވައިރޯޅިތައް ފަތްތައްއެކި ފަރާތްފަރާތަށް އުދުއްސަމުން މަންޒަރު އިތުރަށް ފުރިހަމަކޮށްލާފައިވިއެވެ. ސައިރަސް އެެދުނީ އޭނައާއިއެކު އެގެއަށް ކެއުމަކަށް ދިޔުމަށެވެ. ވެރިމީހާއަށް ވުމުން ދެކޮޅުހަދަން މެހެރާޒްއަކަށް ނުކެރުނެވެ. ތަން އެއްކޮށް ކަހަލަ ގޮތަކަށް ފުރިފައި އޮތްއިރު ހަތަރު މީހުންގެ ޖާގައިގެ މޭޒެއް ހުހަށް ހުރުމުން އެތަން ޚިޔާރުކުރިއެވެ.

ސައިރަސް ކެއުމަކަށް އޯޑަރު ދިނުމުން މެހެރާޒް އެދުނީ ކަޅުކޮފީއަކަށެވެ.

"ނޫން. އަހަންނާއެކު އައިސް އެކަނި ކޮފީއަކުން ނިންމައެއް ނުލެވޭނެ...ސްޕޭސްއަށް ދާންވާއިރަށް ޑައިޓްކުރަން ފެށީ ދޯ. އެކަމަކު އެއްފަހަރު ރަގަޅު މީލްއެއް ނަގަންވާނެ...މާ ބޮޑަށް ހިކިކޮށް ތިހުންނަނީ...މެހެރާޒް ބުނީމެއްނު ދިރިއުޅެނީ ފްރެންޑަކާއި އެއްކޮށޭ...ކޮބާ ފެމިލީ"

މެހެރާޒްގެ މޫނު ރަތްވިއެވެ.

"އެލިޒަބަތްއާއެކީ..އަޅުގަނޑުގެ ފެމިލީއެއްނެތް..."

ސައިރަސްގެ ހިތް ހަމްދަރުދީއިން ފުރުނެވެ. އާއިލާއެއްނެތް ޒުވާން ފިރިހެންކުއްޖަކު ފެންނައިރަށް ދަރިކުލުނު ހިތުގައި ހިނގައިގަންނަނީ ކީއްވެކަމެއްވެސް ނޭގެއެވެ.

"އަހަރެންގެ ތިއުމުރުގެ ފިރިހެންދަރިއަކު މަރުވެފައިވޭ. އެހެންވެކަން ނޭގޭ ޔަތީމްކުއްޖެއް ފެނިއްޖެއްޔާ އެހީތެރިވާން ބޭނުންވަނީ.. މެހެރާޒްއަށް އެގޭތަ؟ ކިތަންމެ ފައިސާއެއް ލިބުނަސް އުފާވެރިކަމެއް ނުގަނެވޭނެ...ހުރިހާ ފައިސާތަކުގެ ބޭނުމަކީ ކޮބައިބާވައޭވެސް ހިތަށް އަރާފާނެ. ސަބަބަކީ އުފަލެއް ނުލިބެންޏާ އެއްކުރުމުގެ މާނައަކީ ކޮބާ؟ މާޒީގަައި އަހަންނަށްވެސް ގޯސް ހެދުނު..އުފާވެރިކަން ނިގުޅައިގަނެވުނީ ކުރެވުނު ކުށުގެ ސަޒާއިން ކަން ނޭގޭ..................................."ސައިރަސް ގެ ލޮލުން ފެނުނީ ކުށްވެރި ކަމުގެ އިހުސާސްތަކެވެ.

މާޒީގެ ހަނދާންތައް ކަށްޓެއްހެން ހިތަށް އެރި ލޭ އޮހޮރުވައިލިއިރު ކާއިނާތު އޭނަގެ ސިކުނޑި ފުރާލައިފިއެވެ. ދުނިޔެއަކީ ކުޑަތަނެކެވެ. އެމީހެއްގެ ނަން ދުލުން ކިޔާއިރަށް ޝައިތާނާފަދައިން އެތަނަށް އިންސާނުން ފައުޅުވުމަކީ އެންމެން ދަންނަ ހަގީގަތެކެވެ. ނަމަވެސް އެވަގުތު ކާއިނާތު ކުރިމަތިން ފެނިދާނެކަމަށް ސައިރަސް އުއްމީދެއްނުކުރެއެވެ. ސިހުނުވަރުން އަތުގައި ހުރި ކޮފީތަށި ބަންޑުން ނުވީ ހަމަ ކިރިޔާއެވެ. ފޯނުން މީހަކާއި ވާހަކަދައްކަމުން އައިސް "އެކްސްކިއުޒް މީ"އޭ ބުނެ އެއްވެސް މީހެއްގެ މޫނަށް ބެލުމެއްނެތި ހުސް ގޮނޑީގައި އިށީނީ ކާއިނާތު ފިޔަވާ ދެވަނަ މީހެއް ނޫނެވެ. ސައިރަސްގެ ޖުމްލަ ކުރިއަށް ނުގެންދެވުނުތާ މެހެރާޒްއަށްވެސް އަނގައިން ބުނާނެ ހިތްވަރެއް ނުލިބުނެވެ.

ކުރިމަތީގައި މިއިނީ ޒާދާ ގެ މަންމައެވެ. އޭނައަކީ ނިރުބަވެރިއެއްކަމަށް ކިޔާ މުޅި މިތާގައި ހަޅޭއްފަޅޭއް ޖަހާކަށްވެސް ފަހެއްނުޖެހޭހާ އޭނަދެކެ ނަފްރަތުކުރާ މީހެކެވެ. މެހެރާޒްއަށް ތެދުވެގެން ދެވޭނީވެސް ކާއިނާތު ތަން ދެއްކިއްޔާއެވެ. ކުރިމަތީގައި ސައިރަސްއެވެ.

ކާއިނާތު ފޯނު ބޭއްވިއެވެ. ގުދުވެލާފައި ފައިވާން ޗެކްކޮށްލުމަށްފަހު އަމިއްލަ ނަފުސަށް އަޑުއިވޭވަރަށް އެއްޗެއް ކިޔައިލިއިރު މޫނުމަތިން ނުރުހުމުގެ ކުލަވަރު ފެނުނެވެ. ދެން އޭނަގެ ނަޒަރު މެނޫއަށް ހުއްޓުނެވެ.

"ހެލޯ....މިހާ ދުވަސްކޮށްލާފައި ދެމީހުންގެ މަގު ހުރަސްކުރެވިއްޖެ...ކޮންތާކު ފިލައިގެން އުޅުނީ؟" ދަންނަ އަޑެއްއިވުމާއެކު ކާއިނާތު މެނޫމަތީގައި ބާއްވާލާފައި އޮތް އަތުގައި މަޑުމަޑު ތުރުތުރެއް ލައިފިއެވެ. އަތުގައި އޮތް ކައިވެނީގެ އަނގޮޓިއެއް ނެތްކަންވެސް ސައިރަސް ފާހަގަކުރިއެވެ. އެއާއެކު ކާއިނާތުގެ އިސް އުފުލުނެވެ. ސައިރަސްއާއި ނަޒަރު އަމާޒުވުމާއެކު އެލޮލުން ފެނުނު ސިހުމާއި ހުއްޓުން އެރިގޮތުން އަނބުރައިގެންފާނެހެން ހީވިއެވެ. އެއާއެކު ކާއިނާތު ނަފުސް ސަމާލުކޮށްލައިފިއެވެ.

"ހެލޯ ސައިރަސް...ދަ ފޭމަސް އެސްޓްރޮނޯޓް.....ކިހިނެއްތޯ؟"

"އަދިވެސް ޖާނަލިޒަމް ދޫކޮށެއްނުލަންތަ؟ ސްޓިލް ރިމެމްބާ ކުޑަގާލްއެއް، ފޭނެއް ކުރި ސުވާލުތަކާއި އޭގެ ފަހުން ހިނގި ހުރިހާކަމެއް...." ސައިރަސްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ވާހަކަ ކުރިއަށް ގެންދިޔުމުގެ ކުރިން ސައިރަސްގެ ބައިވެރިޔާގެ މޫނަށް ބަލައިލެވުމާއެކު ދެވަނަ ޝޮކް ލިބުނެވެ.

"މީނަ....މިއީ ސައިރަސްގެ ކާކުތަ؟"

"އެކުވެރިއެއް..."ސައިރަސް ވިސްނާލާފައި ބުނެލިއެވެ.

"ކީކޭ؟" ކާއިނާތުގެ ލޯ ކުރިއަށްވުރެ ބޮޑުވިއެވެ.

"ޔަންގް އެސްޓްރޮނޯޓެއް..ސްޕޭސްއަށް ދާންވެގެން ތައްޔާރުވާކުއްޖެއް.............."

ކާއިނާތުއަށް ހައިރާންކަމަކަށްފަހު ހައިރާންކަމެއް ލިބިގެން ދިޔައެވެ. އެސްފިޔަތައް ތަޅުވައިގަނެވުނެވެ.މިއީ ހަމަ އެނިރުބަވެރިޔާހެއްޔެވެ؟ އިލްމެއްނެތި މަގުމަތީ އާވާރާވެގެން އުޅޭ ސޮރަކު މިހާ މައްޗަށް އައީ ކިހިނެއްހެއްޔެވެ؟ އެއީ އޭނަވެސް ދެކުނު ހުވަފެނެކެވެ. އޭނަވެސް އެކަމާއިހެދި މޮޔަވި ނަމަވެސް ފުރިހަމަ ނުކުރެވުނު އުއްމީދެކެވެ. މި ސައިރަސްއާއި މެހެރާޒްއަކީ ހުވަފެނެއްގެ ތެރެއިން ފެންނަ ހުވަފެނެއްބާވައެވެ. ކިތަންމެ ވަރަކަށް ލޯ ބޮޑުކުރިޔަސް ކުޑަދޮރުން ބޭރަށް ބަލައިލާފައި ދުނިޔޭގެ ކަން ހިނގަމުންދާ ގޮތަށް ބަލައިލިޔަސް ހުވަފެނެއްނޫންކަން ޔަގީންވާވަރުވިއެވެ. ހިތުގައި ހިގައިގަތީ ހަސަދައިގެ އޮއިވަރެކެވެ. އޭނައަށް ނުލިބުނު ނިއުމަތެއް އޭނަގެ ދުޝްމިނަކަށް ލިބެންވީ ސަބަބެއްނެތެވެ. ނަމަވެސް ކާއިނާތުގެ ހިތުގައި މެހެރާޒްއަށްޓަކާ ކުޑަނަމަވެސް ގަދަރެއް އުފެދިއްޖެއެވެ.

މަގުމަތީގައި އުޅުނަސް އެސްޓްރޮނޯޓަކަށް ކޮންމެ ކޮންމެ މީހަކަށް ނުވެވޭނެއެވެ. ނޫނެކެވެ. ފަހަރެއްގައި މަކުނުތައް ފޮނުވިފަދައިން ޓެސްޓަރަކަށް ފޮނުވިދާނެއެވެ. އޭނަގެ ހަދާނަށް އައީ އާމެގެޑަން ފިލްމެވެ. އޮއިލް ޑްރިލާސް އިން ތަކަށް ތަމްރީނުދީ އެސްޓްރޮނޯޓުންނަށް ހަދާފައި ޖައްވަށް ފޮނުވިއެވެ.

"މަރުހަބާ..........."ކާއިނާތުގެ ފިނި ނަޒަރު މެހެރާޒްއަށް ހުއްޓުނެވެ.

"ތެންކިއު މޭމް..."މެހެރާޒްގެ ކަޅިހުއްޓިފައިވަނީ އަތުގައި އޮތް ފޯނަށެވެ.

"ވަރަށް ނަސީބު ރަގަޅު މީހަކަށް ނޫނީ ޖައްވަށް ގޮސްފައި ތަޖުރިބާތައް ކިޔައިދޭން ދުނިޔެއަކަށް ނާދެވޭނެ..ވަރަށް ތަފާތު ތަޖުރިބާއަކަށްވާނެ. ރިއަލީ ލަކީ........."ކާއިނާތު މެހެރާޒްގެ ލޮލުގެ ރީތިކަމާއި ހިތާމަވެރިކަން ދެކެން ބޭނުންވިޔަސް މެހެރާޒް އެފުރުސަތު ނުދޭން ނިންމައިގެން އިންފަދައެވެ. އިސްއުފުލައިބަލަން އޭނަ ބޭނުމެއްނުވިއެވެ.

ސައިރަސްއާއި ކާއިނާތު ވާހަކަދައްކަން ފެށުމުން މެެހެރާޒް އެމީހުންގެ ވާހަކައަށް އަނގަ ބާނަން ނަހަދާ ކާންފެށިއެވެ. ނަމަވެސް ކަންފަތްވީ އެމީހުން ދެއްކިވާހަކަތައް އަޑުއެހުމުގައި ސަމާލުވެގެންނެވެ. ރާހާ ކެންސަރުގެ ހަތަރުވަނަ ސްޓޭޖަށް ފަރުވާދިނުމަށްފަހު ރަގަޅުކަމަށާއި އުމްރާއަށް ފުރަން އުޅޭކަން އެނގުނެވެ. އޭނަ ދެންމެވެސް ވާހަކަދެއްކީ ރާހާގެ ޑޮކްޓަރާއި ކަމަށާއި ރެސްޓޯރެންޓަށް ވަންނަން މަޖުބޫރުވީ ފައިވާން ހަލާކުވީމަ ކަމުގައިވެސް ބުނެލިއެވެ. އެހެންވެ ހުހަށް ހުރި މޭޒުގައި އިށީންއިރު ތިބީ ކޮންބަޔެއްކަން ބަލައިލަންވެސް މުހިއްމު ނުވީއެވެ.

"އަހަރެމެން ދެމީހުން ބައްދަލުވާން ތަގުދީރުގައި ހުރީމަ ފައިވާން ހަލާކުވީ..ފައިވާނެއް ގެނެސްދެންތަ؟" ސައިރަސް ތެދުވުނެވެ.

"ނޫން ނޫން......"ކާއިނާތުއަށް ސައިރަސްގެ އަތުގައި ނުހިފުނީ ހަމަ ކިރިޔާއެވެ.

މެހެރާޒް އަށް ވިސްނުނީ މިދެމީހުންގެ އޮތީ އާދައިގެ ގުޅުމެއް ނޫންކަމުގައެވެ.

ކޮމެންޓް 0