"ތިބާ އަމިއްލަ ނަފުސަށް ލިބުމަށް އެދޭ ކަންތަކަށް ވުރެ ﷲ ސުބުހާނަހޫ ވަތައާލާގެ ޕްލޭން މޮޅުއިތުރުވެގެން ވެއެވެ. ކިތަންމެ ހިތަށް ތަދުވިޔަސް އެފަރާތުގެ ހިކުމަތްތެރިކަން މާ ބޮޑެވެ. ތިބާ ޖެހެނީ މިންވަރުފުޅާއިމެދު ހިތްހަމަޖައްސާ ރުހިގެން ހުރުމަށެވެ. ލިބޭ މިންވަރަށް ރުހުމަކީ ހިތަށް ހަމަޖެހުން ގެނުވާދޭ ކަމެކެވެ. އޭރުން އެދޭ ކަންތައްތަކަށް އިންތިޒާރުކުރުމަށްވުރެ ލިބޭ އެއްޗަކަށް ޝުކުރުކޮށް ހިތް ހަމަޖައްސާނެއެވެ."
***
ޒާދާގެ ލޯ ހުޅުވައިލެވުނީ އިރުގެ ހޫނު އަލި މޫނަށް އެޅެން ފެށުމުންނެވެ. މާމެލާމެލީގެ މީރުވަހާއެކު ލުއި ސެންޓެއްގެ ވަސް ނޭފަތުގައި ޖެހުނެވެ. އޭނައާއި ބާސިލް ވާހަކަދައްކަން ތިއްބާ ނިދުނީއެވެ. އޭރުވެސް ބާސިލް އޮތީ ގަދަ ނިދީގައެވެ. އޭނަގެ ނޭވާގެ އަޑު އެއްގޮތަކަށްވެސް ނީވެއެވެ. ދުނިޔޭގައި އޮތްކަން އެނގުނީ ލާ ކޮންމެ ނޭވާއަކާއެކު ބަނޑާއި ދިމާލުން ހަރަކާތްކުރާތީއެވެ. ޒާދާ ތެދުވެގެން ހިނގައިގަންނަން އުޅެފައިވެސް އެނގުނީ އަދިވެސް ބިޑި އަޅުވާފައިކަމެވެ.
"ޔާﷲ. މިއީ ކޮންފަދަ ކަމެއް؟ ފީލްވަނީ ހަމަ ފާފައެއްކުރެވޭހެން. މިކަމުން ސަލާމަތްކުރައްވާށި މިއީ މާ މިނިވަންކޮށް އުޅެވޭތީ ވާގޮތްތަ؟ މަހުރަމަކާއި ނުލާ ދިޔުމުންދިމާވި ގޮތްބާ. ދީނުގައި ކޮންމެ ކަމެއްވެސް އަންގަވާފައިވަނީ ސަބަބެއްނެތިއެއްނޫން. ބައްޕައާކު ދާތަނަކަށް ދެވުނުނަމަ މިލަނޑެއް ނުލިބުނީސް..."ޒާދާއަށް ބާސިލްގެ މޫނަށް ބަލައިލެވުނެވެ.
ނިދީގައި އޮތްއިރު ބޮޑާކަން ދިޔަތަނެއްވެސް ނޭގެއެވެ. އޭގެ ބަދަލުގައި ތުންފަތުގައި ލުއި ހިނިތުންވުމަކާއެކު ހިތްހެޔޮގޮތެއް ފެންނަމުން ދިޔައެވެ.
"ބާސިލްއަކީ ގޯސް މީހެއްނޫން، އެހެންނޫންނަމަ މިފަދަ ސިޗުއޭޝަނެއްގައި އޭނަގެ ފަރާތުން އުދަގޫތަކެއްވެސް ކުރިމަތިވާނެ. އެއްވެސް ނޭއްގާނި އަމަލެއް ނުހިންގާ. މީނަ ނޯޓީ މީހަކަށްވާނެކަމަށް ހީކުރިޔަސް ސަޗް އެ ޖެންޓްލްމޭން..އަދި ކޮންފަދަ ގާތްކޮށް އުޅެން މިޖެހުނީ. ކޮންޖޮއިންޑް ޓްވިންސްއިންނެކޭ އަހަރެމެން މާބޮޑު ތަފާތެއްނެތް. އެކަމަކު މައްސަލައަކީ އަންހެނަކާއި ފިރިހެނެއް.....ގްރްރްރް.."ޒާދާއަށް އަޑެއް ލައްވައިލެވުނެވެ. ބާސިލް ހޭލެވިދާނެތީ އޭނަ ގުޑިލާކަށްވެސް ބޭނުމެއްނުވިއެވެ. އެހެން ހެދުނީ ނޭގިވެސް ބާސިލްއަށް ހެޔޮއެދިގެންބާވައެވެ. ހިތުގައި ރަހުމް ހިނގައިގަތީހެއްޔެވެ؟ އޭނަ މަންމައާއި ބައްޕަ އަދި ރާހާ ނިދައިފިއްޔާވެސް ގޭގައި އުޅެނީ އެމީހުންނަށް އުދަގޫވެދާނެތީ ނިކަން މަޑުންނެވެ. ބާސިލް ނިދި ހަމަޖެހެންދެން ބާއްވަން ހިތް އެދުނީ އެހެންވެއެއް ނޫނެވެ. ބާސިލް ވާހަކަދައްކާތީ ބޮލަށް އުދަގޫވެގެންނެވެ. އެހެން ނިންމަން ހިތަށް ބާރުއެޅިޔަސް ހަގީގަތަކީ އޭނައަށް ބާސިލްގެ ވާހަކަތައް ކަމުގޮސް އެ މާތްކަމަށް ހިތުން ޖާގައެއް ދެވުނުކަމެވެ.
ބާސިލް ހޭލީ ފަނަރަަވަރަކަށް މިނިޓް ފަހުންނެވެ.
"މޯނިން ޒާދާ....."
"ހޭލަންދެން މަޑުން މިއިނީ. އެތެރެއަށް ދަމާ. މޮންސްޓާރ އާއި ބައްދަލުކޮށް އޭނައާއި ރީތިކޮށް ވާހަކަދައްކައިގެން އަހަރެމެންގެ ބައްޕަމެންނަށް ގުޅަން ޖެހޭ. ވަރަށް ބޮޑަށް ފެމިލީ މިސް އެބަވޭ........"
"އޯކޭ އޭޒް ޔޫ ވިޝް މައި ލޭޑީ...."ބާސިލްގެ ލޯ އިރުގެ އަލީގައި މާ ގާތުން ފެނުމުން ޒާދާއަށްވެސް އެއީ ރީތި ލޮލެއްކަން އެނގުނެވެ. އިދްރާކްއާއި ތަފާތެއްނެތް ލޮލެކެވެ. ޖަވާހިރެއްފަދައެވެ.
"ވަޓް؟" ބާސިލް ބުމަ އަރުވައިލުމުން ޒާދާ ލަދުގަންނަގޮތްވިއެވެ. ވައްކަމެއްކުރަން އުޅެނިކޮށް ފަޅާއެރުމެކޭ ތަފާތެއްނެތެވެ.
"މާ ބޮޑުކަމެއްނުވޭ، ހިތަށް އެރީ އިންސާނުންގެ މިޒާޖުވެސް ކަނޑެކޭ އެއްވެސް ތަފާތެއްނެތޭ. ހިމޭންކޮށް އޮވެފައި ކުއްލިއަކަށް ހަލަބޮލިވާގޮތަށް އެތަނަކީ ބިރުވެރިކަމުން ފުރިފައިވާ ތަނެއްކަމުގައިވެސް ވޭ. ބާސިލްގެ މިޒާޖާއިމެދު ވިސްނައިލީ. އެންމެކުރިން އެނގޭތަ؟ އިގޯ ބޮޑުކަމުން ދުނިޔޭގައިވެސް ނުގަންނާނެއޭ ހިތަށް އެރީ.. އެރަގަންޓްގެ ދިރިހުރި އެގްޒާމްޕަލް.....އެކަމަކު....."
"ހޫމް؟" ބާސިލް ޝައުގުވެރިވިއެވެ.
"ޕާފެކްޓް ޖެންޓްލްމޭންއަކަށް މިވީ...."
"އަހަރެންގެ ފެމިލީއަކީ ރެސްޕެކްޓަބަލް ބަޔެއް.މަޝްހޫރު ކުޅަދާނަ ޑޮކްޓަރުންވީމަ އެމީހުންގެ ދަރިންވެސް ނުބައިބަޔަކަށް ނުވާނެ ދޯ. ޕްރިވިލެޖްތައް ލިބިފައި ހުރުމުން އެރަގަންޓްކަމަށް ދައްކަނީ. އެކަމަކު ރަގަޅަށް ދަސްކުރީމަ މާޝްމެލޯއެއްހާ ސޮފްޓްހިތެއްކަން އެނގުނީނު. އަދި އެކީ ކިތައް ގަޑިއިރު މިވީ؟"
"ތެންކިއު ބާސިލް. ގަޑި ނުގުނަން އަދި........"ޒާދާ ހެޔޮހިތުން ބުނެލިއެވެ.
ޒާދާއާއި ބާސިލް ކޮޓަރިއަށް އައިއިރު ނާސްތާ ތައްޔާރަށް ހުއްޓެވެ. ހޫނު ތާޒާ ނާސްތާ ފެނުމުން ޒާދާއަށް ބަނޑުހައިކަން އިހުސާސްކުރެވުނެވެ. ކާންތިބިއިރުވެސް ދެމީހުން ވާހަކަދެއްކީ އެކުވެރިކަމާއެކުގައެވެ. އެދެމީހުން ބިޑި އަޅުވައިގެން ތިބެނީ ލޯބިވެރިކަންކަމުގެ ކުށްހީގައި ކަމުން އެއީ ރަގަޅުހީއެއް ނޫންކަން އެދެމީހުން ހައްޔަރުކޮށްގެން އުޅޭ މީހުންގާތު ޒާދާ ބުނުމުން "މޮންސްޓާ" ހިނިގަނޑެއްޖަހައިލިއެވެ. އޭނަ ބުނީ ހުވާކުރިޔަސް އޭނައަށް ގަބޫލުނުކުރެވޭނެކަމުގައެވެ. އެކަން ސާބިތުކޮށްދޭން އޭނަ އެންގުމުން ޒާދާ ރުޅިވެރިކަމާއެކު ކުދިކިޔައިގަތެވެ. މޮންސްޓާ ބުނީ އެގޮތަށް ޒާދާ މައްސަލަ ޖައްސާ ކޮންމެ ފަހަރަކު އަދަބު އިތުރުވާނެކަމުގައެވެ. ޒާދާގެ އާއިލާއަށް ގުޅާނީ އަދި ސައުވީސްގަޑިއިރުންކަމަށެވެ. އިތުރު ކުށެއް ނުކޮށްފިއްޔާ މާދަން ގުޅާދޭނެކަމުގައި ބުނުމުން ޒާދާއަށް ރޮވުނެވެ. އާއިލާއާއިމެދު ކަންބޮޑުވެ ނުތަނަވަސްވިއެވެ.
"އެޓްލީސްޓް ފެމިލީއަށް އަންގަބަަލަ ދުނިޔޭގައި ހުރިކަން.."
"ޑޯންޓް ވޮރީ. އެމީހުންނަށް އެނގޭ.."
"ތިބުނީ؟"
"އެމީހުން ދެކޭގޮތުން ޒާދާ ހުރީ ސީރިޔާގައި...ބައްޕަވެސް އެތަނަށް ދާނެއްނު..."
"ސުބުހާނަﷲ....."ޒާދާއަށް ދަތް ވިކައިލެވުނެވެ.
"ޒާދާގެ ކޮއްކޮ ރާހާ އެޑްމިޓްކޮށްފައި އޮތީ...."
އެލިބުނު ޚަބަރަކުން ޒާދާގެ މެޔަށް ފިނިވެގެން ދިޔުމާއެކު ފެންކަޅިވިއެވެ."ރާހާއަށް ކިހިނެއްވީތަ؟"
"އެއެއް ނުބަލަން..ޒާދާ ފެމިލީއަށް ގުޅާގަޑީގައި ހަނދާންކޮށް އެވާހަކަ އަހަންވާނެ. އަހަރެން މިދަނީ ސިޓީއަށް. ޕިއްޒާ ބޭނުންތަ؟"
މޮންސްޓާގެ ވާހަކަހުރިގޮތުން ޒާދާ ރުޅިވެސް އައެވެ. މަސްހުނި އިހުސާސްތަކުގައި ބަދެވިފައި އިންވަރުން މޮންސްޓާއާއި ދިމާލަށް އެއްޗެހި ކިޔާ ހަޅޭއްލަވައިގަންނަން އުޅެފައިވެސް އޭނަ ހިކުމަތްތެރިކަން އިސްކުރިއެވެ. އިތުރުކުށެއްކަމަށް ބަލާ އަދަބުދިނުމަށް މިމީހާ ވަރަށް ފޯރި އެބަހުއްޓެވެ. އާދަޔާ ޚިލާފު ގޭންގެކެވެ. އެމީހުންގެ އުސޫލުތައްވެސް ހާދަ ތަފާތެވެ. ޒާދާ ކަކުލުގައި ބޯޖައްސާލައިގެން ހިމޭނުންއިންއިރު ބާސިލްވެސް އިތުރު ވާހަކައެއް ނުދައްކާ އިރުގަނޑެއްވާންދެން އިނެވެ.
"ކްރައި.....އިޓްސް އެކްޗުއަލީ ގުޑް ފޯ ޔޫ..........އޭރުން މެންޓަލީ ދިމާވެދާނެ މައްސަލަވެސް ކުޑަވާނެ..."
"ނުރޮމޭ..."ޒާދާއަށް ބުނެވުނީ ބާރަށެވެ.
"ރުޅިއައީތަ؟"
"ރުޅިއަންނަވަރު ކުޑައީ. ކީއްވެ މަޑުން ތިއިންނަނީ؟ އެމީހުންދެކެ ބިރުންތަ؟ދަށުވެފައި؟ނޫނީ އެގޭންގް މީހަކީތަ؟އަހަންނާއި އެއްބަޔަށް އެންމެ އެއްޗެކޭޭވެސް ނުބުނެ މަޑުން ހުރީމަ ދެން ޝައްކުވެސްވާނެއްނު. އެމީހުން ހަދާހާ އެއްޗަކަށް އަޅުވެތިވެގެން ހުންނަގޮތުން ވިސްނާނެ އެއްޗެއްވެސް ނޭގޭ.."
"އަހަރެން މިހުރިހާކަމެއް ކުރަނީ ޒާދާއަށްޓަކާ...ގޭންގްމީހުންގެ އެޓިޓިއުޑް އެނގޭތީ.."
"މައި ލިޓްލް ސިސް އިޒް ސިކް...އެކަމާއި ކަންބޮޑުވާން ޖެހޭ ސަބަބަކީ ދުވަސްކޮޅެއްވެއްޖެ ރާހާ އެގޮތަށް ބަލިވެއުޅޭތާ. އެޑްމިޓްކުރާނީ ޔަގީނުންވެސް ބޮޑުކަމެއްވީމަ....."ޒާދާގެ އަޑު ބަލިކަށިވިއެވެ. ދެންމެ ދެންމެ ރޮވިދާނެފަދައެވެ. ބާސިލް މަޑުމަޑުން ޒާދާގެ ކޮނޑުގައި އަތް ބާއްވަން އުޅުނީމަ ޒާދާގެ ތޫނު ލޯ އޭނަގެ މައްޗަށް ހުއްޓުނެވެ. އިންޒާރުގެ ނަޒަރެކެވެ.
"ސޮރީ ގަސްތުގައެއްނޫން. ފޯރ ކޮމްފޯޓް....."
"އަހަރެން ބޭނުމެއްނޫން. ޕްލީޒް. މިހާރު ހިތުގައި ގަދަރެއްދެވިއްޖެ. ޑޯންޓް ރުއިން އިޓް.............."ޒާދާ އެދުނެވެ.
ރުޅިއައިސްގެން ތިބެވެންވެސް ނެތީއެވެ. ތަގުދީރު ދެމީހުން ހީނުކުރާގޮތަކަށް ބަދެލައިފިއެވެ. ޒާދާ ކެތްކުރަން ނިންމިއެވެ. މޮންސްޓާގެ ފަރާތުން ފެންނަ އާދަޔާ ޚިލާފު ހަރަކާތާއިބެހޭގޮތުން ވިސްނަވިސްނާ އޭނައަށް އެ މިޒާޖާއި ބެހޭގޮތުން އެއްޗެއް ދެނެގަންނަން ނުކުޅެދުނެވެ. ސިއްރުވެރިކަމުން ފުރިފައިވާ މީހެކެވެ. ދޭތެރެއަކުން ބޭރުތެރޭގައި އަޑުގަދަކޮށް ޕާޓީބާއްވާ ހަދާއަޑުވެސް އިވެއެވެ. މަދުފަހަރެއްގައި އެތަނަށް ކޮންމެވެސް އެކަކުވަދެ ޓީވީ ރިމޯޓްދީފައި ނޫނީ ވާހަކަފޮތްތަކެއް ގެނެސްދީފައި ހިނގައިދާނެއެވެ. ރާޒުވާ ނޫނީ ޗެސްކުޅެންވެސް ފުރުސަތުދެއެވެ. ބާސިލް މޫޑުކަޓައިގެން އެއްވެސް ކަމެއްގައި ބައިވެރިނުވެ އިންނަމުންގޮސް އެރޭ އެންމެފަހުން ހީވަނީ އޭނަގެ ކެތްތެރިކަން ކޮޅުންލިހެންނެވެ. މޮންސްޓާ ފެނުމާއެކު ހަޅޭއްލަވައިގެންފާ ސަލާމަތުން ހުރި އަތުން އޭނަގެ ގަމީހުގައި ހިފާ ދަމައިގަތެވެ. ދެމީހުން ޒުވާބުކޮށްކޮށްފައި އެންމެފަހުން މޮންސްޓާ ނުބައިޒާތަކަށް ލޯ އަޅާލާފައި ދަމުން ބުނީ އިތުރު ތިން ދުވަހަށް ދެމީހުން ކޮށްޓަކަށްލާފައި ބައިތިއްބާނެކަމުގައެވެ. އަދި އަދަބަކަށް މިރޭ ގެއިން ބޭރަށް ލާނެކަމަށާއި ނިދަން ޖެހޭނީ ކުޑަ ފޭލިގެއެއްކަމުގައި އެންގިއެވެ. ޒާދާގެ ހިތަށް ނުބައި ގޮތެއްވިއެވެ. މިކަމުން ދުވަހަކު ސަލާމަތްނުވާނީހެއްޔެވެ؟ ދުވަސްތައް ވޭތުވަމުންދާވަރަކަށް މާޔޫސްކަމާއި ހިތްދަތިކަން އޭނަ ހަފުސްކުރަމުން ދިޔައެވެ. މިފަހަރު ޒާދާ ކުށްވެރިކުރީ ބާސިލްއެވެ.
***
މެހެރާޒްއަށް ފުލުހުން ދިން އަނިޔާތަކަށްފަހު ގެއަށް އައިއިރު އައިރިސްއާއި އޭނަގެ އެކުވެރި އެރީކާއާއި ދެމީހުން ސިއްރު ވާހަކަތަކެއްގައި ތިއްބާ މެހެރާޒްއަށް ކޮންމެވެސް ވަރަކަށް އެދެއްކި ވާހަކަ އިވުނެވެ. އަންހެންކުއްޖަކު ކިޑްނެޕްކޮށްގެންނޭ ކިޔާފައި ހީހީފައި އުޅުނުގޮތުން އެދައްކަނީ ކާކުގެ ވާހަކައެއްހެއްޔޭ ހިތާހިތުން ސުވާލުކުރެވުނެވެ. އަނެއްކާ ޒާދާގެ ވާހަކަހެއްޔެވެ؟ އައިރިސްއާއި ދެމީހުން އެކަނިވުމާއެކު މެހެރާޒް އެވާހަކަ އޮޅުން ފިލުވަން ދުރުން މަސައްކަތްކުރިއެވެ. ނަމަވެސް އައިރިސްގެ ބޯ ރަގަޅުކަމާއެކު އިތުރަށް އެ އަންހެންކުއްޖާގެ ވާހަކަ ދެއްކުމެއްނެތި ފެށީ ވަރީގެ ވާހަކައެވެ.
"ވަރަށް ދުވަހަށް ކެތްކޮށްފިން. ދެން ނޫޅެވޭނެ.."
"އަހަރެން ދަރިފުޅާއި ވަކިވާކަށް ބޭނުމެއްނޫން.."
"ހެވޭ. އެހެންނޫނަސް މެހެރާޒްގެ ދަރިއެއްވެސް ނޫން. އަމިއްލަ ދަރިއެއް ހޯދަން އެލިޒަބަތްއާއި އިންނަންވީނު...."އައިރިސް މަލާމާތުން ފުރިފައިވާގޮތަކަށް ހީލިއެވެ."މެހެރާޒްއާއި އެކަށީގެންވަނީ އެކަހަލަ އެކްސްޕަޔާޑް ޕްރޮޑަކްޓެއް. ބުނެފާނަން... އަހަންނަށް މެހެރާޒްއަށް ވުރެ ރަގަޅު ބައިވެރިޔަކު ލިބިއްޖެ..."
"ތިބުނީ ...ކާކު؟"
"އޭނައަށް މެހެރާޒްއަށްވުރެ މާ ގިނަ ފައިސާ ލިބޭ. ކަލޭ އަބަދު ކިޔާނީ ފައިސާ ލިބޭނެއޭ. މަށަށް އެނގިއްޖެއޭ ފައިސާ ހޯދާގޮތާއި އެއިން ކުރާ ބޭނުން. ނިރުބަވެރި ޖަމާއަތަކާއި ގުޅިގެން ސީރިޔާއަށް މީހުން ފޮނުވުމުގައި އަވަދިނެތި އުޅެމުންގޮސް އެންމެފަހުން ތިއޮތީ ގާނޫނުގެ އަތް ފޯރާފައި. އެފަދަ މީހަކަށް މަގޭ ދަރި ލައްވާ ބައްޕަ ކިޔުއްވަން ބޭނުމެއްނޫން...ތިއީ ބޮޑު މޮޔައެއް. އަބަދު މަށަށް ހުވަފެންދައްކަ ދައްކާ ފައިސާވެރިއަކަށް ވާނަމޭޭ ކިޔާ ފޮނިކެނޑިޔަސް އަދި ވާކަމެއްނެތް...ހައްތާ ފަހަތަށް ދަނީ.މިވަރުން މަށަކަށް ނޫޅެވޭނެ. އެއްފަހަރުވެސް ހިތަށް އެރިތަ؟ ތިހާ އަޅުވެރި އަދި ގޯޑްއަށް އީމާންވާއިރު ތިހާ ހިތްދަތި ފަގީރު ދިރިއުޅުމެއް ލިބެނީ ކީއްވެބާވައޭ. މަ ހީކުރަނީ ދީނީ މީހުންގެ ދުޢާ ފަސޭހައިން އިޖާބަވެ ތަނަވަސްކޮށް ކަމަށް އުޅޭނީ...."
"ސަބަބަކީ މިފަދަ އިމްތިހާނުތަކާއި ދިމާވާއިރު މާޔޫސްވެ އުއްމީދު ގެއްލުވާނުލާތީ...އަދި އަބަދުވެސް އަމިއްލަ ނަފުސަށް ވިސްނައިދެނީ ﷲ އެންމެ ލޯބިވާ އަޅުތަކުންނަށޭ އިމްތިހާނުތައް ގިނަ ގިނައިން އަންނަނީ. އަހަރެންގެ ދިރިއުޅުމުގެ ރާސްތާގައި ދިމާވާ ކޮންމެ ހިތާމައަކުން އަރައިގަންނަނީ ރަސޫލުންގެ ވާހަކަތަކުން. ރަސޫލުން އުޅުއްވި ހާލު.. އޭގެ ސަބަބުން ޔަގީންކޮށް މާޔޫސްވިޔަ ނުދީ ހިފަހައްޓާ. އެއްވެސް މީހަކަށް އެމީހަކަށް ނުއުފުއްލެވޭ ވަރުގެ ބުރައެއް ނުޖައްސުވާ.. "
އައިރިސް އެއްޗެހި ކިޔަމުންގޮސް އެޕާޓްމެންޓްގައި އޭނަ އުޅޭ ކޮޓަރިއަށްވަދެ ދޮރު ތަޅުލުމުން މެހެރާޒް އިރުގަނޑެއްވާންދެން ގޮވިއެވެ. އެ ލޮލުން ފެނުނީ މާޔޫސްކަމެވެ.
މެހެރާޒް ޖިންސްގެ ޖީބަށް އަތްޖެހިއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ފާރަަށް ލެނގިލައިގެން އެހެން ހުރެވުނީ ކިހާ އިރެއްވާންދެން ކަމެއްވެސް އޭނައަކަށް ނޭގެއެވެ.
***
ފަރުބަދަމަތީގެ މަގުތަކުން ސައިކަލް ދުއްވަން މެހެރާޒް ފަރިތައެވެ. ޕިއްޒާފޮށިތަކެއް ހިފައިގެން އޭނަ މިސްރާބުޖެހީ ތަންކޮޅެއް ދުރުގައި ފަރުބަދަމަތީގައި ހުރި ގެއަކަށެވެ. ޑެލިވަރީ ޔުނިފޯމްގައި ހުރިއިރުވެސް މެހެރާޒްގެ ދިގު އިސްކޮޅާއެކު އޭނަ ފެންނަލެއް ސްމާޓެވެ. ދިހަ ޕިއްޒާފޮށި ދީފައި އޭނަ ގޮސް ސައިކަލަށް އަރަމުން ފަހަތަށް ބަލައިލެވުނީ އަންހެންކުއްޖެއްގެ ހަޅޭކުގެ އަޑަށެވެ. މެހެރާޒް ލޯގަނޑުން ބަލައިލުމުން ނަޒަރު ހުއްޓުނީ އޭނަ ހީވެސް ނުކުރާފަދަ ކުއްޖަކާއެވެ. ޒާދާ އަތުގެ އިޝާރާތް އޭނައަށް މާނަކުރެވުނީ ސަލާމަތްކުރުމަށް އެދުނުފަދަ ގޮތަކަށެވެ.
"އަހަންނަށް އެހެން ހީވާންވީ ކީއްވެ؟ ޒާދާ ހަޅޭއްލަވައިގަތީ އަހަރެންގެ ސަމާލުކަން ހޯދަންތަ؟" މެހެރާޒްގެ ސިކުނޑީގައި އެތައް ސުވާލުތަކެއް އެނބުރެންފެށިއެވެ."ނޫނީ ޒާދާއާއެކު ހުރީ އޭނަގެ ބޯއިފްރެންޑްތަ؟"
ޒާދާ އެގޮތަށް ހަޅޭއްލަވައިގަތުމުން ބާސިލްވެސް ސިހުނެވެ.
"ކިހިނެއްވީތަ؟"
"ފައި ފުރޮޅައިލީ..."ޒާދާ ދޮގެއްހެދިއެވެ. އޭނަ މެހެރާޒްއަށް ކުރި އިޝާރާތުގެ މާނަ ވިސްނިގެން އޭނަ ސަލާމަތްކުރަން އަންނާނެނަމަ ހާދަ ރަގަޅޭ ހިތަށް އެރިއެވެ.
***
މެހެރާޒް އެތައްފަހަރު އާދޭސްކުރީ ދަރިފުޅުގެ ހައްގުގައެވެ. ލޮލަށް ނުފެނުނަސް އެކުއްޖާއަށްޓަކާ އެހިތުގައި ރަހުމްލައްވާފައިވާތީއެވެ. ނަމަވެސް އައިރިސްގެ ހަރުހިލަ ހިތާއި އަމިއްލަ އެދުންބޮޑުކަމާއި ދަހިވެތިކަމުގެ ނުބައި ސިފަތަކުގެ ސަބަބުން މެހެރާޒްއާއި ވަކިވާން އޭނަ ނިންމީއެވެ. މެހެރާޒްގެ އެއްވެސް ކުށެއްނެތިއެވެ. ނަމަވެސް ކޮންމެހެން ކުށެއް ދައްކަންޖެހޭތީ މެހެރާޒްއާއި ވަކިވީ އޭނައަކީ ނިރުބަވެރިއެއްކަން ސާބިތުވެފައިވާތީކަމުގައި ބުނެލީއެވެ. އެއީވެސް އައިރިސްއަށް މެހެރާޒްގެ ހަގީގަތް ރަގަޅަށް އެނގިހުރެއެވެ. އެކަނިވެރިކަމާއި ހިތްދަތިކަން ބޮޑުވެ ހަލާކުވެފައިވާ ހިތަކާއެކު އޭނަ އެލިޒަބަތްއަށް އެވާހަކަތައް ކިޔައިދިނެވެ. އެލިޒަބަތް ނޫނީ އޭނަގެ އެއްވެސް އެކުވެރިޔެއް މިއޮތް ބޮޑު ދުނިޔޭގައި ނުވާކަމަށް ބުނިއިރު މެހެރާޒްގެ ލޯ ފެންކަޅިވިއެވެ.
"ދެރަނުވޭ މާޒް. ﷲ ދެރަގޮތެއް މެދުވެރިނުކުރައްވާނެ. ޔޫ ހޭވް އެ ބިއުޓިފުލް ސޯލް......މީހަކަށް އަނިޔާއެއްދީފައި އެހެން މީހަކަށް ދިރިއުޅުން އާބާދުނުކުރެވޭނެ. ކޮންމެވެސް ދުވަހަކުން އެކަން އެކުއްޖާއަށް ފެންނާނެހެން ހީވޭ."އެލިޒަބަތް މެހެރާޒްއަށް ހިތްވަރުދިނެވެ.
"މި ދުނިޔެއަށް އަހަރެން ފަދަ މީހަކު އައުމުގެ ބޭނުމަކީ ކޮބާ؟"މެހެރާޒް އެހެން ބުނުމާއެކު ބޯ ހޫރައިލެވުނެވެ."މިބުނެވުނީ ކީކޭ؟ ދިރިއުޅުމުގެ ޕާޕޯސްއަކީ އަންހެނަކާއިހެދި އުޅުމެއްނޫން. ﷲ ދުނިޔޭގައި އިންސާނުންނާއި ޖިންނިން ލެއްވީ ހަމައެކަނި އަޅުކަންކުރަން. ވީއިރު ދުނިޔެއަށް އަައުމުގެ ބޭނުމާއިމެދު ނުބައިކޮށް ސުވާލުކުރެވުނީ...."
އެރޭ މެހެރާޒް ނިދީ އެލިޒަބަތްގެ ގޭގައެވެ.
އޭނަ މަގުމަތިވިޔަނުދީ އެހީތެރިކަމުގެ އަތެއްދިއްކޮށްލީ ދުވަސްވީ އެކުވެރިޔާ އެލިޒަބަތްއެވެ.
***
ފޭލިގޭގެ ދޮރުމަތީގައި އަލިފާންގަނޑެއް ޖަހާފައި ހުރިއިރު ދެމީހުންގެ މޫނަށް އަލިފާނުގެ އޮރެންޖް އަލި އެޅިފައިވިއެވެ. ކްރިކެޓްގެ އަޑުން މާހައުލުގެ ހިމޭންކަން ކެނޑިފައިވާއިރު ފަޒާގައިވަނީ ގަދަ ފިނިކަމެކެވެ. އުދަރެހުގައި ވިދާ ބަބުޅާ އެތައްހާސްތަރިތަކުން އުޑުމަތި ޒީނަތްތެރިކޮށްލާފައިވާއިރު ލޯބިވެރިންނަށް އެންމެ އެކަށީގެންވާ މާހައުލެވެ. ތަރިތަކުގެ ދަރުބާރުގައި ބާސިލްއާއި ޒާދާ އިށީދެލައިގެން ތިބިއިރު ދެމީހުންވެސް ތިބީ ހިމޭންވެފައެވެ.
"މިނޫން ދުވަހެއް ނާންނާނެތަ؟"ޒާދަ ސުވާލުކުރިއެވެ.
"ތެދަށް ބުނަންޏާ އަހަންނަށް މިހާރު މިގޮތް އެންމެ ރަގަޅު..."
"ތިބުނީ..."
"ދެމީހުން އަތާ އެއްކޮށް ބިޑި އެޅުވުން. ކައިންޑް އޮފް ރޮމެންޓިކް ޔޫ ނޯ.............."ބާސިލްގެ ހިތްގައިމު ނަޒަރު ޒާދާގެ މޫނަށް ހުއްޓުނެވެ. އެ ނަޒަރު ހަރުލިގޮތަށް ވަކކުރަން ފަސޭހައެއްނުވިއެވެ. ޒާދާގެ މޫނަށް ރަތުގެ އެތައް ހިޔަންޏެއް ވެރިވިއެވެ. ނަމަވެސް ދެވަނަ ސިކުންތުކޮޅުގައި ޒާދާ ރުޅިވެރިކަމާއެކު ބުމަކައިރިކޮށްލީ އެ ވާހަކަތަކުން ހިތްހަމަނުޖެހުނުކަން އެންގުމުގެގޮތުންނެވެ.
"ބާސިލް. މިއީ ފިލްމެއް އަދި ވާހަކައެއްނޫން.ބަޔަކު ގައިދުކޮށް ސަލާމަތްވާނެ ފުރުސަތެއް ނުލިބިތިބިއިރު އެންމެ ބޮޑަށް ކުރަންޖެހޭ ކަމަކީ ދުޢާކޮށް ޒިކުރުކުރުން. ތިފަދަ ވިޔާނުދާ ވިސްނުންތަކާއި ދިމާލަށް ހިގައްޖެއްޔާ ފަހުން ރިގްރެޓްކުރަން ޖެހިދާނެ. އެތަރިތައް ފެނުމުންވެސް ހިތަށް އަރަނީ ހުރިހާ މަޚުލޫގުން ﷲ ސުބުހާނަހޫ ވަތައާލާއަށް ތަސްބީހަ ކިޔާއިރު އަހަރެމެންނަށް އުޅެވެނީ ރަގަޅަކަށް ނޫނޭ. ހިތަށް އަރާ މަހްރާ ފަދަ ކުއްޖަކަށްވިނަމައޭ..މަހްރާއާއި ހެއްދެވި ފަރާތާއި އޮންނަ ކަނެކްޝަން ނޯންނާތީ މިހާ ދެރަގޮތްތައް ދިމާވަނީ............."ޒާދާ އިށީދެވޭނެ އެންމެ ދުރުގައި އިށީދެ އެއް އަތުން ރަޖާ ގައިގާ ރަގަޅަށް އޮޅައިލިއެވެ. ފަރުބަދަމަތީގެ ހިސާބުކަމުން ރޭގަނޑު އިންތިހާއަށް ފިންޏެވެ. ފިނިވައިރޯޅިތަކުގެ ޝިކާރައަކަށް ހަމުގެ އެންމެ ތަންކޮޅެއްވެސް ވިޔަދޭން އޭނަ ނޭދެއެވެ. ހާމަޔަށްވާ މޫނުގައި ގަނޑުފެނުގެ އަސަރު އެކުލެވޭ ރޯޅިތަކުގެ ބީހިލުމުން ފިނިކަމުން ތުރުތުރުލާގޮތްވާތީއާއި ބާސިލްގެ ނަޒަރުން ސަލާމަތްވާން މޫނާއެކު ރަޖާ އޮޅާލައިފިއެވެ.
"ތިކަހަލަ އަންހެންކުދިން ވަރަށް މަދުވާނެ. މަހްރާ ހެޕިނެސް ހޯދަނީ ކިހިނެއް؟" ބާސިލް އެހިއެވެ.
"ހެޕިނެސް މާނަކުރަނީ ކިހިނެއް؟"