މިކާ....ބޭބީ ކިހިނެއްވެފަ؟ ހަޔާތީ ތެދުވެގެން އައިސް އެނދުގައި ކުޑަކަކޫ ޖެއްސިގޮތަށް ދަތްދޮޅި އަޅުވައިލީ ކޮނޑުގައެވެމިކާލް ގެ މޭގައި އަތް ޖައްސައިލިއިރު އެހެން ދުވަހާއި ޚިލާފަށް ތަންކޮޅެއް ބާރަށް ވިންދުޖަހައެވެޖިމަށްގޮސްފައި އައުމުން ނޫނީ ކަމަކާއި ހާސްވިޔަސް ވާނީ އެވަރެވެކައިރިވެލުމުން ދުވި ސެންޓުގެ ލުއިވަހުން ބަނޑުފުރިގެން އައެވެ.

"އާދުއާއި ސަމާ ސީރިޔާއަށް ހިގައްޖެ........"

"އައިމް ސޮރީ...." ހަޔާތީ ވަކި ބުނާނީ ކީކޭހެއްޔެވެ؟ މިކާލްގެ ހަގީގަތެއް އޭނައަކަށް ނޭގެއެވެމިކާލްގެ ފިކުރަކީ ކޮބާކަމެއް އެނގެނީއެއް ނޫނެވެމިކާލް އޭނައަށް ސިއްރުކުރާ ކަންތައްތަކެއް ވާކަން އެނގޭއިރު އެ ސިކުނޑީގައި ހިގަނީ ކޮންކަންތައްތަކެއް އެއްގޮތަކަށްވެސް ދެނެގަންނާކަށް ނޭގެއެވެ.

"ސަމާމެންނަށް ވީގޮތް ބަލައިލަން އަހަރެން އެކޮޅަށް ދިޔައްޔާ ކިހިނެއްވާނެއައިމް ހާ ބްރަދާކީކޭ ހަޔާ ބުނަނީ......" މިކާލް އަހައިލިއެވެ.

"ކީކޭކީކޭ މިކާ ތިކިޔަނީ..." ހަޔާތީ ސިހުނުވަރުން ތެދުވާން ހަދައިގެން އެނދުން ވެއްޓުނުގޮތަށް ފަޔަށް ތަދެއް އެރިއެވެމިކާލް އަތްދިއްކޮށްލާފައި ހަޔާތީ ބިންމަތިން ނެގިއެވެ.

"އެތަނަށް ގޮއްސިއްޔާ ނާދެވޭނެފުލުހުންނާއި ސިފައިން އެތިބީސީރިޔަން އާމީވެސް އޮންނާނެސަރުކާރުން ހެލްޕްވާނެކަމާއި ބެހޭ ދާއިރާތަކަށް އެކަން ކުރެވޭނީމިކާއަށް ކޮންކަމެއް ކުރެވޭނީ؟ ޔޫ އާ ނޮޓް އިން އެ ޕޮޒިޝަން ޓު ހެލްޕް ދެމް މިކާ ބޭބީ.....ކަމާ ބެހޭ މީހުން ހެންޑްލް ކުރިޔަދީ..." ހަޔާތީ މިކާލްގެ އަތުގައި ހިފަހައްޓައިލިއިރު އަތް ގަނޑުފެންކޮޅެއްހާ ފިނިވެއްޖެއެވެ.

"ހަޔާ ޔޫ އާ އެންޑައެސްޓިމޭޓިން މީ..." މިކާލް ބުނެލިއެވެ.

"ތި ބުނީ ކީކޭ..." ހަޔާތީއަކަށް ނުވިސްނުނެވެ.

"އެމީހުންނަށްވުރެ އަހަރެންގެ ހިތްވަރު ކުޑައެއްނުވާނެސޯ.. އަހަރެން ދިޔަސް އޯކޭތަ........"މިކާލް ދެވަނަފަހަރަށްވެސް ހަޔާތީ ގެ ކައިރިން ހުއްދައަށް އެދުނެވެ.

"ނޯ......" ހަޔާތީއަށް ބުނެވުނީ ތަންކޮޅެއް ހަރުކޮށެވެ.

"ޑޯންޓް އީވެން ތިންކް އެބައުޓް އިޓްއައި ވޯންޓް ލެޓް ޔޫ ގޯ." ހަޔާތީ މިކާލްގެ މޫނުގައި ހިފާ އޭނައާއި ދިމާލަށް އަނބުރުވާލިއިރު މިކާލްގެ ލޮލުން ފެނުނީ ސާބިތުކަމެވެ.

"އައި ނިއު ޔޫ ވުޑް ބީ ލައިކް ދިސް އެހެންވެ ޓިކްޓް ނަގައިފިންހަޔާއަކީ ނުވިސްނޭ ޅަކުއްޖެއްނޫންސަމާގެ ބޭބެގެ ހައިސިއްޔަތުން އޭނައަށް ވީގޮތެއް އޮޅުން ފިލުވަން ދިޔުމަކީ ޒިންމާއެއްއެހެންވެ ދާން ނިންމީހަޔާކެތްތެރިންނާއިއެކު މާތް ﷲ ވޮޑިގެންވަނީދުނިޔޭގައި ޖެހޭ ކޮންމެ ދަތިކަމެއް އުދަގުލެއް މުސީބާތަކަށް ކެތްކުރަން އަހަރެމެން ޖެހޭނެމުސްލިމުންގެ ގައިގާ ކެތްތެރިކަން ހުންނަންވާނެމި ފަނާވެދަނިވި ދުނިޔެއަކީ ހަގީގީ ދުނިޔެއަށް ދަމުން ޖައްސައިލި ވަގުތީ މަންޒިލެއްޓްރާންޒިޓް ޕޮއިންޓެއްރަގަޅަށް ވިސްނައިލިއްޔާ މިއީ ތެދެއްކަން އެނގޭނެވީ ބިލޯންގް ޓު ﷲވީމަ މެޓީރިއަލް ތިންގްސްއާއިހެދި އެހާވަރުން ނޫޅެ ރޫހާނީ ހިތްހަމަޖެހުން ހޯދަން ބޭބީވެސް މަސައްކަތްކުރަންފަށާއެ އުފާ ލިބޭނީ ހެއްދެވިފަރާތާއި ކްލޯޒްވީވަރަކުންދުނިޔެއާއިހެދި އެހާވަރުން ނޫޅެ ދުނިޔެއަށް ފޮނުއްވި ހަގީގީ މަގުސަދު އެނގުނީމައެރުން ދުނިޔޭގެ މުސީބާތްތަކަށް ހިތާމަ ކުޑަވާނެއެނީވޭސް ދެރަނުވައްޗޭއިރާދަކުރެއްވިއްޔާ މިޝަން ކާމިޔާބުވާއިރަށް އެނބުރި އަންނާނަންޖަސްޓް ޕްރޮމިސް މީ ޔޫލް ވެއިޓް ފޯ މީ........" މިކާލް ދެއްކި ވާހަކަތައް ހަޔާތީއަށް މުޅިން ފަހުމް ވިހެނެއްވެސް ހިޔެއްނުވެއެވެ.

އަނެއްކޮޅުން މިކާލްގެ ސީރިޔަސްކަމާއިއެކު އެލޮލުން ފެނުނު ކުލަވަރު ހަޔާތީގެ ސިކުނޑި ހާސްކުރުވިއެވެރުޅިވެރިކަން ހިތާމައިގެ މައްޗަށް ކުރި ހޯދިއެވެއައި ގަދަ ރުޅިއެއްގެ ސަބަބުން ފުންމައިގެން ތެދުވުނުއިރު ތުން ފިތައިލެވިއްޖެއެވެމިކާލްއާއި އޭނަގެ ދިރިއުޅުން މިހާ އޮމާންކޮށް ދަނިކޮށް އޭނަ އެކަނިކޮށްލާފައި ގޮތްނޭގޭ ތާކަށްދާން ޖެހޭހެއްޔެވެ؟ ސަމާދިޔައީ ސަމާގެ ފިރިމީހާއާއިއެކު ދާން ބޭނުންވެގެންނެވެއެހެނޭކިޔާފައި ތިމާގެ ނަފުސް ނުރައްކަލަށް ހުށަހަޅާކަށް މިކާލް ނުޖެހޭނެއެވެއޭނަ އެކަނިކޮށްލާފައި ދެރަކޮށްލާފައި ސީރިޔާއަށް ދިޔުމާއި އޭނަ ދިމާ އިދިކޮޅެވެއަދި އިންތިޒާރުކުރާށޭވެސް ބުނިލެއް ކިހާ ރީތިހެއްޔެވެ؟ ހަޔާތީ އައި ރުޅިން އެއްޗެކޭވެސް ނުބުނެ ބާރުބާރަށް ހިނގާފައި ނުކުތީ ރޮވިދާނެތީއެވެސިޓިންރޫމް އޮތީ ފަޅަށެވެމަންމައާއި ޝައިޚާ ފެންނާކަށް ނެތެވެއޭނަ ހުއްޓުނީ ސިންކު ކައިރީގައެވެސިންކު ތަށިތަކުން ފުރިފައެވެމިއަދު އެހެން ކަންތަކާ ބޯ ގޮއްވައިގެން އުޅުމުން ދޮންނަން ހަނދާންނެތުނީއެވެހުރިހާ ރުޅިއެއް ބޭލުނީ ތަށިތަކަށެވެއެހާ އަޑުގަދައެވެތަށިތައް އެކަތި އަނެކައްޗާއި ކޭއްތިލާ އަޑާއި ސަމުސާތައް ތެޅޭ އަޑު ކޮޓަރިއާއި ހަމަޔަށްވެސް އިވޭނެކަން ނޭގެއެވެމިކާލްގެ ނަން ޖެހިމަގު ދޮވެފައި ބަހައްޓަން އުޅެނިކޮށް އަތުން ދޫވިއެވެޝޮކެއްގައި ހުއްޓާ ތަޅުންމަތީ ޖެހި ތެޅުނެވެހަޔާތީގެ ހިތަށް ނުބައި އަސަރުތަކެއްކުރިއެވެމުސްކުޅިން ކިޔާ އުޅޭކަހަލަ "ބަވަތިއެއް ހެއްޔެވެ؟ މީހަކު ވަކިވާންވެއްޖެއްޔާ ކިރުތަށްޓެއްނަމަވެސް ތެޅެއޭ ކިޔާ ހަދާނެއްވިއެވެގުދުވެފައި އެމަގުގެ އެތިކޮޅުތައް ނެގިއިރަށް ރުޅި ފިނިވެ ލޯ ފުރުނީ ހޫނު ކަރުނައިންނެވެރޮވެން ފެށުނުގޮތަށް ހުއްޓައެއް ނުލެވުނެވެ.

ހަމަ ރަގަޅަށްވެސް މިކާލް އޭނައާއި ވަކިވެގެން ދަނީހެއްޔެވެ؟ އެރަށަށް ގޮސްފަ އެކަކުވެސް އަނބުރާއައިކަމެއް އޭނައަކަށް ނޭގެއެވެއަޔަސް ލާނީ ޖަލަށް ނޫންހެއްޔެވެ؟ މަގު ހިފައިގެން ސޯފާގައި އިށީދެ އޭނަ ސުޕަގުލޫޖަހައިގެން މަގުގެ އެތިކޮޅުތައް ތަތްކޮށްލިއިރުވެސް ލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެވަރަށް ވަރުން އޭނަ އެ މަގު ތަތްކުރިނަމަވެސް ރެދު އެޅިއްޖެއެވެހަމަ އެގޮތަށް ހަޔާތީގެ ހިތުގައި އެޅުނު ކޫރުމެއް ނުފިލިއެވެފަރުވާކުޑަކަމުން މަގު ތަޅައިލެވުނީތީ އެތައްފަހަރު އަމިއްލަ ނަފުސް ކުށްވެރިކޮށްފިއެވެ.

"ރުޅިއައީމަ މަގު ތަޅާލީތަ؟ ނުދަންނަން ތިހާ ރުޅިގަދަ ކުއްޖެއްކަމަށް...." މިކާލްގެ އަޑުއިވިފައި ހަޔާތީ އިސްއުފުލައިލިއިރު ދާދި ކައިރީގައި މިކާލް ހުއްޓެވެކަޅުފެހި ޓީޝާޓަކާއި ޖިންސެއްލައިގެން ހުރިއިރު އިސްތަށިގަނޑު ތެތްކޮށް އޮތުމުން ތާޒާކަމުން މޫނު ވަކިން ނަލައެވެމޫނު ކޮންމެވެސް ވަރަކަށް ރަތްކުލަ އަރާފައި ހުރީ ކީއްވެކަމެއް ނޭގެއެވެދުވާ މީރުވަހުން ބައްދާލާ ހިތްވިނަމަވެސް ހަޔާތީ ދައްކަން ބޭނުންވީ ރުޅިއެވެއެހެންވެ މަގު އެއްފަރާތަކަށް އެއްލާލަފައި ތެދުވެއްޖެއެވެ.

"މިކާ އެކަހަލަ ވާހަކަ ދެއްކީމަ ރުޅިނާންނަން ހުއްޓަސް ރުޅި އަންނާނެމިކާއަކަށް ނޭގޭތަ ތިދާން އުޅެނީ ޓެރަރިސްޓުންގެ ގޮތުގައި ލޭބަލްކޮށްފައި އޮތް އައި އެސް މީހުން އުޅޭ ސީރިޔާއަށް ކަން؟ އެއްވެސް މީހަކު ބޭނުމެއްނުވާނެ ތިމާގެ ފިރިމީހާ އެތަނަށް ފޮނުވަންއާދުވެސް ސަމާއަށް އޮޅުވާލައިގެން އެތަނަށް ގެންދިޔައީދެންވެސް ކަމާ ބެހޭ ފަރާތްތަކަށް އަންގަންވީމަ މިކާ ތިއުޅެނީ އަމިއްލައަށް ގޮތްނޭގޭ މާ ސިންގާ ކަނޑަކަށް ފުންމާލަންތަ؟ މިކާއަކަށް ނޭގޭ ތިކުރަން އުޅެނީ ކިހާވަރެއްގެ ކަމެއްކަންވަޓް އެބައުޓް މޮމް؟ ސަމާ އެތަނަށް ދިޔައީމަ އެހާ ދެރަވެފަ ހުއްޓާ އެންމެ ލޯބިވާ ދަރި ހިގައްޖެއްޔާ މަންމައަށް ވާނެގޮތް މިކާ ވިސްނާލަބަލަ.........ޕްލީޒް ސްޓޮޕް ދިސްސީރިޔަސްލީ އިޓްސް އެ ސްޓުޕިޑް ތިންކިންރުޅިއަންނަންވީމަ ރުޅި އައީދެން މިކާ ލެކްޗަރު ދިނަސް އެހެން މީހުން ނުލާހިކު ދެކޮޅުއެހެން އެއްވެސް އިލްމުވެރިޔެއެއް އެއްބަސްނުވޭ އެމީހުންގެ އެ ފިކުރަށްދީނީ ޝޭޚުން އެތާ އޮތީ ޖިހާދު ނޫންކަމަށް ބުނާއިރު އާއިދުމެން އަމިއްލަ ނިންމުންތަން ނިންމައިގެން އެކަހަލަ ޑިޒިޝަނެއް ނަގާކަށް ނުޖެހޭކަން ނޭގޭއަދި މިކާވެސް އެމީހުން ފަހަތުން އެތަނަށް ވަކި ދާންވީ ކީއްކުރަން.........." ހަޔާތީ ރުޅިއާއި ހިތާމަ އެކުލެވޭގޮތަކަށް ވާހަކަދެއްކިއިރު މިކާލް އަޑުއަހަން ހުރީ ހިމޭނުންނެވެއެލޮލުގައިވި ކުލަވަރު ތަރުޖަމާކުރާކަށް ހަޔާތީއަކަށް ނޭގުނެވެދެރަވިޔަސް ރުޅި އަޔަސް މޮޔަވިޔަސް މިކާލްގެ ލޮލުން ގިނަފަހަރު އެކައްޗެއްވެސް ނޭގޭނެއެވެ.

މަންމަ ކޮޓަރިން ނުކުތްތަން ފެނިފާ މިކާލް ލޮލުގެ އިޝާރާތުން އެންގީ އެވާހަކަ ހުއްޓާލުމަށެވެ.

ހަޔާތީ ސޯފާމައްޗަށް އެއްލާލާފައި އޮތް މަގު ގެންގޮސް ސިންކުމަތީ ބަހައްޓާފައި ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެތަންކޮޅެއް އަތަށް ބާރު ލެވުނީކަން ނޭގެއެވެދޮރުފަތް ޖެހި އަޑު ހިމޭން ސިޓިންރޫމް ގުޑުވާލައިފިއެވެއަޑުގަދަކަމުން އޭނަވެސް ސިހޭގޮތްވިއެވެ.

"މިކާ......ކީއްވެ އަހަންނަށް މިހެން ހަދަނީ؟ ކިހާ ހަމަޖެހިގެން އުފަލުގައި އުޅެނިކޮށް މިކަހަލަ މޮޔަ ކަމެއް މިކާ ކުރަން ތިވިސްނީޕާސްޕޯޓްވެސް ފޮރުވާނީޓިކެޓް ގަނޑުވެސް ވީދާލާނަން........" ހަޔާތީ އަލަމާރި ހުޅުވާލައިގެން ހާވަންފެށިއެވެއެކަހަލަ އެއްޗެއް އަތުޖެހޭ ހިސާބަކު ނުވެސް ބާއްވާނެއެވެއޮފީސްބައިގަ ކަންނޭގެއެވެމިރޭ ނިދީމަ އޮފީސްބަޔަށް ވަގަށް ވަދެނަމަވެސް އޭނަ މިކާލްގެ ޕާސްޕޯޓާއި އެއްޗެހި ނަގާނީއެވެއޭނަ މިކާލް ހިފަހައްޓާނެއެވެއެގޮތަށް ނުވިއްޔާ ފުލުހުންނަށް ގުޅައިގެން ހުއްޓުވާނީއެވެޖަލަށް ލިޔަސް އެތަނަށްގޮސް މަރުވުމަށްވުރެ މާ ރަގަޅުވާނެ ނޫންހެއްޔޭ ހިތަށްއެރިއެވެމިކާލްދެކެ ލޯބިވާތީއެވެގެއްލުމެއްވާން އެންމެ ނޭދޭނެ މީހަކީ އޭނައެވެދޮރުމައްޗަށް އަރާފައި ބަލައިލިއިރު މިކާލް ފެންނާކަށް ނެތެވެމިއޮތް ވިއްސާރައިގާ ނުކުމެގެން އެދިޔައީ ކޮންތާކަށްހެއްޔެވެ؟

އޮފީސްބައި ތަޅުލާފައި ހުރުމުގެ އިތުރަށް މަންމަ ނޫނީ ބައްޕަ ސިޓިންރޫމްގައި ނެތް އިރެއް ނާދެއެވެއޭނަގެ ނިޔަތް އެނގިގެން ދެމީހުން ބަހާލައިގެން ސިކިއުރިޓީގައި ތިބީބާވައޭވެސް ހިތަށް އެރިއެވެކުޑަދޮރުން ބޭރަށް ބަލައިލިއިރުވެސް ވާރޭ ބޯކަމުން ތަންދޮރު އެނގޭވަރެއްނޫނެވެވައިބާރުކަމުން އެތަންމިތަނުގައި ގޮފިތަކާއި އެއްޗެހި ކޭއްތޭ އަޑު ފަޒާގައި ދޭތެރެއަކުން ހަރުލައެވެދޮރުތަކުގައި ދަމާފައި ހުރި ފަރުދާތައްވެސް ކިޔަމަންނުވެ އެކިފަރާތްފަރާތަށް ހޫރެއެވެހަޔާތީ މިކާލްއަށް ގުޅިއެވެފޯނު ނިވާލާފައެވެފޯނު ނިއްވާލައިގެން އޭނަ ދިޔައީ އަނެއްކާ ފުރަންބާވައެވެއެހެން ހިތަށް އެރުމާއިއެކު މުޅި ވުޖޫދުވެސް އެލާޓަށް އައިފަދައެވެމިކާލް އެކުވެރިއަކާއި އެކު ހުރުމަކީ އެކަށީގެންވާކަމެކެވެއޭނަ ފުލުހުންނަށް ގުޅައިގެން އުޅެނިކޮށް މިކާލް ގެއަށް އަތުވެއްޖެއްޔާ ދުވަހަކު އޭނައަށް މާފެއްނުދޭނެއެވެއެތައްފަހަރު ގުޅިފަހުން މިކާލް ފޯނު ނެގިއެވެ.

"މަފިންސްކައިގެން ނިދާލާއައިމް އައުޓް ވިތް ފްރެންޑްސްވަރަށް ލޯބިވޭ. " މިކާލް ސަލާމުން ފޯނު ނިންމާލުމުން އިރުކޮޅެއްވާންދެން ފޯނަށް ގަބޫލުނުވެފައި އިންގޮތަކަށް ބަލަން އިނެވެދެން ހެވިއްޖެއެވެ.

"މިކާ ހަމަ ހާޓްއެޓޭކެއް ޖައްސައިފިކުރިންވެސް މިކާގަނޑު ފޯނު ނެގިނަމަ މިވަރަށް ނުތަޅުވާމަގޭ ހިތް ހަމަ ރޭހެއް ޖަހާލާފައި...."

މާބޮޑަށް ފިނިގަދަވީމަ ކަން ނޭގެއެވެއޭނަ މިރޭ ކާހިތްވީ ހޫނު ރޮށްޓާއި ކުޅިކޮށް ތެލުލާފައި ހުރި ރިހާކުރެވެކަބަޑްމަތީ ހުރި ރިހާކުރު ފުޅިން ކާ އެހެން މީހަކު އެގޭގައި ނެތެވެމިކާލް ބުނާނީ ރިހާކުރަށް އެލާޖިކް ކަމަށެވެމިވަގުތު މަންމަމެން އިޝާނަމާދަށް ވަނީކަން ނޭގެއެވެސިޓިން ރޫމް އޮތީ ފަޅަށެވެތަށްޓަކަށް ރިހާކުރު ދެތިން ސަމުސާ ލާފައި ގިތެޔޮ މިރުހެއް ޗަސްކޮށްލިއެވެދެތިން ރޮށި ލިއެވެކަޅު ސައިތަށްޓެއް ހަދައިގެން ގޮސް ހަމަޖެހިލައިގެން އޭނަ ޖައްސައިލީ ސޯފާއެއްގައެވެޗޫސްދަމަ ދަމާ އިނދެ ރޮށިތައް ކައި ނިންމައިލިއިރު ތުންފަތް ރަތްކަމުން މިރުހެއް ވަރުވިއެވެ.

ޗެނެލްތައް ހުޅުވަމުން ދަނިކޮށް ހިތްހަމަޖެހޭ ކަހަލަ ފިލްމެއް ދައްކާ ޗެނެލްއަކާއި ދިމާވިއެވެލޯބީގެ މަންޒަރެއް ފެނުމުން އެކަނި އިދެވެސް ރަކިވެގެން ހީލެވެއެވެމިކާލް އިންނަމަ މިކަހަލަ އެއްޗެއް ބަލާކަށް ނުވެސް ކެރޭނެއެވެއިރުއިރުކޮޅާ މިކާލް ނައިސްގެން ގަޑިއަށް ބަލައިލެވެއެވެވަރުބަލިވެ ދެލޯ މެރޭގޮތްވުމުން ސޯފާގައި ހަމަޖެހިލައިގެން އޮށޯވެއޮތްވާ ނިދީގެ ފޮނި އާލަމަށް ދަތުރުކުރިއެވެހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެދެލޯ ހުޅުވާލިއިރު މިކާލްވެސް ގެއަށް ވަނީއެވެތެމިފޯވެގެން ހުރެއެވެތަށިމުށިމައްޗަށް ފެން ތިކިތަޅާތަން ފެނުނެވެ.

"އާ ޔޫ އޯކޭ؟ ހަޔާތީ އަހައިލިއެވެ.

"ހޫމް...ރުޅިފިނިވީތަ މެޗްސްޓިކްގާލްއަހަރެން ހީކުރީ އަނގައިން ނުބުނާނެކަމަށްއެބަ އަންނަން......" މިކާލް އަވަސް އަރުވާލައިގެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލައިފިއެވެހަޔާތީ ނިދިބަރުކައިގެންފާ ހުރެ ދެފައި ދަމަމުންގޮސް އެތެރެއަށް ވަންއިރު މިކާލް ފާޚާނާގައެވެފަނަރަވަރަކަށް މިނިޓްފަހުން ފެނުނީ ތެމިފައިވާ ހެދުންތައް ހިފައިގެން ނުކުތްތަނެވެ.

"މިކާ ދެން މިގަޑީގައި ހަމަ ދޮންނަން ތިއުޅެނީ؟ ހަޔާތީ ދެލޯ ކުޑަކޮށްލިއެވެއޭނަ ހަމަޖެހިލައިގެން މިކާލްއާއި ވާހަކަ ދައްކަން ބޭނުމެވެސީރިޔަސްކޮށެވެމިކާލް ވަކި ޖަވާބެއްނުދީ ބޭރަށް ނުކުތީ މެޝިނަށް ހެދުންތައް ލާންކަން ނޭގެއެވެވާރޭއަށް ނުކުތުމުން ގަދަޔަށް ރޯގާޖެހުނީކަން ނޭގެއެވެކިނބިހިއަޅަންފެށިއެވެއެނދުމަތީގައި ލެޕް ހިފައިގެން އިށީނުމުން ހަޔާތީ ކޮފީއެއް ގެނެސްދިނުމުން ހީލިއެވެ.

"އަހަރެންގެ ލޯބިކޮޅު ކިހާ ރަގަޅުމަށަށް ލިބިފައިވާ ކަހަލަ ވައިފްއެއް އެހެން މީހަކަށް ނުލިބޭނެތެންކިއު ލޯބި ލޯބި ޕްރިންސެސް ހަޔާތީ..." މިކާލް އަރިވެލާފައި ހަޔާތީގެ ކޮލަށް ދޮނެއްދޭން އުޅެނުކޮށް ހަޔާތީ އެނބުރުނެވެހަޔާތީއަށް ދެލޯ މަރައިލެވުނީ ދައުވަތުދޭފަދަ ގޮތަކަށެވެއެކަމަކު މިކާލް ފޯރި ހުރީ އެހެންކަމަކަށެވެމާވަރަކަށް ހިނިތުންވެލާފައި ކުރި ކަމެއް ބަލައިލިއިރު އެފްބީގައި ލިޔެފައި އިނީ އެހެން ކަހަލަ އިހުސާސެއްކުރުވި ސްޓޭޓަސް އެކެވެދިވެހި ބަހުން ލިޔެފައެވެ.

"މިރޭ އުފަލުން ނުނިދިފާ..."

އެކުވެރިއަކު ކިހިނެއްވީހެއްޔޭ ކިޔާ ސުވާލުކުރުމުން މިކާލް ބުނީ ބުނެދޭންވެސް ނޭގޭހާ އުފާވެރިކަން އިހުސާސްކުރެވިއްޖެ ކަމަށާއި މިރޭ އާސްމާނުގައި އުދުހެވޭހެން ހީވާކަމުގައެވެހަޔާތީ ހައިރާންވެ ހިތްހަމަނުޖެހޭގޮތްވިއެވެމިކާލްއަށް މިހާވަރުގެ އުފަލެއް ލިބިގެން އުޅޭއިރު އެކަމުގެ ސަބަބެއް އޭނައަށް ނޭގިގެން އުޅެނީ ކީއްވެހެއްޔެވެ؟

"މިކާކޮންކަމަކާއި އުފަލުން ނުނިދިފާއަސްލުވެސް އުފާވެފައިކަން އެބައެނގޭ މޫނަށް ބަލައިލީމަދެލޯ ވެސް ދިއްލިފަސްޕާކްލިން ލައިކް ޖްވެލްސްވެޑިން ރޭވެސް މިކާ މިހާ އުފަލުންނެއް ނެތް އެހެންވެ މަ ހަމަ ޖޭ ވެސް ވެއްޖެކޮންކަމެއް މިކާކޮންކަމެއް ކުރެވިގެން ތިހާ އުފާކުރަނީ.............." ހަޔާތީ ލެޕް އަތުލަން އުޅުމުން ލައްޕާލާފައި ކޮފީތަށިން އެތިފޮދެއް ބޯލިއެވެކަތިކޮށް ބަލައިލިއެވެއޭރު ވާރޭ ކޮންމެވެސް ވަރަކަށް ތުނިކޮށްލިނަމަވެސް މުޅި ކޮޓަރިތެރެވެސް ފިނި ހިފާލާފައިވިއެވެމިއިން ދުވަހަކު ނުވާހާ ފިނިގަދައެވެ.

"ޕްރޮޖެކްޓެއް ނިންމާލެވުނީމަ...."

"ވައިފް ވީމަ ތި ޕްރޮޖެކްޓް އެނގުމުގެ ހައްގު އަހަންނަށް އޮންނަން ޖެހޭނެއްނުކޮންކަމެއް ނިންމީ؟ އެމެރިކާގެ ނޫކްތައް ވައްޓާލާނެ މިސައިލްއެއް އީޖާދުކުރީތަ؟ ނޫނީ ކެންސަރަށް ޓްރީޓްމެންޓެއް ހޯދީތަ؟ އުފަލުން ނުނިދޭހާ މޮޅުކަމެއް ކޮށްލެވުނީމަ ބުނަންވާނެ މިކާ....." ހަޔާތީ ހެޑްބޯޑަށް ލެނގިލައިގެން ކުޝަން އުނގުމަތީ ބާއްވައިގެން އިނދެ ހަށަން ބަދެލިއެވެފައިތިލައިގެ އިނގިލިތައް ހަލުވާވަރުން އޭނަ ހިތްހަމަނުޖެހިފައި އިންވަރު މިކާލް ދެނެގަތެވެ.

"އަދި ނުބުނެވިފަ ނެތެއްނުބުނާނަމޭ......ހެހެ.." މިކާލްއަށް މަޖާވިއެވެ.

"ވައި އާ ޔޫ ކީޕިން ސިކްރެޓްސް ފްރޮމް މީ؟ މެރީކުރުމުގެ ކުރިންވެސް ޔޫ ހޭޑް ދެޓް މިސްޓީރިއަސް ސައިޑް އިން ޔޫމިހާރު މެރީކުރީމަވެސް ހަމަ ސޭމްލެޓް މީ އިން..." ހަޔާތީ މިކާލްގެ އަތުގައި ހިފަހައްޓައިލުމުން މިކާލް ހިނިތުންވެލިއެވެ.

"ހަޔާ ބޭބީ ބައެއް ކަންތައް ނޭގުމުން ހިތަށް މާ ފަސޭހަވާނެއެންމެ ރަގަޅުވާނީ އަހަރެން ކުރާ މަސައްކަތާއި ޕްރޮޖެކްޓްތަކުގެ ވާހަކަތައް ބޭބީއަށް ނޭގުނީމައެކަމަކު ލައިކް އައި ސެޑް އަދި ބުނާނަންކުޑަދުވަސްކޮޅަކަށް އިންތިޒާރުކޮށްލާދެން ނިދާލާ.....ވަރަށް ދަންވެއްޖެހެދުނު އޮފީހަށް ދާން ޖެހޭނެ...." މިކާލް ބުނެލިއެވެ.

"ޕްލީޒްވަރަށް ކިއުރިއަސް ވެފައި މިހިރީތިކަމެއް ނޭގި ނުވެސް ނިދޭނެބުނެބަލަ ޕްލީޒް......." ހަޔާތީ އާދޭސްކުރިއެވެއެހާވަރަށް އެދުނީމަވެސް މިކާލް އޭނަގެ ކައިރީ އެ ޕްރޮޖްކެޓްގެ ވާހަކަ ނުބުނުމުން ދެރަވެ ރުޅި އަންނަގޮތްވިއެވެއެހާ ބޮޑަށް އެނގެން ބޭނުންވެފައި ހުއްޓާ ސިއްރުކުރުމުން ހިތަށް ވީ އުދަގޫތައް ބަޔާންކުރަން ދަތްޗެވެއެންމެފަހުން ރުޅިހަދާލާފައި ބާރަށްގޮސް ފާޚާނާއަށްވަދެ ދޮރު ލައްޕައިލިއެވެއެތައް އިރެއްފަހުން ނުކުމެގެން އައިއިރު ކޮޓަރީގައި އޮތް ނިދާބޮކީގެ އަލި ފަނޑުކަމުން ކިރިޔާ ތަންތަން ހެކަ ލާކަމެވެރަޖާދަށަށް ވަދެފައިވެސް މިރޭ ލޮލަށް ނިންޖެއް ނައެވެކުރިން ގަދަޔަށް ނިދާލެވުނީމަ ނިދި ހާލިވީއެވެބަންޑުން އޮވެ ދެފައި ތަޅަ ތަޅާ އޮތްވާ އެކަން ހުއްޓުވަމް މިކާލް ފައިގާ ހިފެހެއްޓުމުން ހިމޭންވިއެވެއޭނަ މިކާލްއާއި ރުޅިއެވެމިކާލްގެ ސިއްރުވެރިކަމަކީ އޭނައަށް އިތުބާރުނުކުރުން ނޫން ކޮންކަމެއްހެއްޔެވެ؟ ލޯބީގެ ގުޅުން ދެމިއޮންނާނީ އިތުބާރުގެ މައްޗަށެވެމިކާލް އޭނައަށް އިތުބާރުނުކުރަންޏާ އޭނަވެސް ދެރަވާނެކަން ނޭގެނީހެއްޔެވެދެފަރާތަށް ފުރޮޅި ފުރޮޅި އޮވެފާ ފޯނު އެލާމްކުރަން އެނދުމަތީ އަތްހާކާލިއެވެދެން ހަނދާންވީ ސޯފާމަތީ ފޯނު އޮތްވާ ރިންގްވާން ފެށުމުން ސައިލެންޓަށް ލާފައި އައި ހަދާނެވެކަންނެތްކަމުން ފޯނު ބަލައިދާނެ ހިތްވަރެއް ނުލިބުނެވެއެހެން އޮވެފައި މިކާލްގެ ހިލަމެއް ނުވުމުން ބަލައިލިއިރު ފެނުނީ ފާޚާނައިން ނުކުތްތަނެވެދަމުނަމާދަށް އަރާން މުސައްލާ ނެގިއެވެސުންނަތް ނަމާދުކުރާވަރަށް ކީއްކުރަން ފަރުޟުނަމާދަށްވެސް ހަޔާތީއަށް އެހާ ފަރުވާ ބެހެއްޓެނީއެއް ނޫނެވެގިނަފަހަރު މެންދުރާއި އަސުރު ކުރެވޭނީ އެކީގައެވެއިޝާ ނަމާދަށް ބަންގިދޭން ފަސްމިނިޓަށްވީމަ ތެޅިފޮޅިގެން މަޣުރިބަށް އެރެނީއެވެއޭނަ އެކަންޏެއް ނޫނެވެދަންނަ ގިނަކުދިން ބުނަނީ އެގޮތަށް ނަމާދުކުރާ ވާހަކައެވެވަޒީފާގައި އަވަދިނެތި އުޅެން ޖެހުމުން ނަމާދަށް ވަގުތު ނުވާ ވާހަކައެވެއެހެން ކަންތަކަށްވުރެ ފަސްކުރެވެނީ ނަމާދެވެމިކާލް އެތައް އިރެއްވާންދެން ސަޖިދައިގާ އޮތުމުން ހަޔާތީ ހައިރާންވިއެވެނިދީގައި މިކާލްއަށް ނިދުނީކަމަށްވެދާނެއެވެއެހެންނޫނީ އެހާ ގިނައިރުވާންދެން އެއްވެސް މީހަކު ސަޖިދައިގާ އޮވޭހެއްޔެވެ؟ ކޮންމެ ރަކުއަތެއްގައި ކިޔަވަނީ އެހާ ދިގު ސޫރަތެކެވެމިކާލް ގުރުއާން ދަސްކުރީ ކޮންއިރަކުހެއްޔެވެ؟ އެކި ސުވާލުތައް ސިކުނޑީގައި އުފެދެމުން ދިޔައެވެ.

"މިކާ ހާދަ ދީންވެރިއޭދީންވެރިވެއްޖެއްޔާ ހަމަ އުފާވޭވަރަށް އުފާވާނެއެކަމަކު އެކްސްޓްރީމްއެކްސްޓްރީމިސްޓަކަށް ނުވެއްޖެއްޔާ ރަގަޅުމިހާރު އެންމެ ބޮޑު ބިރަކީ ހައްދު ފަހަނަޅާ ދިޔުންމިކާ އެކަހަލަ މީހަކަށް ވެއްޖެއްޔާ ބޯ ގޮވާނެވެސްޓާން ސްޓައިލަށް މިކާ ޑްރެސްކުރަނީފަޓްލޫނުގެ ފައިކުރި ކުރުކޮށްލާފައެއްނެތްތުނބުޅި ދިގުކޮށްފައެއް ނެތްކަމަކާ ނުލާ މިކާއަށް ޝައްކުކުރާނެކަމެއް ނެތް ކަން ނޭގޭ............." ހަޔާތީ އަމިއްލަ ނަފުސާއި ވާހަކަދެއްކިއެވެއާއިދުއާއި ސަމާގެ ހަނދާންތައް އާވިއެވެމިކާލްވެސް އެމީހުންގެ ބަހަށް ހެއްލި އެމަގުން ދަތުރުކުރަން ފަށައިފިއްޔާ އެ ގޯސްވީއެވެމިކާލް ގޯސް މަގެއް ޚިޔާރުނުކުރަން އެދި އޭނަ ދުޢާކުރާނެއެވެހިތަށް ވިސްނައިދީ ހިތްހަމަޖައްސާލުމާއެކު ހަޔާތީއަށް ނިދީގެ ނަސީބު ލިބި ދިގު ބޯ އެސްފިޔަތައް މެރިއްޖެއެވެ.

ހެނދުނު ހޭލައިގެން ހަޔާތީ ކާބަޔަށް ވަދެ ނާސްތާ ތައްޔާރުކޮށްލާފައި ފެންވަރާ ތައްޔާރުވެލިއިރު މިކާލް އޮތީ ނުތެދުވެއެވެފަތިސްނަމާދުކޮށްގެން ނިދާފައި ތެދުވާނީ ތަންކޮޅެއް ލަހުންނެވެހަޔާތީ ފިޔާތޮށިކުލައިގެ ގަޔަށް ހިފާފައިވާ ޓޮޕްކޮޅަކާއި ސްކިނީއެއްލުމަށްފަހު ކަޅުކުލައިގެ ތަންކޮޅެއް ދިގު ޖެކެޓެއްލިއެވެމިހެދުން ލާތީ މުފުތިހާ އެތައްފަހަރު ބަދަލުކުރާން އަންގައިފިއެވެމިކާލްވެސް ބުނާނީ އެންމެ ރީތީ އަންހެންކުދިން ކަޅުހެދުންލީމަ ކަމަށެވެއެންމެންގެ ޚިޔާލު އެއްގޮތެއް ނުވާނެއެވެކަޅުހެދުން ލާ އާއިލާއަކަށްވީމަ އެމީހުންގެ ފިކުރު ހުންނާނީ އެގޮތަށް ނޫންހެއްޔެވެ؟ ހަޔާތީ މޫނުގައި މޮއިސްޗަރައިޒާއެއް އުގުޅާލުމުން މޫނު ފަށުވިކޮޅެއްހާ އޮމާނެވެލޯ ފަވައިލީ އަނދުނުންނެވެލޮލުގެ ކަޅުކަމާއި ރީތިކަމުން ދުރަށްވެސް ފާހަގަވާނެއެވެތުންފަތުގައި ހުރި ފިޔާތޮށިކުލަ އިތުރަށް ގަދަކޮށްލަން ލިޕްގްލޮސް އެއް ޖައްސާލުމަށްފަހު ހަޔާތީ ހިތްހަމަޖެހޭވަރުވިއެވެ.

"ޑޭމް ކޮބާ މަގޭފޯނު ގަނޑުރޭ ރުޅި ގަދަވާން ހަދައިގެން ފޯނުވެސް ދުރުކޮށްލެވުނީ....." ހަޔާތީ ސެންޓްފުޅިނެގިއެވެކަނދުރާއަށް ކުޑަކޮށް ސެންޓް ޖަހާލާފައި އަޅި ސްކާފަކުން އިސްތަށިގަނޑު ނިވާކޮށްލައިފިއެވެމިކާލް މިއަދު މާލަހުން ހޭލާ ދުވަހެކެވެގޮވީމަ ހޭނުލައިގެން އައިސްކިއުބްތަކެއް ގެނެސް މޫނަށް އެޅުމާއިއެކު މިކާލް ސިހޭގޮތްވެފައި ލޯ ހުޅުވައިލިއެވެއަދި އުދަގޫގޮތަކަށް އަނެއްފަރާތަށް އެނބުރުނެވެ.

"ވަޓް ހެޕެންޑް މިކާ...." ހަޔާތީ ގޮސް އަތްލިއިރު އަލިފާންކޮޅެއްފަދައެވެހުމާއި ފިހެނީއެވެއެހާލުގައި އޮތްވާ ގަނޑުފެން އެޅުމުން ހާދަ އުދަގޫވާނެއެވެހަޔާތީ ކަންބޮޑުވެ އަނގަމަތީ އަތްއެޅިއެވެ."ސޮރީ ސޮރީ މިލިއަން ޓައިމްސް ސޮރީކިހިނެއްއެނގެނީ މިކާ ނުބުނަންޏާޔޫ އާ ބާނިން އަޕް ވިތް ފީވާބޭބީގަނޑަށް ކިހިނެއްވީބޮޑުކަމަކަށް ނުވިއްޔާ ރަގަޅުވައިރަލް ފީވާއަކަށް ކަން ނޭގޭ ވާނީ.........."

ހަޔާތީ އެނދުމަތީ ހުރިގަނޑުފެންތައް ނަގައިގެންގޮސް ސިންކު ތެރެއަށް އުކާލިއެވެއަދި ރުމާކޮޅެއް ތެންމާލައިގެން ގެނެސް ނިތްކުރީގައި އަޅާލަދިނެވެ. "ޕެރެސެޓަމޯލްއެއް ކާލީމަ ހުން ފިނިވާނީޖޫސް ގެނެސްދޭނަން މިކާއަށްވެސް އެނގެއެއްނު ކުރީ ރޭވެސް ވާރެއާއި ތެމިގެން އައީމަ ރޯގާޖެހުނުގޮތަށް ރަގަޅުނުވެ ހުއްޓާ ތެމުނީމަ މިހެންކަން ވާނީޔޫ އާ ނޮޓް އެ ޗައިލްޑް އެކަމަކު މިކާ އެއްވެސް ވަރަކަށް އަމިއްލަ ނަފުސަށް އަޅައެއްނުލާ......"

 

ހަޔާތީ ދެރަވަފައި ހުރެ ގޮސް ސިންކު ކައިރީ ހުރެ އޮރެންޖެއް ނަގައިގެން ޖޫސްތަށްޓެއް ހަދަން ފެށިއެވެ.

"މިކާ އަމިއްލަ ނަފުސަށް އަޅާނުލާކަމުގެ ހެއްކަކީ ސީރިޔާއަށް ދާން އުޅުންނުދެވެންވެގެން ހުން އައީމިހާރު އެއްޗެއް ވިސްނޭނެއެ އާއިދުގެ ސަބަބުން މިކާވެސް ކިރިޔާ ނުގެއްލި މިހިރީއަހަރެން ނެތްނަމަ މިކާ ހަމަ މޮޔަކަމެއް ކޮށްފައި ހުއްޓާލާނީސަމާ ޅަކަމުން ފިރިމީހާގެ ބަހަށް ހެއްލި ދިޔަސް އަހަރެން މިކާ ދެވުނަކަނުދޭނަން..........." ޖޫސްތަށި މޭޒުމަތީ ބަހައްޓާފައި ތަބައް ނަގަން އުޅެނުކޮށް ސޯފާމަތީ އޮތް ފޯނު ފެނިގެން ސަޖަލްއަށް ގުޅަން ނިންމިއެވެމިކާލް ބަލިވެ އުޅެނިކޮށް އޮފީހަށް ދާކަށް ނުކެރޭނެއެވެސަލާމް ބުނާނީއެވެފޯނަށް ބަލާފައި ސިހިގެން ދިޔައީ ފަންސާހަކަށް މިސްކޯލު ހުރިތަން ފެނިފައެވެވައިބާ މެސެޖްތައް ކިޔާލުމުން ބޮލަށް އެނބުރުން އަރައިގެން ދިޔައެވެއަތުން ފޯނު ދޫވެގެންގޮސް ރަގްމަތީ ޖެހުނެވެ.

"އޯ އެމް ޖީ......."

ކޮމެންޓް 0