ޔޫ ވިލް ނޮޓް ބިލީވް ދިސް. އަހަރެން މިހިރީ ހަމަ ޝޮކެއްގައި ހަޔާ........"

"ވަޓް؟ " ކަންފަތަށް އިވުނު ވާހަކަ ގަބޫލުކުރަން ދަތިވުމާއިއެކު ހަޔާތީ އަނބުރައިގަންނަފަދަ ގޮތެއް ވެއްޖެއެވެ. ހަމަ ހަގީގަތުގައިވެސް އޭނަގެ ފައިދަށުން ބިންގަނޑު ދެމިގަތެވެ. އެއާއިއެކު ހުރިހާ ތަނެއް އަނދިރިވެ އޭނަ ވެއްޓެން ދިޔައެވެ. ނަމަވެސް މިފަހަރު އޭނަ ސޮއްސާލައިގެން ބިންމަތީ ޖެހުމުގެ ކުރިން އެހިސާބާއި އަރާ ހަމަކުރި އަމްރާން ހުޝިޔާރުކަމާއިއެކު އޭނަ ބިންމަތީ ޖެހުނަ ނުދީ ހިފެހެއްޓިއެވެ. އެއާއެކު ހަޔާތީ ތެޅިފޮޅިގެން ދުރަށް ޖެހި އަމްރާންއާއި ދިމާލަށް ބަލައިލީ ބިރުވެރި އެއްޗަކާއި ދިމާލަށް ބަލާނެފަދަ ނަޒަރަކުންނެވެ. މަޑުމަޑުން ދެލޮލަށް ގިނަވާންފެށި ކަރުނަތައް އޮމާން ކޯތާފަތްމަތިން ފައިބައިގެން ދިޔައެވެ.

"ސަމްތިން ކޭމްއަޕް. އައި ވިލް ބީ ބެކް..." ހަޔާތީ އަމްރާންއާއި ހަތަރުކަޅި ހަމަކޮށްލަން އުދަގޫވެފައި ހުރެ އަވަސް ފިޔަވަޅުތަކެއްގައި ނިކުމެގެން ދާން ހިގައިގަތެވެ. ހަޔާތީ ގޭޓުން ނިކުންނަންވާއިރަށް ކަޅު ޝޯލް މޫނާއިއެކު ފޮރުވާލައިފިއެވެ. މީހަކަށް އެނައަކީ ކާކުކަން އެނގިގެން ނުވާނެއެވެ. ފަސްޓްލޭޑީގެ ލަގަބު ލިބުމަށްފަހު މީހުން އޭނައާއި މެދު ދެކޭގޮތް ތަފާތުވާނެއެވެ. ޕަޕަރާޒީންގެ އުދަގޫ މާ ބޮޑުވާނެއެވެ. ކާރަކަށް އަތް ނަގައިގެން އޭނަ ބޭނުންވާ މަންޒިލަށް ގެންގޮސްދޭން އެދުނެވެ. އެހެން އިންއިރުވެސް ހުއްޓުމެއްނެތި ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ޝޯލް ތެންމަމުން ދިޔައެވެ. ކުށްވެރި އިހުސާސްތަކުން އޭނަގެ ހިތް ފިހެނީއެވެ.

މިކާލްގެ އެޕާޓްމެންޓާއި އަރާ ހަމަވުމުން ވަކިން ގަދަޔަށް ހިތްތެޅިގަތެވެ. ހިތް އަވަސްވެފައިވާވަރުން މަރުވެދާނެހެން ހީވިއެވެ. ދޮރު ހުޅުވައިލީ މިކާލްގެ އުމުރުގެ ޒުވާނެކެވެ. މިކާލްއާއި ވައްތަރު ސިފަތަކެއްވެސް ހުއްޓެވެ.

"މިކާ އެބައުޅޭތަ؟ "

އެޒުވާނާ ބޯ ހޫރާލާފައި ވަގުތުން ދޮރު ލައްޕާލީ މޫނުމަތީގައެވެ. ހަޔާތީއަށް ޝޮކެއް ލިބުނެވެ. މިވީ ކިހިނެއްހެއްޔެވެ؟ އެހާ ޔަގީންކަމާއެކު އައުމުން ކުރެވުނު ތަޖުރިބާގެ ހިތި ރަހަ އަރުތެރޭ ލުމުން ކަރު ބެދިއްޖެއެވެ. މި ޒުވާނާ މިކާލްގެ އެޕާޓްމެންޓްގައި ކުރަނީ ކޮންކަމެއްހެއްޔެވެ؟ ކުއްޔަށް ހުރީކަން ނޭގެއެވެ. ހަޔާތީ އަދި އެހާއަވަހަށް އުއްމީދު ދޫކޮށްލާކަށް ބޭނުމެއްނުވިއެވެ. އޭނަ މިޝާގެ އެޕާޓްމެންޓަށް ވަނެވެ. މިކާލްގެ ޚަބަރު އޮޅުން ފިލުވާހިތުން ކެތްތެރިކަން ކުޑަވެފައި ހުރެއެވެ. މިޝާގެ ފަރާތުން ލިބުނީ މާޔޫސްކުރުވަނިވި ޖަވާބެކެވެ. މިކާލް އަންނާނެކަމަށް ހަޔާތީ ހީކޮށްގެން ނުވާނެއެވެ. މިކާލްގެ އެޕާޓްމެންޓްގައި ހުންނަން ފުރުސަތު ދިނީ މިކާލްގެ އެކުވެރިއަކަށެވެ. ބައްޕަ އެދިލައްވައިގެންނެވެ. ހަޔާތީ އެގެއިން ނުކުތްއިރު ސަޖަލްދެކެ ގަދަޔަށް ރުޅިއަތުވެއްޖެއެވެ. ސަޖަލް އޭނަގެ އުއްމީދުތައް އާކޮށްފައި މުޅިން ހިތްހަލާކުކޮށްލައިފިއެވެ. އޭނަ ދެން ސަޖަލްއާއި އަނގައިން ނުބުނާނެއެވެ. މިކާލް ވައްތަރު މީހަކު ފެނުނޭ ކިޔާފައި ހުވާކޮށްފައި އެއީ މިކާލްކަމުގައި ބުނެގެން ނުވާނެއެވެ. އެގެއަށް މިކާލް ވަންއިރު އޭނަގެ ލޮލުން ދެކުނު ކަމުގައި ބުނެ ހަޔާތީއަށް ކުރި އަސަރުތަކާއި ލިބުނު ޝޮކް އަދި އުފަލާއިއެކު އެތައް ޖަޒުބާތުތަކުން ހިތަށް ވީގޮތް ބަޔާންކުރަން ދަތިވިއެވެ. އަމްރާންއާއި އަނގައިން ނުބުނެ އޭނަ ވަގުތުން އެގެއިން ނުކުމެގެން އައީވެސް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުންނެވެ. ވަގުތުން އެކައިވެނި ރޫޅާލާފައި އޭނަގެ މިކާލްގާތަށް އަބަދަށްޓަކާ ދިޔުން ނޫން އެހެން އެއްވެސް މަގުސަދެއް އޭރަކު ނެތެވެ. ނަމަވެސް މިވީގޮތުން ހިތުގައިވާ ޒަޚަމްތައް އަލުން ފާރުވުން ނޫންކަމެއްނުވިއެވެ.

ހަޔާތީ ސަޖަލްއަށް ގުޅީ މަގަށް ނުކުމެފައެވެ.

"ސަޖަލް ކީއްވެ ދޮގުހެދީ؟ މިކާ ދިޔަތާ އެތައް އަހަރެއްވީއިރު އޭނަ ބަދަލުވާނެކަމެއްވެސް ނޭގުނުތަ؟ އެހެން ފިރިހެނަކާއި ދިމާލަށޭ މިކާލްއޭ ކިޔައިގެން އުޅުނީ. މިކާގެ އެޕާޓްމެންޓް ކުއްޔަށް ހިފި މީހަކު ސަޖަލްއަށް ތިފެނުނީ......"

"އޯ......އެހެންވިއްޔާ އައި ގޮޓް ކޮންފިއުޒްޑް. ޔަ ތުނިކޮށް ތުނބުޅިހުރި އެކަމަކު ހަމަ ރަން ބްރައުންކުލައިގެ އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައި ހަމަ ރީތި މިކާ. އެކަމަކު ހޫމް ވެދާނެ ވައްތަރުވީކަމަށް..." ސަޖަލްއަށްވެސް އޮޅުނުކަން އޭނަ ދެއްކި ވާހަކަތަކުން އެނގިހުރެ ހަޔާތީ ފޯނު ކަނޑައިލިއެވެ.

"އައި ހޭޓް ޔޫ ސަޖަލް. ޔޫ ބްރޯކް މީ އިންޓު ޕީސަސް ރަގަޅަށްވިއްޔާ ސަޖަލް ގަސްތުގައި އެކަމެއްކުރީ. ހައްދާލަންވެގެން. ހިތަށްވާނެ ވަރު ސަޖަލްއަކަށް ނޭގުނު. އެކުވެރިން ކަންތައްކުރަންވާ ގޮތެއްނޫން މީ.. އޭރު ހުވާކޮށްފައި މިހާރު އަހަރެން އެހެން ބުނީމަ ސަޖަލްއަށްވެސް ޔަގީނެއް ނޫނޯ. މީހަކު ހައިރާނެއްނުވާނެތަ؟ ވަޓް ކައިންޑް އޮފް ޕީޕްލް ހޭވް އައި ގޮޓް އިން މައި ލައިފް.........." ހަޔާތީއަށް ރޮވޭގޮތްވިއެވެ.

"ވަޓް ހޭވް ޔޫ ޑަން. މުޅިން ހިތް ހަލާކުކޮށްލައިފި....." މުޅި ދުނިޔެވެސް އޭނައާއި ދެކޮޅުވެފައިވާކަމުގައި ހީކުރެވުނެވެ. މަގުން ކާރެއް ހުއްޓުވާފައި އޯޓަމް ބްލޭޒްގެ ނަން ކިޔައިލެވުނުއިރު ގިސްލެވެން ފަށައިފިއެވެ. ޑްރައިވަރު ހުއްޓާނުލާ އަނގަތެޅިއެވެ. ސިޔާސީކަމުގެ ކޮޅެއްނެތެވެ. އެލްޑީޕީއަށް ގޮސް ހުސްވެފައެވެ. އަމްރާން ވެރިކަމަށް އައުމުން އުފާވެފައިވާކަމަށާއި ދިވެހި ގައުމު ހަމަޔަކަށް އެޅުވޭނީ އެފަދަ ގާބިލު ޒުވާން ލީޑަރަކަށް ކަމުގައި ބުނެ ތައުރީފުކުރުމުގެ ހައްދެއްނެތެވެ. ގެއަށް ވަދެފާ ސަޖަލް ވައިބާ ކުރި ލިންކަށް ބަލައިލުމާއިއެކު އަދި ވަކިން ބޮޑަށް ހާސްކަން އިތުރުވި ފިޔަވަޅުތައް ހުއްޓުނެވެ. ނޫހުގައި މިއޮތީ ފަސްޓްލޭޑީއަށް އެމަގާމު ލިބުމާއިއެކު ނިގާބު އަޅައިގެން އާއްމުންގެ ތެރެއަށް ނިކުމެ ވަޑައިގަންނަވާ ކަމަށާއި ދީނަށް ހަޖޫ ޖަހަން އާގޮތެއް ގެންގުޅެނީހެއްޔޭ ކިޔާފައި ސުވާލު އުފައްދާފައެވެ. ނިގާބުން ނިވާވެގެން ހިތަށް އުޅެންޖެހެނީ ހިތަށް އެރި އިރެއްގަ އެއް ނޫނެވެ. ނޫސްވެރިން ފާރަލާވަރު އެނގި ހަޔާތީ ހައިރާންވިއެވެ. މޫނުގައި ޝޯލް އަޅައިގެން ހުރި ފޮޓޯއެއް ޖަހާފައި ހުރުމުން އޭނަ ދަންނަ މީހުންނަށްވިއްޔާ އޭނަކަން އެނގޭނެއެވެ.

ހަޔާތީގެ ކަރުނަތައް ހުއްޓުނެވެ. ލަދުވެސް ގަތެވެ. ރުޅިވެސް އައެވެ.

"ހައު ޑެއާ ދޭ......" ހަޔާތީ ދަތްތައް ވިކައިލިއެވެ. ވަގުތުންގޮސް އަމްރާންގެ މޫނުމަތީ އެތިފަހަރެއް ޖަހާފައި އޭނަ ބޭނުންވަނީ މިނިވަންވެގެން ވަގުތުން ގެއަށްދާން ކަމުގައި ބުނަން ބޭނުންވިއެވެ. އެޚިޔާލުގައި އެތެރެއަށް ހިނގައިގަތްތަނާ މަންމަ ގުޅިއެވެ.

"ދަރިފުޅާ..ހަޔާތީ. މިހާރު މޫނު އެޅީތަ؟ ޕްރެޒިޑެންޓްގެ ވައިފްވީމަ ދަރިފުޅު ހާދަ މަޝްހޫރުވެސް ވެއްޖެއޭ. މަންމަ ވަރަށް އުފާވެއްޖެ. ތީ މީހަކަށް ލިބޭނެ އެންމެ ރަގަޅު އަންހެންދަރިފުޅު. މަންމަ ހަމަ ވަރަށް ފަޚުރުވެރިވެފައި. ޓެސްޓް ހައްދަން ދިޔައިން. ޑޮކްޓަރ ބުނުއްވީ ކެންސަރުގެ އަސަރެއްނެތްކަމަށް. ހިތްހަމަޖެހިގެން އުޅެންޏާ ބަލި އިއާދަވުމުގެ ބިރު ކުޑަކަމަށް ޑޮކްޓަރ ބުނުއްވި. މީހެއްގެ ހިތަށް ހަމަޖެހުމެއް ލިބޭނީ މިހާވަރަށް. މަންމަގެ ދަނބިދަރިފުޅަށް ރައީސްކަން ލިބުމަށްވުރެ ބޮޑު އުފަލެއް ލިބުމެއްނެތް. އަމްރާންއަށް މަންމަގެ ސަލާމް ބުނައްޗޭ. މަންމަގެ ހެޔޮ ދުޢާ އަބަދުވެސް އެ ދަރިފުޅާއިއެކު ވާކަމަށް ބުނައްޗޭ........." މަންމަ އުފަލުން ހީވަނީ އެހެން ކަމެއްހެންނެވެ.

ހަޔާތީ މަންމައައި ވާހަކަދައްކާފައި ފޯނު ބޭއްވިއެވެ. ހިނގައިގަނެވުނީ ކާކޮޓަރިއާއި ދިމާލަށެވެ. އެތެރެހަށި އަނދާހެން ހީވެ ފިނިފެންފޮދެއް ބޯލަން ބޭނުންވިއެވެ. އިންޑިއާގައި ހުރި މަންމައަށްވެސް އެ ޚަބަރު ލިބިއްޖެއެވެ. ދެން ހަދާނީ ކިހިނެއްހެއްޔެވެ؟ އާއްމު އަންހެންކުއްޖެއްގެ ގޮތުގައި އުޅުމުގެ ނިއުމަތް މިއެގުނީ ސިޔާސީ މީހެއްގެ އަންބަކަށްވީމައެވެ. އަދި އެވެސް ރައީސްގެއެވެ. ސެލެބްރިޓީއިންނަށް ޕަޕަރާޒީންގެ ފަރާތުން އުދަގޫ ފޯރާކަން އޭނަ ދަނެއެވެ. ނޫސްތަކާއި މަޖައްލާތަކުން އެތައް ފަހަރު ފެނިފައިވެއެވެ. ނަމަވެސް އޭނައަށް މިފަދަ މަޝްހޫރުކަމެއް ލިބި މިފަދަ ހާލަތަކަށް ވެއްޓިދާނެކަމަކަށް ހިޔެއްނުކުރެއެވެ. ކުރާ ކޮންމެ ކަމަކަށް ފާރަލާނެ މީހުން ތިބޭނެއެވެ. ބުނެލާ ބަހެއްވެސް ނޫހުގައި ޖަހާހިތުން ތިބޭނީ ކެތްމަދުވެފައެވެ. ފެންތަށްޓަކަށް އައިސްބްލޮކާއި ލުބޯ ފޮތްޗެއްލިއެވެ. އަދިވެސް ކާކޮޓަރީގެ ކަނުގައި ހުރި މޭޒެއްގެ މަތީ ވެޑިންއަށް ތައްޔާރުކުރި އާލް ގްރޭ ކޭކު ބަހައްޓާފައި ހުރިތަން ފެނުމުން ކުޅުދިޔާވާގޮތްވިއެވެ. ކާލާހިތުން ހުރެވުނީއެއް ނޫނެވެ.

"އާދޭ ކޭކުކާން......." އަމްރާންގެ އަޑު އިވުމުން ސިހުނުވަރުން ފެންތަށި ދޫނުވީކިރިޔާއެވެ. އޭނަ ހީކުރީ އަމްރާން ވެޑިން ކޭކު ކަނޑަން އުޅެނީކަމުގައެވެ. ނަމަވެސް އަމްރާން މޭޒުމަތީގައި ހުރި އާލްގްރޭ ލެވެންޑާ ކަޕްކޭކުން ދެތިން ކޭކުއަޅާފައި ހަޔާތީގެ އަތަށް ދިއްކޮށްލިއެވެ. ހަޔާތީ އެތަށީގައި ހިފިއެވެ. ކާންފެށުނީ ހިތާމަތައް އެއްފަރާތްކޮށްލުމަށެވެ.

"ކޮންތާކުން ތިއައީ ވައިފް؟ " ސަމާސާ ރާގަކަށް އަމްރާން އަހައިލިއެވެ.

"މި......މިޝާ...މެން ގެއިން.." ހަޔާތީ ބުނެލީ އަޅައިގެންފައެވެ.

"މިޝާއަކީ ކާކު؟ "

"ޒުހަލްމެންގެ މަންމަ........"

"ވެލް...........އޯކޭ...." އަމްރާން އެއް ބުމަ އަރުވައިލަމުން އޭނަގެ މޫނަށް ބަލަން އިނީ ދަސްކުރާފަދަ ނަޒަރަކުންނެވެ. ހިތްގައިމު ނަޒަރެކެވެ. ދެލޮލުގެ ތޫނުކަމާއި ރީތިކަމުން ބަލަން އިންނަން އުދަގޫވާފަދަ ގޮތެއް އެލޮލުގައިވެއެވެ. ނުބުނާން އުޅޭ ވާހަކައެއްކަން އެނގުމުން އިތުރަށް ކޮންނާން ނޫޅެ އޭނަ މައުޟޫ ބަދަލުކޮށްލާގޮތާއި މެދުވެސް އެވަގުތު ހަޔާތީ ވިސްނައިލިއެވެ. މިފަހަރު އަމްރާން ފެށީ އެޗްއެމްގެ ވާހަކައެވެ. އެޗްއެމް ހަޔާތީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާނެގޮތާއިމެދު މަޝްވަރާކުރެވުނެވެ. އެކަމުން ހަޔާތީގެ އަނދަމުންދިޔަ ހިތަށް ފިނިކަމެއް ލިބި ހިނިތުންވެލެވުނެވެ. ހަޔާތީ ބޭނުންވާ މުވައްޒަފުން ނަގައިގެން ބޭނުންވާގޮތަށް ކުރިއަށް ގެންދާން އަމްރާން ހުއްދަދިނެވެ. ވައުދެއްކޮށްފިއްޔާ އެވައުދު ފުއްދަން އެނގޭ ރައީސެއްތާއެވެ. ހިތާހިތުން ތައުރީފުވެސް ކުރެވުނެވެ. އެއާއެކު އެބަސްތައް އަނބުރާ ނަގަންވެސް ބޭނުންވިއެވެ.

އިރުކޮޅެއްފަހުން ހިތް ހަމަޖައްސައިލަން އޭނަ ފޮތެއް ހިފައިގެން ނިކުމެ ސިޓިން ރޫމްގައި އިންދާ އެލީން ނުކުމެގެން ދަމުން ލޯ އަޅައިލިއެވެ. ހަޔާތީވެސް ހަމަ އެގޮތަށް ވައްތަރެއް ޖެއްސުމުން އެލީން ސިހޭގޮތްވިއެވެ. މިހާ އާދައިގެ އަންހެންކުއްޖަކު ރައީސްގެ އަންހެނުންނަށްވީމަ ހާދަ ފޮނިވެއްޖެއެވެ. ލަދުކުޑަކަމުން އޭނައާއި ދިމާލަށް ވައްތަރު ޖައްސަނީއެވެ. ނަމަވެސް އެވަގުތު އެހެން ކަމަކާއި މާ ފޯރި އަރާފައި ހުރުމުން އެލީން ހަޔާތީއާއި އަރައިރުންވާކަށް މަޑުނުކޮށް ނުކުތީއެވެ. އަޒިކިއަލް ވަނީ އެލީން ނުކުތްތަނާއެވެ. ހަޔާތީ އަޒިކިއަލްއަށް ގޮވާލިއެވެ.

"ސީރިއަސްކޮށް އަމްރާންއަށް ރައީސްކަން ލިބުނީތަ؟ "

"ޔަޕް. ހުރިހާ ނޫސްތަކާއި މުޅި ސޯޝަލްމީޑިއާގައި އެނޫން ވާހަކައެއް ނެތެއްނު. އެޕްރީލް ފޫލް ހައްދަން އަދި އެޕްރީލްއެއް ނާދޭ. ފަސްޓްލޭޑީގެ މަގާމަށް ހަޔާތީ އައީ...."

"ވަޓް އިފް އައި ޑޯންޓް ވޯންޓް......" ހަޔާތީ ބުމަ ހިއްލައިލިއެވެ.

"ޕްރެޒިޑެންޓް ކައިރިން ވަރިވާނީތަ؟ " އަޒިކިއަލްގެ މޫނުމަތިން ދުވަހަކު ޝުއޫރެއް ނުދައްކަން އުޅުނަސް އެވަގުތު އެލޮލަށް ވެރިވި ކުލަވަރުން އޭނަ ހައިރާންވީވަރު ހާމަކޮށްދިނެވެ. ހުރިހާ އަންހެންކުދިން މަރުދަންޖެހޭ މަގާމަކަށް އާދެވުނީމަ ނޫނެކޭ ބުނާނީ މޮޔަ އަންހެންކުއްޖެކެވެ.

ހަޔާތީ ބޯ ޖަހައިލިއެވެ.

"ތެދަށް ބުނަންޏާ އެކަށީގެންވާކަހަލަ މަގާމެއްނޫން. ފޮޓޯތައް ނަގާ ނޫހަށް ލަމުން ކުރާ ކޮންމެ ކަމެއްގެ ވާހަކަ ދައްކަމުން އުޅޭ ފެންވަރެއްނޫން. އައިމް ނޮޓް ދެޓް ގާލް. ޕްރެޒިޑެންޓާއި އެކަށީގެންވާ އަންހެންކުއްޖަކު އަދި އަންނާނެ........................................"

"ތިބުނާ އައިޑިއަލް ޕާޓްނާ އަންނަންދެން ހަޔާތީގެ ޕާޓު އަދާކޮށްދީ..." އަޒިކިއަލް ސީރިޔަސް ރާގަކަށް ބުނެލިއިރު ހަޔާތީގެ އިނގިލިތައް ފަޅުވެފައިވާކަން ދެނެގަތެވެ.

 

"ކީއްވެ ވެޑިން ރިންގް ނާޅާ ތިހިރީ؟ "

"އަހަންވީ މީހާ ތި ވާހަކަ ނާހާ..." ހަޔާތީ ހިނިއައެވެ.

"ހީޒް ދަ ރިޒާވްޑް ޓައިޕް..." އަޒިކިއަލް ހީލިއެވެ.

"ތިކަމެއް ނޭގޭ. ޕްރެޒިޑެންޓްވީމަ ރިޒާވްޑްވެފައި ހައްތަހާ އެރަގަންޓްވަނީ ކަން ނޭގޭ. އައި ތޯޓް ރައީސުންވެއްޖެއްޔާ އުޅެންވާނީ ރައްޔިތުންނާއި ގާތްކޮށް އެމީހުންނަށް ހިނިތުންވަމުން ސަލާމްކުރަމުން ސެލްފީ ނަގަމުންކަމަށް. އެކަމަކު ރިޒާވްޑް ވީމަ އެހެނެއްނުވާނެދޯ. އަމްރާން ރައީސްކަން ލިބުނީމަ ހައްތާ ފޮނި ފާޑެއް ޖެހީ......ހެހެ.." ހަޔާތީ މަޖާގޮތަކަށް ހީލިއެވެ.

"ޕްރެޒިޑެންޓް އުޅުއްވާ ގޮތަކަށް ގޮތް ނުކިޔޭނެ. ފަސްޓްލޭޑީއަށް ވުމަށްފަހުވެސް މީހުންގެ ސުވާލުތައް ކުރިމަތިވާނެ. ފާޑު ކިޔުންތައް އަމާޒުވާނެ. ޔޫ ކާންޓް ބީ ޕާފެކްޓް އެކަމަކު ރަގަޅު ފަސްޓްލޭޑީއެއްގެ ގޮތުގައި ރާއްޖެއަށް މަޝްހޫރުވާނެކަމަށް އުއްމީދުކުރަނީ. މިއޮތީ ހަޔާތީގެ ރަގަޅުކަން ދެއްކޭނެ ވަގުތު ޖެހިފައި. މީހުންނަށް އަޅާލާ ކަންތައްކޮށްދެވޭނެކަން ސާބިތުކޮށްދެއްޗޭ. އުމުރުން ޅަޔަސް މެޗުއާ މީހެއްގެ ގޮތުގައި ޕަބްލިކްއާއި ފޭސްކުރަންވާނީ. ސޯ ޗައިލްޑިޝްކަން ދޫކޮށްލާފައި ބުނާގޮތަށް ހަދަންވާނެ. ސިކިއުރިޓީ ނެތި ބޭރަށް ދާކަށް ހުއްދައެއް ނެތް. ހޯޕް ޔޫ ވިލް އަންޑަސްޓޭންޑް. ކޮންމެހެން ޕްރިޒްނާއެއްގެ ގޮތުގައި ގެންގުޅޭކަށް ނޫން. މިނިވަންކަން ނިގުޅައިގަންނަނީއެއްވެސް ނޫން. އެނގެއެއްނު ރޫލްސް. ހެދުން އަޅަންވާނީ ވީހާވެސް ރީތިކޮށް. ސްޓައިލިޝްކޮށް. ސޯޝަލައިޒްވާން ވާނެ. މީހުންގެ ތެރެއަށް ނުކުމެ ވާހަކަދައްކާ ހާލު ބަލައިލަންދާންވާނެ........" އަޒިކިއަލް ވާހަކަތައް އަހަން ހަޔާތީ އިނީ ގަޔާވެފައެވެ.

ހިތަށް ނާރާވާރުގެ މަތީ މަގާމެއްލިބުމަށްފަހު އޭނަގެ އުޅުމަށް ބަދަލު ގެންނަން ޖެހޭހެއްޔެވެ؟ ނެތް މިޒާޖެއް ދައްކަން ޖެހޭހެއްޔެވެ؟ ފަސްޓްލޭޑީ ކޮންމެހެން ރައީސާއެކު ހުރިހާ ތަނަކަށް ދާކަށް ނުޖެހޭނެއެވެ. އޭނަ ބޭނުމީ އެޗްއެމް ހިންގާށެވެ. ޚާއްސަކޮށް ނޫސް ޗެނެލްއެވެ.



ހަވީރު ހަޔާތީ ކޮޓަރީގައި އިންދާ ކޮންމެވެސް މީހަކު ދޮރުގައި ޓަކިދިނެވެ. ހަޔާތީ ދޮރު ހުޅުވައިލިއިރު ދޮރުމަތީގައި ހުރީ އެލީންއެވެ.

"ކަޅު ޝޯލެއެއްނެތްތަ؟ "

"ކީއްކުރަން؟ "ހަޔާތީ ހައިރާންވިއެވެ.

"ޖަނާޒާއަކަށް ދާން...." އެލީން ހަށަން ބަދެލިއެވެ. "ހަޔާތީއަށް ނުދެވެންޏާ ނުދޭނަމޭ ބުނޭ."

"އެހެނެއްނޫން....ވަން މިނިޓް. މިގެންނަނީ.." ހަޔާތީ ކަޅުކުލައިގެ ޝޯލެއް ދިއްކޮށްލުމުން އެލީން ފާޑަކަށް ހެވިލާފައި ހުރެ އެ ޝޯލް ހިފައިގެންގޮސް ލޯމަތިން ގެއްލުނެވެ. މާ ގިނައިރުތަކެއް ނުވަނީސް އެލީން ޝޯލް ގެނެސްދީފައި ޝުކުރު އަދާކުރިއެވެ. އެކަމާއިމެދު ހަޔާތީ ވަރަށް ވިސްނިއެވެ. އެލީންފަދަ އަންހެންކުއްޖަކު ޝޯލް ހޯދުމުގެ މަގުސަދެއް ސިކުނޑިއަކަށް ނުވަނެވެ. އެލީންގެ އިންސްޓަގްރާމާއި އެފްބީ ބަލައިލި މީހަކަށް އޭނަގެ ފިކުރު ސާފުވާނެއެވެ. ދީނީ އެއްވެސް ކަންފުޅެއްހުރި އަންހެންކުއްޖެއް ނޫނެވެ. ރިޒޯޓްތަކުގައި ބިކިނީގައި ލާފައި ހުރި ފޮޓޯއެއްގެ އިތުރުން ދެން ހުންނަ ގިނަ ފޮޓޯތަކުގައިވެސް ސޯޓާއި ކުރު ޓޮޕްކޮޅުތަކުގައެވެ. އިސްލާމީ އެއްވެސް އުސޫލަކަށް އެލީން ތަބާވަނީއެއް ނޫނެވެ. ދުވަހަކު ނަމާދުކުރި ކަމެއް ނޭގެއެވެ. ނަމާދުގަޑީގައި ސީރީޒްތައް ބަލަން އޮންނަ ކުއްޖާގެ ކޮޓަރިން ދޭތެރެއަކުން ހެވީމެޓަލް ލަވަވެސް އަޑުއިވިދާނެއެވެ.

 

ރައީސް މިސްޓަރ އަމްރާން އަބުދުލްއަޒީޒު ހުވާކުރުން އޮތީ ރައީސް އޮފީހުގައެވެ.

އެ ރަސްމިއްޔާތަށްފަހު އަމްރާން ދިން ސްޕީޗު އިވިފާ ހަޔާތީގެ ހިތުގައި އެހެން ކަހަލަ އިހުސާސްތަކެއް އުފެދުނެވެ. ކިތަންމެ ހެޔޮކޮށް އޭނައަށް ހެދި ކަމުގައިވިޔަސް އަމްރާންގެ ވާހަކަތަކުން އެތައް "ލާދީނީ" ކަމެއް ފާހަގަކުރެވުނެވެ. ދީނާއި ފުށުއަރާފަދަ ގޮތަކަށް ނުސީދާކޮށް ދެއްކި ވާހަކަތަކުގެ ސަބަބުން އަމްރާންއާއިމެދު އެތައް ޝަކުވާއެއް އުފެދި މާ ބޮޑަށް ފޫހިވެއްޖެއެވެ. ދީނީ ޕޭޖްތަކުގައި އަމްރާން ކާފަރުކޮށްފައި ވާހަކަތައް ދައްކަންފެށިއެވެ. އޭނަ ވައްޓާލަންވެގެން ނުކުތް ވިއްސަކަށް މީހުންނާއި އެސްއޯ ފުލުހުން ކުރިމަތިލީ އައްޑަނައާއި މުގުރިބުރި ހިފައިގެންނެވެ. މީހުންކޮޅެއް އެއްވުމުން ޕެޕާސްޕްރޭ ޖަހާފައި ފޮނުވައިލިއެވެ. އިސްކޮށް އުޅުނު ދެތިން ޒުވާނުން ދަމާ ކޫއްތަމުންގޮސް ޕޮލިސް ވޭނުތެރެއަށް ގުޅައަކަށް ޖެހިއެވެ. އެހެނޭ ކިޔާފައި އަމްރާންގެ ޝަޚުސިއްޔަތަކަށް އަދި ޕޮޕިއުލާ ކަމަކަށް ބަދަލެއްނައެވެ. ޒުވާނުންގެ ހިތްތަކުގެ ވެރިޔާކަމުގައި އޭނަ ވިއެވެ. އޭނަ ބުނާ ކޮންމެ އެއްޗެއް ގަބޫލުކުރަން އެންމެން ތިބެނީ ތައްޔާރަށެވެ. އަމްރާންގެ ނާއިބަކަށް ކާޒިމް ހޮވުމާއިއެކު ކާޒިމްގެ ނަން ކުރިއަށްވުރެ މަޝްހޫރުވިއެވެ. ކާޒްގެ ގޮތުގައެވެ. ކާޒްއާއި އަމްރާންގެ ވެރިކަމުގައި ރާއްޖެ ރަގަޅު މިސްރާބަކަށް ގެންގޮސްދޭނެކަމުގެ ޔަގީންކަން ލިބި ރައްޔިތުންވަނީ ހަމަޖެހިފައެވެ.

ހަޔާތީ ނަމާދުކޮށްލައިގެން ނުކުމެ ކަފަލޮލީއަށް ކާންދީހެދިއެވެ. ބަޑުހައިވެގެން ކާންކަމަށް ކާކޮޓަރިއަށް ދިޔައިރު ތަފާތުވައްތަރުގެ މީރު ކާއެއްޗެހީގެ ސުފުރާއެއް ތައްޔާރުކޮށްލާފައިވާތަން ފެނުމުން ކުޅުދިޔާވިއެވެ. އަމްރާންއަށް ގުޅާފައި ކާން ނާންނަނީތޯ އަހަން އުޅެފައި އެނބުރުނުއިރަށް މީހެއްގެ ފުޅާމޭމަތީގައި ހަށިގަނޑު ޖެހުމުން ފާޑަކަށް ހަޅޭއްލަވައިގަނެވުނީ ބިރުންނެވެ. ހަގީގަތުގައި މި ބޮޑުގޭގައި އެކަނިމާ އެކަނި ހުންނަންވުމުން އޭނަގެ ހިތުގައި ތަފާތު ވަސްވާސްތައް ހިނގައި އެހެން ކަހަލަ ބިރެއް އުފެދިފައި ހުއްޓާ އަދި އެނބުރުނުއިރަށް މިޖެހުނީ މީހެއްގެ ގައިގައެވެ.

"ހީކުރީ ގޯސްޓެއްކަމަށްތަ؟ " ކުރިމަތީގައި ހުރި އަމްރާންއެވެ. ގަދަނޫކުލައިގެ ސޫޓުގައި ހުރިއިރު ހިތްގައިމުކަމުގެ ކޮޅެއްނެތެވެ. ކާކޮޓަރިއަށް ވެރިވެފައިވާ ޖާދުވީ އަލީގައި އަމްރާން ފެންނަލެއް ރީތިކަމުން ކޮންމެ އަންހެންކުއްޖަކު މަގު އޮޅިދާނެއެވެ. ނަމަވެސް ހަޔާތީ އެހުރިހާ އިހުސާސްތަކާއި ހަގުރާމަކުރަން ކުޅަދާނައެވެ.

"ސޮރީ......"

"ކެއީތަ؟ " އަމްރާން އެހިއެވެ.

"ނޫން......ބަނޑުހައިވެގެން ކާން ވެގެން މިއައީ؟ ބައްޕަ ނުދުރުވަނީތޯ؟ "

"ބައްޕަ މިރޭ ކާނީ މާމައާއިއެއްކޮށް......ހޭވް އެ ސީޓް ފަސްޓްލޭޑީ....." އަމްރާން ގޮނޑިއެއް ދަމާލަދިނެވެ. "މިރޭ ދެމީހުން އެކަނި. އެލީން ދިޔައީ ރިޒޯޓަކަށް ފްރެންޑެއްގެ ބާތުޑޭ ފާހަގަކުރަން ވެގެންނޯ. ލެޓްސް އީޓް."

އަމްރާން ފިހެފައިވާ ކުކުޅުފަޔެއް ހަޔާތީގެ ތަށްޓަށް ލާދިނެވެ. އޫ އެއްފަރާތުގައި ބާއްވާފައި ދެއަތުން ކުކުޅުފައިގާ ހިފަހައްޓާލާފައި ހަޔާތީ ދަތްއެޅިއެވެ. ހަޔާތީއަށް އަމްރާންގެ މޫނަށް ބަލައިލެވުނެވެ. އަމްރާން ބަލަން އިނީ މަޖާވެފައެވެ. ތުންފަތްމަތީގައި ލުއި ހިނިތުންވުމެކެވެ. އެއް ބުމަ އަރުވާލިއެވެ. "ފްލާޓް"ކުރާ ގޮތަށް ލޯވެސް މަރައިލުމުން ހަޔާތީގެ ހިތް ފުންމައިގަތެވެ.

"އަހަރެން މިޖެހެނީ ހުރިހާ އެއްޗެއް ޓީޗްކޮށްދޭން ދޯ.........."

"މިސްޓަރ ޕްރެޒިޑެންޓް. އަޅުގަނޑަށް އުލުން ކާން ނޭގިގެނެއްނޫން މިގޮތަށް ކަނީ. ބިސްމި ކިޔާފައި ކަނައަތުން ކެއުމަކީ ސުންނަތެއް. ސުފުރާ ފަތުރާލައިގެން. ތިބޭފުޅުން ފަރިއްކުޅުއްވާހެން އުލުން ވައަތުން ކެއީމަ ކާއެއްޗެހީގައި ބަރަކާތެއް ނުހުންނާނެ. އިސްލާމިކްކޮށް އުޅެން ބޭނުމީ......."

"ނުބުނަން ދޯ ނޫޅޭށޭ. ހުރިހާ އެންމެން އުޅެން ބޭނުންވާގޮތަށް އުޅުމުގެ މިނިވަންކަން އެބައޮތް..."

"އީވަން އެލްޖީބީޓީއަށް؟ " ހަޔާތީ އަހައިލިއެވެ.

"ޔަޕް...." އަމްރާން އުލުން އެތިކޮޅެއް އަނަގަޔަށް ލާފައި ހަފަންފެށިއެވެ.

"ސުބުހާނަﷲ. ލޫތުގެފާނުގެ ގައުމަށް ކޯފާ ފޮނުއްވީ ލިވާތުކުރާމީހުން އުޅުނީމަ. ކޯފާއެއް ފޮނުއްވާއިރު އާއްމުވެގެން އަންނާނީ. ރަގަޅުމީހުން ސަލާމަތްވެ ނުބައިމީހުންނަށް އެކަނިއެއް ނޫން އެފަދަ ކޯފާއެއް އާއްމުވާނީ. އެހެންވެ މުޖުތަމައުގެތެރޭ އޮޕެންކޮށް މިފަދަ ކަންއް ފެތުރަނުދޭން ހުރިހާ އެންމެން ގަދައަޅާ މަސައްކަތްކުރަން ޖެހޭނީ. އިސްލާމީ ގައުމެއްގައި މިފަދަ ކަމަކަށް ހިތްވަރު ލިބޭގޮތަށް ވެރިމީހާގެ ސްޕީޗްއައުމުން އިޓްސް ޝޮކިން މިސްޓަރ ޕްރެޒިޑެންޓް......" ހަޔާތީ ދެވަނަ ކުކުޅު ފައި އަނގައިގާ ޖެހިއެވެ. މީރުކަމުން މެރީބްރައުން ކުކުޅަށްވުރެ އެތައްގުނަ ރަހަ ރަގަޅެވެ.

"އެފަދަ މީހުންގެ އެ ޓެންޑެންސީ ހުރީމަ އެމީހުން އެގޮތަށް އުޅެނީ..."

"އަޅުގަނޑުމެންގެވެސް ހުރޭ އެކި ކަހަލަ ޓެންޑެންސީތައް. އެކަމަކު އެހެނޭ ކިޔާފައި ދީނުގައި ހަރާމް ކުރެއްވި ކަމަކަށް އަރައިގަންނާކަށް ނުޖެހޭނެ. ކެތްތެރިވާން ގުރުއާނުގައި އަންގަވާފައިވޭ. އެފަދަ ހުރިހާ ކަމަކާއި ހަގުރާމަކޮށް ދީނުގައި އެންގެވިގޮތަށް އުޅުމުން ލިބޭނެ މަތިވެރި ދަރަޖަތައް މަރުވީމަ އިހުސާސްކުރެވޭނީ. މިހާރު އެގޮތްގޮތަށް އުޅެގެން ލިބޭ ރޫހާނީ ހަމަޖެހުމެއް ނޯންނާނެ. ލައިކް މިއުޒިކް ކުޅޭ މީހުން ކިހާ ގިނައިން ސުއިސައިޑްވޭ. ހިތްހަމަޖެހުން ނުލިބެނީ. އެކަމަކު ގުރުއާން އަހަން ފެށީމަ އެލިބޭ ރޫހާނީ ހިތްހަމަޖެހުން ދެނެގަނެވޭނީ އަޑުއަހަންފެށީމަ. ނަމާދުވެސް އެންގެވިގޮތަށް ކުރަންފެށީމަ......." ހަޔާތީ އަމްރާންގެ މޫނަށް ނުބަލަން މަސައްކަތްކުރިއެވެ. ނުބެލިޔަސް އަމްރާންގެ ތޫނު ނަޒަރުން އޭނަ ހާސްވަމުން ދިޔައެވެ. ދޭތެރެއަކުން އަޑު ތުރުތުރުލާގޮތްވިއެވެ. އަމްރާންގެ ލޮލަކީ ފުރަތަމަ ނަޒަރުން އޭނަ މަގުފުރެއްދި ލޮލެވެ. ނިދި ނަގާލާ އޭނަ ރޮއްވާލި ދެލޮލެވެ. އެލޮލަށްޓަކާ އޭނަ ދީވާނާކުރުވިއެވެ. އެކި ކަހަލަ ރީތި ޅެންތައް އޭނަ އެލޮލަށްޓަކާ ހެދިއެވެ.

"އަލްއުސްތާޒާ ހަޔާތީ ދީން ކިޔެވީ ކޮންތާކުން؟"

"އައިމް ރީޑިން ބުކްސް.. ލައިކް އަންވަރުލް އައުލަކީ މޫސާ ޖިބްރީލް ފަދަ އިލްމުވެރިންގެ ފޮތްތައް ކިޔަން ފަށައިފިން. ތައުހީދު އުގެނެންފެށީމަ އިނގޭނީ ދީނުގެ ރީތިކަން. އޭރުން........"

"ހަޔާތީފަދައިން އެންމެނަށް ގައިޑެންސް ނުލިބި ހުރެދާނެ. އެމީހުން އުޅެން ބޭނުންވާގޮތަށް އުޅުނަދީ....."

"ނޯ....." ހަޔާތީ ދެކޮޅުހެދިއެވެ. އެހާ ކެރިގެން އަމްރާންއާއި ޗެލެންޖްކުރެވުމުން އަމިއްލަ ނަފުސާއިމެދު ހައިރާންވިއެވެ.

"އައި ހޭވް ވަން ކުއެސްޝަން؟ ވައި ޑޫ ޔޫ ހޭޓް ގްރޫޕްސް ލައިކް އަލްގައިދާ އެންޑް އައި އެސް؟ އިފް ޔޫ ވޯންޓް ޓު ވައިޕް ދެމް އައުޓް ކީއްވެ އެތީސްޓުންނަށް ރާއްޖޭގައި ފުރުސަތު އޮންނަންވީ؟ އިޓްސް ރިއަލީ ޝޮކިން. ސަބަބަކީ އަޅުގަނޑުގެ ގާތް މީހެއް ހުރެއްޖެއްޔާ ޔަގީނުންވެސް މާ ބޮޑަށް އުފާވާނެ އެކްސްޓްރީމިސްޓެއްގެ ގޮތުގައި މަރުވެގެން ދިޔަސް. ސަބަބަކީ ބްރެއިންވޮޝްކޮށްގެން ކަމުގައި ވިޔަސް އެމީހުންނަށް ޝަހީދުންގެ ދަރަޖަ ލިބޭނެކަމަށް ބައެއް އިލުމްވެރިން ވާހަކަދައްކައިގެން އެމީހުން އެބުނާ ދާޚިލީ ހަގުރާމައެއްގައި ބައިވެރިވާން ދަނީ. ޖިހާދަކަށްވިޔަސް ނުވިޔަސް އެބޭނުމުގައި ދިޔައީމަ ނިޔަތް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތުން. އެކަމަކު އެތީސްޓުން. އިލާހަކު ނުވާކަށް ގަބޫލުކޮށްގެން ދުނިޔެއާއި ވަކިވެގެން ގޮއްސިއްޔާ ދޭ އާ ބިގް ލޫޒާސް. ބޭނުމެއްނޫން ދުވަހަކު ފެމިލީ އެއްވެސް މީހަކު ދީނަށް ފުރައްސާރަކޮށް ދުނިޔެއިން ނެތިގެން ދާން. އެހެންވެ ސުވާލަކީ ވައި ނޯ ޗާންސް ފޯ އައި އެސް؟ ކީއްވެ އެތީސްޓުންނަށް އުޅެވެންވީ............" ހަޔާތީ ތަށްޓަށް ބަލަން އިނދެ ވާހަކަ ކުރިއަށް ގެންދިޔައެވެ. ދޭތެރެއަކުން އަނގަ ފުރާ ލައިގެން އިނދެވެސް ވާހަކަދެއްކިއެވެ. މާމައަށް ފެނިއްޖެއްޔާ ހާދަ އަޑުލާނެއޭ އަމްރާންގެ ހިތަށް އެރިއެވެ.

"ދުނިޔޭގައި ޓެރަރިސްޓު އަމަލު ހިންގާ ބަޔަކަށް ކިހިނެއް ފުރުސަތު އޮންނާނީ؟ ސޮރީ ހަޔާތީ....ނައު ޑޯންޓް އީޓް މައި މައިންޑް. އަންހެންކުއްޖަކަށް ސިޔާސަތު ކިޔާދޭކަށް ނޭގޭނެ. އެޗްއެމް ދިނީމަ ތަންކޮޅެއް ރަގަޅަށް އެ ނޫސް ހިންގޭތޯ ބަލާ. އަދި ހަޔާތީ އެބަޖެހޭ ޗެރިޓީ ވޯކްސްގައި ބައިވެރިވާން........"

"ކޮންކަހަލަ....."

"ޑީޓެއިލްސް ފަހުން ދޭނަން....މިރޭ ހާދަ ވިއްސާރައޭ...."

"ސުނާމީއެއް އެރީމަ ކުރީފަހަރުވެސް ރާއްޖޭ މީހުން އިސްލާހުވީ. މިފަދަ ކަންތައްތަކުގައި ވެރިޔާގެ ޒިންމާ ވަރަށް ބޮޑުވާނެ ކަން ޔަގީން. އިސްލާމީ ވެއްޓެއް ގާއިމުކުރަން މަސައްކަތްކުރެވޭނެ އެކަކީ ވެރިމީހާ. ޝަރީއަތް ހިންގެންވެސް ޖެހޭނެ........" ހަޔާތީ ފަޅި ސިކުންތުކޮޅަކަށް އަމްރާންގެ މޫނަށް ބަލާލިއެވެ.

ބެލިބެލިހެން ރީތިވާ މީހެކެވެ. މިހާ ހިތްގައިމު ރީތި އިންސާނެއްގެ ހުރި އެންމެ އުނި ސިފައަކީ ހުރިހާ ނިއުމަތެއް ދެއްވާފައިވާއިރު އެ ނިއުމަތް ދެއްވި ފަރާތަށް ޝުކުރުވެރިނުވުމެވެ. ހިތަށް ދުނިޔެއަށް އައިމީހެއްކަމަށް ހީކުރެވުމެވެ. އާޚިރަތް އަމިއްލަ ދެއަތުން ހަލާކުކޮށްލަނީއެވެ. އިސްލާމީ ގައުމެއްގެ ވެރިޔެއްގެ ގޮތުގައި ހުރެގެން ކިތައް ޒިންމާ ނަގަންޖެހޭނެހެއްޔެވެ؟ އިންސާފުން އިސްލާމީ ޝަރީއަތް ކުރެވެންޖެހޭނެއެވެ. އެކަމަކު އަމްރާންމެންގެ ފިކުރުހުރީ ސީދާ ހުޅަނގުގޮތަށެވެ. އެކަމާ ދެރައެއްވެސް ނުވޭހެއްޔެވެ؟ ފަސްޓްލޭޑީގެ ލަގަބުލިބުމުން އޭނަ މިހުންނަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. މިނިވަންކަން ގެއްލިފައި ކަހަލަގޮތަކަށެވެ. އާއްމުކުއްޖެއްހެން ބޭނުންތަނަކަށް ނުކުމެ ބާޒާރުކޮށްލާ ސަކަރާތް ޖަހައިލެވޭކަށް ނެތެވެ. ނަމަވެސް އެހާ ފަސޭހައިން އަމްރާން ދުކޮށްލާފައި ދެވޭކަށްވެސް ނެތެވެ. މަންމަގެ ހުރިހާވެސް އުފަލަކީ ދަނބިދަރިފުޅު އަމްރާންއެވެ. އެދަރިފުޅަށްޓަކާ މަންމަ ފަޚުރުވެރިވެއެވެ. މަންމައަށްވެސް ނުވިސްނެނީއެވެ. މިދުނިޔޭގެ އުފާތަކަކީ ވަގުތީ އެއްޗެކެވެ. މާދަންވެސް ލޯ މަރައިލަން ޖެހިދާނެއެވެ. ވީއިރު ދަނބި ދަރި ރައީސްއަކަށް ހުރުމުން ވަކި ކޮންމޮޅުކަމެއް ހެއްޔެވެ.

މިކާލްގެ ތަފާތު ޖުމްލަތައް ހަޔާތީގެ ސިކުނޑީގައި ހިގަންފެށިއެވެ. ހަޔާތީގެ ހިތުގައި ވާ ހާ އެއްޗެއް ބޭރުކޮށްލައިގެން ނޫނީ ސިކުނޑިއަށް ލުއިވާނެގޮތެއް ނެތެވެ. އަމްރާންއަށް އޭނަ ވިސްނައިދޭން ޖެހޭނެއެވެ. މީހުންގެ ލޯބި ލިބޭނީ މިގޮތަށް ލާދީނީ މީހަކަށްވެގެނެއް ނޫނެވެ. ލާދީނީ މީހަކު އަދި ދީނަށް ލޯބިކުރާ ރަގަޅު ޒުވާނަކަށް ވެއްޖެއްޔާ ތާއީދުކުރާ މީހުންވެސް ދީނީ މީހުންނަށް ވެދާނެއެވެ. އަމްރާންއަކީ އެތައް ޒުވާނުންނެއް އެމީހަކަށްޓަކާ ފުރާނައިން ގުރުބާން ވާން ތައްޔާރަށް ތިބި އެމީހުންގެ ވެރިޔާއެވެ.

 

އެލީން ދެއަތުން ދެކޮތަޅު ހިފައިގެންގޮސް ސޯފާ މައްޗަށް އެއްލާލާފައި އަނެއްކާ ނުކުތުމުން ހަޔާތީ ކޮތަޅުތައް ހުޅުވައިލީ އެލީން ގެނައި އެއްޗެއް ބަލައިލާހިތުންނެވެ. އެކިކުލަކުލައިގެ ޝޯލްތަކެވެ. އެލީންގެ ދޮންމޫނާއި އަޅި ދެލޮލާއި ނިކަން ގުޅޭނެއެވެ. އެލީން ބުރުގާ އަޅަން އުޅެނީހެއްޔެވެ. ނޫނީ އޭނަގެ މަގުސަދަކީ ކޮބާހެއްޔެވެ.

ސަޖަލް އެތައް ފަހަރު ގުޅުމުންވެސް ހަޔާތީ ފޯނު ނުނަގާ ކަނޑާލަނީ އޭނަ ރުޅިކަން އެނގުމަށެވެ. ސަޖަލް މާފަށް އެދިފައި އެތައް މެސެޖެއްފޮނުވިއެވެ.

"ހިތަށް އަރާނެ ފަސްޓްލޭޑީއަށް ވީމަ ބެސްޓްފްރެންޑްވެސް ނަގާ އެއްލާލީއޭ. ސަޖަލްދެކެ ހަމަ ވަރަށް ގަދަޔަށް ރުޅިއައިއްސަ މިހިރީ. އެހާ އަސަރުކުރި. ސަޖަލް ދެރަކޮށްލާފައި އަނގައިން ބުނާނީ....." ހަޔާތީ ތުން ފިތާލައިގެން ހުރެފައި ގޮސް ސޯފާއަށް ވެއްޓިގަނެގެން ބޮލާއިއެކު ރަޖާ އޮޅާލައިފިއެވެ. އެއީ އޭނަގެ އާދައެވެ. އިޝާނަމާދަށްފަހު އޭނަބަލަނީ އަމްރާންއަށް ވުރެ ކުރިން ކޮޓަރިއަށް ވަދެ ނިދަން އެރުމަށެވެ. ބޮލާއެކު ރަޖާ އަޅަނީ ހަމައެކަނި ފިނިވެގެނެއްނޫނެވެ. އޭނަ ނިދާފައި އޮންނައިރު އަމްރާންއަށް ފެނިދާނެތީވެސް ކަންބޮޑުވާވަރުން އެކަމާއިމެދުވެސް ވިސްނެނީއެވެ. ފޮރުވިގެން އޮވެވޭނީ މިހެންނޫންހެއްޔެވެ. ބުރުގާ ނަގަންވެސް އޭނައަށް އުދަގުލެވެ. ނަސީބަކުން ކޮޓަރިތެރެއަށް ފިނިމޫސުމް އައިސްފާ އޮންނަފަދައެވެ. އެހެންވީމަ ބޮލާއިއެކު ރަޖާ އަޅައިގެން އޮންނަން އުދަގުލެއްނުވާނެތާއެވެ.

"ހޭއި...ހަމަ ކޮންމެ ރެއަކު ތިހެން ފޮރުވިގެން ނިދާނީ.؟..." ކުއްލިއަކަށް އަމްރާން މޫނުމަތިން ރަޖާނެގުމުން ލިބުނު ސިހުމާއިއެކު ހަޅޭއްލަވައިގެންފާ ތެދުވުނުގޮތަށް ދެލޯ ބޮޑުކޮށްލެވިއްޖެއެވެ. އަމްރާން ހެދުން އަޅައިގެން ހުރިގޮތުން ބޭރަށް ދާން އުޅޭކަހަލައެވެ. މިގަޑީގައި ދާން ތައްޔާރުވަނީ ކޮންތާކަށްހެއްޔެވެ؟

"ވަޓް.......އާ ޔޫ ޑުއިން.."

"ކަމެއްކުރާކަށް ނޫޅެން. މާމަ އެޑްމިޓްކޮށްފައި އޮތީ. އެހެންވެ ހޮސްޕިޓަލަށްދާން..ކުޑަކޮށް ލަސްވެދާނެ.........."

"އޯ...ވަޓް ހެޕެންޑް ޓު ހާ........" ހަޔާތީއަށް ބުނެވުނެވެ.

"ބަލިވިކަން އެގުނީ. ގޮއްސަ މެސެޖްކޮށްލާނަން.." އަމްރާން ވާހަކަދެއްކީ ގާތްކޮށެވެ. އެނަޒަރުންވެސް ފެންނަނީ ތަފާތުކަމެކެވެ. ހަޔާތީއަށް ބަލައިލެވުނީ ސިކުންތުކޮޅަކަށެވެ. އެލޮލަށް ބަލައިގެން ގިނައިރު ހުރުން ކުޅަދާނައެއް ނޫނެވެ. އެއީ އެއްވެސް އަންހެންކުއްޖަކަށް ފަސޭހަވާނެ ކަމެއްހެއްޔެވެ. ފިރިހެނުންނަށްވެސް ރީތި ދެލޮލެވެ. ފިރިހެނުން އެވަރަށް އޭނައާއިހެދި އުޅެނީ އެހެންވެކަން ނޭގެއެވެ. އެވަގުތުކޮޅުވެސް ނުބައި އެއްޗެއް ހިތަށް އެރުމުން ހަޔާތީ ލަދުގަންނަގޮތްވިއެވެ.

"ރަގަޅުވާނެ އެނދުގައި ނިދާލިޔަސް..ނާންނާނަން އުދަގޫކުރާކަށް.." އަމްރާން އެއް ލޯ މަރައިލިއެވެ. އަމްރާންގެ އެ އަދާއިން ހަޔާތީ ހިތާހިތުން އަޑުލިއެވެ. އެކަހަލަ އަމަލުތަކުން އަމްރާން ސާބިތުކޮށްދޭން އުޅެނީ ކޮންކަމެއްހެއްޔެވެ؟ އެލީންއާއި ކައިވެނިނުކުރަންވެގެން އޭނަ ހަޔާތަށް ގެނެސްގެންއުޅޭއިރު އަމްރާންގެ ކަޅު ސިއްރެއްވާކަމަށް އޭނަގެ ހިތް ބުނަނީ ކީއްވެކަމެއް ނޭގެއެވެ. މިދަންވަރުވެސް ދޮގެއް ހަދާފައި އަނެއްކާ ލޯބިވެރިޔެއްގެ ގާތަށް ދިޔައީ ބާވައެވެ. އޭނައަށް ކޮންކަމެއްހެއްޔެވެ؟ ދާނެތަނަކަށް ދާށެވެ.

އަމްރާން ދިޔުމާއިއެކު ނިދިފިލައިފިއެވެ.

އަމްރާން މެސެޖްކޮށްފައި ބުނީ މާމަ ތަންކޮޅެއް ހުންގަދަވީކަމަށާއި އޮބްޒަވޭޝަނުގައި ބާއްވާފައި ގެއަށް ފޮނުވައިފިކަމުގައެވެ. އެކަމަކު އޭނަ ގެއަށްދާނީ ތަންކޮޅެއްފަހުން ކަމުގައި ބުނުމުން ހަޔާތީ އަނގަޔަށް ވައްތަރެއް ޖެއްސިއެވެ.

 

ހެނދުނު އަމްރާން އޮފީހަށް ދިޔުމުން ހަޔާތީ ގަސްތުކުރީ މިޝާއާއި ބައްދަލުކުރަން ދާށެވެ. މިޝާގެ ކުދިންނަށް ދޭނެ ހަދިޔާއެއް ގަނެލައިގެން ގޮސް ލިފްޓަށް އަރާފައި މިކާލްގެ އެޕާޓްމެންޓަށްދާން ހިތަށް އެރިއެވެ. މިކާލްގެ އެކުވެރިޔާއަށް މިކާލްގެ ޚަބަރު އޮޅުން ފިލާނެކަން ނޭގެއެވެ. ވާހަކަދައްކާލުމަކުން ގެއްލުމެއްނުވާނެއެވެ. މިކާލްގެ ހަދާންތައް ގުޅިފައިވަނީވެސް އެތަނާއެވެ. އަދި މިކާލްގެ ސިއްރުތައްވެސް ވަނީ އެތަނުގައެވެ. ފާރުގައިވާ ތިޖޫރީމަތިން ހަދާންވެފައި ހަޔާތީގޮސް އެގޭގެ ބެލް ޖަހައިލިއެވެ. އިރުކޮޅަކުން ދޮރު ހުޅުވައިލާފައި ނުކުތް ޒުވާނާ ފެނުމުން ހަޔާތީގެ އަތްގެންގޮސް އަނގަމަތީ އެޅުނީ ބޭއިޚުތިޔާރުގައެވެ. ކުރިމަތީ މިހިރީ އޭނަ ހިތާއި ފުރާނައިން ލޯބިވާ އޭނަގެ މިކާލް ފިޔަވާ ދެވަނަ މިހެއްނޫނެވެ. ލިބުނު އުފަލާއި އެއްވަރަށް ޝޮކާއި އެހެން އިހުސާސްތައް ސިކުނޑިއަށް ނަގައިގަންނަން ކުޅަދާނަ ނުވެގެން ވެއްޓޭގޮތްވިއެވެ. ގޮސް ބުރަކަށި ޖެހުނީ ފާރުގައެވެ. ފާރަށް ލައްވިއިރު ހަށިގަނޑު ގަނޑުފެންކޮޅެއްހާ ފިނިވެ ފައިގާ ކޮޅަށް ހުންނާނެހާ ހަކަތައެއް ނެތެވެ. 

"މިކާ......" ހަޔާތީގެ ދުލުން އެ ނަން ކިޔައިލެވުނީ ކިރިޔާ އިވޭވަރަށެވެ.

"ޔޫ ޝުޑުންޓް ބީ ހިއާ ހަޔާތީ....." މިކާލްގެ އަޑުގައިވަނީ ކޮންކަހަލަ އިހުސާސްތަކެއްކަން ހަޔާތީއަކަށް ނޭގުނެވެ. ސަޖަލް ސިފަކުރިފަދައިން އިސްތަށިގަނޑު އޮތީ ކުޑަކޮށް ދިގުކޮށްލާފައި ހައިލައިޓްކޮށްލާފައެވެ. ތުނިކޮށް ފަޅާފައިވާ ތުނބުޅީގެ ސަބަބުން ފިރިހެންކަން އިތުރުވެފައިވާއިރު އެދެލޮލުން ފެންނަނީ ނޭގޭ ރިހުމެވެ.

އެހިނދުކޮޅު ހަޔާތީއަށް އިހުސާސްކުރެވުނީ އަނެއްކާވެސް އޭނަގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އަނެއްކާ އަންނާނެކަމެވެ.

ކޮމެންޓް 0