"ލާވީ އިޒް ޑެޑް.."

"إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ." ހަޔާތީގެ ހިތް ހުއްޓުނުފަދައެވެ. ޖަޒުބާތުގައި ޖެހުނު ހިނދުކޮޅަކަށްފަހު މީހާ ހަމަޔަކަށް އެޅުނީ ހަޔާތީ ކޮންމެވެސް ވަރަކަށް ވާހަކަ ދައްކައިގެންނެވެ. ހޫނު ކޮފީތަށްޓެއް ހަދައިގެން ގެނެސް ދިނެވެ.

"ލާވީއަށް މިއަދު ބޭބީއެއް ލިބުނީ. ދަރިފުޅު ދެކެން ދާން ބޭނުންވެ އެކްސައިޓްވެފަ. އެކަމަކު އަމިއްލަ ފުރާނައަށް ބެލުމެއްނެތި އަމިއްލަ އުފާތަށް ގުރުބާންކޮށްފައި ލާވީ އަހަރެން ސަލާމަތްކުރީ. ހީ ސޭވްޑް މީ. ހީ ޓުކް އެ ބުލެޓް ފޯ މީ. ހިތަށް އަރާ ލާވީގެ ބަދަލުގައި އަހަރެން މަރުވިނަމައޭ. އިޓް ޝުޑް ހޭވް ބީން މީ......................" އަމްރާންގެ އެ ޖުމްލައިން ލާވީއަށްޓަކައި އެހިތުގައިވާ މަގާމު ހަޔާތީއަށް އެނގުނެވެ.

"އަހަންނަށް އެންމެ ރަގަޅު އަހަރެން މަރާލަން އެމީހުން އުޅުނަސް. އެކަމަކު އެކަމުގެ ތެރޭ ލާވީ ނިމިގެން އެދިޔައީ. ދޭ ވިލް ޕޭ ފޯ ދިސް...." އަމްރާންގެ ހިތާމަތައް ރުޅިވެރިކަން ޚިޔާރުކުރިއެވެ.

ލާވީއާއި އަމްރާންގެ އޮތް ގޮތްނޭނގޭ ގުޅުމާއިމެދު އެތައް ވަހުމަކާއި ޝައްކެއް އުފެދި އަދިވެސް އެ ސުވާލުތަކުގެ ޖަވާބު ނުލިބިފައެވެ. އެހެން ހުއްޓާ ލާވީގެ މަރުގެ ޚަބަރު އިވުމާއިއެކު އަދި އަމްރާންގެ ކަރުނަތައް ފެނި ހަޔާތީގެ ހިތްވަރު ބަލިވެ މާޔޫސްކަން ވަށައިލާކަށް ސިކުންތުކޮޅެއްވެސް ނުނަގައެވެ. އޭނަގެ ލޯވެސް ކަރުނުން ފުރުނެވެ. އަމްރާންގެ ބޮލުގައި މޫނު ޖައްސާލަމުން މަޑުމަޑުން އެ އޮމާން އަތުން އަމްރާންގެ ބުރަކަށީގައި ބައްދާލިއެވެ. އޭނަ ކަރުނަ އޮއްސީ ހަމައެކަނި އަމްރާންއަށްޓަކައެއް ނޫނެވެ. އަމްރާންދެކެ ލާވީ ލޯބިވާވަރު ފެނި އެފަދަ ލޯތްބެއް ވީ މީހަކު ދުނިޔެއާއި ވަކިވުމުން އެކަމާވެސް ހަޔާތީ ދެރަވިއެވެ. ޔަތީމު ދަރިފުޅަށްޓަކައި ހިތް ފަޅިފަޅިވެގެން ދާވަރުވިއެވެ.

އެހަމަލާދިން މީހާއާއިމެދު ވިސްނާފައި އެއީ އިޝްކަންއަށް ވެދާނެއޭ ހީކޮށް ހަޔާތީ ބިރުން އުޅެފައި ޚަބަރު ބަލައިލިއިރު އިޝްކަން ފުރައިގެން ގޮސްފިއެވެ. ނަމަވެސް އެހަމަލާދިން ގަޑިއާއި ކައިރިކޮށް ފުރުމުން އެކަމާއިމެދު ޝައްކުވެ ހަޔާތީ ގެ ހިތަށް ބިރުވެރިކަން ވަނެވެ.

ލާވީގެ މަރަށްފަހު އަމްރާން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެމީހަކު ހޯދަން ހުރިހާ ބާރެއް ބޭނުންކުރަން ސިފައިންނަށް އަމުރުކުރިއެވެ. ލާވީއަކީ މައިންބަފައިން މަރުވެފައިވާ ޔަތީމު ފަގީރުކުއްޖެކެވެ. ލާވީގެ އުމުރުން އަށެއްކަ އަހަރުގައި އަމްރާންއަށް އެކުއްޖާ ފެނުނީ މަގުމަތީގައި އެއްޗެހި ވިއްކަން އުޅެނިކޮށެވެ. އެދުވަހުން ފެށިގެން އަމްރާންއާއި ލާވީ އެކުވެރިކަން ބަދަހިވިއެވެ. ލާވީއަށް ކިޔަވާދީ އޭނަ މީހަކަށް ހެދީ އަމްރާންއެވެ. އެކަމާއި ހެދި ލާވީ އަމްރާންއަށްޓަކާ ކޮންމެފަދަ ގުރުބާނީއެއް ވާންވެސް ތައްޔާރެވެ. އެދެމީހުންގެ ދޭތެރޭއޮތް ގުޅުން ނުބައިގޮތަކަށް ލޭބަލް ކުރާއިރު އަމްރާންއާއި ލާވީއަށް އެކަން މަޖާކަމަކަށްވެ އެހެންމީހުންނަށް ދައްކަން ލޯބިވެޔޭ ކިޔައިގެން އުޅުނަސް އެދޭތެރޭ އޮތީ ސާފު ތާހިރު ގުޅުމެކެވެ. އެއްބަނޑު އެއްބަފާ ކޮއްކޮ އެކޭ ލާވީއެކޭ ތަފާތެއްނެތެވެ. ހަޔާތީ އޭނައަށް ފާރަލާ އަޑުއަހަން ހުރިކަން ޔަގީންވި ދުވަހެއްގައިވެސް އަމްރާންވަނީ ހަޔާތީ ހާސްވާފަދަ ގޮތަކަށް ލާވީގެ ވާހަކަ ދައްކާފައެވެ. ލާވީދެކެ ލޯބިވާކަމަށާއި އޭނައަކީ އަމްރާންގެ ހުރިހާ އެއްޗެއްކަމުގައި ބުނުމުން ހަޔާތީގެ މޫނަށް އަރާނެ ކުލަވަރު އަމްރާންއަށް އިހުސާސްކުރެވުނެވެ.

އެކުދިން ކުޑައިރުއްސުރެ ލާވީ އަމްރާން ދިފާއުކުރާގޮތާއި ލިބޭ ކޮންމެ އެއްޗެއް ހިއްސާކުރާގޮތް އަދިވެސް އަމްރާން ހަނދާން ހުރެއެވެ. އަމިއްލަ މަސައްކަތުން ލިބޭ ކުޑަ ކާއެތިކޮޅު އަމިއްލައަށް ނުކައި އަމްރާންއަށް ގެނެސްދޭއިރު އަމްރާންއަކީ މަހުޖަނެއްގެ ދަރިއެއްކަމެއް ލާވީއަކަށް ނޭގެއެވެ. އަމްރާންއަކީ ލާވީގެ ނަސީބުކަމެއްވެސް ނޭގުނެވެ. އަމްރާން ކޯރަކަށް ވެއްޓުނު ދުވަހެއްގައި ފަތަން ނޭގޭއިރުވެސް ލާވީ ފުންމައިލިއެވެ. އެދުވަހު އެހެން ބަޔަކު ނެތްނަމަ ލާވީ ސަލާމަތް ނުވީހެވެ. އަމްރާންގެ ގެއަށް ލާވީއަށް ދައުވަތު ދެވުނު ފުރަތަމަ ފަހަރު އެކުއްޖާގެ މޫނަށް އެރި ކުލަވަރު އަދިވެސް އަމްރާންގެ ހިތުން ނުފިލައެވެ. ދެލޯބޮޑުކޮށްލިގޮތުން ސިހުން ލިބުނުވަރު އެނގުނެވެ.

އަމްރާންގެ އޯޑަރަށް ސިފައިން މާލޭތެރޭގައި ވަރުގަދަ އޮޕަރޭޝަނެއް ހިންގާ އިސްލާމިކް ސްޓޭޓަށް ތާއީދުކުރާ އެތައް ބަޔަކު ހިފާ ހައްޔަރުކުރިއެވެ. ހަތިޔާރުތަކާއި އެހެނިހެން ސާމާނުތައް އަތުލިއެވެ. އެފަދަ ޒުވާނުން ޖަލަށް ލައިގެން އިސްލާހުކުރުމަކީ މިވަގުތަށް އެންމެ މޮޅުގޮތްކަމަށް ސިފައިންގެ ވެރިޔާވެސް ވިދާޅުވިއެވެ. އެފްބީ ސައިޓްތައްވެސް ބްލޮކްކުރުވަން ފެށިއެވެ. ދީނޭ ކިޔައިގެން ވާހަކަދައްކާ ސައިޓެއްވެއްޖެއްޔާ ބްލޮކްވީއެވެ.

"ރެޑިކަލައިޒް ވަމުންދާ ޒުވާނުން ރީހެބިލިޓޭޓް ކުރުމަށްޓަކާ އަޅުގަނޑުމެން މަސައްކަތްމިކުރަނީ. މިކަމުގައި އާއްމު ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވޭ......"

ކާޒިމްއާއި މިކާލް ސޯފާތަކުގައި ތިބިއިރު ސަމާލުކަން ޓީވީސްކްރީނަށް ހުއްޓިފައިވެއެވެ. ސްކްރީނުން ދައްކަނީ މުޒާހަރާއެކެވެ. ދީނީ ކުދިންކޮޅަކާއި މޫނު ބުރުގާ އެޅިކުދިންކޮޅެއް އިހުތިޖާޖުކުރުމުގައި ރައީސް އޮފީސް ކުރިމަތީގައެވެ.

"ސުބުހާނަﷲ. ތާޣޫތުންނާއި ލާދީނީން ގެންގޮސް ވަކި ގޮޅިއަކަށް ލާފައި އަހަރެމެންގެ ކޮކޮނެޓް ޝޭޚުން ގެންގޮސް ދަރުސްދޭ ވާހަކަ ބުނިނަމަ އަޑުއަހަން މާ ފަސޭހަވާނެ......." މިކާލްގެ ޖުމްލައިން ކާޒިމް ހޭންފެށިއެވެ.

އަހަރެމެންގެ ލާދީނީ ރައީސްއާއި ދެކޮޅަށް ދިހަވަރަކަށް ކުދިން ނުކުމެގެން އުޅުނީމަ ރާއްޖޭގެ މީހުންގެ ފިކުރު މިއޮތީ ފެންނަން. ޑިމޮކްރެސީއާއިއެކު ސެކިއުލާ ވެރިކަމަކަށް ތާއީދު އެބައޮތް. ސޯ ވަޓް ޝުޑް ވީ ޑޫ ނައު....." މިކާލް އިނީ ސޯފާގެ އަތްގަނޑުގައި ލެނގިލައިގެންނެވެ.

"ހީޒް މައި ފްރެންޑް. އެކަމަކު އެ ފިކުރަކަށް ތާއީދު ނުކުރެވޭ. ވައްޓާލަން އެބަޖެހޭ."

"ޑޯންޓް ވޮރީ ކާޒް. އިޓްސް ދަ ބިގްނިން އޮފް ދި އެންޑް. މިހާރުވެސް އޭނަގެ ޑައުންފޯލް ލޮލަށް ފެންނަފަދަ. ކުއްފާރުންނަށް ވެރިކަމަކު ނުތިބެވޭނެ. ބައޯކެމިސްޓަކަށްވީ ފައިސާ ހޯދާކަށް ނޫން. ޖިހާދުކުރުމުގެ ނިޔަތުގައި. އައި ވިލް ގެޓް ރިޑް އޮފް ދަ ޓްރޭޝް.........." މިކާލްގެ ޔަގީންކަމެއްވިއެވެ.

"ޓެރަރިސްޓުގެ ގޮތުގައި މުސްލިމުން ލޭބަލް ކުރުން ހުއްޓުވައި ތަންކޮޅެއް ވަރުގަދަ ޒުވާން ލީޑަރެއް ގައުމަށް ގެންނަން އެބަޖެހޭ. އަމްރާން ދީނީ މީހަކަށްވިނަމަ ޕާފެކްޓް. އެކަމަކު ފްރެންޑަކަށްވިޔަސް އެތިއެސްޓެއްގެ އަތްމައްޗަށް ގައުމު ދޫކޮށްލައިފިއްޔާ އަންނަން އޮތް ޖެނެރޭޝަން ހަލާކުވެ ދެވަނަ އަންދަލުސްއަކަށް ވެދާނެ. ހޭވް ޓު ރިމޫވް ހިމް ފްރޮމް ޕަވާ އެޓް އެނީ ކޯސްޓް..........." ކާޒިމް ނުލަފާގޮތަކަށް ހީލިއެވެ.

އޯޓަމްބްލޭޒްއަށް ހިތާމައިގެ ހިޔަނި އެޅުނު ދުވަސްކޮޅަކަށްފަހު ހުރިހާކަމެއް މަޑުމަޑުންގޮސް ހަމަޔަކަށް އެޅުނެވެ. ރޯދަމަހަށް ހަނދު ބެލިއިރު އަމްރާންވެސް އޮފީހަށް ގަވާއިދުން ނުކުމެ އުޅެންފަށައިފިއެވެ. ކުރިއަށްވުރެ މާ ހަރުކަށި ސީރިޔަސް ރައީސްއަކަށްވިއެވެ. އަމްރާންގެ ފަރާތުން މިހާރު ކަނޑައެޅިގެން ފެންނަނީ ދީނާއި ދެކޮޅު ގާނޫނުތަކެވެ. އޭނަގެ ނުފޫޒް ކޯޓުތަކާއި ޕާލަމެންޓްގައި އޮންނަވަރުން އޭނަ ބޭނުންވާ ހުރިހާ ބިލެއްވެސް ފާސްކުރުވައެވެ. އެންމެންވެސް ވިކެއެވެ. ފައިސާ ހުރެއްޖެއްޔާ ނުވާނީ ކޮންކަމެއްހެއްޔެވެ؟ އަމްރާންއަކީ މުއްސަނދި މަހުޖަނެއްގެހުރި މުއްސަދި ފިރިހެންދަރި އެކެވެ. މަންމަގެ ފަރާތުންވެސް މުއްސަދިކަން ވާރުތަކޮށްފައިވެއެވެ. ރައްޔިތުން ހިތްހަމަނުޖެހޭ ބިލްތައް ހުރި ނަމަވެސް އެމީހުންގެ ދިރިއުޅުން ތަނަވަސްވެ ރައްޔިތުންނަށްޓަކާ އަމްރާން އެތައް ޕްރޮޖެކްޓެއް ފަށައިފިއެވެ. ހުރިހާ ދިމާލެއްގައި ޓޫރިޒަމް ފުޅާކޮށް ބަނދަރުތައް ހަދައި އެއާޕޯޓު އަޅާ މަގުތައް ހަދާދެއެވެ. ހުރިހާ އަތޮޅެއްގައި ހޮސްޕިޓަލުތައް ރަގަޅު ފެންވަރަކަށް ހަދާ ސިއްހީ އަދި ތައުލީމީ ގޮތުން ކުރިއަރާ ފުދުންތެރި ބަޔަކަށް ވެއްޖެއެވެ. އެންމެ ދަށް މުސާރަ ލިބޭ ފަރާތްތަކަށްވެސް ތަނަވަސްކަމާއިއެކު ފުދިގެން ދިރިއުޅެވެއެވެ. އަސާސީ ޚިދުމަތުގެ ގޮތުން އިންޓަނެޓް ފެން މުޅިން ހިލޭ ފޯރުކޮށްދެއެވެ. ކަރަންޓުގެ އަގު އެހާ ކުޑައެވެ. ދީނީ މިނިވަންކަން ލިބުނެވެ. ވަކި ބަޔަކަށް ލިބުނުއިރު އިސްލާމީ ފިކުރުމީހުންނަށް އެމިނިވަންކަމެއް ނުލިބުނެވެ. އެމީހުންގެ ހަރަކާތްތަކަށް ފުލުހުން ފޯރިމަރާ ޖަލަށް ލާން ފޯރިފަށެއް ހުއްޓެވެ.

ރޯދަމަހު ހަނދުފެނުމާއެކު ހަޔާތީ އަމްރާންއަށް ރަމަޟާން މުބާރަކު ކިޔަން ގުޅައިލުމުން އަމްރާން ޖަވާބުދިނީ ފިނިކޮށެވެ. އަމްރާންއަށް އެކަން އުފާވެރިކަމަކަށް ނުވިއެވެ. ނަމަވެސް އެހެން އެނެމްނަށް އެއީ އީދެކެވެ. މާތް މައްސަރަށްޓަކާ އިންތިޒާރުކޮށް އެ މަހުގެ ސަވާބާއި ދަރުމަ ލިބިގަތުމަށް އެތައް ހިތްތަކެއް ފެންބޮވައިގެންފައިވެއެވެ. އެރޭ އަމްރާން ހާރުކާކަށް ނުތެދުވުނެވެ. ހަޔާތީ ނަމާދުގެއަށް ވަދެފާ ދަމު ނަމާދުކުރަން އިންދާ އެލީން އައެވެ. ނިދީގެ އަސަރު އެކުލެވޭ ދެލޮލެވެ. 

"ވަރަށް މަސައްކަތުން ތެދުވުނީ..." އެލީން ދޮޅިލާން ފެށިއެވެ.

"ގުޑް ގާލް. ދަމު ނަމާދުކުރަން ފެށީމަ ހަމަ އެޑިކްޓްވާނެ. ނުކޮށް ނުހުރެވޭނެ. ރޫހާނީ ހިތްހަމަޖެހުމެއް ބޭނުމިއްޔާ އަދި ސްޕިރިޗުއަލް ކަނެކްޝަން ވަރުގަދަ ކުރަން ވެއްޖެއްޔާ ހަމަ ކުޑަ ހިތްވަރެއްކޮށްލަން ޖެހޭނީ........" ހަޔާތީ ހިނިތުންވެލިއެވެ.

"ރަމަޟާންމަސް އަންނާނީ އަހަރަކު އެއްފަހަރު. ހުރިހާ ކުޅިވަރެއް ދޫކޮށްފައި މި މަސް އެކަނި ހެއްދެވިފަރާތަށް ހުސްކޮށްލީމަ ހިތަށް ލިބޭ ހިތްހަމަޖެހުން ވަރަށް ބޮޑުވާނެ. ރަމަޟާންމަހުގެ ބަރަކާތާއި ދަރުމަ ހޯދަން މީހުން އުޅޭވަރު މިސްކިތްތަކަށް ބަލައިލިޔަސް އިނގޭނެ. ޚާއްސަކޮށް ތަރާވީސް ނަމާދަކީ ހަމައެކަނި ރަމަޟާންމަހަށް ޚާއްސަ ނަމާދަކަށްވެފައި ރޭ އަޅުކަންކުރުން ގިނަކުރަން އަންގަވާފައިވާއިރު އެ ނަމާދުކުރަންވާނެ ދޯ. ހިތަށް އަރާ އަމްރާން މަންމަ ހުރިނަމައޭ. އަމްރާންގެ ސިސް ކުޑަކޮށް ބަލިވެގެން ދިޔަގޮތަށް މަންމަ އެކޮޅުގައި މަޑުކޮށްލީވިއްޔަ......" ހަޔާތީ ބުނެލިއެވެ.

"ހަޔާތީ. ސޯލްޖާސް އޮފް މަހުދީ ހިންގަނީ ކޮން ބަޔެއްކަން އެނގޭތަ؟"

"ނޭނގޭ...." ހަޔާތީ ކުޑަކޮށް ނުތަނަވަސްވިއެވެ.

"އެޕޭޖު ހިންގާ ކުއްޖާއާއި ވަރަށް ފްރެންޑްވެވިއްޖެ. އޭނައަކަށް އަދި އަހަރެންގެ އައިޑެންޓިޓީއެއް ނޭނގޭނެ. އެއީކާކުކަމެއް އޭނަވެސް ނުބުނޭ. ހިތަށް އެރީ ހަޔާތިއަށް އެނގިދާނެއޭ. ސީރިޔަސްލީ އެމީހުންނާއި ކުރާ ޑިބޭޓުން ވަރަށް ފައިދާކޮށްފި. ދީން ގަބޫލުނުކުރާ މީހުންނަށްވެސް ފައިދާކުރާނެ. ލައިކް މީ. އަހަރެމެންގޭގައި މަންމަ އަދި ބައްޕަ ދުވަހަކު ނަމާދެއްނުކުރޭ. ދުވަހަކު ދީނީ ވާހަކައެއް ނުދައްކާ. ނަމެއްގައި މުސްލިމުންގެ ގޮތުގައި ތިބީ. ދޭ ޑްރިންކް ގޯ ޓު ކްލަބްސް ޑޫ ގެމްބްލިން......."އެލީން ބުނެލިއެވެ.

"މަރުވީމަ ޕޭރެންޓުން ކުރި ގޯސްކަންތައްތަކުގެ ވާހަކަ ނުދައްކާ ޕްރޭ ފޯ ދެމް.." ހަޔާތީބުނެލީ ވިސްނައިދޭފަދަ ގޮތަކަށެވެ. ފްރެންޑުންގެ ތެރޭ ތިބެނީ އެކި ދީންގެ ކުދިން. ސޯ، ހިތަށް އަރާ ދެން ކޮންމެހެން ވަކި ދީނެއްގައި ހުރުން ހަމަ މުހިއްމުވާނެހެއްޔޭ. އެހެންވިސްނަމުންގޮސް އެތީސްޓުންގެ ވާހަކަ ގަބޫލުކުރެވެން ފެށީ އެކަމަކު އިޓްސް ލައިކް....ހެހެ އޭރު މުޅިއަކުން ގަބޫލެއްނުކުރަން. ވިސްނާލީމަ އެނގޭ މިހާ މޮޅަށް ކައުނު ޑިޒައިން ކުރެވޭނީ ހިތަކަށް ނޫންކަން. ކްރިއޭޓާއެއް ވާނެއޭ. ދެން ތެދަށް ބުނަންޏާ ހަޔާތީ އުޅޭގޮތުންވެސް އިންސްޕަޔާ ވި. ހެދުން އަޅާގޮތުން މާތްގޮތެއް ހުރޭ. ވަރަށް ޑީސެންޓް ލުކިން. އަމްރާން އެހާ ބޮޑަށް ހަޔާތީދެކެ ލައިކްވަނީ ރީތި އަޚުލާގީ ސިފަތައް ހުރީމައޭ ހިތަށް އެރި. ދެން ސޯލްޖާސް އޮފް މެހުދީ އިން އެ ބޯއި އާއި ދިމާވެގެން އަހަރެން އޭނައަށް ވީޑިއޯ ކޯލްކުރަންވެގެން ހަޔާތީ އަތުން ބުރުގާ ހޯދީ. ދީނީ ފޮތްތައް ބަލަންފެށީވެސް އެހެންވެ. އޭނައަކަށް އަސްލު ނުވެސް އެނގޭނެ ޑިބޭޓްކުރާ އެލީންއާއި ދީންވެރިކޮށް އުޅޭ ކުއްޖާއަކީ އެކެއްކަމެއް ހެހެ......"

"ހީ ޗޭންޖްޑް މައި ލައިފް ކޮމްޕްލީޓްލީ. ހީ ސެޑް ނަމާދު ކުރިޔަސް އޭގެ ސްވީޓްނެސް އިހުސާސެއް ނުކުރެވޭނެއޭ. ގޯޑްއާއި ކްލޯޒް ވެވޭނީވެސް މާނަ ދަސްކޮށްގެންނޭ. ސޯ އައި ސްޓާޓެޑް ލާނިން ދޯސް ތިންގްސް. އަދި އިސްލާމިކް ހިސްޓްރީއާއި ޕްރޮފެޓްގެ ލައިފް އަދި އަސްހާބުންގެ ވާހަކަތައް ކިޔަންފެށީމަ މަޑުމަޑުންގޮސް ދީނަށް ޝައުގުވެރިވީ........"އެލީންގެ ވާހަކަތަކުން ހަޔާތީގެ ހިތުގައިވި ޝައްކުތައް އިތުރުވިއެވެ. ސޯލްޖާސް އޮފް މަހުދީއަކީ މިކާލް ހިންގާ ޕޭޖެއްކަމާއިމެދު އޭނައަށް ޝައްކުކުރެވެއެވެ. މިކާލް މަހުދީގެ ވާހަކަ ކިތަންމެ ފަހަރަކު އޭނަކައިރީ ދައްކާފައިވެއެވެ. މަހުދީގެ އާމީ އައުމަށްފަހު ދުނިޔޭގައި އިސްލާމީ ވެރިކަން އަލުން އިއާދަވާނެކަމަށާއި އިސްލާމީ ޚަލާފަތުގެ ދަށުން އެމީހުންނަށް ކާމިޔާބުލިބޭނެކަމަށް ބުނެފައިވިއެވެ.

"އައި ވޮޒް އާސްކިން ރޭޕް މާޑާ އަދި އެބިއުޒް ކަހަލަ ނުބައި ކަންތަކަށްވުރެ ޝިކުރުގެ ފާފާ އެންމެ ބޮޑުވީ ކީއްވެހެއްޔޭ. ވަރަށް މޮޅަށް ޖަވާބުދިން. ތައުހީދާއި ޝިކުރުގެ ފޮތްތައް ކިޔަންފެށީމަ އަންޑަސްޓޭންޑް ވާނެއޭ ބުނީ. ނޭގިވެސް އެ ބޯއިއަށް ފޯލްވެއްޖެ. ހީޒް މައި ދުއާ ވިޗް ކޭމް ޓްރޫ................"

ނޭވާ ހިފަހައްޓާލައިގެން އިނދެވުނުކަން ހަޔާތީއަށް އެނގުނީވެސް އިރުކޮޅެއްފަހުންނެވެ.

"އެލީން. އެލީންއަށް ހިދާޔަތް ދެއްވިކަމަށްޓަކާ ހަމްދުކުރަން. ވަރަށް އުފާވެއްޖެ. އަދި މާދަން އެބައޮތް ދަރުހެއް. ދަރުހަށްވެސް ދާނީ. އެކަހަލަ ތަންތަނަށްގޮސް ހެޔޮލަފާ އެކުވެރިން ހޯދިވަރަކަށް އެމީހުންގެ ފަރާތުން އެއްޗެހިތައް އުގެނި ކާމިޔާބު ދިރިއުޅުމަކަށް މަގު ފަހިވާނެހެން ހީވޭ. ސާލިހު ދަރިން މައިންބަފައިންނަށްޓަކާ ކުރާ ދުއާ އިޖާބަވެ ފާފަވެސް ފުއްސަވާނެ......" ހަޔާތީގެ ހިތަށް ލިބިފައިވާ ދަތިކަން މަޑުމަޑުންފިލާ އެކުވެރިކަމުގެ ނަޒަރަކުން އެލީންއަށް ބަލައިލެވިއްޖެއެވެ. ހީލެވުނެވެ.

ހިތަށް ހެރިފައިވާ ޝައްކުގެ ކަށި ނެރެ އެއްލާލަން އޭނަ ބޭނުންވިއެވެ.

އެލީން ވާހަކަދައްކަނީ މިކާލްއާއި ކަމަށް ނުވާނެއެވެ. ބީރައްޓެހި އަންހެންކުދިންނާއި ވާހަކަދައްކާވަރަށް ވުރެ މިކާލްގެ މިޒާޖު ލަދުރަކިވާނެއެވެ. ގާތް އެކުވެރިންނަށް ނޫނީ ހިތް ހުޅުވައިނުލާނެއެވެ. އެކަމަކު......އޭނަގާތުގައި މިކާލްދައްކަނީ އެހެންކުލަ އަކަށްވެސް ވެދާނެއެވެ. މިކާލްގެ ފޮރުވިފައިވާ އަނދިރި ފަރާތެއްވެއެވެ. މިކާލްގެ މާޒީއިން އޭނައަށް އެނގެނީ ކުޑަ މިންވަރެއް ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އޭނަ ކެތްކުރާނެއެވެ.

އެލީންއާއި ހަޔާތީ ދަމުނަމާދުކުރިއެވެ. ހާރުކައިގެން ގުރުއާން ކިޔަވަން ނަމާދުގޭގެ އަރާމު މާހައުލުގައި ދެކުދިން ތިބިއިރު އެލީން އަތުގައި އޮތީ އަރަބި ތަންކޮޅެއް ބޮޑު ފޮންޓުން ލިޔެފައިވާ މުސްހަފެކެވެ. ގުރުއާން އަލަށް ކިޔަވަން ފަށައިގެން އުޅޭ ކުޑަކުއްޖެއްހެން ކޮންމެ އަކުރެއްގައި އިނގިލި ޖައްސާލައިގެން އަޅަ އަޅައިގެންފާ ނިކަން ހާލުން އެބަ ކިޔަވައެވެ. އެލީން ހާދަ މަސައްކަތް އެބަކުރެއެވެ. އެ މަންޒަރު ފެނި ހަޔާތީ އުފާވިއެވެ.

އަމްރާން ކޮފީތަށްޓެއް ހިފައިގެން ކޮޓަރިއަށް ވަނެވެ.

"ގުޑް މޯނިން...."

"ރޯދައެއް ނޫންތަ؟ " ހަޔާތީ ކަންބޮޑުވެ ނުތަނަވަސްވެފައިވާ ގޮތަކަށް ހީލިއެވެ.

"އަހަރެން އުމުރުގައި އަދި ދުވަހަކު ރޯދައެއް ނުހިފަން. ދެން ކިއްވެ މިއަދު ވަކި ރޯދައަށް ހުންނަންވީކީ..............."

"ބަޓް......." ހަޔާތީ އެއްޗެކޭ ބުނަން އުޅުމުން އަމްރާން ހިތްހަމަނުޖެހޭގޮތްވިއެވެ.

"ހަޔާ. ތިގޮތަށް ދީނޭ ކިޔައިގެން ވާހަކަ ނުދައްކަފާނަންތަ؟ ހަޔާވެސް ގަބޫލުކުރާ ވަރަށް ގިނަ ކަންތައްތަކާއި އަހަރެން ދެކޮޅު. އެޗްއެމްއިން ފޮނުވާ ގިނަ ޕްރޮގްރާމްތައް އަހަންނަށް ކަމަކުނުދޭ. އެކަމަކު ދުވަހަކު އެކަމާއި ދެކޮޅަށް އެއްޗެކޭ ނުބުނަން. ސޯ އަހަރެންގެ ފިކުރާއިޚިޔާލުތައް ހަޔާގޮތަށް އަނބުރާލަން ނޫޅެފާނަންތަ. އެނގޭތަ ލާވީ މަރުވި ވަގުތު އަހަރެން އިނީ ޝޮކެއްގައި. އަހަރެންގެ އުނގުގައި ބޯ އަޅާލައިގެން އޮވެ ލާވީ އެންމެ ފަހުގެ ނޭވާތައް ދޫކުރީ. އެދުވަހު ހިތަށް އެރީ. އިފް ދެއާސް ގޯޑް ޕްލީޒް ލެޓް ހިމް ސްޓޭ އެލައިވްއޭ. އެކަމަކު ލާވީ މަރުވީ. ދެން އަހަރެން ގަބޫލުކުރަން ވީ ކިހިނެއް. އެންމެ ބޭނުންވި ވަގުތު އެފަރާތުން ހެލްޕެއް ނުވި. ވެއާޒް ޔޯ ގޯޑް ވެން އައި ނީޑް ހިމް ދަ މޯސްޓް. އަހަރެމެން ދުނިޔެއަށް އައީ ނެތުމުގެ ތެރެއިން އެގޮތަށް އަނބުރާދާނީ ނެތުމުގެ ތެރެއަށް. ލާވީވެސް އެދިޔައީ. ފޯއެވާ. ހިޒް ލައިފް އިޒް އޯވާ. އަލުން ދިރޭނެކަމަށް އަހަރެން ގަބޫލެއްނުކުރަން. އޮންލީ ހިޒް މެމޮރީސް ވިލް ސްޓޭ........"

އަމްރާން "މުރުތައްދު" ވާހަކަތައް މިދެއްކީ އޭނަގެ ކައިރީގައި ހުރެގެންނެވެ.

ހިތަށް އަސަރުކުރިއެވެ. ދެރަވިއެވެ. އަނގަ ހުޅުވިފައި ބަލަން އިނދެވުނީއެވެ. އިތުރަށް އަމްރާންގެ ލާދީނީ ވާހަކަ އަހަން ހިތަކަށް ކުޅަދާނައެއް ނޫނެވެ. އަމްރާންއާއި ދީނީ ވާހަކަ ނުދެއްކުމަށްވުރެ ރަގަޅުގޮތެއް ނެތެވެ. ނަމާދު ރޯދަ ޒަކާތާއި ހައްޖުފަދަ ކޮންމެ އަޅުކަމެއްގެ ހިކުމަތާއި ފުރިހަމަޔަށް އަޅުކަން ކުރުމުން ލިބޭ އުފަލާއި ހިތްހަމަޖެހުން އިހުސާސްކުރެވުމަށްފަހު ދުރަކަށް ނުދާނެއެވެ. ދީން ދޫކޮށްލާފައި ދަނީ ހަގީގީ ފޮނިކަން އިހުސާސްނުކުރެވުނު ބަދުނަސީބުވެރިންނަށެވެ.

އަމްރާން އެންމެ ރޯދައެއްވެސް ނުހިފައެވެ. ކޮންމެގަޑިއެއްގައި ކާން މޭޒު ތައްޔާރުކުރުމުން އަމްރާން ގަޑިންގަޑިއަށް ކާނެއެވެ. ދޭތެރެއަކުން ލިވިންރޫމްގައި އޭނަގެ ބައްޕަ ކުރިމަތީގައި ކޮފީބޯން އިންނަތަން ފެނެއެވެ. ޗުއިންގަމް ކަހަލަ އެއްޗެއް ނޫނީ ސުޕާރީ ދުފާފާނެއެވެ. ދަރިފުޅުދެކެވާ ވަރުގަދަ ލޯތެއްބެއްގެ ސަބަބުން އޭނަ މިހާވަރުގެ ބޮޑެތި ފާފަތައް ކުރާއިރުވެސް އަބުދުލްއަޒީޒުވެސް އެހުންނަނީ އެކަން ނުދެކެން ލޯ މަރާލައިގެންނެވެ. އެކަމާއި ހަޔާތީގެ ހިތް ނުތަނަވަސްވެ ކެތްކުރުން އުދަގޫވާ ހިސާބަށް ދިޔައެވެ. ނަމަވެސް އަމްރާންދެކެ ހިތުގައި އެއޮންނަ ލޯތްބެއްގެ ސަބަބުން ކިތަންމެ ބޮޑު ފާފައެއްކުރިޔަސް މުރުތައްދުވިޔަސް އެކަމާއި ދެކޮޅަށް ތެދުވާކަށް ނުކެރުނެވެ. ދޫކޮށްލާފައި ދާނެ ހިތްވަރެއް ނުލިބުނެވެ. ލޯބިވާ މީހެއް ކުރާ ފާފަތައް ފޮރުވޭނީއެވެ.

"އަހަރެންވެސް އެހާ ދީންވެރި މީހަކަށް ނުވާތީ އަމްރާންއާއި ކައިވެނިކޮށްގެން މިހިރީ. މިކައިވެނި ހަލާލުވާނީ ކިހިނެއް؟ ނޫނީ އަމްރާން ރޯދަ ނުހިފިޔަސް ސިއްރުން ނަމާދުވެސް ކޮށްފާނެ. ލާދީނީ ވާހަކަދައްކަނީ ގަސްތުގައި ރުޅިއަރުވަންބާ. ގޭއި މީހަކަށް ބައެއްފަހަރު ހެދިގެން ސޯޝަލް މީޑިއާގައި ފާޑުފާޑަށް އެއްޗެހި ލިޔާއުޅެނީވެސް އެހެންވެ. އެވަރުވާއިރުވެސް އޭނަދެކެ ލޯބިވާ އެތައް ބަޔަކަށް އެއީ ހަމަ ހީރޯއެއް. އަހަންނަށްވެސް އަމްރާންދެކެ ލޯބިވެވުނުގޮތަށް އޭނަގެ ހިތުގެ ކަޅުކަން އެނގުމުންވެސް ނަފްރަތެއް ނުކުރެވުނު. މިއީ ހަގީގީ ލޯބިތަ؟ އެކަމަކު ހަގީގީ ލޯތްބަކީ މާތްﷲއަށްޓަކާ ވެވޭ ލޯބި. މިކާލްދެކެ ވެވެނީ އެފަދަ ލޯތްބެއްބާ. އަމްރާންއަށްޓަކާ ކުރެވެން އޮތްހާ ކަމަކީ ފުރިހަމަ މުސްލިކަށް ވުމަށް އެދި ދުޢާކުރުން. އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ........................"ހަޔާތީގެ ޚިޔާލުތައް ގިނަވީވަރަކަށް ހިތުގެ ނުތަނަވަސްކަން އިތުރުވިއެވެ.

 

އަޅުކަމުގެ ތެރޭ އުޅެމުން ހަޔާތީ އެޗްއެމްއިން ދީނީ ޕްރޮގްރާމްތައް ގިނަކޮށް ދަރުސްތަކާއި ގުރުއާން މުބާރާތްތައް ބޭއްވުމާއިގެން އަވަދިނެތި އުޅުނެވެ. ކޮންމެގެއަކަށް ކަދުރާއި މޭވާ އަދި ބިހާއި ޖޫސް ފަދަ އެއްޗެހި ހަދިޔާކުރިއެވެ. ދީނީ ލުއިފޮތްތައް ބެހިއެވެ. ފަލަސްތީނު އަދި ޔަމަންފަދަ ގައުމުތަކުގައި ކުރާ ހަނގުރާމައިގާ އަނިޔާ ލިބި ނިކަމެތިވަމުންދާ މުސްލިމުންނަށްޓަކާ ފަންޑުފޮށިތައް ހުޅުވާ އެތަންތަނަށް ފައިސާ ފޮނުވުމުގެ ކަންތައްވެސް ފެށިއެވެ. އެލީންއާއި ސަޖަލްވެސް ހަޔާތީއާއި އެކު އެމަސައްކަތުގައި ބައިވެރިވިއެވެ. އެދުވަސްކޮޅު އަލްޔާނާ މާލެއަށް ޒިޔާރަތްކުރިއެވެ. އަމްރާން ވަރަށް އާދޭސްކޮށްގެން މަންމަ އެގޭ ކޮޓަރިއެއްގައި ހުންނަން އެއްބަސްވިއެވެ. ފުރަތަމަކޮޅު އެންމެން އެކީ ރޯދަވީއްލާ ތަރާވީސްދަންކުރުން އުނދަގޫކަމަށް ވިނަމަވެސް މަޑުމަޑުންގޮސް އަބުދުލްއަޒީޒުއާއި އަލްޔާނާ ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއްވިއްޔާ ބުނެލައެވެ. އަމްރާން ރޯދަ ނުހިފިޔަސް މަންމައާއި ބައްޕައާއެކު އެއްކޮށް ކެއުމުގައި ބައިވެރިވެވޭތީ ހަވީރު ސައި ލަސްކޮށްލީ އިރުއޮއްސޭގަޑިއަށެވެ. ހަޔާތީއާއި އެލީންވެސް ބައިވެރިވެ އެންމެން އެއްކޮށް އެއް އާއިލާއެއްފަދައިން ރޯދަ ވީއްލާއިރު ހަޔާތީގެ ހިތަށް ތަފާތު އުފާވެރިކަމެއް ލިބުނަސް މިއީ އަދި ހަގީގީ އުފަލެއްނޫންކަން އެނގެއެވެ. އެ އުފާވެރިކަން ފުރިހަމަ ނުވާކަމުގެ އިހުސާސްކުރެވެއެވެ. ރޯދަވީއްލާ ވަގުތު ކޮންމެ ފަހަރަކު އަމްރާންގެ ރީތި މޫނަށް ބަލައިލުމަށްފަހު އޭނަ ބިސްމިކިޔާފައި ރަސޫލާ ސައްލަﷲ އަލައިވި ވަސައްލަމްއަށް ސަލަވާތް ކިޔަވައެވެ. ދެން ދުޢާކުރެއެވެ. އެންމެ ކުރިން އެދޭކަމަކަށް އޮތީ އަމްރާންއަށް ހިދާޔަތް ދެއްކެވުމެވެ.

ރޯދަ ވީއްލާގަޑީގައި ކާކޮޓަރިއަށް އައުން ކަފަލޮލީވެސް އާދައަކަށް ހެދިއެވެ. ބުއްދިނެތް ޖަނަވާރަކަށްވިޔަސް ރޯދައިގެ އުފާވެރިކަން އެސޮރަށްވެސް ކުރެވޭފަދައެވެ.

ރޯދަ ވީއްލުމަށްފަހު ސިޓިންރޫމްގެ ޓީވީއިންވެސް ޖައްސާފައި ހުންނާނީ ސައުދީޓީވީއިން ހަރަމްފުޅުގައި ނަމާދުކުރާތަނެވެ. ނޫނީ ގުރުއާން ޗެނެލްއަކުން މޫރިތިކަމާއެކު ގުރުއާން ކިޔަވާއަޑެވެ. އެގޭގައިވާ ކޮންމެ ނަފުސަކަށް ހަމަޖެހުމާއި ރޫހަށް ހިމޭންކަން ވެރިކުރުވައެވެ. އަމްރާން ފިޔަވައެވެ. ގުރުއާންގެ އަޑު ނާހަންވެގެން އޭނަ ބައެއްފަހަރު ހެޑްސެޓް އަޅައިގެން ލަވަ އަހައެވެ. ކާޒިމްގެ ދައުވަތަކަށް އެގެއަށް ތަރާވީސްދަންކުރަން ގޮސްފައި ގެއަށް އައިއިރު ދިހައެއް ޖަހާ ބޮޑުވެއްޖެއެވެ. ގޭތެރޭގެ ކޮންމެވެސް ކޮޓަރިއަކުން އިވެނީ ގުރުއާންގެ ހިތްގައިމު އަޑެވެ.

"ރަމަޟާން ވައިބްސް މުޅި ގޭތެރޭ......"އަމްރާން ހަޔާތީގެ އުނަގަނޑުގައި އަތް އަޅުވާ ކައިރިކޮށްލިއެވެ.

"މުޅި މާލޭގައިވެސް. އެންމެންގެ ވެރިޔާ އެކަނި މި މަންތަށް ވެލްކަމް ނުކިޔާ ހުރީ.." ހަޔާތީ ކުޑަކޮށް ހީލިއެވެ.

"އޯކޭ. މިރޭ ހާރުކާން ގޮވައްޗޭ. ދީން ގަބޫލުނުކުރިޔަސް މަންމައާއި ބައްޕަ އެކީ އުޅޭތަން ފެނުނީމަ މި ސަގާފަތާއި ގަޔާވެވިއްޖެ. އެޓްލީސްޓް ނުކައި ހުރެ އެންމެނާއި ބައިވެރިވުން އުފަލަކަށްވެދާނެ ދޯ. ފެމިލީއާއި ބައިވެރިވާން. ޔަގީނުންވެސް ރޯދައިގެ މި ސަގާފަތް ދެކެ ލޯބިޖެހިއްޖެ........." އަމްރާންގެ ހިތްގައިމު ނަޒަރު ހުއްޓިފައި ހުރީ ހަޔާތީގެ މޫނަށެވެ.

"ރިއަލީ؟ " ހަޔާތީގެ ހިތް އަވަސްވެލިއެވެ. އަމްރާންގެ ހިތުގައި އީމާންކަމުގެ ވޮށް ދިއްލުނީބާވައެވެ. ހިތާހިތުން ހަމްދުކުރެވުނެވެ.

"ކުށްހީއެއް ނުކުރައްޗޭ. ދީނީކަމެއްގެ ގޮތުގައެއްނޫން ފާސްޓިންގައި ހުންނާނީ. ހަމަ އަޖުމަ ބަލައިލަން...." އަމްރާން ކޮޓަރިއާއި ހަމަވެފައި ކުއްލިއަކަށް ހަޔާތީ އުރައިލުމުން ހަޅޭއްލަވައި ނުގަނެވުނީ ހަމަ ކިރިޔާއެވެ. "ޑޯންޓް......އަހަރެން ހަޔާއަށް ކުރިކަމެއް ނޭނގިގެން މަންމަ ހާސްވެދާނެ. ދުވާލު އަޅުކަންކޮށްފައި ރޭގަނޑު ހަޒްބެންޑަށް ސްޕެޝަލްވާން ޖެހޭނެއްނު. މާގަދައަށް އަޅުކަން ނުކުރިޔަސް ޔޫ ވިލް ގެޓް ރިވާޑް......."

 

ފަހު ދިހައިގެ ދުވަސްތަކުގައި ހަޔާތީއާއި އެލީން މާ ބޮޑަށް އަޅުކަމާއިގެން އުޅުނެވެ. އެކުދިން ނަމާދަށް ފަރުވާބަހައްޓާވަރު އެގޭތެރޭގައި "ވައިރަލް"ވިއެވެ. އަލްޔާނާވެސް ނަމާދުގޭގައި ގިނަވަގުތު ހޭދަކޮށް ގުރުއާން ކިޔަވާން އިނދެއެވެ. އަބުދުލްއަޒީޒުވެސް ގަޑިން ގަޑިއަށް ނަމާދުކުރަންދާ މަންޒަރުން ހަޔާތީއަށް އޭނަގެ މަގުސަދު ހާސިލުވާންފެށިކަން އެނގުނެވެ. ބަދަލުނުވެ ހިތް ކަޅުކޮށްލައިގެން އަދި ހުރީ އަމްރާން އެކަންޏެވެ.

އީދު ސަލާމްކުރުން އޮތީ ރައީސްގެ ގެކޮޅުގައެވެ. ހިތާއިދެކޮޅަށް އެ ރަސްމިއްޔާތުގައި ބައިވެރިވާން އަމްރާންއަށް ޖެހުނެވެ. ހަޔާތީވެސް ކައިރީގައި ހުއްޓިލައިގެން ހިނިތުންވެލާފައި ހުއްޓެވެ. ކިޔޫ ދިގުކަމުން ކޮޅަށް ހުރެ ހުރެ ދެފައި ވާޅުވިއެވެ. މެންދުރު ރައީސް ދެއްވި ޖާފަތެއް އޮތެވެ. އެވެސް އަމްރާންގެ ނަން ޚަރާބުވެފައި އޮތުމުން އޭނަގެ ނަމުގައި ހަޔާތީ ދިން ކެއުމެކެވެ. ކޮންމެ ރައްޔިތަކަށް ބައިވެރިވެވޭނެހެން އީދުގެ އެ ޖާފަތް ހުޅުވާލެވުނެވެ.

ދެމަސްފާއިތުވެގެން ދިޔައީ ހަލުވިކޮށެވެ. ހަޔާތީ ގާތްގަނޑަކަށް މިކާލްގެ ނަން ހިތުން ފޮހެލުމުގައި ކާމިޔާބުކޮށްފިއެވެ. ނޫނީ ދިރިއުޅުމުގައި އަވަދިނެތި އުޅެންޖެހުމުން އެހެން ކަމަކާއިމެދު ވިސްނާލާނެ ފުރުސަތެއްވެސް ނުލިބުނީއެވެ. އަމްރާންއާއި ހަޔާތީވެސް މަސައްކަތްކުރަމުން ދިޔައީ މާޒީގެ އަނދިރިފަރާތް ހަދާން ނައްތާލާފައި އުފާވެރި ދިރިއުޅުމެއް ހޯދުމަށެވެ. ގައުމެއްގެ ރައީސަކަށްވުމުން އަދާ ކުރަން ޖެހޭ ބޮޑު ޒިންމާ ވަފާތެރިކަމާއިއެކު އަދާކުރުމުގައި އަމްރާންވެސް އުޅުނެވެ.

ފުންހިމޭންކަމުގެ ތެރެއަށް އޯޓަމްބްލޭޒް ގެނބިފައިވާއިރު ހަޔާތީ އެކަނިމާއެކަނި ސިޓިންރޫމްގެ ސޯފާއެއްގައި އޮށޯވެލައިގެން އޮތެވެ. އިރުއިރުކޮޅާ ގަޑިއަށް ބަލައިލެވެއެވެ. އަމްރާން ފޯނަށް ގުޅާގުޅާ ފޯނު ނަގަނީއެއް ނޫނެވެ. މިހާރު އެއޮތް އެގާރަޖެހީއެވެ. އަބުދުލްއަޒީޒުއާއި އެލީންވެސް އިޝާކޮށްގެން އެމީހުންގެ ކޮޓަރިތަކަށްވަދެ ނިދިތާ ކޮންއިރެއް ހެއްޔެވެ؟ ދުވާލު ހަތަރުދަމު އަވަދިނެތި މަސައްކަތްކުރުމުގެ ސަބަބުން އޭނަގެ ދެލޯވެސް ވަނީ ނިންޖަށް ބޭނުންވެފައެވެ. އަލްޔާނާ ދޭތެރެއަކުން ސްވިޒަލޭންޑަށް ޖައްސާލާކަމުން މިރޭ އެކަނި ފިލުވައިދޭނެ މީހެއްވެސް ނެތެވެ. އަމްރާންގެ ފޯނަށް ސަތޭކަފަހަރު ނުގުޅޭކަމެއް ނޭގެއެވެ. އެތައް މެސެޖްވެސް ފޮނުވިއްޖެއެވެ. ޖަލްސާއެއްގައި ވި ނަމަވެސް އިންތިޒާރުގައި ތިމާގެ އަނބިމީހާ އިންނާނެކަން ހަދާންކޮށް އެންމެ މެސެޖެއް ކޮށްލިނަމަ އޭނައަށް މިހާ އުދަގޫނުކޮށް އިދެވިދާނެއެވެ.

ބާރަޖެހިއިރު އަމްރާންގެ ފިޔަވަޅުތަކުގެ އަޑު އިވުމުން ހިތުގައިވާ ނުތަނަވަސްކަން އެއްކޮށް ފިލައިގެން ހިގައްޖެއެވެ. ނަމަވެސް މިނިޓެއްގެ ހިތްހަމަޖެހުމެކެވެ. އަމްރާންގެ ސީރިޔަސް މޫނު ފެނުމާއިއެކު ބޮޑުކަމެއް ދިމާވިކަން އެނގިފައ ހަޔާތީއަށް ތެދުވެ އިށީދެވިއްޖެއެވެ.

"އަމްރާން......ވަޓް ހެޕެންޑް. އިޒް އެވްރީތިން އޯކޭ؟ " ހަޔާތީ ކަންބޮޑުވުމާއެކު އަހައިލިއެވެ. އަމްރާން ޖަވާބެއްނުދީ ހިނގައިގަތުމުން ހަޔާތީ ފަހަތުން ދިޔައިރު އިތުރު ސުވާލެއްކޮށްލާކަށް ނުކެރުނެވެ. ކޮރިޑޯގައި ދިއްލާފައިވާ ފަނޑު ބޮކީގެ އަލީގައި އަމްރާންގެ މޫނު އެއްފަރާތުން ފެނުމުން ކޯކަށިގަނޑަށްވާން ކޮށްގެން ހުރިގޮތުން އޭނަ ރުޅި ހިންދައިލަން މަސައްކަތްކުރާކަން އެނގުނެވެ. ނުބުނެ ހިތުގައި ފޮރުވައިގެން ހުރިއްޔާ އޭނަ ކުރާނެކަމެއް އެބައޮތްހެއްޔެވެ؟ ކޮޓަރިއަށް ވަދެފައި އަމްރާން ލައިގެން ހުރި ސޫޓު ބާލާފައި ޓައީއަށް ދޫކޮށްލިއެވެ. މަޑުކްރީމްކުލައިގެ ގަމީހާއި ފަޓުލޫނުގައި ފެންނައިރު އެރީތި ހަށިގަނޑުގެ ފުރިހަމަކަން ހާމަކޮށްދެއެވެ. އަދިވެސް ހެނދުނު ޖެހި ސެންޓުގެ ވަހަށް އެއްވެސް ބަދަލެއްނާދެއެވެ. އަމްރާން ފާޚާނާއިން ނުކުމެގެން އައިސް ފިނިފެންތަށްޓެއް ބޯލުމަށްފަހު އެނދުގައި އިށީންއިރު ހަޔާތީ އިނީ އެނދުގެ ފަޑިއަށް ލެނގިލައިގެން ފޯނާއި ކުޅެކުޅެއެވެ. އަމްރާން ނުބުންޏަސް ރުޅިއައި ސަބަބު އެނގިއްޖެއެވެ. ނޫސްތަކުގެ ހެޑްލައިންތަކުގައި އޮތީ އޭނަގެ ވާހަކަތަކެވެ. ފަސްޓްލޭޑީގެ ކުރީގެ ފިރިމީހާއަކީ އިސްލާމިކް ސްޓޭޓްގެ މެމްބަރެއްކަމަށާއި އޭނަ ކުރީގައި ސިފައިންގެ ސިއްރު އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރިކަމަށް އޮތެވެ. ބޮޑަށް ޝައްކުކުރެވެނީ އެއީ ޑަބަލް އެޖެންޓެއްކަމުގައެވެ. ހަޔާތީވެސް އިސްލާމިކް ސްޓޭޓަށް މަސައްކަތްކުރާ ކަމަށާއި އެޗްއެމްއިން އެމީހުންގެ ޕްރޮޕެގެންޑާ ފަތުރާކަމުގައި އޮތެވެ.

"އައިމް ސޮރީ. ދިސް އިޒް ނޮޓް ޓްރޫ. ވީ ޑޯންޓް ޕްރޮމޯޓް ނީދާ ފަންޑް ދެމް................"ހަޔާތީ ބުނަން އުޅުނެވެ.

"ފޯ......ސޭކް ސްޓޮޕް ދިސް ހަޔާތީ..........." އަމްރާންގެ އެ ރުޅިގަދަ ބައި ދުވަހަކު ހަޔާތީއަށް ނުފެނެއެވެ. އަތުގައިވާ ބާލީސް ދޫލަމައްޗަށް ހޫރާލާފައި ކޮޅަށް ތެދުވެ ފާރަށް ގޮށްމުށުން އެތިފަހަރެއް ވީއްލާލާފައި އެނބުރުނެވެ. ލޮލުގައި ވި ތޫނު ނުރައްކާތެރިކަމުން ހަޔާތީގެ ހިތް ޚަންޖަރެއްފަދައިން ފޫ އަޅުވައިލިއެވެ. އަމްރާން ރުޅިގަދަވެގެންގޮސް މޮޔަވާވަރުވުމުން އެތަނުން ނުކުމެފައި ދެންއައީ ކޮފީއެއް ހިފައިގެންނެވެ. އޭރު މީހާ ތަންކޮޅެއް ހަމަޖެހިލައިފިއެވެ.

"ހަޔާތީއަށް ނޭނގި މިކާލްގެ އެއްވެސް ކަމެއް ނުހިގާނެ. ހުރިހާކަމެއް އެނގޭނެ. ދެމީހުން ރޭވުމަކުން އަހަރެން ބަދުނާމްކުރަންވެގެން ކުރިކަމެއް. ރަނގަޅަށްވިއްޔާ ކޭމްޕްދަތުރުގޮސް އަހަރެން މަރާލަން މީހަކާއި ހަވާލުކުރީވެސް އެ ޓެރަރިސްޓްކަމަށްވާނީ. މިފަހަރު އޭނައަކަށް ސަލާމަތެއްނުވެވޭނެ. މުޅި އުމުރަށް އެކަހެރިކޮށް ޖަލުގެ ކުޑަގޮޅިއަކަށް ވައްދާލާނީ. އޭރުން އޮންނާނެ ޖިހާދު މަތިމައްޗަށް ކުރެވިފައި. ތި ބުނާ މައިޓީ އައިއެސް މީހުންނާއިހެދި ދުނިޔޭގައި މީހުންނަށް ހަމަޖެހިގެން އުޅެވޭކަށްނެތް. ކުޑަކުދިން ރޭޕްކޮށް އެތައްސަކޭތަ ފިރިހެނުންނެއް މަރާ މީހުން އަޅުވެތިކޮށް ތަންތަން ލޫޓުވާ ކިޑްނެޕްކޮށް ދުނިޔޭގައި ލެއްވިހާ ނުބައިކަމެއްކޮށް ބިލިއަނުން ފައިސާ ހޯދައިގެން އުޅެނީ ތިބުނާ ޖިހާދީން؟ ސުވަރުގެއަށް ދާން ކުރާން އެނގޭކަމަކީ އެއީތަ؟ " އަމްރާން ޖެއްސުމުގެ ފާޑަކަށް އެއްމިޔަކަނުން ހީލިއެވެ." ބުނަން ހަޔާތީ. ކިތަންމެ ވަރަށް އަޅުކަން ކުރިޔަސް އަހަރެމެންނަށް އޭގެއިން ލިބޭނެ އެއްވެސް ފައިދާއެއްނެތް. އަހަންނަށް ދިރިއުޅުމާއިމެދު ދަސްވީ އެންމެ އެއްޗެއް މަރުވުމަކީ އިންސާނާގެ ނިމުން..ވީއިރު ތިބުނާ އިމޭޖިނަރީ ހުވަފެންތަކެއް ދެކޭނެކަމެއްނެތް...."އަމްރާން އެހިސާބުން ނިންމައިލީއެއް ނޫނެވެ. ދުވަހަކު މިނޫނީ ދީނަށް މިހާ ބޮޑަށް ފުރައްސާރަކޮށްފައި ވާހަކަދެއްކިކަމެއް ނޭގެއެވެ. ދީނަށް އެތައް ޖޯކެއް ޖެހިއިރު ހަޔާތީގެ ހިތަށް ވީގޮތް ބަޔާންކޮށްދިނުމަކީ ފަސޭހަކަމެއްނޫނެވެ. ހަޔާތީގެ ހިތުގައި ރުޅިވެރިކަން އުފެދި ހިމޭންކަން ޚިޔާރުކުރުން އުނދަގޫވިއެވެ. އަމްރާން މިހާ ފާޅުކަން ބޮޑުކޮށް ދީނާއި ދެކޮޅަށް ވާހަކަދެއްކުމުން ހަޔާތީއަށް ކެތެއްނުކުރެވުނެވެ. މާތްﷲއަށްޓަކާ ހިތުގައިވާ ލޯބީގެ ކުރިމަތީގައި އަމްރާންދެކެ ވާ ލޯބި ވާނީ ކޯންޗަކަށްހެއްޔެވެ؟ ދީނާއިމެދު ހިތުގައިވީ ލޯބި ހަޔާތީގެ ހިތުގައި އަމްރާންއަށްޓަކާ ފޫހިކަން އުފައްދައިފިއެވެ.

ހަޔާތީ ބުނީ އިސްލާމްދީނަށް ޔޫރަޕާއި އެމެރިކާތަންތާ ވަންނަ މުސްލިމުންގެ އަދަދު ހައިރާންވާހާ ގިނަކަމަށާއި އިސްލާމުންގެ ގޮތުގައި އެ ނިއުމަތް ލިބުނު ބަޔަކު އަދި ދީންދޫކޮށްލުމަކުން ދީނަށް ލިބޭނެ ދެރައެއްނެތްކަމަށާއި އެދީން އަބަދަށްޓަކާ ރައްކާތެރިކުރައްވާނެ ކަމަށެވެ. ކަލަކު ވޮޑިގެންވާކަމުގެ ހެކިތައް ބަލައިލާ ކޮންމެ ދިމާލަކުން ފެންނަ ކަމަށާއި އެކަނިމާ އެކަނި ގަސްތަކުގެ ތެރޭ އިނދެ އުޑަށް ބަލައިލިޔަސް ހެކިތައް ފެންނާނެކަމަށެވެ. ތަރިތަކާއިމެދު ވިސްނައިލިޔަސް ގަހެއްގެ ފަތަކާއިމެދު ވިސްނިޔަސް ކުޅަދުންވަންތަކަން ކަމަށެވެ. ވަށައިގެންވާ ކޮންމެ އެއްޗަކީ ކުޅަދުންވަންތަކަމުގެ މިސާލެކެވެ. ތިމާގެ އަމިއްލަ ނަފުސަށް ވިސްނައިލިޔަސް އެކަން އެނގޭނެއެވެ.

"ގުރުއާނުގައި ވަހީކުރައްވާފައިވޭ ޔުނިވާސް އެކްސްޕެންޑްވަމުން ދާކަން. ސައިންސްވެރިންވެސް އެކަން ގަބޫލުކުރޭ. ޔުނިވާސްގައި ފެންނަ ބަޔަށް ބަލާއިރު ސަތޭކަ ބިލިއަނާއި ދުއިސައްތަ ބިލިއަން ގެލެކްސީ ވާކަން ތި ބޭފުޅާއަށް އެނގިލައްވާތޯ. ގެލެކްސީއަކީ ބިލިއަންސް އޮފް ސްޓާސްއާއި ގޭހާއި ހިރަފުހާއިއެކު ވާ ވަކި ސިސްޓަމެއް. އޭގެ އެތައް ގެލެކްސީވާކަމުގައި ބުނެވެނީ. އަހަރެމެންގެ ގެލެކްސީއަށް މިލްކީވޭކިޔާއިރު އެ ގެލެކްސީގައި އިރު އަދި ޕްލެނެޓްތަކާއި ހަނދުތަކާއި އެސްޓިރޮއިޑްސް އަދި ކޮމެޓްތަކާއި ރޮކްތަކާއި ޑަސްޓް ހިމެނޭ. އަދި އެތައް ބިލިއަން ތަރިތަކާއިއެކު އަހަރެމެންގެ މިލްކީވޭ އުފައްދަވާފައިވާ ޚާލިގު ވަންތަ ކަލާނގެ މަތިވެރިކަމާއި ކުޅަދުންވަންތަކަން މި ކާއިނާތުގެ ބޮޑުކަމަށް ވިސްނާލި މީހަކަށް އިހުސާސްކުރެވޭނެ. އެސްޓްރޮނޮމީއަށް ޝައުގުވެރިވި އިރު އައި ވޯޒް ޖަސްޓް ޓްވެލްވް. ޓީޗަރު ބުނި ދުނިޔޭގެ ހުރިހާ ބީޗްތަކުގައިވާ ދޮންވެލި ފުއްތަކަށްވުރެ ތަރިތައް ގިނައޭ. އޭރުވެސް ހިތަށް އަރާ ހަނދަށްވުރެ ދުނިޔެ ބޮޑޭ. ދުނިޔެއަށްވުރެ އިރުބޮޑޭ. އިރު ދުނިޔެއާއި ކައިރިވީމަ ބޮޑުކޮށް ފެނުނަސް އެކުދި ތަރިތައް އިރަށްވުރެ މާ ބޮޑޭ. ގާތްގަނޑަކަށް ސެވެން ސެކްސްޓިލިއަން ދޮންވެލި ފުއް ވާކަމަށް ސައިންޓިސްޓުން ބުނޭ. އެތައް ބިލިއަން ތަރިތަކާއި އިރާއި ހަނދުތައް އެކުލެވޭ ގެލެކްސީތައް ބޮޑުވާނެވަރު އިމޭޖިންކޮށްލާކަށްވެސް ފަސޭހައެއްނޫން. ކައުނު. އިޓްސް މައިންޑް ބޮގްލިން. އަދިވެސް ތިބޭފުޅުން ގަބޫލުކުރައްވާނީ އެއްވެސް ޑިޒައިނައެއްނެތި މިހާ ފުރިހަމަގޮތަކަށް މިހުރިހާ ގެލެކްސީތަކާއި ހުރިހާ އެއްޗެއް ވަކި ގޮތަކަށް ދައުރުވަމުންދަނީ އަމިއްލައަށޭ؟ ޔޫ އޯލް އާ ސްޓުޕިޑް. ތިންކް.......އެނީވޭސް މިސްޓަރ އަމްރާން. އައި ގިވް އަޕް. ތިހާ ފާޅުކޮށް ދީނުގެ ދުޝްމިނެއްކަން އެނގުމަށްފަހު މިކައިވެނި މިއޮތީ ނިމިފައި. އައިމް ލީވިން........." ހަޔާތީގެ ލޮލުގެ ތެރޭ ފިލާހުރި ކަރުނަތައް ކިރިޔާ ނުފައިބާ ހުރިކަމެވެ. އަމްރާންދެކެ ރުޅިއަޔަސް ހިތުގައިވާ ލޯބި އެހާ ފަސޭހައިން ފޮހެއެއް ނުލެވޭނެއެވެ. ނަމަވެސް އަމްރާންއާއިއެކު އުޅޭކަށް އޭނައަކަށް ނުކެރޭނެއެވެ. އަމްރާންއަށް ކިތަންމެ ރީތި ސިފަތަކެއް ދެއްވާފައި ވިޔަސް އެއީ މުސްލިމެއް ނޫނެވެ.

"ހެހެ. ކުޑައިރުވެސް އިމޭޖިނަރީބައި ސަންތި މަރިޔަބުގެ ހުރޭ. އަހަންނަށް އެނގިފައި އޮތީ. ޕޮއެމްތައްވެސް އެހާ ޚިޔާލީ ހުވަފެނީ........." އަމްރާން ހީލިއެވެ. ހަޔާތީ ރަކިވާގޮތްވެ ތުންފަތް ހަފަންފެށުމުން އެކަމާއި އުނދަގޫވެގެން އަމްރާން އަދި ބުނެލީ އެހާ ލާނެތް އެއްޗެކެވެ. ހަޔާތީ ރުޅިއައިކަމަށް ހެދުނެވެ. އަދި ތެދުވެގެންގޮސް އަލަމާރި ހުޅުވާލާފައި ހެދުން ނަގަންފެށިއެވެ.

އަމްރާން އިތުރު އެއްޗެކޭ ބުނުމެއްނެތި ސޯފާގައި ހިމޭންކަމާއިއެކު އެމަންޒަރު ދެކެން އިނެވެ. ހުއްޓުވާކަށްވެސް މަސައްކަތެއްނުކުރިއެވެ.

"އެހާ ދާހިތުން އުޅެންޏާ ނުހުއްޓުވާނަން. އެކަމަކު މިރޭ މިގެއަކުން ބޭރަކަށް ނުދެވޭނެ. އެހެރީ ދަންވަރު އެކެއްޖަހާ ބޮޑުވެފައި. ގޭޓްތަޅުލާފައިވީ. ހެނދުނު ދާނެތަނަކަށް ހަމަ ދާންވީ..." އަމްރާން ބޭރުފުށުންދެއްކީ ހަމަޖެހޭކަމެވެ. ހަޔާތީ ބާރުބާރަށް ހިނގާފައި ގޮސް އެހެން ކޮޓަރިއަކަށްވަދެ އެނދަށް ވެއްޓިގަތްގޮތަށް މޫނުގައި ބާލީސްއަޅާ ބާރުކޮށްލިއެވެ. އޭނަ އިތުރަށް ވިސްނާކަށް ބޭނުމެއްނޫނެވެ. އަމްރާންއަށްޓަކާ ކަރުނަ އޮއްސާކަށް ބޭނުމެއްނޫނެވެ. އަމްރާން އެތިއެސްޓެއްކަން ޔަގީންވި ހިސާބުން ފެށިގެން އޭނައާއި އަމްރާންގެ ކައިވެނީގެ ގުޅުން މިއޮތީ ނިމިފައެވެ. ހިތަށް އަސަރުނުކުރާކަމަށް ދެރަނުވާކަމަށް ހިތަށް ވިސްނާދޭންއުޅުނަސް އެރޭ ލޮލުން ފިޔަ ޖަހައެއްނުލެވުނެވެ. އެތައްފަހަރު އޭނަ ކަރުނަތަކުން ބަރާވެފައިވާ ދެލޯ ފޮހެލިއެވެ.

ހަޔާތީ ފޯނުގެ ނަމްބަރުތަކަށް ބަލަންފެށިއެވެ. މިކާލްގެ ނަންއަދިވެސް ސޭވްކޮށްފައި އެބައޮތެވެ. މިކާލްއަށް ގުޅާފައި ވާހަކަދެއްކުން ފަސޭހަ ނުވިޔަސް އޭނަދެކެ އެންމެ ލޯބިވާ ހެޔޮއެދޭ ފަރާތަކަށް އަބަދު ހުންނާނީ ހަމަ މިކާލްއެވެ. މާތްﷲއަށްޓަކާ މީހަކު ދެކެ ލޯބިވަންޏާ އެފަދަ ލޯތްބެއް ހައްގު މީހަކަށް މިކާލްވާނެކަމަށް އޭނަ ގަބޫލުކުރިއެވެ.

"މިކާ.ކެން ވީ ޓޯކް....ޕްލީޒް" ހަޔާތީ މެސެޖްކޮށްލުމަށްފަހު ޖަވާބަކަށް އިންތިޒާރުކުރަންފެށިއެވެ. ކުއްލިއަކަށް މޭ ނުބައިކުރާގޮތްވެ އަނބުރައިނުގަތީ ކިރިޔާއެވެ. ނުނިދާ ހުރުމުން ވީގޮތެއް ބާވައެވެ. އޯކަށް ދަމަންފެށުމުން ދުއްވައިގަނެވުނީ ފާޚާނާއާއި ދިމާލަށެވެ.

ކޮމެންޓް 0