"ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް ހަދީސްކުރެއްވިއެވެ. މުސްލިމެއްގެ އައިބު ވަންހަނާކޮށްފި މީހެއްގެ އައިބު ދުނިޔެއާއި އާޚިރަތުގައި ﷲ ސުބުހާނަހޫ ވަތައާލާ ވަންހަނާ ކޮށް ދެއްވަވާނެއެވެ."

***

"އާ ޔޫ މެރީޑް......."އޯ ހީކުރީ އޭނައަށް އެހެން ބުނެވުނީ ހިތުން ކަމަށެވެ. ނަމަވެސް އެ ލަފުޒުތައް އައިމަލްގެ ކަންފަތާއި ހަމަޔަށް ފޯރައިފިއެވެ. އާޒީންގެ މޫނު ރަތްވެގެން އައިގޮތުން ކަންފަތު ފޫޅުގަނޑުގައިވެސް ހުޅު ހިފާފައިވާ ހެން ހީވިއެވެ. އޭނައަށް ކަންފަތުގައި އަތް ޖައްސައިލެވުނެވެ."ހީޒް ހޮޓް އޭޒް ބާނިން ކޯލް........ޑެވިލް.....އައި ހޭޓް ޔޫ...ނަމާދަށް ދާން އުޅޭ އަޅުވެރި ކުއްޖަކު ހުއްޓުވަން އަދި މިއެހުނީ ކޯނޗެކޭތަ؟...."

އައިމަލް އެއްލޯ ކުޑަކޮށްލަމުން ބަލައިލިގޮތުން އާޒީން އަށް އިހުސާސްވީ އޭނަ ވަގުތުން ގަނޑުފެން ގަނޑަކަށްވެ ހުރިތަނަށް ވިރިގެން ފައިބައިގަތްހެނެވެ. ޔަގީނެވެ. މި ސީރިޔަސް ޑޮކްޓަރ އައިމަލް އޭނަ ލަދުގަންނަވައިލާނެއެވެ.

"ސިންގަލް....." އައިމަލް ބުނެލިއެވެ.

"އޯހ......." އަލާޔާގެ ބޮލުން އެތައް ޓަނެއް އެއްފަހަރާ ލުއިވިއެވެ. ޑޮކްޓަރަކާއި ކައިވެނި ކުރުމުގެ އުއްމީދުގެ ހުޅުކޮޅު ބޮޑުވެެގެންގޮސް ހަށިގަނޑު އަނދައިގެންފިއެވެ. ލަދުގަންނަން ދަންނަ ކުއްޖަކަށް ނުވިޔަސް ރަތްވާން އެނގެއެވެ. އަލާޔާ ނިކަން އަވަހަށް ހަމަޖެހިލައިފިއެވެ.

"މިހެން އެހީ......އައި މީން އަޅުގަނޑުގެ ހުރޭ ސިކްސް ޔިއާސް ކިޑެއް......ބައްޕައަކަށް ވެއްޖެއްޔާ އެންމެބޮޑަށް އިހުސާސްކުރެވޭނީ ދަރިއަކަށް ކަމެއް ދިމާވީމަ ދެރަވާނެވަރާއި ކަންބޮޑުވާނެވަރު..އަދި އެއީ ނަފްސާނީ ކަމަކަށް ވެއްޖެއްޔާ..ތިޔަ ބޭފުޅާގެ ދަރިއެއް ނެތީމަ ދެން ނުވިސްނޭނެ......"އަލާޔާ ދެރަވީކަމަށް ހެދުނެވެ." ޑޮކްޓަރ ވިޖޭއާއި ކޮންސަލްޓްކުރީމަ އޭނަ ބުނީ ނޯމަލްއޭ.....އެކަމަކު ނޯމަލް ކުއްޖެއްނޫން....މެންޓަލް ކަމެއް ހުރޭ..."

"ދެނެހުރިން. އެހެން ސައިކޭޓްރިސްޓެއް އެބައާދޭ. ނޯ ވޮރީސް. ދަރިފުޅު ގެންނަންވީނު. އައި ވިލް ޗެކް އޮން ހާރ. އިވެލުއޭޓްކޮށްލީމަ އެނގޭނީ..މާދަން ކިހިނެއްވާނެ......އެރައުންޑް އިލެވެން..............."

"ޝުއަ..." އަލާޔާގެ މޫނު އަލިވިއެވެ.

"ކެން އައި ގޯ ނައު؟" އައިމަލް ހުއްދައަށް އެދުނެވެ. "ފްލާޓް"ކުރީ ބާވައެވެ. އެދެލޮލުން އެފަދަ ކުލަވަރެއް ފެނިފައިވެސް ޕްރޮފެޝަނަލް ވީ ދާދި އަވަހަށެވެ. އަލާޔާގެ ހިތް ނަށައިލަން އުޅެފައި އިރުފަދައިން އޮއްސިއްޖެއެވެ. އައިމަލް ހީކުރިވަރަށްވުރެ މާ އުދަގުލެވެ. އެކުވެރިކަން ބަދަހިކުރަންވީކަން ނޭގެއެވެ. އެކަމަކު ވަގުތެއް ނެތެވެ. މާޒިން ފުރަން ބާކީ އޮތީ މައްސަރެކެވެ. އެމަސް ތެރޭގައި އޭނަ މީހަކާއި ކައިވެނި ކުރަން ނޫނީ ރަށަށް ދާން ޖެހޭނެއެވެ. ބީރައްޓެހި ރަށެއްގައި އެއްވެސް ހިމާޔަތެއްނެތި ޅަ ދަރިއަކާއެކު ބަހައްޓާފައި މާޒިން ނުދާނެކަން އެންމެ ރަގަޅަށް އެނގެނީވެސް އޭނައަށެވެ.

އެންމެ ރަގަޅެވެ. އައިމަލް ނޫނަސް ހުސްހަށި ބައި ޑޮކްޓަރެއް އަދި ހުރެދާނެއެވެ.

***

ގުޅުމެއްގައި ބަރަކާތް ލައްވާނީ އެގުޅުން ހަލާލުގޮތުގައި ފެށުމުންނޭ ބުނާ އަޑު އަލާޔާވެސް އަހައެވެ. ހަލާލު ގުޅުމަކަށް ފުރުސަތު ނޯންނަނީ ކީއްވެކަމެއް ނޭގެއެވެ. އޭނަގެ ހިތް ކިޔައިގެން އުޅޭ މީހާއާއިއެކުވެސް މިއުޅެނީ ހަލާލު ގުޅުމަކަށް ނުދެވިގެންނެވެ. ހަލާލު ގުޅުމަކީ ދީނުގައި އޮންނަ ފަދައިން ލޯބީގެ ގުޅުމެއްނެތި އަވަހަށް ކައިވެންޏާއި ހަމަޔަށް ދިޔުމެވެ. ނަމަވެސް އޭނަ މިއުޅެނީ އެކުވެރިކަމުގެ ކުލަ ޖައްސައިގެން މީނަ ފަހަތުން އުޅެގެން އާދޭސްކޮށްގެންވެސް ކާމިޔާބުކުރުމަށެވެ. އެހެނެއްނޫނެވެ. އަދި އައިމަލްގެ ހިތް އެނގެނީއެއްވެސް ނޫނެވެ. އައިމަލް ކައިވެންޏަށް ނޭދޭނެ ކަމެއް އެނގެނީ ކާކަށް ހެއްޔެވެ؟ އޭނައަކީވެސް ހުސްހަށި ބައި ފިރިހެނެކެވެ. އެހެން އެންމެން ފަހަތުން އުޅޭއިރުވެސް އެހުންނަ ސީރިޔަސްކަމާއި ފޮނިކަމުން އަންހެންކުއްޖަކާއި އަނގައިން ބުނުން އޭނައަށް އުދަގޫ ކަމަކަށް ވެފައިވިއެވެ.

ހަނާ ގޮވައިގެން އެކޮޓަރިއަށް ވަނުމާއެކު އައިމަލްގެ ނަޒަރު އެ ކުޑަ ކުޑަ ހަނާގެ މޫނަށް ހުއްޓުނެވެ.

"އައްސަލާމް އަލައިކުމް....."

"ކޮން ނަމެއް ކޮއްކޮއަށް ކިޔަނީ؟"

"ހަނާ ....." ހަނާ ބުނެލިއެވެ.

"މި ޑްރެސް ވަރަށް ޕްރިޓީ......" އައިމަލްގެ ލޮލުން ފެނުނު އޯގާތެރިކަމާއިމެދު އަލާޔާ ހައިރާންވިއެވެ. ހަނާ އެހާ ފަސޭހައިން އެކުވެރިވާ ޒާތުގެ ކުއްޖަކަށް ނުވިޔަސް އައިމަލްއާއި ވަގުތުން އެކުވެރިވިއެވެ. އައިމަލް އެކިގޮތްގޮތަށް ހަނާއައި ވާހަކަދައްކާފައި ޗޮކްލެޓެއްވެސް ދިނެވެ. ހަނާއަށް މިއީ އެންމެ ރަގަޅު ބޭބެކަމުގައިވިއެވެ.

"އަލާޔާ. ބުނެފާނަން ވާހަކައެއް. އަހަރެމެންނަކީ މުސްލިމުން ދޯ. އަޑުއަހަންތަ ރުގުޔާ؟ ގުރުއާނުން ޝިފާ ހޯދުން....އަހަންނަށް ހީވަނީ މިއީ ނަފްސާނީ މައްސަލައަކަށްވުރެ ޖިންނިއެއްގެ ކަންތައްހެން. އާއްމުކޮށް ސައިކެޓްރިސްޓުން ޖިންނި ޝައިތާނުންގެ ފަރާތުން ނަފްސާނީ މައްސަލަ ކުރިމަތިވާނެކަމަކަށް ގަބޫލެއްވެސް ނުކުރާނެ. އެކަމަކު އަހަރެން ކިޔެވިއިރު ރުގުޔާ ކުރަން ދަސްކުރިން. ހިޖާމާ ނޫނީ ވެޓް ކަޕިންވެސް ދަސްކުރިން. ރަސޫލު ސުންނަތުން އައިސްފައިވާ މިފަދަ ބޭސްވެރިކަމުން ބަލިމީހުންނަށް ފައިދާ ކުރާނެކަމަށް އަހަރެން ގަބޫލުކުރަން. މިކަހަލަ ކަންތައްތަކަށް ގިނަ ޑޮކްޓަރުން އީމާނެއްވެސް ނުވާނެ...އަހަރެން ރުގުޔާ ކުރަން ތިގެއަށް ދަންތަ؟" އައިމަލްގެ އެ ޖުމްލައިން އަލާޔާގެ ލޮލުން ފިޔަޖަހަން ފެށީ އުފާވެރިކަމެވެ.

"ޕްލީޒް..........." އަލާޔާއަށް ބުނެވުނެވެ.

އޭނަ މިހާ ވެގެން އުޅޭކަން އެނގުނީމަ އައިމަލް ފޫހިވެދާނެކަން ނޭގެއެވެ. ބައެއް ފިރިހެނުންގެ ހިތް އަތުލެވޭނީ ތަންކޮޅެއް އުދަގުލުން ލިބޭފަދަ އަގުބޮޑު އެއްޗިއްސަށެވެ. ބާޒާރުމަތީ ފަސޭހައިން ލިބެން ހުންނަ އެއްޗަކަށްވުރެ އެމީހުން ގަޔާވާނީ މިބުނާފަދަ އެއްޗަކަށް ނޫންހެއްޔެވެ؟

"އެކަމަކު ތިގޭގައި މާޒިން އުޅޭނެއްނު. ޑޮކްޓަރ މާޒިން.. އޭނައަށް އަހަރެން ސައިކޭޓްރިސްޓަކު ރުގުޔާ ކުރާކަން އެނގުނީމަ މައްސަލަވެސް ޖައްސަފާނެއްނު.."

"ބަޓް...ވަރަށް އަވަހަށް މާޒް ފުރާނެ. ޔޫކޭއިން ކޯހެއް ލިބިފައި އޮތީ. ފުރީމަ ކިހިނެއްވާނެ؟ އެކަމަކު އޭގެ ކުރިންވެސް މާޒްގެ ހުއްދަ އަތުލަފާނަން. ވަރަށް ކޫލް ވާނެ. ކޮންމެހެން ކާކުކަމެއް އެނގޭކަށް ނުޖެހޭނެ. ރުގުޔާ ކުރަން މީހަކު އަންނާނެއޭ ބުނީމަ އޯކޭތާ. މާދަން މާޒް ހަވީރު ޑިއުޓީ.....ޔޫ ކެން ކަމް އެރައުންޑް ނައިން. އިޝާކޮށްލައިގެން ގުރުއާން ކިޔަވާ ހަދައިގެން ފްރީވާނެ........"އަލާޔާ ދައުވަތު ދިނެވެ.

ވީމަ އޭނަ ގަވާއިދުން ނަމާދުނުކުރާ ކުއްޖާވެސް ގަވާއިދުން ނަމާދުކުރާކަން އަންގަން ކޮންމެހެންވެސް އެބަޖެހޭ ނޫންހެއްޔެވެ؟ ގުރުއާން އަކުރެއް ކީ ހަނދާނެއް ނެތަސް ކޮންމެ ރެއަކު ގުރުއާން ކިޔަވާކަމަށް ހަދަން ޖެހިއްޖެއެވެ.

އަލާޔާ އަޖައިބުވީ މިފަދަ އަޅުވެރި ނަފްސާނީ ޑޮކްޓަރަކާއި ދިމާވީތީއެވެ. ކައިވެންޏާއި ހަމަޔަށް ދެވޭނެ ބާވައޭ އެތައް ހާސް ފަހަރު ހިތަށް އެރިއެވެ.

***

ރުގުޔާ ކުރަން އެގެއަށް މީހަކު ގެންނަ ކަން އެނގުމާއެކު މަހާ އެދުނީ މާޒިންގެ ހުއްދަ ހޯދުމަށެވެ. އަލާޔާ ގުޅިއެވެ.މާޒިން އަވަދިނެތި އުޅޭވަރުން ފޯނު ނެގުމުން އެވާހަކަ ދައްކާހިތެއް ނުވިއެވެ. އަލާޔާ ބުނީ ހުއްދަ ލިބިއްޖެކަމުގައެވެ. ކުދި ދޮގުހެދުމުގައި އަރާ ހުއްޓަސް މަހާގެ މައުސޫމްކަމުން ގަބޫލުކުރިއެވެ. މިވަގުތު ދޮގު ހަދައިގެން މަހާ ހިމޭން ކުރުވިޔަސް މާޒިންއާއި ދިމާވާ އިރަށް އެ ވާހަކަ އަހައިލާނެއެވެ. އޭނަ ބޭޒާރުވާނެއެވެ. ރަގަޅީ ހަގީގަތް ހާމަކުރުމެވެ. އެކަން ސިއްރުކޮށްދޭން އެދުމެވެ. އޭނަބުނީ މާޒިންފަދަ ގިނަ ޑޮކްޓަރުން ޖިންނިންގެ ސަބަބުން ބަލިތައް ޖެހޭކަމުގައި ގަބޫލުނުކުރާ ކަމަށެވެ. ޚުދު އޭނަވެސް ކުރިން އެކަން ގަބޫލުނުކުރާކަމުގައެވެ. ނަމަވެސް ނަފްސާނީ ޑޮކްޓަރުންތައް ހަނާ "ނޯމަލް" ކަމަށް ބުނަންޏާ ދެން އެކުއްޖާއަށް ދިމާވެގެން އުޅެނީ ޖިންނިއެއްގެ އުދަގޫތަކެވެ.

އަލާޔާ ފެންވަރާ ރީތިވެލައިގެން މޭކަޕްކޮށްލިގޮތުން "ޑޭޓް"އަކަށް ތައްޔާރުވެގެން ލޯބިވެރިޔާއާއި ބައްދަލުކުރަން އިންތިޒާރުގައި ހުރި ކުއްޖެއްފަދައެވެ. ރާގީއަށްޓަކާ މިވަރުވެދާނެ ހެއްޔެވެ؟ މަހާ ހައިރާންވީ އޭނައާއި މާޒިންގެ މާޒީ ހަދާންވެފައެވެ. އެދުވަސްތަކުގައި އޭނަވެސް އުޅުނީ މިހާ ބޭގަރާރުވެފައެވެ. ގަޑިއަށް ސިއްރުން ބެލުނު އަދަދެއްވެސް ނޭގެއެވެ. ސިޓިންރޫމްގައި ފޯނާއި ކުޅެން އިންއިރު އަލާޔާގެ ހުރިހާ ސަމާލުކަމެއް ހުރީ ބޭރަށެވެ. ފަތެއް ހިރިލިޔަސް މީހަކު ޓަކި ޖެހިހެން ހީވެ ދުއްވައިގަނެވެން އުޅެވުނެވެ.

"ކޮއިފުޅާ. ކާކު އަންނަން އުޅެނީ؟" ސަކީނާ އެގަޑީގައި ކޮޓަރިން ނުކުތްތަން ފެނުމުން އަލާޔާ ބިރުން ހަލާކުވިއެވެ. ސަކީނާ ނުލާހިކު އަނގަ ގަދަވާނެއެވެ.

"މާމާ...މިރޭ އެއްކަލަ ޑަކުތަރު މިހިސާބުގައި އެބައުޅޭކަމަށް ވަނީ. އަވަހަށް އެނދަށް އަރާ ދުޢާކުރަން މާމަ އޮވޭ. ދޮރު ނުހުޅުވާތި..އެ ސޮރަށް އެންމެ މީރު ކާނާއަކީ މުސްކުޅިންގެ މަސްކަމުގައި ވަނީ.......ޚަންޖަރު ހިފައިގެން ތައްޔާރަށް އަހަރެން މިތާ މަޑުކުރާނަން.މާމައަށްޓަކާ ކަނޑު ދާއްބައަކާއި ހަނގުރާމަކުރަން ވިއްޔަ މިއުޅެނ.ީ މާމަ ދުޢާކޮށްދީ..."

އަލާޔާ ސަކީނާ ގެންގޮސް އެނދަށް އަރުވާފައި ދޮރު ލައްޕާލިއިރު ސަކީނާ ލޯ ބޮޑުކޮށް ޝޮކެއްގައި އިންތަން ފެނި އަލާޔާ ހިނި އައެވެ.

އެގަޑީގައި ހަނާ ކޮންމެވެސް ކަހަލަ އައިސްކްރީމެއް ކާހިތުން އެ ނުލިބިގެން ރޯންފެށުމުން އަލާޔާގެ ރުޅިގަނޑު ހިލިގަތެވެ.

"ކިހާ ދެރަކަމެއްތަ؟ ރޯބަޑި މަރިޔަން ދައިތައަކަށް ހަނާ ވީ ކޮންއިރަކުންތަ؟ މަންމަ މިއުޅެނީ ހަނާއަށް ބޭސްކުރުވަން ޑޮކްޓަރެއް ގެންނަން. އެކަމަކު.....މާދަން އައިސްކްރީމް ގަންނާނީ. ބެޑްޓައިމް މިއީ......" އަލާޔާ ތަންކޮޅެއް ހަރުކަށިވެލިއެވެ. ކާރެއް މަޑުކޮށްލި އަޑު އިވުމާއެކު އަލާޔާގެ ފައި ހަރަކާކޮށްލިގޮތަށް ނުކެމެވުނުއިރު އައިމަލް ކާރުން ފޭބީއެވެ. ޖަންގަލީގެ ފެހި އަދި ކަޅުކަމެއް އެކުލެވޭ ޓީޝާޓަކާއި ޖިންސެއްގައި ހުރިއިރު މާ ދުރުންވެސް ސެންޓެއްގެ ވަސް ނޭފަތުގައި ހަރުލިއެވެ. އަލާޔާ އެއްޗެއް ބުނަން އުޅެނިކޮށް އަނބުގަހުގެ ގޮފިގަނޑަކުން އުދުއްސައިގަތް ވާލެއްގެ އަމާޒަކަށް އޭނަ ވިއެވެ. ހެދުމުގެ އަތުކުރިއަށް ތެތްކަން އިހުސާސްވުމާއެކު ބަލައިލެވުނެވެ.

"އައްޗި...އެމުސްކުޅި ވާލު ދައިތަ އެދިޔައީ އަތަށް ސީ ލާފައި.. އެނޯއިން ސިލީ މުސްކުޅި އަންހެނުންނަށް އޯލްޑް ބެޓް ކިޔާ ސަބަބަކީވެސް އެއީ....."

"އެވާލު މުސްކުޅިކަން އެނގުނީ ކިހިނެއް؟" އައިމަލް އެހިއެވެ.

"ޔޫ ނޯ....ބައެއްފަހަރު ވިސްނައިލީމަ................" އަލާޔާ ކިޔައިލިއެވެ.

"އެބަ އަންނަން ދޮވެލައިގެން...ޗޭންޖްކޮށްލައިގެން..." އަލާޔާ ދެތިން ފިޔަވަޅު އަޅާފައި އައިގޮތަށް އައިމަލްގެ އަތުގައި ހިފައިގެންގޮސް ގެއަށް ވެއްދިއެވެ." މިތާ މަޑުކޮށްލާ. މީހަކަށް ފެނިއްޖެއްޔާ ވަގުތުން މުޅި ރަށް އަޑުގޮވާނެ..ހަނާ....ޑޮކްޓަރ މަތިން ހަދާން އެބަހުރިތަ؟ މަންމަ އަންނަންދެން ޑޮކްޓަރ ކައިރީ އިންނާތި..ޗޮކްލެޓް ހިފައިގެން އައީ........"

ހަނާ ލޯ ފޮހެލާފައި ރަކިގޮތަކަށް ހީލިއެވެ.

މިއީ ރަގަޅު ބޭބެއެކެވެ. ދިމާވާ ކޮންމެ ފަހަރަކު ޗޮކްލެޓް އެބަ ލިބެއެވެ.

އަނާއަށް ލިބުނު ޗޮކްލެޓް ކާންއިން އިރު އެ ދެލޯ ވިދައެވެ.

އަލާޔާ މިފަހަރު އައީ ގަދަ ފެހިކުލައިގެ އަތްދިގު ޓީޝާޓަކާއި ޖިންސެއްލައިގެންނެވެ.އަދި ވަރށް ހައިރާންވެގެން ލޯ ބޮޑުކޮށްލާފައި އައިމަލްގެ ހެދުން ކޮޕީކުރަން ނޫން ކަމަށާއި ހަމަ އިއްތިފާގު ކަމަށް ބުނުމުން ވެސް އައިމަލް ހިންޏެއް ނައެވެ.

"އަދި އަނދިރިވީމަ ޑޮކް ލައިގެން ހުރި ހެދުމަށް ނުވެސް ބެލުނޭ....." އަލާޔާ ބުނެލިއެވެ. އެކަހަލަ ކުދި ދޮގު ހެދުންވެސް ހުއްދަ ނޫންކަން އެނގޭއިރުވެސް އެ ނުބައި އާދަ ނުހުއްޓެނީއެވެ.

"އިޓްސް އޯކޭ....ސޯ....ރުގުޔާ ފަށަމާ..."

ހަނާ ސޯފާގައި ބާއްވާފައި އައިމަލް ކިޔަވަން ފެށީ ޖިންނި ސޫރަތުގެ އާޔަތެކެވެ. ހަނާގެ ކަންފަތްދޮށުގައި ކިޔަން ފެށުމުން ކަންބޮޑުވެގެން ހަނާ ތެޅިގަނެގެން ތެދުވާން އުޅުނެވެ.

"އޯ ގޯޑް...ޖިންނިތަ؟" އަލާޔާ ގަތީ އަމަށަކު ބިރެއް ނޫނެވެ. މޭގަނޑުވެސް އައީ އަތަށެވެ.

އައިމަލް ހިފަހައްޓަން އުޅުމުން އަދި ހަނާ ހާސްވީވަރުން ކުރިއަށްވުރެ ބޮޑަށް ގަދަދައްކަން ފެށިއެވެ. އަލާޔާގެ ފައިވެސް ބިންމަތީ ހަރުލީއެއް ނޫނެވެ. އޭނަގެ ޚިޔާލަށް ފެންނަން ފެށީ ހިނގާވަރަށްވުރެ ހާދިސާ ބޮޑުކޮށެވެ. ހަނާގެ ބަދަލުގައި ޖިންނިއަކު އެތާ އޮވެ ކަރުތެެރެއިން ފާޑު ފާޑު އަޑު ލައްވާތަން ފެނުނެވެ.

"މިރެއަށް ނިންމައިލަމާ. ރަގަޅުވާނެ އަދި.." އައިމަލް ހަނާގެ އިސްތަށިގަނޑުގައި ފިރުމައިލިއެވެ. ހަނާގެ ލޮލުގައި ބޮޑެތި ކަރުނަ ތިކިތަކެވެ.

"ޖިންނި ހިގައްޖެތަ؟ ނޫނީ އަދިވެސް ހަނާ ގައި ތެރޭގައި؟" އަލާޔާ ހަނާދެކެވެސް ބިރުގަތެވެ.

"ދޭތެރެއަކުން އެ އަންނާނީ. ފިކުރުބޮޑުނުކުރޭ...އަހަރެން ބުނާގޮތަށް ހަދާނީ...މަޑުމަޑުން ފަހަރަކު ސްޓެޕެއް ނަގަމާ..." އައިމަލްގެ އަޑުގައި ހުރިގޮތަކުން ބިރުން ފިތްކެޑިފައި ހުރި މީހަކުވެސް މައިތިރިވެދާނެއެވެ.

***

އެހެން ޑޮކްޓަރަކާއިއެކު މަސައްކަތް ކުރަން ޖެހުނަސް ބަދަލުކޮށްގެން އާޒީން އައިމަލްގެ ޑިޕާޓްމެންޓަށް ދާން ފެށީ ވަކިކަމަކަށް އަމާޒު ހިފާފައި އެކަން ކާމިޔާބުކުރުމުގެ އެދުން ހިތުގައި ވަރުގަަދަވީލެއް ބޮޑުކަމުންނެވެ. އަލާޔާ ގެ ފަރާތުން "ފްލާޓް"ކުރުމުގެ އަމަލުތަކާއި ބަސްތައް އިވުނަސް އައިމަލްގެ ފަރާތުން ފެނުނީ ހަމައެކަނި ޕްރޮފެޝަނަލް ކަމާއި އަޅުވެރިކަމެވެ. އެކަމުން އަލާޔާގެ ހިތުގެ މަގާމު އިތުރުވިއެވެ. އަދި ކޮންމެހެން ލޯތްބޭ ކިޔާ ވަރުގަދަ ޖަޒުބާތެއް ނުއުފެދުނަސް އޭނަގެ ބޭނުމަކީ މިވަގުތަށް މީހަކާއި ކައިވެނިކޮށް ވަޒީފާގައި ދެމިހުރެވޭނެގޮތް ވުމެވެ.

ބައެއްފަހަރު ނޭގިހުއްޓާ ހަޔާތަށް ބޮޑު ބަދަލެއް އަންނަން ސިކުންތުކޮޅެއްވެސް ނުނަގާނެއެވެ. އަލާޔާ ވަޒީފާ އަދާކުރާ ހޮސްޕިޓަލް ޕްރައިވެޓައިޒްކޮށް އެތަނަށް އާ ސީއީއޯއެއް އައުމުން ވަޒީފާތައް ގެއްލިދާނެކަމުގެ ބިރު ހީވެ އެންމެން ކަންބޮޑުވެގެން އުޅުނެވެ. އަލާޔާ ހުރީ އެމީހަކު ދެނެގަންނަން ބޭނުންވެފައެވެ. މީހުންނަށް އޯގާތެރި އެހެންމީހުންގެ އިހުސާސްތައް ދެނެގަނެވޭފަދަ ވެރިއަކަށް އެދި ދުޢާކުރާނީ ކިތައް ނަފުސްކަމެއް ނޭގެއެވެ.

***

އަލާޔާއާއި މަހާ އެގޭގެ ބެލްކަނީގައި އަނބުކާން އިށީދެލައިގެން ތިއްބެވެ. ރޯ އަނބާއި ކުޅި ރިހާކުރު ކެއުމުގެ ފޯރީގައެވެ. އެގަޑީގައި ހަނާ އޮތީ ނިދިފައެވެ.

"މާޒް ޗޫޒްކުރި ނަން ގޯހެއްނޫން. ގޭގައި ތިބޭއިރު އޯޓަމް ވިއު ވިއްޔަ ފެންނަނީ. މިގޭގައި ދިރިއުޅުމަކީ ހަމަ ޑްރީމެއް.... "

"އެކަމަކު މެރީ ނުކުރަންޏާ ރަށަށް ދާކަށް ނު ޖެހޭނީ. ރަށުގައިވެސް ދަންނަ ކުއްޖެއް ނެތްތަ؟" މަހާ އެހިއެވެ." ކޮންކަހަލަ ބޯއި އެއް އެންމެ ކަމުދަނީ؟"

"އަބަދުވެސް ހިތަށް އަރާ ވަރުގަދަ މަތިމަހެއް ހުރި މީހެކޭ އެންމެ ރީތިވާނީ. މަތިމަސް ރަގަޅަށް ބަލަހައްޓާ މީހަކު ކިހާ ޒިންމާދާރުވާނެ އަދި އެހާ ޝަޚުސިއްޔަތުވެސް ވަރުގަދަވާނެ. ބޯއިސްއިންނާއި ރިއަލް މެންއާއި ދޭތެރޭގައި ހުރި ފަރަގަކަށް ފެންނަނީ ބޮޑު މަތިމަސް.........އެކަމަކު ނޭފަތް ހިރުވާނެ ދޯ..މައްސަލައަކީ މިކަހަލަ ފިރިހެނެއް ހޯދަން ވެއްޖެއްޔާ ހިންދީ ފިލްމެއްގެ ޓާކުރަކާއި ނޫނީ ނަވާބަކާއި އިންނަން ޖެހޭނީ..............................." އަލާޔާ އައިމަލް މަތިން ހަދާންވިއެވެ. އައިމަލްއަށް ޓާކުރެއްގެ ސިފަތައް ލިބިފައެއްނެތޭ ހިތަށް އެރިއެވެ. އެކަމަކު ހިތް ސިދުރަތުލް މުންތަހާއަށް ލައިގެން އުޅޭ މީހެކެވެ. އެ ފޮނި ތަކައްބުރު އިންސާނާގެ ހިތާއި ހަމަޔަށް ނުފޯރައިގެން އަންހެންކުދިން ކުރާ މަސައްކަތާއިމެދުވެސް ފޫހިވިއެވެ. އެވަރުން އުޅެން ޖެހޭހެއްޔެވެ؟

"ރާގީ ސާހަބް ކޮބައިތަ؟"

"ބާރަށް ނުކިޔައްޗޭ. ފާރުގައި ވެސް ކަންފަތް ހުރޭ..މާޒްއަށް އެނގިއްޖެއްޔާ އެންމެ ކުރިން ފުރާ ބޯޓަކަށް ލާފައި ވިލެޖަށް ފޮނުވައިލާނެ. "

"އޭނަގެ ބޮޑު މަތިމަހެއް ހުރޭތަ؟" މަހާއަށް ޝައްކެއްވިއެވެ.

"ނުހުރޭ. ތުނިކޮށް ކޮށާފައި...އެކަމަކު އޭނަ ވަރަށް ޗާމިން." އަލާޔާ ހިނިގަނޑެއްޖަހައިލިއެވެ."ކައިވެނީގެ ރަނަކަށް މަތިމަހެއް ޖަހަން ބުނެފާނަން..ރާގީ އަތުގައި ފީރޯޒަކާއި ސުލޭމާނެއް ޖެހި ދެ އަނގޮޓި އޮވޭ. އިނގިލިތަކާއި ވަރަށް ގުޅޭ..........................."

"އަގް...... ޔޫ އާ ކްރޭޒީ......"މަހާ ހޭންފެށިއެވެ. އިރުކޮޅަކުން އެއްޗެއް ވިސްނިގެން ހުނުން ހުއްޓާލައިފިއެވެ.

"ފިރިހެނުންނަށް ދެ އަގޮނޓި ހުއްދަތަ؟"

"ނޭގޭ. މަހާވެސް ދެން ހާދަ މުސްކުޅި ޚިޔާލު ތިހިރީ. އެކަހަލަ ކުދިކަންތައް ނަގާ ބޮލަށް ލައިގެން ނޫޅެބަލަ. އެހެނޭ ކިޔާފައި ނަރަކައަކަށް ނުދާނެއްނު.. ނަމާދުކޮށްގެން ގުރުއާން ކިޔަވާ ރަގަޅު މީހުންގެ މަންޒިލަކީ ޖަންނަތުލް ފިރުދައުސް. އެއްވެސް އިންސާނެއް އެންޖެލްއަކަށް ވާނެތަ.. ތެދަށް ބުނަންޏާ އިންސާނުންގެ ތެރެއިން އެންޖެލްއެއް އުޅެންޏާ އެއީ އެކަކު. އަދި އެންމެ ސަޅި ތަންކޮޅަކީ އޭނައަށް ޖިންނި ވޯލްޑް އެނގޭތީ....މަ ވަރަށް ލައިކްވޭ...އަނެއްކާ ޖިންނި އެއް ނޫންކަމެއް އެނގެނީ ކިހިނެއް؟"އަލާޔާ ފޯނުން ގަޑިއަށް ބަލައިލިއެވެ." އެހާ މިސްޓީރިޔަސް....ވަރަށް ހޮޓް.."

***

ޖެހިގެން އައި ދުވަހު އަލާޔާ އެހެން ކުއްޖަކަށް ޗޮކްލެޓެއް ދޭން ބުނެގެން އޭނައަށް އައިމަލް ކައިރިއަށް ދިޔުމުގެ ނަސީބު ލިބުނެވެ. އެހާ ރީތި ކޮށް ހެދުން އަޅައިގެން ލުއި މޭކަޕެއްކޮށްގެން މީރުވަސް ދުއްވާލައިގެން ހުރެ އައިމަލްގެ ކުރިމަތީގައި އިންނަން ޖެހޭނެއެވެ. އެންމެ ކުރިން ވަން ބަލިމީހާ ފެނިފައި އަލާޔާގެ ލޯ ބޮޑުވިއެވެ.

ނުނިމޭ

ކޮމެންޓް 0