ޒުވާން އަންހެންކުއްޖަކަށްވުމުން ކައިވެނީގެ ހުވަފެންތައް މިހާރު ދެކެވެއެވެ. އިންތިޒާރުކުރެވެއެވެ. ހަމައެކަނި ކައިޒާންއާއެކުގައެވެ. ގަސްތަކުގެ ތެރޭ އަތު ގުޅުވާލައިގެން ހިނގާލަން ދިޔުމާއި ތަރިތަކަށް ބަލަން ޕޯޓިކޯގައި ތިބުންވެސް ހުވަފެނީވާނެއެވެ. ޚަރީފުމޫސުމްގެ ފިނި ރޭތަކުގައި އަލިފާން އަންދާލައިގެން ވާހަކަދައްކާލަން ތިއްބަސް ކޮންފަދަ އުފާވެރިހެއްޔެވެ. ޚިޔާލުތަކުން ސިއްސުވައިލީ ފަހަތުން އައިގޮތަށް ކޮންމެވެސް މީހަކު ބާރަށް އުނދޯލި ހެއްލާލުމުންނެވެ. ވައިގެ ތެރެއަށް އުނދޯލި އަރައިގެން ދާނެ އެންމެ މައްޗަށް އެރުވިއެވެ. ކެމީލާ ބިރުން ވަލުގައި ބާރަށް ހިފަހައްޓާލައިގެން އިނދެ ކާކުހެއްޔޭ ކިޔާފައި ހަޅޭއްލެވިއެވެ. ފުންމާލަން ހިތަށް އަރާފައިވެސް އެކަމެއް ނުކުރެވުނެވެ. އުނދޯލި މަޑުޖެހިލާއިރަށް އެމީހަކު އުނދޯލީގެ ވަލާއިއެކު ކެމީލާގެ އަތުގައި ހިފަހައްޓާލައިފިއެވެ. އެފިނި އަތްތިލައިގެ ބީހުން ކެމީލާއަކަށް ނޯޅޭނެއެވެ. އެއީ ހަމަ ކައިޒާންގެ އަތެވެ. އަދި ކެމީލާގެ ބޮލުގައި ދަތްދޮޅި ޖައްސާލުމުން ކުރެވުނު އިހުސާސްވެސް ބުނެދޭކަށް ނޭގުނެވެ. އޭނަގެ އަތްތިލައިގާ ހިފާ ބާރުކޮށްލައިގެން ހުރިއިރު މުޅި ހަށިގަނޑުގައި ކަރަންޓުގެ އަސަރު ހިނގައިގެންފިއެވެ. އަޖައިބެއްފަދަ ފޮނި ފޮނި އިހުސާސެކެވެ. ކައިޒާންގެ ފަރާތުން މިފަދަ އިޝްގީ ފަރާތެއް އަދި ކެމީލާ ނުދެކެއެވެ.

"ޔޯ ހެއާ ސްމެލްސް ލައިކް ވެނީލާ....." ކައިޒާން ކެމީލާގެ ކަންފަތް ކައިރީ މަޑުމަޑުން ބުނެލިއިރު ތުންފަތް ބީހިލިހެން ހީވެ ހީލިކަރުވައިގަތެވެ. އެހިސާބުގައި އުފެދުނު ހީބިހިތައް މުޅި ހަށިގަނޑަށް ފެތުރޭކަށް މާ ގިނައިރެއް ނެގިއެވެ. މިއީ ހަމަ ކައިޒާން ބާވައެވެ. ޝައްކެއްވިއެވެ. ކައިޒާންކަމުގައި ހީކުރެވި އޮޅުން އެރިޔަސް ކައިޒާން މިހަލަ ކަމެއް ނުކުރާނެއޭ ހިތަށް އަރާފައި ކޮންމެވެސް ވަރަކަށް ހާސްވާގޮތްވިއެވެ. "މާލޭގައި ދިމާވި ދުވަހު ހޮޑުވަސްދުވީ ހެހެ. މިހާރު ހަމަ ޕަފެކްޓް......"

ކެމީލާގެ ހިތް ފުންމައިގެން ދިޔައެވެ. ދިވެހިބަހުން ވާހަކަ ދެއްކުމާއިއެކު ޖޯންކަން އެނގިގެން އަތްތިލަ ނައްޓުވަން ތެޅިގަތެވެ. ކައިޒާން ދުވަހަކުވެސް ދިވެހި ބަހުން އެންމެ ޖުމްލައެއްވެސް ބުނެފައި ނުވާތީ ޔަގީންވީއެވެ. ޖޯން ދޫ ދިނުމާއިއެކު އެނބުރި ބަލައިލީ ދެލޯ ބޮޑުކޮށްލާފައެވެ. އެމޫނުމަތިން ހާސްކަން ނޫން އެހެން އެއްޗެއް ފައުޅެއް ނުވެއެވެ. ކުރިމަތީގައި މިހިރީ ޖޯންއެވެ. ކަރުގައި އޮތް ކަޅު ފަށާއި އިސްތަށިގަނޑު އޮތްގޮތް އެކަމަށް ހެކިދެއެވެ.

ޖޯން މިގެއިން ފެނިދާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. ކައިޒާންއާއި ޖޯން ގުޅުމެއް ވާކަން އެނގުނަސް ކުއްލިއަކަށް މިފަދަ ބައްދަލުވުމަކަށް އޭނަ އުއްމީދުކޮށްފައެއްނެތެވެ. ނަމަވެސް އެންމެފަހުން ޖޯން އެމެރިކާއަށް އައީއެވެ. އަދި މިހިރީ ކައިޒާންގެ ގޭގައެވެ. ކައިޒާން ނުބުނެ ސިއްރުކުރިކަމުގައިވިޔަސް ތިމާގެކަން ޔަގީނެވެ. އެއްމާބަނޑު ކުއްޖަކަށްވުން ގާތެވެ. އެހާވެސް ދެމީހުން ވައްތަރެވެ.

"ކައިޒާން......." ކެމީލާއަށް ބާރަކަށް ގޮވަންފެށީ ވަށައިގެން ހޯދާލަމުންނެވެ. ކައިޒާން އޭނައަށް ބުނެދޭނެ ޖެހޭ ވަރަށް ގިނަ އެއްޗެހި އެބަވެއެވެ. ކެމީލާ ދާން ހިނގައިގަތީ މާޔޫސްވެފައިހުރެއެވެ. މިހާރުން މިހާރަށް ކައިޒާންއާއި ދިމާކޮށް ޖޯންގެ މައުލޫމާތު އެނގެން ބޭނުންވިއެވެ. ނޫނީ ވެމްޕަޔާ ޑައިރީސްގައި ސެޓެފަންއާއި ޑެމަން ފަދައިން އެއްބަނޑު އެއްބަފާ ދެމީހުންގެ ދޭތެރޭ އޭނަ ތާށިވެދާނެއެވެ.

"ވެއިޓް. ވެއިޓް ބިއުޓިފުލް. ކީއްވެ ކައިޒާންއަށް ގޮވަން ޖެހުނީ. އޭނައަށް ނުގޮވިޔަސް ވެދާނެއްނު..." ޖޯން އޭނައާއި ދިމާލަށް ހިނގާލާފައި އައެވެ.

"އަހަންނަށް އެނގޭ މީހަކީ އެއީ....." ކެމީލާ ބަލަން ހުރީ ފާޑަކަށެވެ.

"އޭނަގެ އެންމެ ޕަސެންޓެއް އެނގުނީމަ އެހާ އެނގޭ މީހެއް ނެތްކަމަށް ނުދެކެއްޗޭ. ވަން މޯ ތިންގް. ސީރިޔަސްކޮށް ކައިޒާންކަހަލަ ފިނޑި މޮޔަ މީހަކާއި ހެދި ތިއުޅެނީ؟ ބޯ ގޯސް އަންހެންކުއްޖެއްކަމެއް ބަލާފައެއް ހިޔެއްނުވޭ. އެކަމަކު މެންޓަލް ކުއްޖެއް ދޯ. އަހަންނަކީ ތިކުއްޖާއަށް ވީ ނަމަ ވިލް ރަން އަވޭ ފްރޮމް ދެޓް ޕަންކް....." ޖޯން ކުޑަކޮށް ޖޮގްކޮށްލާފައި ކަހަލަގޮތަކަށް އައިސް ކެމީލާގެ ކުރިމަތީ ހުއްޓުނެވެ.

"ތީ ކައިޒާންގެ ކާކު؟ " ކެމީލާ ކެތްނުކުރެވިގެން އަހާލައިފިއެވެ.

"އާސްކް ފްރޮމް ހިމް. އަދިވެސް ކެމިލާއަށް އޭނަގެ އެއްވެސް ސިއްރެއް ކިޔައެއްނުދޭ ދޯ. އެނގިއްޖެއްޔާ ހިނދުކޮޅަކަށްވެސް އޭނައާއިއެކީ އުޅޭކަށް ބޭނުމެއްނުވާނެ. ކެމީލާ ބޭބީ ޖަސްޓް ސްޓޭ އަވޭ ފްރޮމް ހިމް އޯކޭ؟ ނޫނީ ރިގްރެޓްކުރާނެ. ކެމީލާ އަމިއްލައަށް ދުރުނުވަންޏާ އަހަރެން ކޮންމެ ގޮތެއް ހަދާފައިވެސް ހުއްޓުވާނަން. އައި މީން އިޓް. ކައިޒާންގެ ފިނޑިކަން ރަގަޅަށް އެނގިހުރެ މިބުނީ. އޭނައާއިއެކީ ނޫޅެވޭނެ... " ޖޯން ކެމީލާގެ ކޮނޑުގައި އަތް ޖައްސާލަން އުޅުމުން ކެމީލާ ހުޝިޔާރުކަމާއެކު އެއްފަރާތަށް ޖެހިލިއެވެ.

"ޔޫ އާ އެލާޖިކް ޓު މެން؟ " ޖޯން ހޭންފެށިއެވެ.

"އެހެން ހީކޮށް ވިޔަސް އަހަންނާއި ދުރުގައި އުޅެދީފާނަންތަ..." ކެމީލާ ފުންނޭވައެއްލިއެވެ.

"މްމްމް..ވިލް ޓްރައި. އަދި އެ އެއްނޫނޭ....އެނގޭތަ އޯޓަމް ހެދުމާއި ވަރަށް ގުޅޭ ޔޫ ލުކް ސްޓަނިން ސްވީޓީ.." ޖޯން ވާހަކަދައްކަން ހުއްޓާ ކެމީލާ ހިގަމުންގޮސް ދޮރުން އެތެރެއަށްވަދެ ނިވާވިއެވެ. ކައިޒާންއާއި ގާތް މީހެއްކަން އެނގޭތީ އަދަބުކުޑަކޮށްލާފައި ވާހަކަދައްކާކަށް ނުކެރޭނެއެވެ. އިތުރު އެއްޗެކޭ ނުބުނެ ކުރިމަތިން ދުރަށް ދާން އޭނަ ނިންމި ސަބަބަކީ އެއީއެވެ.

ޖޯންވެސް ހުރީ އެހާ ރުޅިގަދަވެފައެވެ. ކެމީލާ ކައިޒާންއާއި ހެދި އުޅޭވަރު ފެނިފަ އެހިތުގައި ބުނަން ނޭނގޭފަދަ ރުޅިވެރިކަމެއް ހިނގާލައިފިއެވެ. ބިންމައްޗަށް ވެއްޓިފައިވާ ފަތްތަކުގައި ފައިންޖެހީނުން ބުރުއްސާލައިފިއެވެ. ކެމީލާ އޭނަ ހުއްޓާވެސް އެގޮވީ ކައިޒާންއަށެވެ. ކެމީލާގެ ހިތުގައިވަނީ ކައިޒާންއެވެ. ނޫނެކެވެ. އެހެންވެގެން ނުވާނެއެވެ. އޭނައަށް ނުލިބެންޏާ ކައިޒާންއަށްވެސް ކެމީލާ ލިބިގެނެއް ނުވާނެއެވެ.

ކެމީލާއާއިއެކު ޖޫލް ނަމާދުކުރިއެވެ. ތުއްތު ކުއްޖަކު ދޮޅިއަޅައިގެން ހުރުމުން ވަރަށް ލޯތްބެވެ. ނަމާދުކުރާއިރު ކިޔާނެ އެއްޗެއް މުޅިން ނޭގުނަސް ކެމީލާގެ ސަބަބުން އަހަދު ސޫރަތް ޖޫލް ހިތު ދަސްވެއްޖެއެވެ. ޝަހާދަތް ކިޔަން އެނގެއެވެ. ކަންތައްކުރަން ފަށާއިރު ބިސްމި ކިޔާ ސަލާމްކުރަން ދަސްވެއްޖެއެވެ. އޭނަވަނީ ޖޫލްއަށް އަރަބިބަސް ކިޔަވަން ދަސްކޮށްދޭން ފަށާފައެވެ. އައްމާ ފޮތް ގެނެސް ކިޔަވާދޭންފެށުމުން ޖޫލް ހިތްއަލިކަމުން ފުދޭވަރަކަށް އަވަހަށް ދަސްކޮށްލައެވެ. ދެކުދިން ނަމާދުކުރާތަން ބަލަން މާކަސް ހުރީ އަޖައިބުވެ އަންތަރީސްވެފައެވެ. ކެމީލާ ކުރި ކޮންމެ ހަރަކާތެއް އެގޮތަށް ޖޫލް ކުރިއެވެ. މާކަސް ސިހުނީ ބޭރުން އަޑުގަދަވެގެންނެވެ. ނުކުތްއިރު ކަމަކުދާކަށް ނެތެވެ. ސިޓިންރޫމްތެރޭ ވާހާ ތަކެއްޗެއް ހުރީ އެފުށްމިފުށަށް ޖަހާފައެވެ.

"ޖޯން......" މާކަސް ބޯ ހޫރައިލިއެވެ.

"މާކަސް. ކެމީލާ ލޯބިވަނީ ކައިޒާންދެކެ. އައި ވިލް ކިލް ހިމް....." ޖޯން ހަޅޭއްލަވައިގަތެވެ.

"ކާމް ޑައުން. ކެމީލާ ޖޯންދެކެވެސް ލޯބިވޭ. ތިއީ ދެމީހުންނެއް ނޫން އެކަކު. ދެމީހުން އެއް ހަށިގަނޑެއްގައި. ޑޮކްޓަރ ނާޔަލްއަށް ގުޅަންވީތަ. މިއަދު ބޭސްނުކައި ފަރުވާކުޑަކޮށްލީ ދޯ............" މާކަސް ކައިރިވުމާއިއެކު އޭނަގެ މޫނުމަތީގައި އެތިފަހަރެއް ޖަހަން އަތްމަޅާފައިވެސް ޖޯން ކަޅިއަޅައިލިއެވެ. މާކަސްވެސް ހާސްވެ އަމިއްލަ ދިފާއުގައި އަތް އުފުލައިލިއެވެ. އެގޮތަށް ވާހަކަދައްކައިގެން ޖޯން ރުޅިއަރުވައިފިއްޔާ ނަތީޖާ ހިތިވެދާނެއެވެ. އޭނަ ޖޯން ރުއްސަން ޖެހޭނެއެވެ. ކައިޒާންއާއި ޖޯންއަކީ އެކަކު ކަމަށް ޖޯން ގަބޫލެއްނުކުރެއެވެ. ކައިޒާންގެ ނަން ކިޔަން ޖޯން ރުޅިގަދަވެގެން ދެލޯ ހަނިކުރާނެއެވެ. ދެން ހުރީ އެ ލަދުރަކި ކައިޒާންއެވެ. އޭނަވެސް ޖޯންއަށް ނަފްރަތުކުރެއެވެ. އޭނަ ދެކެނީ ޖޯންއަކީ ސިކުނޑީގައި ވަކިހިއްޕާލައިގެން އުޅޭ "ޕެސްޓް" އެއްކަމުގައެވެ. މާކަސް ހިނި އައެވެ. މިހާ ޝައުގުވެރިވަނިވި ޝަޚުސިއްޔަތަކާއިއެކީ އުޅެންވުމުން ބައެއްފަހަރު އެޑްރިނޭލިން މައްޗަށް އަރައިގެން ދެއެވެ.

ކެމީލާ ހޫނު ކޮކޯތަށްޓެއް ހިފައިގެން ސިޓިން ރޫމަށް ނުކުތީ ކައިޒާން ނުފެންނާތީ ވީގޮތެއް ބަލައިލުމަށެވެ. ބޭރު ދޮރު ހުޅުވައިލިއިރު ޖޯން ފަތްތަރުމަތީ އިށީދެލައިގެން ސިގްރެޓެއް ބޯން އިނެވެ. ކެމީލާ ދޮރު ލައްޕައިލަން އުޅެނިކޮށް ނާޔަލް އޭނަގެ ފެރާރީއިން ފައިބައިގެން އަންނަތަން ފެނުނެވެ. އެތެރެއިން ނޫކުލައިގެ ގަމީހަކާއި ފަޓުލޫނެއްލާފައި ޓައީ އަޅާފައިވާއިރު ބޭރުން ގަދަ ނޫކުލައިގެ ކާޑިގަންއެކެވެ. ސްމާޓްކަމުގެ އިންތިހާއެވެ. އެމެރިކާ ފިރިހެންކުދިންގެ އެންމެ ސްމާޓްވަނީ މޫސުމް ފިނިކަމުން ކޯޓުފަދަ ހެދުންތަކުގައި އަބަދު އުޅެންޖެހޭތީކަމުގައި ކެމީލާއަށް ގަބޫލުކުރެވުނެވެ. ޖޯންވެސް މިހިރީ ޓީޝާޓަކާއިއެކު ކަޅުކުލައިގެ ޖެކެޓެއްގައެވެ. އެއް އަތުގައި ބޭސްގަނޑެއް އަޅާފައި ހުރިތަން ފެނުމާއެކު އެއީ އޭނަ ދަތްއަޅާ ހަލާކުކޮށްލިތަން ކަން ހަދާންވެ ކަންބޮޑުވިއެވެ. އޭނަގެ ސަބަބުން ނާޔަލްގެ އަތުގައި ލަކުނެއްލީ ބާވައެވެ. އޭނަގެ ނަޒަރު އަތަށް ހުއްޓުނުކަން ނާޔަލްއަށް އެނގުނުކަން ޔަގީނެވެ. ނާޔަލް ކެމީލާގެ ބޮލުން ފެށިގެން ފަޔާއި ހަމަޔަށް ބަލައިލިއިރު އެދެލޮލުގައިވީ ކޮން ޝުއޫރެއްކަން ނޭގުނަސް ކެމީލާއަށް އެއްލޯ މަރާލައިފިއެވެ.

"ހޭ ކައި......ކިހިނެއްތަ.." ނާޔަލް އަހައިލިއެވެ.

"އައިނު ނަގާފައި ރަގަޅަށް ބަލާފައި ތި ނަމުން ކިޔާބަލަ...." ޖޯން ބޮޑާގޮތަކަށް ބުނެލިއެވެ.

"އޯ...." ނާޔަލް އަރާ ހަމަވެފައި ލޮލުގައިވާ އަވިއައިނު ނެގިއެވެ. ބުމަ އަރުވާލާފައި އޭނަ ޖޯންއާއި ހަތަރުކަޅިހަމަކޮށްލިއެވެ. މިއީ ކައިޒާންގެ ކޮން "ޕާސަނަލެޓީ" އެއްބާވައެވެ. ކައިޒާންގެ އެހެން ޝަޚުސަކާއި ބައްދަލުމިވީ އަދި އަލަށެވެ. ހެދުން އަޅާފައިހުރިގޮތާއި ކަރުގައި އޮތް ކަޅުފަށާއި އެކު ދިވެހި ބަހުން އަމުރުވެރިގޮތަކަށް ވާހަކަދެއްކުމުން އޭނައަށް ވިސްނިއްޖެއެވެ. ބަދަލުވެފައިވަނީ ހަމައެކަނި މިޒާޖެއްނޫނެވެ. ބަލަން ހުރި ތޫނު ނަޒަރާއިއެކު މޫނަށް ވެރިކޮށްލައިގެން ހުރި ފޮނިކަމާއި ރުޅިވެރިކަން އެއީ ދުވަހަކު ކައިޒާންގެ ފަރާތުން ފެނިފައިވާ ކުލަތަކެއްނޫނެވެ. ކަޅި އަޅާލައިގެން ހުރިގޮތުން ނާޔަލްގެ ހިތަށްވެސް ކުޑަ ބިރުވެރިކަމެއް ވަންނާން އުޅުނެވެ.

"ތިއީ.......ޖޯންތަ؟ " ހަނދާނަށް ބާރުލުމާއިއެކު ކައިޒާން އޭނަގެ ސިކުނޑީގައި ވެރިކަން ކުރާ ޝައިތާނާގެ ނަމަކީ ޖޯންކަމުގައި ބުނި ހަދާންވެފައި ނާޔަލް ސުވާލުކޮށްލިއެވެ.

"ނައިސް ޓު މީޓް ޔޫ. ނުދާނަންތަ ކާރު ރޭސްޖަހާކަށް؟ ކޮބާ ޖޯންގެ ކާރު؟ " ނާޔަލް އަހައިލިއެވެ.

"އޭގެ ކުރިން އަހަރެން ބޭނުން ކަމަކު ކިޔަން. ކެން ޔޫ ކިލް ކައިޒާން. އަބަދުގެ އަބަދަށްޓަކާ އޭނަ ނިންދަވާލަން ކެރޭނެ؟ އަހަރެން ބޭނުން ކައިޒާންގެ ދުވަސް ދުއްވާލަން. ހެލްޕް މީ. އޭރުން ބުނާ ކޮންމެ ކަމެއްވެސް ކޮށްފާނަން....." ޖޯން ނާޔަލްގެ ކައިރިއަށް ޖެހިލަމުން އިނގިލި އުފުލައިލިއެވެ. ކެމީލާގެ ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ. ދެލޯ ބޮޑުކޮށްލުމާއިއެކު ޖޯންއާއި ދިމާލަށް ބަލައިލެވިއްޖެއެވެ.

ކެމީލާގެ ނިތްކުރިއަށް ކުދި ރޫތަކެއް އެރިއެވެ. ނާޔަލްއަށް ޖޯން ނޭގުނީ ކީއްވެބާވައެވެ. އެނގިއްޖެއެވެ. މިއީ ޔަގީނުންވެސް ކައިޒާންގެ އެއްމާބަނޑު ޒުވާނަކީއެވެ. އެހެންވެ ކައިޒާންއާއި ޖޯން ވަކިކުރަން ނާޔަލްއަށްވެސް އުދަގޫވީއެވެ. ޖޯން އައިނު ނާޅާ ހުރުމުން އެލޮލުގައިވި އަޅި ފެހިކުލައިގެ ދެލޮލާއި ކަޅުކަންގަދަ ބުމަ އަދި ކަޅުކަމުން ނޫކުލައަރާހެން ހީވާ ރީތި އިސްތަށިގަނޑަކީ ހަމަ ކައިޒާންގެއެވެ. ކެމީލާގެ ހިތުގައި ޝައުގުވެރިކަމެއް އުފެދުނެވެ. ކައިޒާންގެ އެއްމާބަނޑު ކުއްޖަކަށް ވެއްޖެއްޔާ އަރައިރުންވާކަށް ބޭނުމެއްނޫނެވެ. ސަބަބަކީ ކައިޒާންއަށްޓަކާ ހިތުގައިވާ އިހުތިރާމެވެ. ލޯތްބެވެ. ނަމަވެސް މި ނުލަފާ ފިރިހެންކުއްޖާ މިދައްކަނީ އެއްބަނޑު އެއްބަފާ ފުރާނައެއް ނައްތާލާ ވާހަކައެވެ.

އެތެރެއަށް ވަދެފާ ކެމީލާ ކައިޒާންއަށް ގުޅަން މަސައްކަތްކުރިއެވެ. ފޯނު އޮތީ ނިވާލާފައެވެ. ގޭގެ ފަހަތު ފެންޑާ ހުޅުވާލާފައި އެތަނަށްވެސް ނުކުތީ ކައިޒާން ނުފެނިގެންނެވެ.

"ކޮންތާކަށް ކައި ތި ދިޔައީ. އަހަންނަށް މިއަދު ކަމެއް ޔަގީންވެއްޖެ. މިހިތުގައިވަނީ ކާކުކަން ސާފުކޮށް އެނގުނީ މިއަދު. އަހަންނަށް އެނގޭހާ އެއްޗަކީ އަހަރެން ބޭނުންވާ ހަމައެކަނި އިންސާނަކީ ތިއީކަން. ފުރަތަމަ ދުވަހު ކައި ފެނުނު ހިސާބުން ފެށިގެންވެސް ތަފާތު ފީލިންގްސްތަކެއް ކުރެވުނީ. އޭރު އެ އިހުސާސްތަކަށް ދޭނެ ނަމެއް ނޭގޭ. އެހެން ހުރިހާ ފިރިހެނުންނާއި ކައި ކިހާ ތަފާތު. ޖޯންއާއި ނާޔަލްކަހަލަ ބޭޑް ބޯއިސް އިން އެއްގޮތަކަށްވެސް ކަމަކުނުދޭ. ކައި ކިހާ ކައިންޑް. ކިހާ މަޑުމައިތިރި .ކިހާ ތަފާތު. އެހެން އެންމެނާއި ތަފާތުވީމަ އަހަންނަށް މިހާ ރުހެވުނީ. އެހެން ފިރިހެނުން ހެނެއް ނޫން. ކައިގެ ދެލޮލުން ފެންނަނީ ހަމައެކަނި ސާފު ލޯބި. ނާޔަލްމެންގެ ލަސްޓް ނޫން އެހެން އެއްޗެއް ނެތް. މިހާރު އެކަން އެނގެނީ. އެހެން މީހުންނާއި ހުރި ތަފާތު އަޅާ ކިޔަން އެނގެނީ. އަހަރެން ބޭނުމީ ކައި އާއި މެރީކޮށްގެން އުފާވެރި ރީތި ދިރިއުޅުމެއް. އިފް އިޓްސް ޕޮސިބްލް........" ކެމީލާ އެތާ ހުރި ބެންޗެއްގައި އިށީނެވެ. ތިރިކޮށް ހައްދާލާފައިވާ އޯޓަމް ބްލޭޒް ޝުގާ މޭޕްލް އެލްމް އޭޝް ގިންކޯ ފަދަ ގަސްތަކުން ވެހިފައިވާ ފަތްތައް ޕޯޓިކޯގެ ތަޅުންމަތީގަޔާއި ވިނަގަނޑުގައެވެ. ދޭތެރެއަކުން ޖެހިލާ ލުއި ލުއި ރޯޅިން މަޑުމަޑު ނާނާއެއް އަޅުވާލާއިރު މަދުން ފަތްތައްވެސް އުދުހިލާ ހިތްގައިމު މަންޒަރުފެނެއެވެ. ކެމީލާ ލައިގެން އިނީ ޚަރީފާއި ގުޅޭފަދަ ހެދުމެކެވެ. ރީދޫކުލައިގެ ދިގު ސްވެޓަރަކާއިއެކު ބޭރުން ކަޅުކުލައިގެ ދިގު ކާޑިގަންއެއްލާފައި ކަޅު ޝޯލެއް ބޮޑުކޮށް އަޅާލައިގެން ހުރިއިރު އެ ދޮންމޫނު ފެންނަލެއް މަލެއްހާ ތާޒާއެވެ.

އޮކްޓޫބަރު މަހުގެ ފަހުކޮޅާއި ނޮވެމްބަރު މަހުގެ ކުރީކޮޅު ޚަރީފު މޫސުމްގެ އެންމެ ހިތްގައިމު ދުވަސްތަކެވެ. ޔަގީނުންވެސް ކެމިލާ ޔޫއެސްއޭއަށް އައިސްގެން އުޅުނު ދުވަސްކޮޅަށްވުރެ ބަގީޗާތަކާއި ގަސްތައް ރީތިވެ ފަތްތަކުގެ ކުލަ މުޅިންހެން ބަދަލުވެ ޚަރީފު މޫސުމްގެ ކުންނުކަމާއިމެދު ޝައްކެއްނެތެވެ. އެނގޭ އެއްޗަކީ ކުޑަދޮރުން ޚަރީފުގެ ކުލަކުލައިގެ ފަތްތައް ވެހޭތަން ބަލަން އިނުމުން ހިތަށް ހަމަޖެހުން ލިބި އުފާވާކަމެވެ. ކިތަންމެ އިރެއްވިޔަސް އެ މަންޒަރުތައް ބަލަން އެހެން އޮވެވިދާނެއެވެ. ޚިޔާލަކަށް ގެއްލިފައި އިންދާ ފަހަތުން އައިގޮތަށް ނޯޔާ ބައްދައިގަތެވެ.

"މިއަދު މީ ޑިސެމްބަރ ޓްވެންޓީ އެއިޓް ދޯ. ހެލޮވީން އަންނަން ދެދުވަސް ބާކީއޮތީ. ހެލޮވީންއަކީ އެންމެ މަޖާ ފެސްޓިވަލް. އެންމެ ލުކް ފޯވާޑްކުރެވޭ ދުވަހަކީ އެއީ. ހޯންޓެޑް ހޭރައިޑާއި ކާނިވަލްތަކާއި ޕެރޭޑްތައްވެސް އޮންނާނެ. މިއުޅެނީ އަދި ލާނެ ކޮސްޓިއުމެއްވެސް ޑިސައިޑްނުވެގެން. ކައްމިވެސް ބައިވެރިވާންވާނެ އިނގޭ...." ނޯޔާ ކެމިލާގެ އުނގުގައި ބޯ އަޅާލައިގެން އޮށޯވެލިއެވެ. އެއްވެސް ފިކުރެއް ޚިޔާލެއްނެތް އަންހެންކުއްޖެކެވެ. ނިއުޔޯކަށް އައިފަހުން ސަންޑޭ ބްރަންޗް އާއި އެހެން ޕާޓީތަކަށް ކެމީލާ ގެންދާން މަސައްކަތްކުރިޔަސް ކޮންމެވެސް ބަހަނާއެއް ދައްކާފައި އޭނަ ދިޔުމަށް އުޒުރުވެރިވެގަނެއެވެ. ނޯޔާމެންފަދަ މުއްސަދިކުދިން މިތަންތާ އުޅޭ ދިރިއުޅުމަށް ހޭނޭކަށް އޭނައަށް ފަސޭހައެއްނުވާނެއެވެ. ނޯޔާ އެފަދަ ހަފްލާތަކަށް ދާން އަޅާ ނިވާކަން ކުޑަ ހެދުންތައް ހަމަ ހޮލީވުޑް ފިލްމުތަކުގައި އުޅޭ އަންހެންކުދިންފަދައެވެ.

"މިއަދު ކައި އެބައުޅޭ ދުއްވާލަން ދާން. ކޯރުގައި...."

"ކެން އައި ޖޮއިން؟ " ނޯޔާ އަހައިލިއެވެ.

"އޮފްކޯޒް ޔޫ ކެން..." ހިތް ދެކޮޅުހެދިނަމަވެސް ގަދަކަމުން ހީލަމުން ކެމީލާ ބުނެލައިފިއެވެ. އޭނައާއި ކައިޒާންގެ ސިއްރު "ޑޭޓް"އެއްގެ ވާހަކަ ނޯޔާ ކައިރީ ބުނެވުނުކަމުގެ މޮޔަހީވިއެވެ. ކައިޒާން މިވީގޮތުން ޕްލޭން ކެންސަލްނުކޮށްފިއްޔާ ރަގަޅެވެ. ނަސީބަކުން ނޯޔާ ބައިވެރިކުރާވާހަކަ ބުނުމުން އެކަމާއި ދެކޮޅެއް ނަހަދައެވެ. ކޯރުގެ ފެންގަނޑު ފެނުމުން އުދަގޫތަކެއްވި ނަމަވެސް އޭނަ އަމިއްލަ ނަފުސާއި ޗެލެންޖްކުރަން ބޭނުންވިއެވެ. ކެމީލާއަށްޓަކައެވެ. ޖޯން ބަލިކޮށްލާށެވެ. ބޭސް ކާގަޑި ހަނދާންނެތިފައި ހުރި ކައިޒާން ދެކުދިންނާއިއެކު ކުޑަ ބޯޓު ދުއްވާލަން ނުކުތެވެ. އެއްގަމާއި ހަޔެއްކަ ފޫޓު ދުރަށް ދެވުނުއިރު ނޯޔާއާއި ކެމީލާ ސަކަރާތްޖަހާވަރުން މިތިބެވުނީ ފުން ކޯރެއްގައިކަން ހަދާނެއްނުވިއެވެ. ކޯރުގެ ފެންގަނޑު ސާފުކަމުން ފުންވެދާނެ ކަމަކަށް ނޯޔާ ހިތަށް ނާރައެވެ. ނޯޔާ ސަކަރާތް ޖަހަމުންގޮސް ކެމީލާ ކޮށްޕާލުމާއިއެކު އަރިއަޅައިލިއެވެ. ބެލެންސް ކެޓިގޮތަށް ކޯރުގެ ފުން ފެންގަނޑުގައި ޖެހުނުތަން ފެނި ކައިޒާން އިނީ ހުއްޓުން އަރާފައެވެ.

"ކައި. ޕްލީޒް ސޭވް ހާ..." ނޯޔާ ރޮއިގަތެވެ. ކައިޒާން އެއްޗެކޭ ނުބުނެ ގަނޑުވެފައި ހަމައިނީއެވެ.

"ޕްލީޒް ޕްލީޒް. ކައި. ޝީޒް ޑައިން. ހެލްޕް ހެލްޕް......ސަމްބޮޑީ ހެލްޕް...." ނޯޔާގެ ފައިވެސް ބޯޓުގައި ހަރުނުލައެވެ. އޭނަ އަޑުކޮޅަށް ހަޅޭއްލަވާ ރޮމުން ދިޔަ ބާރުމިނުގައި ކައިޒާންގެ ބުރަކަށީގައި އަތްއަޅާ ކޮށްޕާލައިފިއެވެ. ފަތަން ނޭގުމުގެ ސަބަބުން ވަގުތުން ލޮނު ބޮވޭގޮތްވުމާއެކު ތެޅިފޮޅިގެން ފަތަންވެގެން ދެއަތް ހަރަކާތްކޮށްލިއެވެ. ކައިޒާންގެ ދެލޮލުގެ ކުލަވަރު ބަދަލުވާގޮތްވިއެވެ. އަތުގެ އިނގިލިތައް މަޑުމަޑުން މުށްކަވާލެވިއްޖެއެވެ. ބޮލުގައި ގަދަޔަށް ރިއްސައިގަތުމާއިއެކު މަޑުމަޑުންގޮސް އޭނަގެ މޫނުމަތިން މަޑުމައިތިރިކަން ކެނޑި ހަރުކަށިކަމާއި ބޮޑާކަން ފާޅުވެ ނުލަފާ ހިނިތުންވުމެއް ތުންފަތަށް ވެރިވިއެވެ. އޭނަ ކޯރާއި ދިމާލަށް ބަލައިލިއިރު ކެމީލާ ފެންގަނޑުން މައްޗަށް އަރާ ބަކަތަޅާ އަތް ހޫރާތަންފެނުނެވެ. ކައިޒާން "ޖޯން" އަށް ބަދަލުވުމާއިއެކު ކެމިލާ ސަލާމަތްކުރަން ނޫޅެ އަމިއްލަ ސަލާމަތްކަން ހޯދައިގެން ފަތައިގަތީ ބޯޓާއި ދިމާލަށެވެ. ބޯޓަށް އަރާ ހަމަޖެހިލައިގެން އިށީދެއްޖެއެވެ. ކެމީލާ ގެނބޭތަން ބަލަން އޭނަ އިނެވެ. ކުޑައިރުގެ ހަނދާންތައް އޭނަގެ ސިކުނޑީގައި ދައުރުކުރާންފެށުމުން ބޮލުގައި ދެއަތުން ހިފަހައްޓާލެވިއްޖެއެވެ. ކަރުނައިން ލޯ ފުރިގެން ބަންޑުންވާންފެށިއެވެ. ކެމީލާ އަޑިއަށްދާން ފެށުމާއިއެކު ހަމަހޭވެރިކަންވިއެވެ. ހިއްސުތައް ރަގަޅަށް މަސައްކަތްކުރަންފެށިއެވެ. އޭނަ ކެމީލާ މަރާލަން ދޫކޮށެއްނުލާނެއެވެ. ވަގުތުން ކޯރަށް ޑައިވެއް އަޅާލުމާއެކު ބާރުބާރަށް ފަތާފައިގޮސް ހުޝިޔާރުކަމާއެކު އޭނަ ކެމީލާ ނެގިއެވެ. ޕްރޮފެޝަނަލް ލައިފްގާޑެއް ފަދައިން ފަހަތުންގޮހެވެ.

"އައި ގޮޓް ޔޫ........"

"ރިލެކްސް...ޖަސްޓް ރިލެކްސް އޯކޭ؟ ނަތިން ވިލް ހެޕެން ޓު ޔޫ.."

ކެމީލާ އަށް ފެންބޮވި އުދަގޫގޮތަކަށް ކެއްސާހެދިޔަސް އޭނަ ބުނާގޮތަށް ހެދިއެވެ. ދެލޮލުން އޮހެމުންދިޔަ ކަރުނަތައް ކޯރުގެ ފެނާއިއެކުވަމުން ދިޔައެވެ. ކައިޒާންގެ ވަރުގަދަ އަތުގެ ތެރޭ ރައްކާތެރިކަން އިހުސާސްކުރެވުނެވެ. އޭރު ނޯޔާ ފަލިޖަހާފައި ކޯރުގެ އައްސޭރިފަށާއި ކައިރިކޮށްލައިފިއެވެ.

ކައިޒާން "ޖޯން"އަށް ބަދަލުވީ ކެމީލާއަށް ލެއްވި ރަހުމަތަކަށެވެ. އެއް ފުރާނައެއްކަމަކު ދެ ޝަޚުސްގެ އުޅުމާއި މިޒާޖު އަދި ކުރަން އެނގޭކަންތައްތައް އެހާ ތަފާތެވެ. ކައިޒާންއަށް ފަތަން ނޭގޭއިރު ޖޯންއަކީ ފެތުމުގެ ޗެމްޕިއަނެކެ ބުންޏަސް ދޮގަކަށްނުވާނެއެވެ. މޫދަށް އެހާ ފަރިތައެވެ. ނަމަވެސް އޭނަ ހުރީ އިންތިހާއަށް ރުޅިގަދަވެފައެވެ. ކެމީލާ ގެނބުނީ ކައިޒާންއާއިއެކު ދުއްވަން އައިސްގެން އުޅެނިކޮށްތާއެވެ. ކެމީލާއާއިމެދު ހަމްދަރުދީވާނެކަމެއް ނެތެވެ. ކައިޒާންއާއިއެކު ފަތަން އައި މީހެއް ނޫންހެއްޔެވެ.

އައްސޭރިފަށުގައިވާ ވިނަތަކުގެ މައްޗަށް ކެމީލާ އެއްލާލާފައި ޖޯން ދާން އެނބުރިލިއިރަށް ނޯޔާ އަރާ ހަމަކުރިއެވެ. ކެމީލާ ހައިރާންވެ އަންތަރީސްވިއެވެ. ކައިޒާން ކުއްލިއަކަށް ހާދަ ބަދަލުވެއްޖެއެވެ.

"އިޒް ޝީ އޯކޭ؟ " ނޯޔާ ބިރުން ހުރެ ސުވާލުކޮށްލިއެވެ.

"އައިމް އޯކޭ......." އޭނަ ނޯޔާގެ ގައިގާ ބައްދާލައިފިއެވެ. ކައިޒާންއާއި ޖޯންގެ ސިއްރު އެއްވެސް ވަރަކަށް ނޭގި ހުރި ކެމީލާގެ ހިތަށް އެތައް ހާސްކަށިތަކެއް ހެރުނު ވަގުތުކޮޅެކެވެ. ކައިޒާން އެހާ ލޯބިން ވާހަކަދައްކާފައި އޭނަގެ ކުރިމަތީގައި އޭނަގެ އެންމެ ގާތްއެކުވެރިޔާއާއި އެކު ގައިގޯޅިވެގެން އެއުޅެގަތީ ކޮން ސަބަބަކާހެދިހެއްޔެވެ. އޭރު ކެމީލާއަށް އިންތިހާއަށް ފިނިވާން ފަށައިފިއެވެ. ބިންމަތީގައި ދެއަތް ޖައްސާލައިގެން ކެއްސަކެއްސާފައި އޭނަ ފުއްޕާމޭގައި ހުރި ފެންތައް ބޭރުކުރަން މަސައްކަތްކުރިއެވެ. އެހާލުގައި އޮތްވާ ކައިރިއަށް އައިސް އެހީވާން އުޅުނީ ނޯޔާއެވެ.

"ސޮރީ ސޮރީ އައިމް ސޯ ސޮރީ ކަންމި. އައި ސްވިއާ ޓު ގޯޑް ކައްމި ކޯރަށް ވައްޓާލާކަށް ނޫން އުޅުނީ........." ނޯޔާ ކެމީލާގެ ނިތްކުރީގައި ބޮސްދިނެވެ." ކައި ޕްލީޒް ހެލްޕް ހާ....ފިނިވެގެންނޭ މިއުޅެނީ..."

ޖޯން ތަންކޮޅެއް ދުރުގައި ހަށަން ބަދެގެން ބަލަހައްޓައިގެން ހުރިއިރު މޫނުމަތިން ފެނުނީ ފަރުވާކުޑަކަމެވެ. ތެމިފޯވެފާ ހުރިއިރު ފިނީގެ އަސަރު އޭނައަށް ކުރިހެނެއް ހިޔެއްނުވެއެވެ. އިސްތަށިގަނޑު ނިތުމައްޗަށް ފައިބާފައި އޮތެވެ. އަދި ކެމީލާ މިއުޅެނީ ކައިޒާންއާއިއެކު ބޯޓު ދުއްވާލަން އައިހެވެ. ދެމީހުން އޭނައަށް ސިއްރުން ކުރާ ކަންތައް ބަލާލަބަލާށެވެ. އޭނަ އެއްގޮތަކަށްވެސް ކެމީލާ ކައިޒާންއަށް ލިބިޔަކަނުދޭނެއެވެ. ކެމީލާގެ ހިތުގައި އެވަނީ ކައިޒާންގެ ލޯތްބެވެ. އެހެނެއް ނުވެވޭނެއެވެ. ކެމިލާއަކަށް ކައިޒާން ނުލިބޭނެއެވެ. ދުވަހެއްގެ ކޮޅުންވެސް ވާނެ ކަމެއް ނޫނެވެ.

ގެއަށް ދާންވެގެން ކާރަށް އަރަން އުޅުނުއިރު ކައިޒާން ކެމީލާއަށްޓަކާ ހުޅުވާލަދިނީ ކުރީ ދޮރުފަތެވެ. ކެމީލާ އަރަންޖެހުނީ ފަހަތު ސީޓަށެވެ. ކައިޒާންއާއި ދިމާލަށް ބަލަހައްޓައިގެން އިންއިރު ކެމީލާގެ މޫނުމަތިން މޮޅިވެރިކަން ފާޅުވާން ހުއްޓެވެ. ކައިޒާން މިއުޅޭގޮތަކުން އޭނަ ވަރަށް އޮޅިއްޖެއެވެ. ކައިޒާން އޭނައާއި ރުހެއޭ ކިޔައިގެން ދައްކާލާ ދަޅައެއްތޯ ހިތުގައި ސުވާލު އުފެދުނެވެ. ކައިޒާންއާއި ޖޯން އެކެއްކަން ނޭގިހުރެ ކައިޒާންއާއިމެދު ހިތް ނުބައިކުރެވުނެވެ.

"ކައްމި އޯކޭތަ؟ " ނޯޔާ އަހައިލިއެވެ.

"ޢައިމް ފައިން..." ކެމީލާ ފައިތިލަ ޒަޚަމްވެފައި ހުއްޓަސް އެވާހަކަ ބުނާކަށް ބޭނުމެއްނުވިއެވެ. ފައި އެކަނި ޒަޚަމްވިނަމަވެސް ފުދުނީހެވެ. ކައިޒާންގެ އަމަލުހުރިގޮތުން އޭނަގެ ހިތްވެސް ޒަޚަމްކޮށްލައިފިއެވެ. ކައިޒާން ނޯޔާގެ އަތުގައި ހިފައިލިއެވެ. އިސްތަށިގަނޑުގައި ތަތްލަވާފައި އިން ފަތްކޮޅެއް ކަހަލަ އެއްޗެއް ނަގާލަދިންއިރު އެބަލައިލީ ކޮންފަދަ ތަފާތު ނަޒަރަކުންހެއްޔެވެ. ލޯބިން ފުރިފައިވާ އަސަރުގަދަ ބަލައިލުމެކެވެ. ހިތް އަވަސްވީ ކެމީލާގެއެވެ. ނޯޔާއިނީ ނުރުހިފައެވެ. އެންމެ ކުރިން ނޯޔާ ގެއަށް ލާފައި ކައިޒާން "ޖޯން" އެމީހުން ދިރިއުޅޭގެއަށް ކާރު މަޑުކޮށްލާފައި ކާރުން ފޭބިއެވެ. ކެމީލާއާއި ދިމާލަށް ބަލާވެސް ނުލާ ހިނގައިގަތުމުން ޖެހިލުންވެފައި ހުރެ ކައިޒާންއަށް ގޮވިއެވެ. ކިރިޔާ ނުރޮވި ހުރިކަމެވެ.

"ކައިޒާން..." ލޮލުން ކަރުނަ ބާލަމުން ކެމީލާ މަޑުމަޑުން ގޮވާލައިފިއެވެ.

"ވަޓް؟ " އޭނަ ބުމަ އަރުވައިލިއެވެ.

"ނަތިން..." އޭނަގެ ވާހަކަ ހުރިގޮތުން ކެމީލާއަކަށް އިތުރު އެއްޗެކޭ ކިޔާކަށް ނުކެރުމުން ބޯ ހޫރާލިއެވެ. ގޭތެރެއަށް ވަދެފައި ޖޯން ބިންމަތީގައި ފައިންޖެހިއެވެ. އޭނަ ދިރިހުއްޓާ ކައިޒާންއަށް ކެމީލާ ހޯދުމަކީ ކުރެވޭނެކަމެއްނޫނެވެ. ހާސްފަހަރު އެހެން ހިތަށް އަރައިފިއެވެ. ކައިޒާންއަކަށް ކެމީލާ ނުލިބޭނެއެވެ. އެއީ ވާނެކަމެއް ނޫނެވެ. އޭނަގެ ދެއަތުން ކައިޒާން މަރާލާނެއެވެ. ޖޫލް ލޮލިޕޮޕް އަނގައިގާ ޖަހާލައިގެން ހުރެފައި އޭނަގެ ބައްޕަ ފެނުމުން ދުވެފައި އައިގޮތަށް ދެފައިގާ ބައްދައިގަތެވެ.

"ޑެޑީ.. ޑެޑީ..." ހީލުމަކާއިއެކު އެކުޑަ މޫނު އުފުލާލައިގެން ހުރީ އެހިތް ލޯބިން ފުރިފައިވާ ގޮތަކަށެވެ. ކައިޒާން އާއްމުކޮށް ޖޫލް އުރާލާ ބޮސްދީ ހަދާނެއެވެ. ބައްޕަގެ ފަރާތުން ލިބޭ ލޯތްބާއި ކުލުނުގެ ސަބަބުން އެތުއްތު ފުރާނަ ހުންނަނީ ނުލާހިކު އުފާވެފައެވެ. ދުވަހަކު ޖޫލް ދެރަވާގޮތަކަށް އޭނަގެ ބައްޕަ ކަމެއްނުކުރެއެވެ. މިފަހަރުވެސް އެދެލޮލުން އެދުނީ އެފަދަ ކުލުނަކާއި ލޯތްބަށެވެ.

"ގެޓް ޔޯ ސްޓިކީ ހޭންޑްސް އޮފް...." ޖޯން ހަރުކަށިގޮތަކަށް ބުނެލިއެވެ. ޖޫލް އެއްފަރާތަށް ޖައްސާލާފައި ބާރުބާރަށް ސިޑިން އަރައިގެން ގޮސް ނިވާވިއެވެ. ޖޫލް ތުން ފިތާލައިގެން ހުއްޓާ ކެމީލާ ވަނުމާއިއެކު ޝަކުވާކުރިއެވެ.

"ޑެޑީ އިޒް މީން...." ޖޫލް ގެ ލޮލުން ބޮޑެތި ކަރުނަގަނޑުތަކެއް ފައިބައިގެން ދިޔައެވެ. ކެމީލާއަށް ޖޫލް ގެނެސް މޭގައި ޖައްސާ ބާރުކޮށްލެވިއްޖެއެވެ. މިއަދު ކައިޒާންއަށް ވެގެން އުޅެނީ ކިހިނެއްހެއްޔެވެ. އޭނަ ރޮއްވާލައިގެންވެސް ހިތް ނުފުރިގެން ޖޫލްގެ ހިތުގައި ޖެއްސީއެވެ. އަނެއްކާ އޭނަ ނޯޔާއަށް ދައުވަތުދީގެން ބޯޓު ދުއްވާލަން ގެންދިޔުމުން އަރައިގަތް ރުޅީގެ އަސަރު އެންމެނަށް ބާލަނީ ބާވައެވެ. ކައިޒާންއަކީ އެކަހަލަ މީހެއްކަމަށް އޭނަ ހިޔެއްނުކުރެއެވެ. ނޯޔާއަށް ދައުވަތު ދިނުމުން މައްސަލައަކަށް ވެދާނެކަމަކަށް ނުދެކުނެވެ. މިވީ އެހެނެއްނޫނެވެ. އެރޭ ކެމީލާ ހައިރާންވާކަހަލަ ކަމެއް ކައިޒާން ކުރިއެވެ. އޭނަ ކައުޗްގައި ވާހަކަފޮތެއް ކިޔާލަން އިންދާ ނުކުމެފައި ވަރަށް ރީތިކޮށް ވާހަކަދެއްކިއެވެ. އެ ހިތްގައިމު ލަދުރަކި ހިނިތުންވުމެއްގެ ވެރި ކައިޒާން ވުޖޫދަށް އައީއެވެ. ފައިގާ ކެނޑިފައި ހުރިތަން ފެނުމުން ބޭސް އުރައެއް ހިފައިގެން އައިސް ބޭސްލާ ދިނެވެ. އެއް ދުވަހެއްގެ ތެރޭ އެހާ ބޮޑު ބަދަލެއް އައުމުން ކެމީލާ ކިތަންމެހާވެސް ހައިރާންވިއެވެ. އެންމެ ދުވަހެއްގެ ތެރޭ އެހާ ބޮޑު ބަދަލެއް އަންނާންވީ ކީއްވެހެއްޔެވެ. އަޖައިބެކެވެ. ކައިޒާން މިއުޅެނީ ކޮންވައްތަރަކަށް ހެއްޔެވެ. މިއީ ހަމަ ކައިޒާންހެއްޔެވެ. ޖޯންއާއި ބެހޭގޮތުން އަހަން އުޅެފައިވެސް ކައިޒާންގެ މިޒަޖު ބަދަލުވެދާނެތީ އާއި އަޑުއަހަން ބޭނުންނުވާފަދަ ޖަވާބެއް ލިބިދާނެތީ އޭނަ ހިމޭންކަން ޚިޔާރުކުރިއެވެ.

ކެމީލާ ފިލައިގެން ދިޔުމުން ނަތާލީއާއި ޒާދީގެ ގުޅުން ކިލަބުވިއެވެ. އެކުއްޖާ ފިލުމުގައި ނަތާލީގެ އަތެއްވާކަމުގައި ބުނެ ޒާދީ ނަތާލީގެ މޫނަށް ވީއްލާލި އެތިފަހަރުން ނަތާލީގެ ބުމަމަތި ފެޅުނެވެ. ފަހުން ޒާދީ މާފަށް އެދުނެވެ. އަރީންވެސް ރުޅިގަދަވެގެން ދުނިޔެއިން މޮޔަވާވަރުވިއެވެ. ރަންކިޔަން އޮތް ދުވަހު ފިލައިގެން ދިޔައީ އަދި ރާއްޖެތެރެއަކަށްވެސް ނޫނެވެ. ރާއްޖެއިން ބޭރު އަވަށްޓެރި ގައުމަކަށް ދިޔަނަމަވެސް އޭނަގެ އަތް ފޯރާނެއެވެ. ނަމަވެސް އެކުއްޖާ ދިޔައީ ޔޫރަޕަކަށްވެސް ނޫނެވެ. އެއަށްވުރެ ދުރަށެވެ. ދެވޭނެ އެންމެ ދުރަށް އެމެރިކާއަށެވެ. އާއްމުކޮށް ދިވެހިން ދާ ގައުމެއްވެސް ނޫނެވެ. ނަތާލީ ޒާދީ ކައިރީ ބުނީ ކެމީލާ ކިޔަވަންދިޔައީ ޗުއްޓީގައި އައިސް އަރީންއާއި ކައިވެނިކުރާނެކަމަށް ހުވާކޮށްފައި ކަމުގައެވެ. އަރީންއަށް ކުޑަ އުއްމީދެއްލިބުނެވެ. ނަމަވެސް ކެމީލާ އެމެރިކާގައި ހުރިކަން ހިތަށް އަރާ ކޮންމެ ފަހަރަކު ކަންފަތުން ދުންއަރާހެން ހީވެއެވެ. އެހާ ރީތިކޮށް ލިބެން އޮތްވާ އެވީ ކިހިނެއް ހެއްޔެވެ.

"ކެމީލާގެ އެޑްރެސް ހޯދަދީ. ފޯނު ނަމްބަރުވެސް. އަހަންނަށް އެނގޭ އޭނަ ގެންނާނެ ގޮތް...." އަރީން ވިސްނުމަށްފަހު އެންމެފަހުން ނަތާލީއަށް ފޯނުން ގުޅާފައި އެންގިއެވެ.

"ދައްތަކައިރީވެސް ބުނެބަލަ..." ނަތާލީ އޮޅުން ފިލުވަން ބޭނުންވިއެވެ.

"އޭރުން ޕްލޭން ފަނިވެދާނެ. އައި ޕްރޮމިސް ޔޫ. ޝީ ވިލް ބީ ބެކް އިން މޯލްޑިވްސް އިން ނޯ ޓައިމް. ހަމަ ފޯނު ނަމްބަރު ހޯދަދޭންވީ....." އަރީން ބުނެލިއެވެ.

"ޔަގީން. ޔަގީން...." ނަތާލީ ފޯނު ބާއްވާފައި އުލާއަށް ގޮވަންފެށިއެވެ.

"އުލާ އުލާ. ބުނަމެއްނު އޭނަ އިންސްޓަގްރާމްގައި އިނދެއޭ...."

"ހަހަ މަންމާ ނޭގުނަސް އެއްޗެހި ކިޔަން އުޅޭތި. އިންސްޓަގްރާމް..." އުލާ އޮތީ ސޯފާގެ އަތްގަނޑުމައްޗަށް ދެފައި ނަގައިގެން ޗުއިންގަމެއްކާށެވެ.

"ދޮންތަގެ ފޯނު ންމަބަރާއި އެޑްރެސް ހޯދަދީބަލަ." ނަތާލީ އެދުނެވެ.

"އޯކޭ......." އުލާ ބުނެލިއެވެ.

އުލާ އިންސްޓަގްރާމް ހުޅުވާލާފައި ކެމީލާ ލާފައި ހުރި ފޮޓޯތައް ބަލަންފެށިއެވެ. މޭޕްލް އެންމެ ފަތެއްގެ ފޮޓޯ ނަގާފައި ހުރި އެންގަލް ކިތަންމެހާވެސް ރީއްޗެވެ. ކާކު ދިން ފަތެއް ހެއްޔެވެ. އެވަރަށް ހިތް ލާފައި ހުންނާނީ ޚާއްސަވީމައެވެ. ރަތްކުލައިގެ މޭޕްލްގަހެއްގެ ދަށަށް ފަތްތައް ވެރިފައިވާއިރު އަލިފާންގަނޑެއް ރޯކޮށްފައި ހުރުމެކޭ އެއްފަދައެވެ. ކޯރެއްގެ ފޮޓޯއެކެވެ. ޖޫލް ފަތްތަކުގެ ތެރޭ އޮށޯވެލައިގެން މޫނު ފޮރުވައިގެން އޮތްއިރު ހެދުމުގެ ބައެއްފެނެއެވެ. ފެންގަނޑުގައި ސްވޭންތަކެއް އުޅޭ މަންޒަރެވެ. ދޮރުމަތީގައި ހިނިތުންވެފައިވާ މޫނެއް ކުރަހާފައި އިން ބަރަބޮލެއްގެ ފޮޓޯއެއްވެސް ހުއްޓެވެ. އެންމެ އަޅައިގަތީ ޚަރީފު ފަތްތަކެއް ފެހިކަން ގަދަ ވިނަގަނޑެއްގެ މައްޗަށް ވެރިފައިވާއިރު ދެ މީހެއްގެ ބޫޓު ފެންނަން ހުރި ފޮޓޯއެކެވެ. ކެމީލާއާއި އެކު ދެން މިހިރީ ކާކުހެއްޔެވެ؟ އުލާގެ ހިތުގައި ހަސަދަވެރިކަމުގެ އޮއިގަނޑެއް ދަތުރުކޮށްލިއެވެ.

"ބްލޮކް ކޮށްލާނީ. ޝީއިޒް ލިވިން މައި ޑްރީމް. އެންމެ ދާ ހިތްވާ ގައުމަށް ދޮންތަ އަށް ދެވުން އިޓްސް ސޯ ސޯ އަންފެއާ........ގްރރރރް...އައި ހޭޓް ދިސް....." އުލާ ބޮލުގެ އިސްތަށިތަކުގައި ހިފާފައި ދަތްތަކަށް ކާރުވައިގަތެވެ. ދަތްތަކަށް ތަދުވުމުން ހަޅޭއްލަވައިގެންފާ ވައްތަރެއް ޖެއްސިއެވެ. އުލާ މޮޔަވާ ތަން ފެނުމުން ބިރުގަނެ ކަންބޮޑުވީ މާމައެވެ. މާމަ އިށީދެލައިގެން ގުރުއާން ކިޔަވަން އިނދެފައި ކިހިނެއްވަނީހެއްޔޭ އަހާލުމުން އުލާ ދެފައި ތަޅައިގަތެވެ. ވައްތަރު ޖައްސާފައި ރޯންފެށިއެވެ. އޭނަ އެމެރިކާއަށް ފޮނުވާދޭށޭ ކިޔަންފެށިއެވެ. މާމަގެ ލޯބިވާ ކެމީލާ ހުރީ އެމެރިކާގައި ކަމަށާއި މާމަ މަތިން ހަދާން ނައްތާލައިފިކަމުގައި އުލާ ބުނެލުމުން މާމަ އިނީ މޮޅިވެރިވެފައެވެ. ކެމީލާ ދިޔުމަށްފަހު އޭނަ އުޅޭ ހާލު ދެނެވޮޑިގެންވަނީ މާތް ﷲއެވެ. ގިނަދުވަހު ނުކައި ބަނޑަށެވެ. ހުސް ރޮށިކޮޅަކާއި ކަޅު ސައިތަށްޓެއް ބޮއިގެން ހުންނަން ޖެހޭ ފަހަރު މަދެއްނޫނެވެ. ލޮލަށް އުނދަގޫވެގެން އެވާހަކަ ކިޔާތާ އެތައް ދުވަހެއްފަހުން ޔާސިރު ގެނެސްދިން ޓިއާރސް ނެޗުރަލްފުޅިން ލޮލަށް ބޭސްތިއްކެއް އަޅާދޭނެ މީހަކު ނުހުރެއެވެ. އެންމެ މިނިޓެއް ދިނުންވެސް އުލާއަށް ވާނީ ބުރަކަމަކަށެވެ. ފަހުންނޭ ކިޔާފައި އޭނަ އޮންނާނީ ޗެޓްކުރާށެވެ. ނޫނީ ފިލްމެއް ބަލާނީއެވެ. ކެމީލާގެ ޚަބަރެއްނުވެ ދުވަސްވާންފެށުމުން މާމަ މާޔޫސްވެ ރޮވޭގޮތްވެއެވެ. އެދަރިފުޅު ނެތުމުން ހިތަށް ލިބޭ ކެކުޅުން ހިއްސާކުރާނެ އެއްވެސް ފަރާތެއްނުވެއެވެ.

ނޮވެމްބަރުމަހުގެ އެއްވަނަ ދުވަހެވެ. ކެމީލާ ދޮރު ހުޅުވާލާފައި ބޭރަށް ބަލައިލުމުން ފިނިގަދަކަމުން ގަނޑުވާގޮތްވިއެވެ. ފަތިހުގެ ޕީޗްކުލައިގެ އަލިން ބިންގަނޑު އަލިކޮށްލައިފިއެވެ. ފަތްތަކުގައި ކޮންމެވެސް ވަރަކަށް ޝަބްނަމްގެ މުތީތައް ހަރުލާފައި ހުރިތަންފެނުނެވެ. ފިނި ފައިބާފައި ހުރުމުން ކޮންމެ މަންޒަރެއް ހިތުގެ ލޯގަނޑުގައި ހަރުލަނީ ދުވަހަކު ނުފިލާނެފަދަ ގޮތަކަށެވެ. ގަސްތަކުގެ ތެރެއިން ފީލިކްސް ދުވެފައި ދާތަން ފެނުމުން ކެމިލާއަށް ބަލަން ހުރެވުނެވެ.

"ހީޒް ސޯ ކިއުޓް...އެކަމަކު ދީނުގައި ހުއްދަކަމެއް ނޫނެއްނު. އެހެންނޫނަމަ ހަމަ ހަގްކޮށްލާހާ ރީތި. އެންމެ ލޯބީ އަދި އެގޮތަށް ކެހެރިގަނޑެއްހެން އޮންނައިރު ލޯ ވެސް ނުފެންނާތީ ހެހެ............" ކެމީލާ ވިސްނައިލިއެވެ. އެމެރިކާފަދަ ސޮސައިޓީއެއްގައި ދިވެހި ކުއްޖަކު އުޅޭއިރު ކުރިމަތިވާނެ ހުރިހާ ނުރައްކާތަކެއް އޭނައަށް މިވަނީ ކުރިމަތިވެފައެވެ. އެމީހުން އުޅޭގޮތާއި އާދަކާދަ އަދި ދީނުގެ ތަފާތާއި ސަގާފަތްތަކުގެ ސަބަބުން އެމީހުންނާއި ގުޅިގެން އުޅުމަކީ ފަސޭހަކަމެއްނޫނެވެ. އަދި ހުޅަގުގެ ނުފޫޒާއި އަވައިގާ ޖެހިގެން މަގު ކައްސާލުން ކިތަންމެހާވެސް ފަސޭހައެވެ. އެއީ އެފަދަ މުޖުތަމައެކެވެ. އެކަންތައްތަކާއި ހަނގުރާމަކުރުމަކީ ވަރަށް ހިތްވަރުގަދަ ކެތްތެރި މީހަކަށް ނޫނީ ވާނެކަމެއް ނޫނެވެ. ހުރިހާ އުފަލަކާއި މަޖަލެއްގެ ތެރޭ ހުރެ ހެއްދެވިފަރާތް ހަނދާންކުރެވޭނީ އީމާންތެރިކަން ވަރަށް ވަރުގަދަވީމައެވެ. ނޫނީ އެކަމުގެ އަވައިގާ ޖެހި ދެދުނިޔެ ހަލާކުވާނީއެވެ. ނޫނެކެވެ. އޭނަ ކޮންމެ ތާކު އުޅުނަސް މުސްލިމް އަންހެންކުއްޖެއްކަން ހަދާން ނައްތައެއްނުލާނެއެވެ. ކެމީލާގެ ލޮލުން ކަރުނަ އަންނަގޮތްވިއެވެ. އޭނަގެ މާމަ ކޮބާހެއްޔެވެ. މާމަ ދުނިޔޭގައި އެބަހުރި ބާވައެވެ. ފިކުރުތަކެއްގައި ހުރެފައި ބޭރަށް ނުކުތީ ކުޑަކޮށް ހިގާލަން ދިޔުމަށެވެ. ފިނިގަދަކަމުން މިއަދު ކެތްކުރެވޭވަރެއް ނޫނެވެ. ކުއްލިއަށް މިހާ ފިނިވީ ކީއްވެބާވައެވެ.

"ހައި ލަވް. ޖަންގަލިތެރޭ އެކަނި އުޅޭ ޕަރީއެއްތަ. ހިނގާ ދުއްވާލަންދާން. މިގަޑީގައި ވަރަށް އަރާމުވާން. އަހަރެންވެސް ޕާޓްނާއެއް ނެތިފައި ހަމަ އެކަނި މިއުޅެނީ..............."ނާޔަލް ގެ ފެރާރީ ކާރު އަރާހަމަކުރުމުން ކެމީލާ އެއްފަރާތަކަށް ޖެހުނެވެ. މިގަޑީގައި އެކަނި ހިނގަން އާދެވުނުކަމުގެ މޮޔަހީވިއެވެ. ނާޔަލް ހުރީ އާދައިގެ މަތިން އެތެރެއިން ގަމިހާއިއެކު ޓައީއަޅާލާ ކޯޓެއްލައިގެންނެވެ. ރަސްމީކޮށެވެ.

"އައި ކާންޓް ގޯ..." ކެމީލާ އަނބުރާލާފައި ގެއާއި ދިމާލަށް ހިނގައިގަންނަން އުޅެނިކޮށް ނާޔަލް ކާރުން ފޭބިއެވެ.

"އުރާލާފައި ނާރުވަނީސް ކާރަށް އަރާ..." ނާޔަލް އަމުރުކުރިއެވެ. ނާޔަލްގެ ސީރިޔަސް ނަޒަރުން ބިރުގަތަސް ފިޔަވަޅުތައް ގުޑާނުލިއެވެ.

"ޓްރަސްޓްމީ. އައި ވޯންޓް ޑޫ އެނީތިން. ކެޓް ބުނަމެއްނު ހަޒްބެންޑަށް އެކަނިއޭ އިސްތަށިގަނޑުވެސް ފެންނާނީ. އެހެންވެ އަހަންނަށް ރެސްޕެކްޓްކުރެވޭ. އަހަރެން ތި ކުއްޖާ ކުރަހާލަން ބޭނުންވިޔަސް މެރީކުރަން ދޯ ޖެހޭނީ. އެހެންވީމަ އެހެން ހިތަށް އަރަނީ. ބައްޕަކައިރިއަށް ވަލީ ހޯދަން ފޮނުވަންކަމަށް މިހިރީ. ބޭނުންވިޔަސް ކުރަހަން ވިޔަސް އަތްލަން ވިޔަސް ދީނީ ކުއްޖަކާއި މިނޫން ގޮތަކަށް ކައިރިއެއް ނުވެވޭނެ. އެހެންވެ ކޮންސެންޓް ނުލިބިގެން ދުރުން މިއުޅެނީ. ބައްޕަ ވަލީދިނީމަ............މްމމްމް........." ނާޔަލް އެއް ލޯ މަރައިލިއެވެ.

ކޮމެންޓް 0