ކެމީލާއަށްވެސް ހޭލެވިގެން ގަޑި ބަލައިލިއިރު ހެދުނު ނުވައެއްޖަހާ ބޮޑުވެއްޖެއެވެއޭނަ މާލޭގައި އުޅުނު ގެވަރުގެ ފާޚާނާއަށް ވަދެފައި އެތަނުގެ ސާފުތާހިރުކަމުން ފެންކޮޅެއް ޖައްސާލާހިތެއްވެސް ނުވިއެވެހޫނުފެނުން ފެންވަރަން ފެށުމުން ލިބުނު އަރާމާއިއެކު ދެލޯ މަރައިލެވުނެވެއެތައް އިރެއްވާންދެން މީރުވަސްދުވާ ބޮޑީޝޮޕްތަކާއި އުޅެފައި ނުކުތްއިރު ހަށިގަނޑުގައި ހިފާލާފައި ހުރި ލުއި މީރުވަހުން ހިތަށް ހަމަޖެހުމެއްލިބުނެވެހެއާ ޑްރަޔާއިން އިސްތަށިގަނޑު ހިއްކާލުމަށްފަހު އެންމެކުރިން ލީ ހުދުކުލައިގެ ސްވެޓަރަކާއި ޖިންސެކެވެބޮޑެތި ގޮށްތައް އަޅުވާފައި ހުރި ބޭބީ ފިޔާތޮށިކުލައިގެ ބޯ ދިގު ޖެކެޓްލުމަށްފަހު ޝޯލްއަކުން އިސްތަށިގަނޑު ނިވާކޮށްލުމަށްފަހު އަތް ޖީބަށް ޖެހިއެވެކޮޓަރިން ބޭރަށް ނުކުތްގޮތަށް މީހެއްގެ ގައިގާ އަޅައިގަތްގޮތަށް އެމީހަކު އޭނަގެ އަތުގައި ހިފެހެއްޓިއެވެނޭފަތުގައި އެންމެ ކުރިން ޖެހުނީ ދަންނަ މީރުވަހެކެވެ.

"ލެޓް ގޯ އޮފް މައި ހޭންޑްސް........" ކެމީލާ ހާސްވިއެވެރަގަޅަށް ބަލައިލިއިރު ކުރިމަތީ މިހިރީ ނާޔަލް ފިޔަވާ ދެވަނަމީހެއްނޫނެވެއަޅިކުލައިގެ ޓީޝާޓަކާއި ކަޅު ސްކިނީއަކާއިއެކު މަތިން ކަޅު ކުލައިގެ ކޯޓު އޮތީ ފައިގެ ފަލަ މަސްގަނޑުގެ މެދަކާ ހަމަޔަށެވެގޮށްތައް ނާޅުވާ ހުރުމުން ކިތަންމެހާވެސް ސްމާޓްވެފައި މެގަޒިންތަކުން ފެންނަ ފިނިމޫސުމްގެ މޮޑެލްއެކޭ ތަފާތެއްނެތެވެޓީޝާޓުމަތިން ފެންނަން އޮތީ އޭނަގެ އެތައް ލައްކަ ޑޮލަރުގެ ހުދުރަން ފަށެވެ.

އެހާ ގާތުގައި ނާޔަލް ހުރިތަން ފެނި ހިތް ބިރުން ވިރޭކަހަލަ ގޮތެއް ވެގެން ދިޔައެވެނާޔަލްގެ އަޅި ދެލޮލުން ފެނުނު ރުޅިވެރިކަމާއި ނުރައްކާތެރިކަން ފިރިހެނަކު ހިތަށްވެސް ބިރުވެރިކަން ވައްދާލަފާނެއެވެއެހާވެސް ގަދަޔަށް ނުރުހުމާއި ރުޅިވެރިކަމުން ފުރި ސީރިޔަސްވެފައިވާ ދެލޮލެވެމިހާގަދަޔަށް ނާޔަލް ރުޅިގަދަވެ ކޮލުކަށިގަނޑަށް ވާންކޮށްލައިގެން ހުއްޓާ އޭނަ ނުދެކެއެވެނަމަވެސް ކެމީލާ އެހެން ބުނުމާއިއެކުހެން ނާޔަލް އޭނަގެ އަތުން ދޫކޮށްލައިފިއެވެލިބުނު ހަނި ފުރުސަތުގައި ކޮޓަރިތެރެއަށް ދެމިގެން ދޮރު ލައްޕާލަން އުޅުނަސް ނާޔަލް ހުރީ އެކަމަށް ހުޝިޔާރުވެއެވެދޮރުދޭތެރެއަށް އަތްލެއްވިގޮތަށް ދެވަނަ ސިކުންތުކޮޅުގައި އޭނަ ހުރީ ކޮޓަރިތެރޭގައެވެދޮރު ތަޅުލިތަންފެނި ކެމީލާއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ.

"ޑޮކްޓަރ ނާޔަލްކީއްކުރަން ތިއުޅެނީ...." ކެމީލާ ދެލޯ ބޮޑުކޮށްލިއެވެ.

"އަހަރެންވެސް ބޭނުން ހަމަ ތި ސުވާލުކުރަންމެޑިސިން ހަދަން މިކޮޅަށް އައި މީހާ މިގޭގައި ކީއްތިކުރަނީބުނެބަލަމިގެއަށް އަންނަން ޖެހުނީ ކީއްވެމިގޭގައި އުޅެނީ ދެފިރިހެނުންއެމީހުންގެ ނާސިއަކަށް ވެގެންތަ ތިއައީމިރަށަށް އައީ ހަށިވިއްކަންތައެއީ ދޯ ނުކުރެވި އޮތްކަމަކީ......." ނާޔަލް ދަތްތަކަށް ބާރުލާފައި ވާހަކަދެއްކިއިރު އަޑުގައިވެސް ނުރައްކާތެރިކަންވިއެވެ.

"ކީ ކޭ ތިކިޔަނީ....." ނާޔަލް އޭނައާއި ބެހޭގޮތުން އެހާ ދަށްކޮށް ވާހަކަދެއްކުމުން ލިބުނީ ޝޮކެކެވެ.

"މިދައްކަނީ ދިވެހި ބަހުންނޭގޭ ބަހަކުންނެއްނޫންސާފު ދިވެހި ބަހުންމާ ދީންވެރިކަމަށް ހެދިގެން ދެ ފިރިހެނުންނާއިއެކު އެއްގެއެއްގައި މާތް އަންހެންކުއްޖެއް ނޫޅޭނެއެއީ މިކިޔާ އެއްޗަކީ......" ނާޔަލް ކޮޓަރިތެރެއަށް ނަޒަރު ހިންގައިލިއެވެކެމީލާގެ ދަބަސްތައް މިހިރީ މިތާގައެވެކެމީލާ ހަމަ ރަގަޅަށްވެސް މިގޭގައި ދިރިއުޅެންފެށީހެއްޔެވެހަސަދައާއި އެކު އެހެން ކަހަލަ އަސަރުތަކެއް ހިތް ފިއްސާލައިފިއެވެކައިޒާންއާއި ކެމީލާގެ އެއްވެސް ކަހަލަ ގުޅުމަކަށް ކެތެއްނުކުރެވޭނެއެވެއެކުވެރިކަމާއިވެސް ހިތް ނުރުހުނެވެކައިޒާންއާއި އޭނަ ލޭގެ ގޮތުން ގުޅިފައި އޮތުމުން އޭނަ ކައިޒާންއަށްޓަކާ ކޮންމެފަދަ ގުރުބާނީއެއްވެސް ވެދާނެއެވެއެހާވެސް ލޯބިވެއެވެނަމަވެސް ދޫ ނުދެވޭނީ ހަމައެކަނި ކެމީލާއާއިހެދިއެވެކެމީލާ ވާންޖެހޭނީ އޭނަގެ މީހަކަށެވެއެއްޗަކަށް ބޭނުންވެއްޖެއްޔާ އޭނަ ކޮންމެގޮތެއް ހަދާފައިވެސް އެކަމެއް ހާސިލުކުރާނެއެވެކައިޒާންއަށްވެސް ހުރަހަކަށް ވިޔަކަ ނުދޭނެއެވެ.

"މިގެއަށް އައީ ޖޫލްގެ ސަބަބުންކޮލެޖް ފެށެންދެން ޖޫލްއާއިއެކު އުޅެން...." ކެމީލާ ހިންދިރުވާލާފައި ކިޔައިދިނެވެކޮންމެހެން ނާޔަލްވެސް އޭނަގެ އަގު ވައްޓަން މާކަސްއާއި ކައިޒާންއާއި އެގޮތަށް އަޅުވާކިޔާކަށް ނުޖެހޭނެއެވެނާޔަލް ހީކުރަނީ ކައިޒާންއަކީ ވެސް އޭނަ ކަހަލަ މީހެއްކަމަށް ހެއްޔެވެ.

ނާޔަލް ހޭންފެށިއެވެއިރުކޮޅެއްފަހުން ހުނުން ހުއްޓާލާފައި ކެމީލާއާއި ކައިރިއަށް ޖެހިލިއެވެއެހޫނު ނޭވާތައް އެޅޭހާ ކައިރިއަށެވެބިރުން ހުރި ކެމީލާގެ ދަތްދޮޅީގައި މަޑުމަޑުން ހިފާލުމާއިއެކު ކެމީލާ ސިހިފައި އެއަތުގައި ހިފާ ދުރުކޮށްލަން އުޅުނެވެ.

"އެހާ ބާރު އެބަހުރިތަ؟ ތިހެން ރުޅި ދައްކަ ދައްކާފައި އެންމެފަހުން މަގޭ މީހަކަށޭ ވާނީ." ނާޔަލް ކެމީލާގެ ދެކޮލުގައި ހިފާ ފިތާގަތްގަތީނުން ރަތްކޮށްލިއެވެއިތުރު ގޯހެއް ހެދުމުގެ ކުރިން ވިސްނާލާފައި ސްކިނީގެ ޖީބަށް ދެއަތްތިލަ ޖަހާލައިފިއެވެއޭނަ އަދިވެސް ކެތްކުރާނެއެވެ.

"ހުވާކޮށްފައި މިބުނަނީ އައިމް ގޯނަ މޭކް ޔޫ މައިން ނޯ މެޓާ ވަޓް އިޓް ޓޭކްސް....." ނާޔަލްގެ އެ ޖުމްލައިން އަދި ކެމީލާސިހޭގޮތްވިއެވެއިރާދައާއިނުލާ ވާހަކަދައްކަން މިއީ ކާކުގެއްޔެވެމިހާ ޔަގީންކަމާއެކު ވާހަކަދައްކާއިރު ތިމާއަކީ މުސްލިމެއްކަމެއް ހަދާނެއްނެތެވެއިރާދައާއި ނުލާ އެއްވެސް ކަމެއް ވާނެއޭ ބުނާކަށް ނުޖެހޭނެއެވެއެމީހުން އެހެން ދައްކަނީ ކޮންމެހެން ނޭގިގެނެއް ނޫނެވެއެބުނާގޮތަށް ނުވެ ހިގައިދާނެކަން އެނގޭއިރުވެސް ކިބުރުވެރިކަން ދައްކަނީއެވެ.

"ވީމަ ތިހުރިހާ ގަދަ ނުދައްކާ މިހާރުއްސުރެން ހިނގާ ލޯބިވެރިންގެ ގޮތުގައި އެކީ އުޅެންފަށަންތެދަށް ބުނަންޏާ އަހަންނަށް ކެމީލާ ފެނުމުން ފީލިންގްސްތައް ކޮންޓްރޯލް ކުރަން ވަރަށް އުދަގޫކެތްކުރެވޭނެ އެންމެ މައްޗަށް ކެތްކޮށްލައިގެން މިހުންނަނީވަރަށް އަންހެންކުދިން ފެނިއްޖެކިތަންމެހާވެސް ރީތި އަންހެންކުދިންނާއިއެކު އުޅެވިއްޖެހެޔޮ ކެމީލާ ބޭނުން ކޮންމެ މާނައެއް ނެގިޔަސް އިނގޭމިބުނަން އުޅޭ އެއްޗަކީ ކެމީލާ ފުރަތަމަ ފެނުމާއިއެކު އަހަރެންގެ ހިތް ބުނި އެއްޗެއް އެނގޭތަޔޫ ޝުޑް ޓޭކް ހާ ކޮންމެ ގޮތެއް ހަދާފައިވެސްޝީ އިޒް އޯލް މައިންއޭ ހިތަށް އެރީއެކަމަކު އެހެން އަންހެންކުދިން ފަދައިން މަގޭ ފައިބުޑަށް ވެއްޓޭނެކުއްޖެއް ނޫންކަން ފުރަތަމަ ނަޒަރުންވެސް އެނގުނުއެހެންވެ އަދި ބޮޑަށް އެޓްރެކްޓްވީނޫނެކޭ ބުނި އަންހެންކުއްޖެއް އަލަށް ފެނުނީމަ ހަމަ އެކަން ކޮށްފައި ނޫނީ ނުހުއްޓަން ބޭނުންވީޔޫ ނޯ ވަޓްއަހަރެންގެ މަންމަ ބުނީ ކެމީލާއާއި އިނދެވޭނީ މެޑިސިން ހެދީމައޭއެއީ މަންމަގެ ޝަރުތަކީއެހެންވެ ކޮލެޖަކުން ޕްލޭސްމެންޓް ހޯދަދިނީޑިރެކްޓް ކޮށް މިބުނީ އައި ވޯންޓް ޔޫ.....އައި ނީޑް ޔޫވެން އައި ލުކް އެޓް ޔޫ އައިމް ހޯމް............." ނާޔަލްގެ އެ ޖުމްލަތައް އަޑުއަހަން ކެމީލާ ހުރިއިރު ނޭވާވެސް ނުހިނގާފަދައެވެ.

ނާޔަލްގެ މަގުސަދު އެގިއްޖެއެވެއޭނަ ޑޮކްޓަރަކަށް ހަދަން އުޅޭ ސަބަބުވެސް މިއެނގުނީއެވެނާޔަލް އާއި ކައިޒާން އާއި ދެމީހުންނަށް އޭނަ ޚާއްސަކަން އިހުސާސްކުރެވެއެވެނާޔަލްގެ ހިތުގައިވަނީ އެދުންވެރިކަމެވެއެއީ ލޯތްބެއް ނޫނެވެނާޔަލްގެ ވާހަކައިން އެކަން ސާބިތުކޮށްދީފިއެވެލޯބިވާނަމަ އެންމެ ފަހަރަކުވެސް އެހެން ބުނާނެ ނޫންހެއްޔެވެއެބުނަނީ ބޭނުންވާ ވާހަކައެވެއަނެއްކޮޅުން ކައިޒާންގެ ދެލޮލުން ފެންނަނީ އެހެން ޝުއޫރުތަކެވެއެހާ އޯގާތެރިއެވެމިފަދަ ހަރުކަށިކަމާއި ނޭއްގާނިކަން އަދި ރުޅިވެރިކަމުގެ އެންމެ ސިފައެއްވެސް ނުފެނެއެވެއެސިކުންތުކޮޅު ކެމީލާގެ ހިތުގައި ނާޔަލްއަށްޓަކާ ފޫހިކަން އުފެދުނެވެކައިޒާންއާއި އަޅާކިޔުނެވެފިލްމެއްގެ ބަތަލުގެ ރޯލުގައި ކައިޒާން ހުރެއްޖެއްޔާ ނުބައި މީހާއަށްވާނީ ނާޔަލްއެވެ.

"ކެޓް ރުޅިއައީތަ؟ މޫނު ރަތްކޮށްލާފައި ތިހިރީ....."

"އަހަރެން ބޭނުން ރަށަށް ދާން...."

"ނޯކެޓްޔޫ ކާންޓް..." ނާޔަލް ސީރިޔަސްވިއެވެ.

"ބޭނުމެއްނޫން މެޑިސިން ހަދާކަށްޕްލީޒް ޑޯންޓް ފޯސް މީ... އަ....." ކެމީލާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ.

"ޝްޝްޝް ނުރޮއިރޮއްވާކަށް ނޫން އަހަރެން މިއައީހަމައެކަނި ބުނެލަން ބޭނުމީ ކައިޒާންއާއި ގާތްނުވާށޭހީޒް އެ ކަޒިންކަޒިންއެއް އެކަނި ނޫންފްރެންޑެއްވެސް މެއެހެންވެ އަހަރެންގެ މީހެއް ކައިޒާންއަށް ލިބިގެނެއް ނުވާނެޑޯންޓް އެވާ ފޮގެޓް ދިސް ކެޓްތީ ހަމައެކަނި މަގޭ މީހެއްމަގޭ ހައްގެއްއެކަން އޮޅިފައި އޮތްހެން ހީވެފަ ހަދާންކޮށްދިނީ.........."

"ވަން މޯ ތިންގްއަދި އެހާ ހާސްވެ ތެޅިގެން ރަށަށް ދާކަށް ނުޖެހޭސަބަބަކީ މަންމަ ބުނީ ކައިވެނި ކުރަން ހުއްދަދެވޭނީ ކެމީލާ ޑޮކްޓަރަކަށް ވީމައޯއެހެންވީމަ އެހިސާބަށްދާން އަދި އެތައް ގަރުނު އެބައޮތް ދޯމާކް ބުނި ކެމީލާ އާއި ހެދި ޖޫލް އުޅޭވަރުން ބޭބީސިޓްކޮށްދޭން ވީކެންޑްގައި ކެމީލާ ގެންނަގޮތަށޯމިވަގުތަށް އަހަންނަށް ހެޔޮސަބަބަކީ ވަރަށް ކްލޯޒް ކޮށް ސުޕަވައިޒްކުރާނެތީކެޓް އެންމެ ފިޔަވަޅެއް ނުބައިކޮށް އެޅިޔަސް އަހަރެން ވެއްޓިޔަނުދީ ހިފާނަން......" ނާޔަލް އެއް ލޯ މަރައިލިއެވެކެމީލާ ދެލޮލުން ކަރުނަ ފޮހެލާފައި ހަމަޖެހެން މަސައްކަތްކުރިއެވެ.

"އިޒް ދެޓް އެ ތްރެޓް؟ ކެމީލާ ސުވާލުކުރިއެވެ.

ނާޔަލް އެބުނީ ކޮން މާނައެއްގައި ކަން ނޭގުނަސް އެދެލޮލުން ދިން އިންޒާރު ކެމިލާގެ ގައިން ހީބިހި ހަލުވައިލިއެވެދެމީހުންގެ ނަޒަރު ބައްދަލުވެ އިރުކޮޅެއް ވޭތުވީ ހިމޭންކަމާއިއެކުގައެވެނާޔަލްގެ ނަޒަރު ކިތަންމެހާވެސް ސީރިޔަސްއެވެއެލޮލުން އެދިން މެސެޖް ކެމީލާގެ ހިތް ބިރުގަންނަވާލައިފިއެވެމީހަކު ޓަކިދޭން ފެށުމުން ނާޔަލް ދޮރު ހުޅުވާލައިފިއެވެދޮރުމަތީ ހުރީ ކައިޒާންއެވެކައިޒާން ސުވާލުނުކުރަނީސް ބުނީ ނޯޔާއާއި ކެމިލާ ވަރަށް އެކުވެރިކަމަށާއި ނޯޔާގެ ސަބަބުން އޭނައާއި ކެމީލާވެސް ރައްޓެހިކަމުގައެވެނޯޔާވެސް މިއަންނަ ހަފްތާގައި އެމެރިކާއަށް އަންނާނެއެވެހަމައެކަނި ނޯޔާއެއް ނޫނެވެމަންމައާއި ނާއީވެސް މެއެވެކައިޒާން ހުރީ ފާޑަކަށެވެނޫނީ ދެރަވީހެއްޔެވެޔަގީނުންވެސް އަބަދު އެހުންނަ އުފާވެރި މޫޑެއްނެތެވެހިނިތުންވުންވެސް މިއަދަކު ފެންނާކަށްނެތެވެނާޔަލް އެގޮތަށް އައިސް ކެމީލާގެ އުފާވެރިކަމާއި ހިތްހަމަޖެހުން ބަރުބާދުކޮށްލައިފިއެވެނާޔަލްގެ ނިޔަތުގެ ސަބަބުން ކެމީލާގެ ހިތަށް ބިރުވެރިކަން އިހުސާސްކުރެވިއްޖެއެވެހުރިހާ ވާހަކައެއް ކައިޒާންއަށް ކިޔައިދޭންވީބާވައެވެ.

ދެމީހުން ވާހަކަދައްކަމުން ނުކުތުމުން ކެމީލާ ދޮރު ތަޅުލިއެވެވިންޑޯ ސީޓަށް އަރާ ދެކަކުލުގައި މޫނު ޖައްސާލިގޮތަށް އެތައް އިރެއްވާންދެން އެގޮތުގައި އިނެވެ.

ކޮލެޖް ކިޔެވުން ފެށުމުން ކެމީލާ ހޮސްޓެލްއަށް ބަދަލުވިއެވެއެކަނި ކޮޓަރިއެއްގައި މިނިވަންކަމާއިއެކު އުޅެން ލިބުމުން ވަރަށް އުފާވިއެވެކޮލެޖްވެސް ހުންނަނީ ސިޓީން ބޭރުގައިކަމުން ކައިޒާންމެންގެއާއި އެހާ ދުރެއްނޫނެވެއެހިސާބުގެ މަންޒަރުތައްވެސް އެހާމެ ރީއްޗެވެކުލަތަކުން ޖަރީވެފައިވާ ގަސްތަކާއި ފިނި ރޯޅިތަކުން ސިކުނޑިތައް ހުޅުވައިލެވޭނެއެވެއެންމެ އަޖައިބުވީ މެޑިސިންދެކެ ފޫހިވީއިރުވެސް ކިޔެވުމަށް ޝައުގުވެރިވެ ކިޔަވާހިތްޖެހުނީތީއެވެކޮންމެހެން ނާޔަލްއަށްޓަކާއެއް ނޫނެވެކުރިމަގާއިމެދު ވިސްނާފައެވެޑޮކްޓަރުންނަށް މީހުންގެ އިހިތިރާމާއި ލޯބި ލިބުމާއިއެކު މީހުންނަށް އެހީތެރިވެވޭނެތީއެވެމުސާރަ ބޮޑު ވަޒީފާއަކަށް ވުމުން މާމައަށްވެސް ކަމެއް ކޮށްދެވޭނެތީއެވެ.

ކިޔަވަންފެށިތާ ހަފްތާއެއް ނުވަނީސް ނޯޔާ އެމެރިކާއަށް އައެވެދިމާވުމާއިއެކު އާދޭސްކުރަންފެށި އޭނަގެ ގޭގައި ހުރެދިނުމަށެވެނާޔަލް އުޅެނީ އެމީހުންނާއި ވަކިން ވަކި "ގަނޑުވަރެއް"ގައި ކަމަށާއި އެއޮތް ބޮޑުގޭގައި ނޯޔާވެސް އެކަނި ހުންނަންވީމަ ފޫހިވާނެކަމުގައެވެމަންމައާއި ނާއީ ގިނައިން އުޅޭނީ ބޭރުގައެވެމަންމަވެސް މެންހޭޓްން އޭރިއާގައި ހުންނަ ޕެންޓްހައުސްއެއްގައި ދިރިއުޅޭއިރު ނާއީވެސް ޑިގްރީ ކޯހެއް ކިޔަވަން ފަށައިފިއެވެޕައިލެޓަކަށް ވިޔަސް އިތުރު ދާއިރާއަކުން ކިޔަވަންފެށީ މަންމަ ކިޔާވަރުންނެވެއެއާލައިނެއްގެ ޕައިލެޓްކަން ކުރަމުންވެސް ކިޔެވިދާނެއެވެކެމީލާއަށް ނޯޔާގެ މަގުސަދު އެނގެއެވެނޯޔާވެސް ބޭނުމީ ކެމީލާ އޭނަގެ ދޮންބެއާއި ގުޅުވުމެވެއިތުބާރުކުރާނީ ކާކަށްހެއްޔެވެނަމަވެސް ކެމީލާގެ އެންމެ ގާތް އެކުވެރިޔާއަށްވުމުން ހިތުގައި ޚާއްސަ ގާތްކަމަކާއި ކުލުނެއް އޮވެއެވެ.

ހުކުރުދުވަހު ކޮލެޖް ނިންމާލިތަނާހެން ކައިޒާންގެ ފޯނުކޯލެއް އައެވެކެމިލާ ތައްޔާރުވެލައިގެން ބޭރަށް ނުކުތްއިރު ކާރުގައި އިންތިޒާރުގައި ތިބީ ކައިޒާންއާއި ޖޫލްއެވެކައިޒާން ފެނުމުން ކިތަންމެ ވަރަކަށްވެސް ކެމީލާގެ ހިތް އަވަސްވިއެވެކޮންމެ ގޮތެއްވިޔަސް އެރީތިކަމާއި ސްމާޓްކަމަށް ހިތް ތައުރީފުކުރިއެވެހެދުން އަޅާގޮތްވެސް ހަމަ ރީތީއެވެއެތެރެއިން ޓީޝާޓެއްލާފައި ބޭރުން އަޅިއަދި ކަޅުކުލައިގެ ސްވެޓާ ކާޑިގަން އެއްލާފައި ހުރުމުން ހާދަ ސްމާޓެވެމިގޮތަށް އަބަދާ އަބަދު ކޯޓުފާޑު ހެދުން ލާފައި ހުރުމުން މާ ސްމާޓްކަމަށް ދައްކައެވެތިންމީހުން އެކީގައި ރެސްޓޯރެންޓަކަށް ގޮސް ކާލިއެވެއައްމުކޮށް މީހުންނަށް ބަލާ ނަހަދާ ތަނެއްކަމުގައި ވިޔަސް މީހުންގެ ނަޒަރު ކެމިލާއާއި ކައިޒާންއަށް ހުއްޓުނެވެއެހާ ޅަ ދެޒުވާނުންގެ ދަރިއަކު ހުރުމުން އެ އާއިލާ ލޯބިކަމުންކަން ނޭގެއެވެކެމީލާއަށް އިހުސާސްކުރެވުނީ ހުރިހާ ޚިޔާލުތަކުން މިންޖުވެ ބުނަންނޭގޭފަދަ ހިތްހަމަޖެހުމެއް ވަށައިލާފައިވާހެންނެވެގޭގެ އެއްފަރާތުގައި ކާރު ޕާކްކޮށްލާފައި ކައިޒާން ފޭބިއެވެޖޫލްއަށް މާކަސް ފެނިފައި އޭނައާއި ދިމާލަށް ދުއްވައިގަތީ ފީލިކްސް ގޮވައިގެން އުޅޭތަން ފެނިފައެވެޖޫލް ފީލިކްސްއާއި އޮޅުލަ އޮޅުލާފައި އުޅޭތަން ފެނި ކެމީލާ އިނީ އަނގަޔަށް ގޮތެއް ހަދާލައިގެންނެވެމިކަންތައް ހުއްޓުވަން އޭނަ އެބަޖެހެއެވެކުއްލިއަކަށް ދުރުން ބައިސްކަލް ދުއްވާފައި އަންނަ އަންހެންކުއްޖެއް ލޮލުގައި އަޅައިގަތެވެ.

"ނަންނި...." ކެމީލާވެސް އަވަހަށް ކާރުން ފޭބިއެވެނޯޔާގެ ގެއަށް މިއަދު ދާން އޭނަ އޮތީ އެއްބަސްވެފައެވެއޭނައަށް އަދި ނޯޔާއަށް ނުގުޅިގެން އުޅެނިކޮށް އެކުވެރިޔާ މި ފެނުނީއެވެނޯޔާ އޭނަގެ ބައިސްކަލްގައި ދުއްވާފައި އައިސް ކައިޒާންގެ ގައިގާ ނުޖެއްސީ ހަމަކިރިޔާއެވެކަހާލައިގެން ދިޔަގޮތުން ނޯޔާވެސް ނުވެއްޓުނީ ހަމަކިރިޔާއެވެ.

"އާ ޔޫ ބްލައިންޑް...." ކައިޒާން ހިތްހަމަނުޖެހިފައި ދެތިންފިޔަވަޅު ފަހަތަށް އެޅިއެވެ.

"އައިމް ސޮރީ..." ނޯޔާ ހެމުން ދޫ ނެރެލިއެވެ.

"ޔޫ އާ ނޮޓްދުވަހަކު ބަދަލެއްނުވާނެމޮޔަ ކުޑަކުއްޖެއްހެން އުޅޭނީތިރީސް އަހަރުވާއިރުވެސް ކުޑަކުއްޖެއްހެން އުޅޭތިމިހާ އުދަގޫކުރާ ނެއިބާއެއް އެހެން މީހަކަށް ނުލިބިއްޖެއްޔާ ރަގަޅުޔޫ ޝުޑް ގޯ އެން ލިވް ވިތް ޔޯ މަމް އިން ދަ ސިޓީމިތާކު އުޅޭނެކަމެއް ނެތް އިނގޭ..........." ކައިޒާން ހިތްހަމަނުޖެހިފައި ހުރެ ވާހަކަދެއްކުމުން ކެމީލާ ދެރަވިއެވެކައިޒާން ދުވަހަކު މިގޮތަށް ރުޅިން ވާހަކައެއް ނުދައްކައެވެކައިޒާން ނޯޔާދެކެ އެހާ ރުޅިއަންނަނީ ކީއްވެބާވައެވެނޯޔާ އެއްފައި ބިންމަތީ ޖައްސާލައިގެން މަޑިމަތީ އިށީދެލައިގެން އިނީ ހިތްގައިކޮށެވެރީދޫކުލައިގެ ޓީޝާޓަކާއި ސްކިނީއެއްލާފައި ވާއިރު ކަޅުކުލައިގެ މަޑު ޖެކެޓެއްލާފައިހުރިއިރު ނޯޔާގެ ހަށިގަނޑުގެ ރީތިކަން ހާމަޔަށް ހުއްޓެވެދޮން ކަނދުރާވިދައެވެއިސްތަށިގަނޑު ވޫލްކޮޅަކުން އައްސާލާފައެވެއަރައިގެންހުރި ސްނީކާސް ހެދުމާއި ގުޅެއެވެލުއި މޭކަޕެކެވެފިރިހެނުންގެ ސަމާލުކަން ފުރިހަމައަށް ލިބޭނެފަދަ ރީތިކަމެއް ނޯޔާގެވެއެވެ.

"ފްރީކިން ޒޮމްބީއެއްވެސް އިންޓެރެސްޓިން މީހެއްވެސް ނޫނޭއަބަދު ރުޅިއައިސްފާ ހުންނާނީ......................." ނޯޔާވެސް އެއްޗެހި ކިޔައިގަތެވެ.

"ނަންނި......"

ނޯޔާ ބައިސްކަލުން ފޭބިގޮތަށް ކެމީލާގެ އަތުގައި ހިފާ ދަމަމުން އެ ހަނި މަގުން ހިނގައިގަތެވެބައިސްކަލް ލޭނަށްވިޔަސް އެދެމީހުން ނޫނީ އެމަގުން މީހަކު ފެނިލައެވެކައިޒާންމެންގެ އަމިއްލަ ބިމަށްވީމަކަން ނޭގެއެވެމީހުންނަށް އާދެވޭނީ ވަކި ހިސާބަކަށް ނޫންހެއްޔެވެ.

ކައި ވަރަށް ނައްޓާނެޑޯންޓް ވޮރީ އެބައުޓް ނަތިންއަހަންނާއި ކައި ހަމަ ޓޮމް އެންޑް ޖެރީކުޑައިރު ވަރަށް ފެރެންޑްވާނެއަހަރެމެން އެކީ ވުޑަށް ގޮސް ބެރިއާއި ނަޓްސް އެއްޗެހި ބިންނަންއޭރުވެސް ވަރަށް ޖެއްސުން ކުރާނެއެއްދުވަހު ކޯރަށްވެސް ވައްޓާލިރޮކެއްގެ މައްޗަށް އަރާފައި އިންދާ ކޮށްޕާލިމި ކައިގެ ބޭބެ ނެތްނަމަ އެދުވަހު އަހަރެން މަރުވާނެމި ކައިޒާންއަކީ އެންޖެލްއެހެން ހުއްޓަސް ހަމަ ޑެވިލްއެއްކަން ކައްމިއަށް އެނގޭތައަނެއްހެން ބުނަންޏާ ކޮންމެ އިންސާނެއްގެވެސް ހުންނާނެ ރަގަޅު ސިފަތަކާއި ނުބައި ސިފަތައް އެއްވެފައިކޮންމެވެސް އެއްބަޔެއް ގިނަވެގެން އެމީހާ އެދެ ކެޓަގެރީއަށް ލެވޭނީކައިޒާންއަކީ ޕާޓް އެންޖެލިކް މޯސްޓްލީ ޑެވިލިޝް މޭންއެއްކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެ....."

ދެމީހުން މަޑުމަޑުން ހިނގާލާފައި ނޯޔާގެ ގެއާއި ހަމަޔަށް ފޯރީ އެންމެ ފަސް މިނިޓްތެރޭގައެވެއޭރު އިރުއޮއްސި އަނދިރިވެއްޖެއެވެއެގެވަނީ ރަތް އީޓުން ތަންކޮޅެއް ޝާހީކޮށް ހަދާފައެވެފާރުގެ ބަދަލުގައި ތިރިކޮށް ހުދު ފެންސްޖަހާލާފައި ވިއެވެރާއްޖޭގައި ގެދޮރު އަޅާލާފައި އުސްކޮށް ފާރުތައް ރާނާލާފައި ހުރުމުން ރަށްތައް ފެންނަނީ ކިއްލާތަކެއްހެންނެވެޔޫއެސްއޭއަށް އައުމުން ފެންނަނީ ގޭގޭގައި ތިރިކޮށް ފެންސް ޖަހާފައި ހުންނަތަނެވެނޫނީ ހަމަ އެކަނި ވިނަތައް އިންދާފައެވެވިނަތަކުން އިން ވަކިކޮށްލާފައެވެކުދި ޓައުންތަކުގައިވެސް ގެތަކާއި ބަގީޗާތައް ހާމަޔަށް ހުރުމުން ރީތިކަން ފާޅުވެއެވެ.

ގޭގެ ދޮރުމަތީގައި ހުރި އާފަލުގަހުގައި އާފަލު އަޅާ ބަރާވެފައި އޮތްތަން ފެނުނެވެވަރަށް ހިތްގައިމެވެއަނެއްފަރާތުގައި ކޮންމެވެސް ވަރަކަށް ގަސްތައް އިންދާލާފައެވެއެހުރިހާ ގަސްތަކެއްގެ ފަތްތައްވެސް ޚަރީފުގެ ކުލަތަކުން ފެވި ގަސްދޮށްވަނީ ފަތްތަކުން ފުރިފައެވެކެމީލާ އެގެއަށް ތައުރީފުކުރިއެވެއާފަލު ގަސްކައިރީ ސެލްފީއެއްނެގިއެވެ.

"ފޯވާޑް ކޮށްލާތި...." ނޯޔާ އެދުނެވެ.

ނޯޔާ ބުނީ މިއަދު ޗުއްޓީ ދުވަސްވީމަ މަންމައާއި ނާއީވެސް ގޭގައި އުޅޭކަމުގައެވެގޭތެރޭގައި ބޮކިތައް ދިއްލާފައިވާއިރު މީރުވަހެއް ފެތުރިފައިވިއެވެމެގީ އެޕްލް ޕައި ތައްޔާރުކޮށްލަނީކަމުގައި ބުނެފައި ނޯޔާ ކާކޮޓަރިއަށް ވަނެވެއުމުރުން ފަންސާހަކަށް އަހަރުގެ އިނގިރޭސި މެއިޑް އެކުދިންނަށް ހޫނު ޗޮކްލެޓާއި ޕެޕަމިންޓް ކްރީމް ގެނެސްދީފައި ބަދިގެއަށް ވަދެ ނިވާވިއެވެހޮޓްޗޮކްލެޓް މައްޗަށް ވިޕްޑް ކްރީމާއި ސްޕައިސް ކޮޅެއް ޖައްސާލާފައި ހުރުމުން ރަހަ ވަކިން ރަގަޅުވެ ހީފިލުމުގެ އިތުރުން ކުޅުދިޔާވާވަރުވިއެވެނޯޔާ ވާހަކަދައްކަންފެށީ ދިވެހި ބަހުންނެވެ.

"ކައްމިއަހަރެން ބޭނުން ސިކްރެޓެއް ބުނަންމިހުރިހާ ދުވަހު މި ވާހަކަ ސިއްރުކޮށްގެން ހުރެވުނީތީ ސޮރީއަހަންނާއި ކައި އޭރު ފާޑަކަށް އަރައިރުންވީމެއްނުކިތަންމެ ވަރަށް ކައި އާއި ފައިޓްކުރިޔަސް އައިމް އިން ލަވް ވިތް ހިމްހަޔާތުގެ ބައިވެރިޔަކަށް ހަދާނީ ކައި ކަމަށް މާ ކުރިން ނިންމާފައި އޮތީކީއްވެކަން އެނގޭތަ؟ އެކްޗުއަލީ ތަންކޮޅެއް ކުޑައިރުއަހަރެމެން ދެމީހުންނަށް އޭރު މެރިޖަކީ ކޯންޗެއްކަމެއް ނޭގޭއިރު ދެމީހުން ވައުދުވީ ބޮޑުވެގެން އިންނާނެ ކަމުގައިމިހާތަނަށް މި ސިއްރު ކައްމި ކައިރީގައި ނުބުނެ ހުރެވުނީކޮންމެ މީހެއްގެވެސް ހުންނާނެ ފޮރުވިފައިވާ ސިއްރުތައް ދޯއަހަރެން މިހާ ލައިކްވާއިރު އަހަންނަކަށް ނޭގޭ ކައިގެ ހިތުގައިވާ އެއްޗެއްނަމަވެސް މިހާވަރުން އުޅެންޏާ އަދި ކައިއަށްވެސް ލޯބިވެވޭނެ ދޯ............." ނޯޔާގެ އެ ޖުމްލަތައް ކަންފަތް ކައިރީ ގޮވާލެވުނު އެތައް ޓަނުގެ ބޮންތަކަކަށްވިއެވެހިތް ފަޅިފަޅިވެގެން ދިޔަހެން ހީވިއެވެކުރެހުން އަޅާފައިވާ ތަބުގައި ހިފަހައްޓައިލެވުމުން އަރި އަޅާނުލާ މީހާ ހަމަޔަކަށް އެޅުނެވެނޯޔާގެ އެ ވާހަކަތަކުން އޭނަގެ ހިތަށް އަސަރުކޮށްފިއެވެވަރަށް ބޮޑަށެވެދުވަހަކު މީހެއް ގެ ވާހަކަތަކުން އޭނަގެ ހިތަށް އެފަދަ ގޮތެއް ވެފައެއް ނެތެވެނޯޔާގެ އެ ސިއްރު އޭނަގެ ހިތަށް ހާދަ ތަދުކޮށްލައިފިއެވެނޯޔާ އެ ސިއްރު ނުބުނިނަމަ މާ ހިތަށް ފަސޭހަވީއެވެސިއްރުތައް ފާޅުނުކޮށް ހުރުމުން ރަގަޅުވާ ސަބަބަކީ މިއީއެވެމިއަދު ކެމީލާގެ ހިތުގެ ހުރިހާ ހަމަޖެހުމެއް ނަގާލައިފިއެވެއަލުން އެ އުފާވެރިކަން ހޯދަން ދާންވީ ދިމާލެއްވެސް ނޭގެއެވެ.

"މި ހާދަ މީރޭ..." ކެމީލާ ދެއްކީ އެހެން ވާހަކައެކެވެ.

"ހޫމް މިރަށު ކެއުން ވަރަށް ތަފާތުވާނެއަދި މެގީ ފިހާ ޕިއްޒާ ކައިފާ މާލެގޮސް ކަންމިއަކަށް މާލޭ ޕިއްޒާއެއް ނުކެވޭނެ އިނގޭމެގީ އަކީ ޝެފްއެއް މަންމަ ބޮޑު މުސާރައެއްދީފައި އެގެންގުޅެނީ...." ނޯޔާ ބުނެދިނެވެ.

"މާދަން ހިނގާ ހިނގާލަން ދާން... ވުޑްސްތެރޭ ކެބިންއެއް ހުންނާނެއެނގޭތަ އެއީ އަސްލު ދޮންބެމެންގެ ތަނެއްހަމަ ރީތި ކުޑަ ކެބިންއެއްދޮންބެ އަތުން ތަޅުދަނޑި އަތުލައިގެންދާނީ ............. ހޯޕް އިޓް ވިލް ނޮޓް ރެއިންއޯޓަމްގައިވެސް ވާރޭ ވެހިގެންފާނެއެހެންވެ އެންމެ ކަޑައީވާރޭވެހުނީމަ ދެން ފޫހިވޭ....." ނޯޔާ އެކި ވާހަކަތައް ދައްކާފައި އުޅުނަސް ކެމީލާ އިނީ ހިމޭނުންނެވެބައެއްފަހަރު ހީލިޔަސް އެ ހިނިތުންވުންތައް ލޮލާއި ހަމަޔަށް ނުފޯރައެވެ އެހާވެސް އޭނައިނީ ދެރަވެފައެވެއެކަން ނޯޔާއަށް އެނގުނަސް އެގޭކަމަކަށް ނެހެދިއެވެއަނގަ ތަޅަން ތިއްބާ ނަތާލީވެސް އައެވެކެމީލާއާއި ވާހަކަދެއްކިއެވެނަތާލީގެ މޫނުމަތިން އެހާ އުފާވެރިކަމެއް ނުފެނުނެވެކެމިލާ މިހިސާބަށް އައުމުން ނަތާލީ ފޫހިވެފައިވާފަދައެވެ.

"ޔޫއެސް އަށް އައީމަ ހަމަ މިތާ ކުއްޖެއްހެން ހީވާން ފަށައިފިއަދި ކިރިޔާ ކެމީލާއަށް ފެޝަނަށް އުޅެން މިއެގުނީގްރޭޓް....." ނަތާލީ ހީލާފައި ބުނެލިއިރު އަޑުގައިވި މަލާމާތެއް ކެމީލާއަކަށް ފާހަގައެއްނުވިއެވެ.

ދެކުދިން ކޮޓަރިއަށް ގޮސް ކެމީލާ ނަމާދުކުރަންވެގެން މުސައްލަ ދޭން އެދުނެވެއަދި ގިބުލަ އޮޅުން ފިލުވަން އެހިއެވެ.

"ސޮރީ ކައްމިމިގޭގައި ދުވަހަކު ނަމާދުކުރިކަމެއް ނޭގޭއަސްލު ނަމެއްގައި އެންމެން މުސްލިމުންނަށް ތިބެނީއެއްގޮތަކަށްވެސް ގިބުލައެއް ނޭގޭ........." ނޯޔާގެ ވާހަކަތަކުން ކެމީލާ ހައިރާންވެ އަންތަރީސްވިއެވެ.

ނަމާދުކުރަންވެގެން ކެމީލާ ބޭނުންވީ ކައިޒާންގެ ގެއަށް ދާށެވެސަމުގާ ޖަހާފައި ހުރި މުސައްލައެއް އޭނަ އަތުގައި އޮންނާނެއެވެނަމާދުނުކޮށް ހުންނާކަށް ކެމީލާއަކަށް ނުކެރޭނެއެވެއުފަލާއި މަޖަލުގެ ތެރެއަށް ގެނބިގެންވެސް ނަމާދުގެ މަތިން ހަދާން ނައްތާލައިގެން ނުވާނެއެވެކިރިޔާވެސް ހިތަށް ފިނިކަމެއްލިބެނީ ނަމާދުކޮށްގެންނެވެކެމީލާ އެހާވަރުން ނަމާދުކުރަން އުޅުމުން ނޯޔާ އޭނަގެ ބޭބެ ނާއީ ކައިރީގައިވެސް އެވާހަކަ ބުންޏެވެނަތާލީ ދެކުނުގޮތުން ދެއްކުންތެރި ކުއްޖަކީއެވެނަތާލީ ކުރިން ކެމީލާދެކެ ލޯބިން އުޅުނަސް ނާޔަލްގެ ސަބަބުން ކެމީލާދެކެ މުޅިން ފޫހިވެއްޖެއެވެކެމީލާ އެއުޅެނީ އަރަނުފޯދޭ ހިސާބަކަށް އަރާށެވެއޭނަ ހަމަ ހޭ ހުރެގެން ކެމީލާއަށް ނާޔަލްއާއި ކައިރިވާކަށް ލާހިކެއް ނޫނެވެއޭނަ ފާރަވެރިވާނެއެވެކެމީލާގެ ފުރާނަ ދުއްވާލަންވިޔަސް އޭނަ ފަހެއް ނުޖެހޭނެއެވެ.

ނޯޔާ އާއި ނާއީ ކެމީލާ ކައިޒާންގެ ގެއާއި ހަމަޔަށް ގެންގޮސްދިނެވެނަސީބަކުން ނޯޔާ ނިދިއައިސްފާ ހުރުމުން އެގެއަށް ވަންނާކަށް ނޫޅުނެވެކައިޒާންއާއި ޖޫލް އިންތިޒާރުގައި ތިބިތަން ފެނިފާ ކެމީލާގޮސް ޖޫލްގެ ގައިގާ ބައްދާލައިފިއެވެއެންމެން ކެއީ އެކީގައެވެއެއަށްފަހު ކެމީލާ ޖޫލްއާއިއެކު އެކޮޓަރިއަށް ގޮސް ކުޅެން އިރުކޮޅެއްވާންދެން އުޅުނެވެޖޫލްގެ ކޮޓަރީގައި ބެއާފަދަ އެއްޗެހި ގިނަކަމުން އޭނަ އެހާ ހިތްހަމައެއް ނުޖެހެއެވެހިސާބަށްވުރެ ގިނައީއެވެއެނދުގައިވެސް ހަޔެއްކަ ޓެޑީއެވެޖޫލްއަށް ނިދެނީވެސް އޭގައި ބައްދާލައިގެން ވިއްޔައެވެ.

ނާޔަލް ގެ ބައްޕަގެ ބިމުގައި އެންމެ ފަހަށް އަޅާފައި ހުރިގޭގެ ތަނަވަސްކަމާއި ހިތްގައިމުކަމުން ދެކޭ ލޯތައް އާޝޯޚުވާވަރުވާނެއެވެއެގެ ހުންނަނީ ފަރުބަދަމަތީ ހިސާބެއްގައިކަމުން ވަކިން ހިތްގައިމެވެސިޓިންރޫމްގެ ފާރުތައް ބިއްލޫރިން ހަދާފައިވާ ގެއެކެވެބޮޑެތި ކޮޓަރިތަކާއި މާބްޕް ފަޔާ ޕްލޭސްތަކާއިއެކު ކޮންމެ ނިދާ ކޮޓަރިއެއްގައި ބޮޑު ބާތުރޫމެކެވެބާލުޚާނާވެސް ފުޅާވެފައި މާބްލް ރެއިލިންތަކެވެޑިޒައިނާ ސިޑިތަކާއި ކުރެހުންތަކެވެބޮޑެތި ޗާންދަލިޔާތަކެވެފްރެންޗް ދޮރުތަކުގެ ސަބަބުން ވަށައިގެން ވާ މާހައުލުގެ ހިތްގައިމުކަން ފެންނާން ހުއްޓެވެނާޔަލްގެ އަމިއްލަ ކުރެހުންތަކުން ގޭގެ ބައެއް ފާރު ފަޅުފިލުވާލާފައިވިއެވެޑޮކްޓަރަކަށްވުމުގެ ކުރިން އޭނަ ވަނީ ކުރެހުމުގެ ކާމިޔާބުތަކެއް ހޯދާފައެވެއޭނަގެ ކުރެހުންތައް ބޮޑު އަގުގައި ވިއްކާލާ މިއުޒިއަމްތަކުގައި ބަހައްޓާފެންވަރުގެ ކުރެހުންތެރިއެއްވެސް މެއެވެނާޔަލް އޭނަގެ ގޭގެ ދެވަނަ ފްލޯގެ މާސްޓަ ބެޑްރޫމްގެ ބޮޑު އެނދުގައި އޮށޯވެލައިގެން އޮތީ ފޯނުގައެވެނޯޔާ ފޮނުވާފައިވާ ކެމީލާގެ ފޮޓޯތައް ފޯލްޑާއަކަށް ލާފައި ފަހަރަކު ފޮޓޯއަކަށް ބަލަމުން ދިޔައީ ފަރުވާތެރިކަމާއިއެކުގައެވެއެންމެ ފަހަށް މިރޭ ފޮނުވި ފޮޓޯއިންވެސް ނާޔަލްގެ ހަށިގަނޑުގެ ލޭ ހޫނުކޮށްލިއެވެއާފަލުގަހުގެ ކައިރީ ހުރި ނެގި ސެލްފީ ރީތިކަމުން ހަމަ ބަލަން އޮވެވުނީއެވެ.

ނާޔަލް އެ ފޮޓޯގައި ބޮސްދިނެވެ.

"އަހަރެން ކިހާ އެކަނިވެރިކޮށް މިއޮތީބޭނުން ކޮންމެ އަންހެންކުއްޖަކު އުފަލުން މިތަންމަތި ފަޅުފިލުވަދޭން އަންނާނެއަހަރެންގެ މި ބަސްނާހާ ހިތް ކެމީލާއަށް ބޭނުންވަނީ ކީއްވެމި އަލިފާން އެހެން އަންހެންކުއްޖަކަށް ނިއްވާ ނުލެވޭނެއޭ ބުނަނީ ކީއްވެކިހިނެއް ކެތްކުރާނީދެނެއް ކެތެއްނުކުރެވޭނެމަންމަ ބުންޏެއްކަމަކު ފަސްއަހަރަށް މަޑުކުރާނީ ކިހިނެއްއެހާ ކެތްތެރިކަމެއް ނުހުންނާނެއެހެން ކޮންމެ ކަމެއްގައި ކެތްކުރެވިދާނެކެމީލާ......ކިހިނެއް އަހަރެން ތި ކުއްޖާއާއި ނުލާ އުޅޭނީމި އެކަނިވެރިކަން ފިލުވައިލަދޭން އަންނަންވީނުއައިލް ބީ ދަ ހެޕިއެސްޓް މޭން އިންޑީޑްމިހާރު ހަށިގަނޑުން އެއްބައި މަދުހެން ހީވޭކާންޓް ގޯ އޮން ވިތްއައުޓް ޔޫސަމް ހައު އައި ހޭވް ޓު މޭކް ޔޫ މައިން..ބޭބީ ގާލްރުހުމުންވިޔަސް ނުރުހުމުގައި ވިޔަސް އެބަޖެހޭ މިކަން ކުރަންކިހިނެއް މިގެއަށް ގެންނާނީއޮޅުވާލައިގެން ވިޔަސް ހެޔޮ ކެމީލާ އަހަރެން ގާތަށް އަންނާނީ ކިހިނެއް ހަދައިގެންއިތުބާރުކުރާނީ ކީކޭ ކިޔައިގެން........" ނާޔަލް ރިމޯޓުން ބޮކިތަކުގެ އަލި ފަނޑުކޮށްލިއެވެފޯނުގެ ސްކްރީނަށް ކެމީލާގެ ފޮޓޯ ލައިގެން ބަލަން އޮވެވުނީ ފޫހިކަމެއްނެތިއެވެ.

ޖޫލް ނިދުމުން ކެމީލާ ކޮޓަރިއަށް ދާންވެގެން ނިކުތްއިރު ފުޅާ ކޮރިޑޯއިން އައި ކައިޒާންގެ ގައިގާ މުޑިނުޖެހުނީ ކިރިޔާއެވެފައި ގެނބޭފަދަ މަޑު ދޫލަމަތީ މަޑުމަޑުން ހިނގާލާފައި ދިޔަ ކެމީލާއަށް ކުއްލި ހުއްޓުމެއް ލިބުނެވެއެދިމާލުން ދިއްލާލާފައިވާ ޗާންދަލިޔާގެ މަޑު އަލި ދެމީހުންގެ މޫނަށް އެޅިފައިވާއިރު ފެންނަލެއް ނިކަން ހިތްގައިމެވެއޮމާންކަމުން މޫނުތައް ވިދާ ބަބުޅައެވެކައިޒާން ހީލާފައި ޖޫލް ނިދީ ހެއްޔޭ އަހައިލިއެވެނާޔަލްގެ އިންޒާރު ހަދާންވުމުން ހިތް އޮއްސުނުހެން ހީވެފައިވެސް ކެމީލާ ހިނިތުންވެލިއެވެކައިޒާން އެދުނީ އޭނައާއިއެކު ސައިބޯން ބައިވެރިވުމަށެވެއާއްމުކޮށް ކޮފީއަށް ދެވި ހިފާފައިވާ ޒުވާނަކު ސައި ބޯން އުޅުނީމަ ހައިރާންވިއެވެނަމަވެސް އެއީ ތަފާތު ސަޔެކެވެކަރަކް ޓީ އެވެކައިޒާން ބުނީ ކަރަކް ސައިބޯން އާދަވީ އެއްފަހަރު ދުބާއީއަށްގޮސް ހުރި ދަތުރެއްގައި ކަމަށެވެއޭރު ވަރަށް ގިނައިން އެ ސައި ބޮވުނެވެއެމެރިކާއަށް އައުމަށްފަހު މިތަނުގެ ބައެއް ރެސްޓޯރެންޓްތަކުގައި ކަރަކް ޓީ ހުންނަކަން އެނގުނެވެމާކަސް ކަރަކް ޓީ ހަދަންދަސްކުރިއެވެއޭނަވެސް ކުޅަދާނަ ޝެފެއްފަދައެވެހުރިހާ ވައްތަރުގެ ކެއުން ތައްޔާރުކޮށްލަން ދެވަނައެއް ނެތެވެތެދެކެވެއެސައި ވަރަށް މީރެވެކަރަންފޫ އިނގުރު ފޮނިތޮށި އަދި ކާފޫރުތޮޅި އަޅާފައި ތައްޔާރުކުރާ ރަހަ މީރު ސަޔެކެވެޚަރީފު މޫސުމްގެ ފިނިކަން ކަނޑުވާލުމުގައި އެހީތެރިވެދިނެވެދެމީހުން ސައި ބޮއި ނިމިގެން އާދައިގެ މަތިން ހިނގާލަން ދާން ކައިޒާން ދައުވަތު ދިނެވެގެ ކައިރީގައި ހިނގަން ހަދާފައިވާ ހަނި މަގުތަކަށް ކޮންމެވެސް ވަރަކަށް އަލިކަން އެޅިފައި ވިޔަސް ގެއާއި ދުރަށް ދާ ވަރަކަށް އަނދިރިކަން ގަދަވިއެވެ.

"މާ ދުރަށް ނުދައްޗޭ ޕްލީޒް.." ކެމީލާގެ ފިޔަވަޅުތައް މަޑުޖެހިލިއެވެ.

"މުޅި މި ސަރަހައްދަކީވެސް ބައްޕަމެންގެއިތުރު ބަޔަކު ނޫޅޭނެސޯ ނޯ ވޮރީސް...." ކައިޒާން ގުދުވެ މޭޕްލް ފަތެއް ނަގާފައި ކެމީލާއަށް ދިއްކޮށްލިއެވެކެމީލާ އެފަތުގައި ހިފިއެވެއަގު ބޮޑު ހަދިޔާތަކާއި އަޅާ ކިޔުނެވެފަތްކޮޅެއްވެސް ހިތް އެދޭ ފަރާތުން ލިބުމުން އެތައް މިލިއަން ޑޮލަރުން އަގު ނުކުރެވޭވަރުގެ އެއްޗަކަށް ވެދާނެއެވެއޭނައަށް އިހުސާސްކުރެވުނީ އެފަދަ ގޮތެކެވެއެފަތްކޮޅު މުށުތެރެއަށް ލެވުނީ އަގުހުރި ޖަވާހިރެއްފަދައިންނެވެދެމީހުން ހިނގާފައި ދާއިރު އަރާ ލޮޅުންތަކުން ބައެއްފަހަރު އެކަކު އަނެކަކު ގައިގާ ޖެހިލެވެއެވެ.

"ނޯޔާއާއި ދެމީހުން މިއަދު ހާދަ ރުޅިއައިސްގެން ތިބީނޯޔާއަކީ ކަޒިންއެއްނު..ދެން ކީއްވެ އެހާ ރުޅިއައީ.........." ކުއްލިއަކަށް ކެމީލާ ސުވާލުކޮށްލައިފިއެވެނޯޔާއާއި ނާޔަލްގެ ސަބަބުން އެދެމީހުންގެ މި ގާތް އެކުވެރިކަމަށް ހީނަރުކަމެއް އައިސްދާނެތީ ކަންބޮޑު އެބަވެއެވެ.

"ހެހެ އައި ޑޯންޓް ހޭޓް ހާޝީޒް ފެމިލީ ބޮޑުދައިތައެއްގެ ދަރިއެއްއެކަމަކު ކިޑީކޮށް އުޅޭތީ ހަމަ ވަރަށް ބޮލަށް އުދަގޫވޭއިރިޓޭޓްނުކުރާނެ އިރެއްނުދާނެފެންނައިރަށް ކޮންމެވެސް ޖެއްސުމެއްކޮށްލާ އުދަގޫކުރަމުން އުޅޭތީ ފޫހިވޭއެއްވެސް ކަހަލަ މެޗުއަރ ގޮތެއް ނުހުރޭއުޅެނީ ދިހަ އަހަރުގެ ކުޑަ ކުއްޖެއްހެން ދޯއަހަރެންގެ ޓައިޕެއްނޫން އެހެންވެ...." ކައިޒާން ޖިންސްގެ ޖީބަށް އަތް ޖަހާލައިގެން ދިޔައިރު ދޭތެރެއަކުން ކެމީލާގެ މޫނަށް ބަލައިލައެވެކައިޒާންގެ ވާހަކަ މިހިރީ އެހެން ގޮތަކަށެވެނޯޔާގެ ވާހަކަތަކުން ހީވާން އުޅެނީ ކައިޒާން އެކުއްޖާއަށް ޖެއްސުންކޮށް ގޯނާކުރަނީހެނެވެ.

ނާޔަލް އެނދުގައި އޮވެފައި ތެދުވުނީ ކެމީލާ ދެކޭހިތުން ކެތްނުކުރެވިގެންނެވެސްކާފް ކަރުގައި އޮޅާލުމަށްފަހު ގެއިން ބޭރަށް ނުކުތެވެދުންފިނި ހިފާފައިވާ މަގުތަކެވެފިނިކަމުގެ އިންތިހާއެވެއޮކްޓޫބަރު މަހުގެ ފަހުކޮޅަށް ވުމުން ރޭގަނޑު ފިނިވެފާ އެހާ އަނދިރިކަން ގަދައެވެވިދާ ބަބުޅާ ތަރިތަކުން އުޑުމަތި ދިއްލާއަޅާފައިވެއެވެނާޔަލް ދުރުގައި ފިޔަވަޅުތައް އަޅަމުންގޮސް ކައިޒާންމެންގެ ގެއާއި އަރާހަމަވިއެވެތަންކޮޅެއް ދުރުގައި ހުރި ބެންޗަކުން ހިޔަނިތަކެއް ހަރަކާތްކުރިހެން ހީވެފައި ނާޔަލްގެ ހިތް ހުއްޓޭކަހަލަ ގޮތެއްވިއެވެއެދެހިޔަނި އެއް ހިޔަންޏަށްވެގެން ދިޔައީ ލޯ ކުރިމަތީގައެވެ.

"ޑޭމިޓް....." ނާޔަލްގެ ހިތް ހަލާކުވާވަރުވިއެވެރުޅިންގޮސް މޮޔަވާވަރުވިއެވެއެދިޔަ ބާރުމިނުގައި ގޮސް އެދެމީހުން ދޭތެރެއަށް ވަދެވުނުގޮތަށް ގޮށްމުށުގެ ބާރު އެތިފަހަރެއް މޫނަށް ވީއްލާލެވުނުއިރު އެދެލޮލުން އަލިފާނުގެ ކަނިތައް ބުރާފަދައެވެއެދެމީހުން ތުން ގުޅުވާލައިގެން އެބެންޗުގައި އިށީދެގެން ތިބީ އޭނަގެ ލޮލުގެ ކުރިމަތީ ވިއްޔާއެވެލަދުހަޔާތުގެ ކަންފުޅެއްވެސް ނެތެވެމައުސޫމްކަމުގެ ދާވަނި ފަތުރާލައިގެން ހުރެ އަނދިރިފަރާތް ފޮރުވިޔަސް ހުރިހާ ހަގީގަތެއް ހާމަވެއްޖެއެވެ.

 

ކޮމެންޓް 0