22

"ލޯބިން ގުޅޭ ދެހިތެއް ސަފުން ވަކި ކުރެވިދާނޭތޯ"؟ އަހަރެން އިނީ މެންދުރުފަސް ބަލާށެވެ. ލަވައިގެ ފޯރި ގެއްލުނީ ލޯބިވެރިޔާ ގޭގެ ދޮރުގައި ރަނގަބީލް އެޅުމުންނެވެ. ހައިޝަމް! ކިހިނެއްވީ ގުޅާވެސް ނުލާ ތިއައީ. އާއނނނ އެއީ ހަމަ ގަސްތުގަ. ސަޕްރައިޒްއެއްނު ދޯ. އަސްލު އިޝާ މަަންމަމެން ނޫޅޭ ކަން އެނގުނީމަ މި އައީވެސް. ޕްރައިވެސީ ބޭނުމެއް ނުވޭތަ؟ އަހަރެން ހަމަ ގައިމުވެސް ވަރަށް ކެއްމަދުވެފަ ހުރި ވަގުތުކޮޅެއް. ހޫނނ ދެންވެސް އެތެރެއަށް ވަދެބަލަ.. ހައިޝަމް ރުޅި ނާންނައްޗޭ، އަހަންނަށް އަސްލު ކަމުދާ ގޮތެއް ނޫން މައިންބަފައިނަށް ފާރަ ލައިގެން މިގޮތަށް ބައްދަލު ކުރުން، އިނގެއެއްނުން މިބުނަން އުޅޭ އެއްޗެއް. އަހަހަހަހ... އެއްކަލަ މަގޭ ކުޑަކުޑަ ބޭބީ ގަނޑު، އަދިވެސް ބޮޑެއް ނުވޭދޯ. މިހާރު ރައްޓެހިވެގެން އުޅޭތާ އަހަރެއް މި ވަނީ. ތިއެއް ނޫނޭ މިރޭވެސް އެއްކަލަ ގަޑިއަށް ސަހަރާ ބިއްދޮށު މަގަށް އަންނައްޗޭ، ރީތި ވެލައިގެން އިނގޭ... ދެން ދަނީ އިޝާ މަންމަ އައުމުގެ ކުރިން މަވާ އެބަޖެހޭ ބަޗަން. އެހެންނޫނީ ބޭބީގަނޑަށް އިނގެއްއްނު ދޯ މަ ރޮލާ ބަހަައްޓާފަވެސް ދިރުވާލުން ވެސް އިޝާ މަންމަ ޖެހިލުމެއް ނުވާނެކަން. ހަހަހަހަހހ....

ހައިޝަމް ދިޔަތާ އިރުކޮޅެއް ފަހުން މަންމަމެން ވެސް ގެއަށް އައެވެ. ދަރިފުޅާ އަބަދު ކަމަކީ ޓީވީ ބެލުންތަ؟ އެއޮއް މެންދުރު ވީ. ދޭބަލަ ފެންވަރައިގެން ނަމާދު ކުރަން. މަންމަ މިރޭވެސް އެބަޖެހޭ ބޮޑުދައިތަ ކައިރިއަށް ޖެހިލަން. މިހާރު ބޮޑުދައިތަ ފައި ހީވޭ ކުރިއަށްވުރެ ބޮޑުތަން ރަނގަޅުހެން ދޯ ސަމީރު. ނަޒީރާ އަށް އާއެކޭ ބުނުމަށްފަހު ސަމީރުވެސް ދިޔައީ ފެންވަރައިގެން ނަމާދަށް ދިއުމަށެވެ.

އިޝާ ހިތާހިތުން ދުއާކޮށްލިއެވެ. ނަސީބެއް މަންމަމެން މީރޭ ބޮޑުދައިތަ ކައިރިއަށް ދާން ނިންނިކަން. އެހެންނޫންނަމަ ހައިޝަމް ބުނި ގަޑިއަށް ދާން ވަރަށް އުނދަގޫވީސް. އެހެންޏާ މަންމައަށް ސަތޭކަ ދޮގު ހަދަން ޖެހޭނެ. އިޝާމެން އަބަދުވެސް ބައްދަލުވާން އެދޭ ގަޑިއަކީ ދެނަމާދު ގަޑިއެވެ. ސަމީރު އާއި ނަޒީރާ މައްރިބް ކޮށްގެން މިސްރާބް ޖެހީ ބޮޑުދައިތަ ގެއަށެވެ. އޭރު އިޝާ ވެސް ހުރީ ލޯބިވެރިޔާގެ ފޯންކޯލަށް އިންތިޒާރުކޮށް ނަށާލަ ނަށާލައެވެ. އިރުކޮޅެއް ފަހުން ހައިޝަމް ގެ މެސެޖެއް ލިބުނެވެ. އަވަހަށް އައުމަށެވެ. އިޝާ އަވަހަށް މިސްރާބު ޖެހީ ބައްދަލުވާން އެދުނު ދިމާއަށެވެ. އިޝާ އަށް ދެވުނުއިރު ހައިޝަމް އިޝާގެ އިންތިޒާރުގައި ގަހެއްގެ ބުޑުގައި ލެގިލައިގެން ހުއްޓެވެ. ހަމަފެނިލުމާއިއެކު ހެން ހައިޝަމް އިޝާއާއި ބައްދާލިއެވެ. ރުޅިނާންނަ މަތިން ވާހަކައެއް ބުނަންތަ؟ ހޫމމމ ބުނެބެލަ ދޯ..؟ އަސްލު އިނގޭތަ މަންމަމެން ހައިޝަމް ދެކެ އެހާ ރުޅިއަންނަނީ ކީއްވެކަން. އާން އިނގޭ.. އެއީ އަހަރެން ބޯ ދިގުކޮށްފަ ކަރުގަ ފަށް އަޅާފަ ގޯންޏެއް ގަޔަށް މަހާފަ ހުންނާތީއެއްނު ދޯ. ހައިޝަމް ކީއްވެތަ ސީރިއަސް ނުވަނީ. އެކަން އިނގޭ އިރުވެސް ހައިޝަމް ބޭނުމެއް ނުވޭ އަހަންނަށްޓަކާ ތިގޮތް ބަދަލުކުރާކަށް. އަޅެ ޕްލީޒް އަހަންނަށްޓަކާ ނަމަވެސް. ހޫމް ދެން ވިސްނާނަމޭ. މިކޮން ގަޑިއެއްތަ ތިވާހަކަ ދައްކަން، ހައިޝަމް އިިޝާގެ ގައިގައި ހިފާ ބައްދައިގަތެވެ. ދެމީހުން ދެމީހުންނަށް ބޮސްދީ ހަދަންފެށިއެވެ. ރަތްވިލާ ގެއްލޭހެން ގައިގޯޅިކަން ދިޔައީ ބޮޑުވަމުންނެވެ. އެހިސާބަކީ މީހުން ގޮސްއުޅޭ ހިސާބެއް ނޫނެވެ. ފޮނި ބައްްދަލުވުމަކަށްފަހު އިޝާ ގެއަށް އައިސް ސޯފާގައި ޖައްސާލިއެވެ. އަނެއް ރެއަށްވެސް ހަމަ އެގަޑިއަށް ބައްދަލުވާން އެދުމަށްފަހުއެވެ. އިޝާގެ އަތްފައި އާދަޔާ ހިލާފަށް ހިރުވާހެން ހީވިއެވެ. ފެންވަރާލައިގެން ގޮސް އޮށޯތްތަނާހެން ނިދިއްޖެއެވެ.

އިޝާ، އިޝާ... ހޫމް ހައިޝަމް ދޯ؟ ކިހިނެއްތަ ވީ؟ ހަމަ ދުރުގަ ނުހުރެވިގެން ހިނގާބަލަ މިރޭ ބައްދަލުކުރި ދިމާލަށް. ހާދަ ހިތްގައިމު ތަނެކޭ. މީހުން ނޫޅޭ އެންމެ ހިތްގއިމު ހިސާބު މި މާލެއިންވެސް. ދެން ހިނގާބަލަ.. އަނދިރިކަން ވެރިވެފައިވަނީ އިންތިހާއަށެވެ. ޖެހިލުންވެ ހުރެ ނަމަވެސް ހިނގަންފެށީމެވެ. ހައިޝަމް އަތުގަ އޮތް ފޯނު ވެއްޓުނެވެ. ފޯނާނަގަން ހައިޝަމް ގުދުވިއެވެ. އޭރުވެސް އިޝާ މަޑުމަޑުން ހިނގަމުން ކުރިއަށް ދަނީއެވެ. ކުއްލިއަކަށް ހިޔަންޏެއް ކުރިކެނޑިހެން ހީވިއެވެ. ފަހަތަށް ބަލާލެވުނެވެ. މޭގަނޑު އަތަށް ނައީ ކިރިޔާއެވެ. މިއޮށް ކަނުއަނދިރީގައި ހައިޝަމް ކޮންތާކަށް އަހަރެން އެކަނި ކޮށްލާފަ އެދިޔައީ. ކާޅު ގެ އަޑިއިވެން ފެށިއެވެ. ގަސްތައް އެކަތި އަނެއްކައްޗާ ކޯޅޭ އަޑެވެ. ގައިން ހީބިހި ނަގައިގެން ދިޔައެވެ. ބިރުން ރޮވެން ފެށުނެވެ. ފަތިސްނަމާދުގެ ބަންގީގެ އަޑަށް ހޭލެވުނީ ރޮވި ރޮވި އޮއްވައެވެ. އަސްތާ!! މާނޭވާއެއް ލެވުނެވެ. ހުވަފެނެކެވެ. ނަމަވެސް ބިރުން އަތަކަށް ގުޑިލާން ވެސް ނުކުރެނުވެ. އަލިވުމާއި އެކެ ހައިޝާމް އަށް ގުޅީމެވެ. ފޯނުނެގިއެވެ. އިޝާ ހައިރާންވިއެވެ. ހާދަ ހެނދުނަކާ ހޭލާ؟ އެހެންޏާ މެންދުރުވާ އިރުވެސް ގުޑާވެސް ނުލެވޭ މީހެކެވެ. މަވިއްޔާ ދެން ހޭނުލެވޭނީތަ؟ ނޫނޭ ހަމަ އަހާލީ. ރޭގަ ވަރަށް އެހެން ކަހަލަ ހުވަފެނެއް ފެނިގެން މި އުޅުނީ، އިޝާ އަކުރުން އަކުރަށްހެން ކިޔާދިނެވެ. އެކަމް ދެން ބޭބީ ގަނޑާ ހަމަ ސާބަސް. އެދެން މީހުން ބިރުގަންނަ ވަރު ކަމެއްތަ؟ އަދި އެވެސް ހުވަފެނެއްގަ ވީ ކަމެއް. އެކަމްވެސް ހެޔޮ، ދެންއަހަންނަކަށް ނުކެރޭނެ އެދިމާލަށް ދާކަށް. ތިވަރުން ރައްޓެހިވާންވެސް ރަނޑު މީހަކު ނުހޯދީ ކީއްވެތަ؟ ހައިޝަމް ރުޅިއަންނަ ގޮތް ވިއެވެ. ސޮރީ. ޕްލީޒް ދެން ސޮރީއޭ. ހޫމް އޯކޭ އޭ. އެކަމް ދެން ބުނަން ތިހާ ފިނޑިވެގެން މީހުނާ ރައްޓެހިވެގެން ނޫޅެވޭނެ. ވަގުތުތަށް ކުރުވިއެވެ. ބައްދަލުކުރަން ބުނި ގަޑި އެއޮއް ކައިރިވަނީއެވެ. އިޝާ ދެހިޔާލެއްގަ ހުރެމުންވެސް ނިންމީ ދާށެވެ. ލޯބިވެރިޔާ ރުޅިއައިސްދާނެތީއެވެ.

ހައިޝަމް އަށް ފޯނެއް އައެވެ. ހައިޝަމްގެ ބޮޑުމީހާގެ ކޯލެކެވެ. ބަޔަކު ތަޅައިގަނެގެން އެތަނަށް ދިއުމަށެވެ. މިއީ ހައިޝަމްގެ ވަޒީފާއެވެ. ގިނަ މީހުނަށް ހީވެފައި އޮންނަނީއެވެ. އޭނައަކީ ގްރޫޕް ތަކުގެ އިސްމީހެކެވެ. ވައްކަން ކުރުމާއި މާރާމާރީ އާއި ފޭރުމުގައި ބޮޑެއް ކަމެވެ. ދަޅު އެއްޗެހި ބޯން ފައސާ ހޯދަނީ ހަކުރު ވިއްކައިގެން ކަމެވެ. އިޝާގެ މައިންބަފައިންވެސް ދެކެނީ އެހެންނެވެ. ނަމަވެސް ހައިޝަމް އަކީ ފުލުހުންގެ ވަޒީފާ އަދާ ކުރަމުންދާ މީހެއްކަން އިނގޭނީ އިނގެން ޖެހޭ މަދު ބަޔަކަށެވެ.

ބޮޑުމީހާގެ ކޯލާއިއެކު ހައިޝަމް އިޝާ އަށް ގަޑިކިޔާފަ އޮތްކަން ހަނދާން ނެތުނެވެ. ވަގުތުން އެދިމާއަށް މިސްރާބު ޖެހިއެވެ. ވަގުތު އައިސް ޖެހިއްޖެއެވެ. އިޝާ ކުޑަ ގޮތަކަށް ނަލަހެދިލައިގެން ނުކުމެއްޖެއެވެ. ދެނަމާދު ގަޑިއެވެ. އެވަގުތުގެ ބިރުވެރިކަން އިޝާ އަށް ނޭގެނީ ބާއެވެ. ސަހަރާ ފުރަގަސް ގޯޅިއާ ހަމައަށް ދެވުނު އިރު ހައިޝަމް ހުރިތަން ފެނުނެވެ. މިރޭވެސް ނުކުމެވުނީ ރައްޓެއްސެއްގެ ގެއަށޭ ބުނެ އެތަކެއް ދޮގެއް މަންމައަށް ހަދައިގެންނެވެ. ހާދަ މަޑުން އިންނަ ދުވަހެކޭ. އަދިވެސް ރުޅިއައިއްސަ ދޯ؟ ނޫނޭ! ކުރުގޮތަކަށް ހައިޝަމް ޖަވާބުދިނެވެ. އިޝާ ހައިޝަމް އާއި ކައިރިވެލިއެވެ. އަހަންނާ އިންނާނަންތަ؟ އޭނނ މިއޮއް ހާ ދުވަހު އަހަރެން ހައިޝަމް ކައިރީ މެރީ ކުރާ ވާހަކަ ބުނީމަ ބުނީ އަދި މާ އަވަހޭ. މިރޭ ކުއްލިއަކަށް ކިހިނެއް ތި ވީ.. ކުރާ ސުވާލަށް ޖަވާބު ދީބަލަ. ޝަރުތެއްގެ މަތިން.. އަހަންނާ އިންނަން ބޭނުމިއްޔާ އެބަޖެހޭ ތިގޮތް ރަނގަޅު ކުރަން. އެނގެ އެއްނު، މަަންމަ މެން ހައިޝަމްއާއި ދޭތެރޭ ހިންހަމަ ނުޖެހޭކަން. އިންނަން މި އުޅެނީ އިޝާއާއި، މަންމައަކާ ނޫން. ހައިޝަމްގެ ވާހަކަދެއްކުމުގެ ރާގު މިރޭ ވަރަށް ތަފާތުހެން އިޝާއަށް ހީވިއެވެ. އަދި ތަފާތު އާދަޔާ ހިލާފް އިހްސާސް ތަކެއް މިރޭ އިޝާއަށް ފާހަގަ ކުރެވުނެވެ. އިޝާދެންދޭ ގެއަށް. ގެއަށް އައި މަގުމަތީގައި އަނެއްކާވެސް ހައިޝަމްއާއި ދިމާވިއެވެ. އެހާއަވަހަށް އެއްޗެހި ބަދަލު ކުރީ ކިހިނެއް ހެއްޔެވެ. ހައިޝަމަ އެކަމް ދެންމެ އަހަރެން ކައިރިއަށް އައިރު ލައިގެން ހުރި ގަމީހެއް ނޫނެއްނު ތިއީ؟ ކިހިނެއް އެހާއަވަހަށް ކަޅު ގަމީހެއް ފެއްސަކަށް ބަދަލުވީ؟ އިޝާ ހައިރާން ވިއެވެ. އެއަށްވުރެން ބޮޑަށް ހައިޝަމްގެ ހައިރާންކަން އިތުރުވިއެވެ. އިޝާ މޮޔަ ގޮވަން ވެސް ފެށީތަ؟ މަ ކޮންއިރަކު އިޝާ ކައިރިއަށް މިރޭ އައީ. ކުއްލިއަކަށް ތަނަކަށް ދާން ޖެހިގެން އެތަނަށް ގޮސްލާފަ މިއައީ. ދެން ހަދާންވީ އިޝާ މަތިން. ގުޅަން ބެލި އިރު ފޯނު ނިވިފަ. އެހެންވެ ރުޅިއައިސް ހުންނާނެ ކަމަށް މިއައީ އިޝާ ކައިރިއަށް ދިމާކުރަން ވެގެން. ހިނގާ ދަމާ އެއްކަލަ ތަނަށް. މޮޔަވީތަ ހައިޝަމް. އަހަރެން ހަމަ ދެންމެ މިއައީ ހައިޝަމް އާއި މީޓް ކޮށްފައެއް ނޫންތަ؟ ކުއްލިއަކަށް އެއްލި ކަޅިން ދެވަނަ ހައިޝަމް އަހަންނަށް ސިފަވީ ހައިޝާމް ކައިރީގަ ހުއްޓައެވެ. ވީގޮތް ފަހުމް ވެއްޖެއެވެ. އެކަމަކު ބޮލަށް އެނބުރުން އަރަންފެށީ ދެނެވެ. ހޭނެތުނީއެވެ. ހޭއެރިއިރު ކައިރީގައި ތިބެގެން ބަޔަކު ކިޔަވާ އަޑުއިވެއެވެ. މިހުރިހާ ސުންޕާއެއްވެސް މި ޖެހުނީ އެ ހައިޝަމަކާ ހުރެ. މަގޭ ދަރި ވެސް ފަހުވަގުތު މޮޔަ ކޮށްލައިގެން އޭނައަށް ހިންހަމަޖެހުމެއް ލިބުނީ.

ގަޑިން އެރޭ ދިހައެއް ޖަހާ ބޮޑު ވެއްޖެއެވެ. އިޝާ އަށް ވީ ގޮތް އެނގުމުން ހައިޝަމް ވެސް ބިރުގަންނަ ގޮތް ވިއެވެ. އެކަމް ލޯބިވެރިޔާ އެހާލަށް ދޫކޮށްލަން ވެސް ހިތް އެއްބަހެއް ނުވިއެވެ. ހައިޝަމްގެ ކުށުން އެފަދަ ބޮޑު ކަމެއް ލޯބިވެރިޔާއަށް ވާން ހައިޝަމްއެއް ނޭދެއެވެ. ހައިޝަމް އިޝާއާއި ގުޅުނީ ފުރަތަމަ ލޯބިންނެއް ނޫނެވެ. ހައިޝަމް އުޅޭ ގްރޫޕްގެ ކުއްޖަކު އިޝާ އަށް ލަނޑެއްދިނުމުގެ ނިޔަތުގައި ސެޓްކުރަން ވިސްނުމުންނެވެ. ނަމަވެސް އެދެމެދަށް ލޯބީ އައީ ކިހިނެއް ކަމެއް ހުދު ހައިޝަމް އަކަށްވެސް ނޭނގެއެވެ. މަންމަ ކައިރީ ބުނުމަށްފަހު ހައިޝަމްގެ މިސްރާބް ހުރީ އިޝާ މެންގެއަށެވެ. ހިސާބަކަށް ދެވުނުއިރު ކުއްލިއަކަށް މަގު ބެދިއްޖެއެވެ. ހިނގާ ހިނގާ ވެސް ނުކުމެވެނީ އެއްމަގަކަށެވެ. ގޯހެކެވެ. ހިތާހިތުން ބުނެވުނެވެ. ބިރުގަތެވެ. ކުއްލިއަކަށް ފެނުނީ ސަހަރާ މަގެވެ. ދުވަސްދަނީބާ އެވެ. ކިޔަންވީ ހެޔޮއެއްޗެއް ވެސް ދުލަކަށް ނައެވެ. ބިރުން މަރުވާވަރު ވެއްޖެއެވެ. ދެން ފެނުނީ ބުޅަލެއް ކުރިކެނޑިތަނެވެެ. ބުޅާ ހޭރޭ އަޑުގަދައެވެ. މަންމަންމަންމާމާމާމމމމމމ...... ކުރިމަތީގައި ހުރީ ބޮޑު ކަޅު މީހެކެވެ. ޔަގީނުންވެސް އިންސާނަކަށް ނުވާނެއެވެ. އަހަރެންގެ މީހަކަށް އޭނާ ވީ ކަލޭގެ ސަބަބުން. ދެން މިޙާރު އޭނަ ވީތަނެއް ބަލަން ކަލޭ ތީ ކާކު؟ ހަމައެކަނި އެއީ އަހަރެންގެ މީހެއް. ކަރުގައި އޭތީގެ ތޫނު ވަކިތަށް އަމާޒުވިއެވެ. އައައައަ.. އަހަރެން ދޫކޮށްލާ. އާދޭސް ކޮށްފަ ބުނަން... ނޫނޭ ދެން ނެތް ކަލެއަށް ވަގުތެއް. އެހެން ނޫނަސް ކަލޭމެން އިންސާނުންނަކީ މަކަރު ވެރި ބައެއްނު.. އަހަރެން އޮތީ ގަހަކަށް އަރުވާފައެވެ. އަމިއްލަ ކަރުގައި އަހަރެން މަޅިއެއް ޖެއްސީމެވެ. ނަމަވެސް އަމިއްލަ އިހްތިޔާރަކު ނޫނެވެ. ފަހުނޭވާ ދޫކޮށްލީވެސް އެހާލަތުގަ އޮއްވައެވެ.

އަނެއްދުވަހުނގެ ހެނދުނެވެ. ހޫނު ހަބަރަކަށްވީ އަމިއްލައަށް ދަންޖެހިގެން މީހަކު މަރުވެފައި އޮތް ހަބަރެވެ. މިއިީ ހަގީގަތެއް ބެލުމެއް ނެތި ހަބަރު ތަކުގެ ސުރުހީ ފަވާލެވޭ ގޮތެވެ. އަމިއްލަ ދަރިފުޅުކަން އެނގުމުން ބަސްހުއްޓުނެވެ. މަގޭ ދަރިއަކު އަމިއްލަ ކަރުގަ މަޅިއެއް ނާޅާނެއެވެ. ހައިޝަމް ގެ އަސްލު މީހުންނަށް އެނގިގެން ދިޔައީ އެދުވަހުއެވެ. ގައުމީ ހިދުމަތުގައި ހުރި ދަރިއެކޭ ބުނާނީ ކާކު ހެއްޔެވެ؟ ނަޒީރާ ހައިޝަމް އާއި ދޭތެރޭ ދެކެވިފަ ހުރި ގޮތާއިމެދު ދެރަވެ ލަދުގަނެއްޖެއެވެ. މަގޭ ދަރިއަށް ވަކި ލިބުނީ ރަންގަނޑެއް ނޫން ހެއްޔެވެ. ނަމަވެސް ވަގުތު ފާއިތު ވެއްޖެއެވެ. އަމިއްލަ ދަރިފުޅުގެ ހާލެއްވެސް ނެތެވެ. މޮޔަ ގޮވުން ނޫން ކަމެއް ނުކުރެއެވެ. ރަނގަޅު ކުރެވެން އޮންހާ މަސައްކަތެއް ދަނީ ކުރެވެމުންނެވެ. ދެނަމާދު ގަޑި އަކީ ކުޑަކުދިން ވެސް ބޭރަށްލުން ރަނގަޅު ގަޑިއެއް ނޫންކަމަށް އަބަދުވެސް މީހުން އަންނަނީ ބުނަމުންނެވެ. ސަބަބަކީ އެ ވަގުތަކީ ޖިންނި ޝައިތާނުން ފެތުރިގަންނަ ގަޑިއެއް ކަމުންނެވެ. އެހެން ވީމާ އަދި އަމުދުން ބޮޑު މީހަކަސް އެ ވަގުތުގައި ކޮންމެ ރެއަކުހެން އެއް ދިމާލަކުން ބައްދަލުކުރުން މިއީ ރަނގަޅުކަމަކަށް ނުވާނެ ކަން އިނގޭއިރު ކީއްވެ މި މަންޖެ ދާކަން އިނގޭ އިރުވެސް ނަޒީރާ މެން ނުހުއްޓުވީ؟ މުދިންބެ ސުވާލި ކުރީ އިޝާ މަންމައާއި އެވެ. އަހަރުމެންނަކަށް ނޭނގެ އިޝާ ދަނީ ހައިޝަމް ކައިރިއަށް ކަމެއް. ދެން ތީގަ އަހަންނަށް ބުނެވޭނީ ބަލަން ވާ ވަރަށް ނަޒީރާ މެންނަށް ނުބެލެނީއެވެ. ކުށް ގަބޫލު ކުރާ ފަދަ ގޮތަކަށް ނަޒީރާ އަށް އިސްޖަހާލެވުނެވެ. ވާނީވެސް އެހެންތާއެވެ. ހުރި ހަމައެކަނި ދަރިފުޅެވެ. ނަަމަވެސް ދަރިފުޅުގެ ހާލެއް މިއަދު ނެތެވެ.

ދުވަސްގަނޑެއް ފަހެވެ. ވަރަށް މަސައްކަތަކުން ނަމަވެސް އިޝާ ހަމަޔަކަށް އެޅުނެވެ. ނަމަވެސް ދުވަސް ދުވަސް ކޮޅުންހެން އިޝާއަށް ރޫހާނީ އުނދަގޫތައް ފޯރައެވެ. ރޫހާނީ ކަންކަމަކީ ފަސޭހައިން ރަނގަޅު ކުރެވޭނެ ކަންކަމެއް ނޫނެވެ. ހައިޝަމް ވީ ތަނެއް ބަލަން އިޝާ ގެއިން ނުކުންނަން މިސްރާބު ޖެހިއެވެ. ދަރިފުޅާ ކޮންތާކަށް ތިދަނީ.. މަން މަން...މާ... މި ދަނީ.. ދަރިފުޅާ މަންމަ އަށް އިނގޭ ދަރިފުޅު ދާން ތިއުޅޭ ތަނެއް. ހައިޝަމް މިހާރު ދުނިޔެއަކު ނެތް ދަރިފުޅާ. އިޝާ އަށް ލިބުނީ ޝޮކެކެވެ. މަގޭ ހައިޝަމް... ދަރިފުޅާ ހިތްވަރު ކުރަން ދަސްކުރަންވާނެ. މަންމައަށް ވެސް ހައިޝަމްއާއި ދޭތެރޭ ވިސްނިފަ އޮތީ ވަރަށް ގޯސްކޮށް، އެކަމް މިހާރު ކިތަންމެ ދެރަވިއަސް ހައިޝަމްއެއް އެނބުރި ނާންނާނެ ކަން ދަރިފުޅަށް ވެސް ވިސްނެންވާނެ. އަދި ކުރިން އުޅުނުހެން އެކަހެރިކޮށް ބައްދަލުކޮށް ހެދުން އެއީވެސް ރަނގަޅު ކަމެއް ނޫންކަން ދަރިފުޅު އަބަދުވެސް ހަނދާން ކުރަންވާނެ. ވިސްވޭފަދަ ގޮތަކަށް ކުރުކޮށް ނަޒީރާ އިޝާއަށް ވިސްނައިދިނެވެ. ހައިޝަމްގެ މަރަށްފަހު އިޝާ ދިރުހުއްޓަސް ހަމަނެތް ފަދައެވެ. ޓީވީ އިން މެންދުރުދަސް ދައްކަމުން އައި ގަޑިއެވެ. ލޯބިން ގުޅޭ ދެހިތެއް ސަފުން ވަކިކުރެވިދާނޭ ތޯ އޭއއ. އިޝާގެ ބަނޑި ފަޅައިގެން ދިޔައެވެ.

ކޮމެންޓް 0