9

"ޝާޔާ ލުކް، އައި އޭމް ސޮރީ! ކިތައް ފަހަރުތަ މަޢާފަށް އެދެންވީ؟" ޒާޔަން އާދޭހުގެ ރާގަކަށް އެހެން ބުނިއިރު އޭނާގެ ލޮލަށް ކަރުނަތަށް ޖަމާވެފައި ހުރިތަން ހުދު ޝާޔާއަށް ވެސް ފެނުނެވެ."ޒާޔަން ޕްލީސް ޖަސްޓް ގޯ. އެންޑް ސްޓޭ އަވޭ ފްރޮމް މީ. އަހަރެން ބޭނުމެއްނޫން ޒާޔަންއާ ވާހަކަ ދައްކާކަށްވެސް." މިހެން ބުނުމަށްފަހު ޝާޔާ އެތަނުން ދާން ހިނގައިއގަތެވެ. އެންމެ ހިނދުކޮޅަކަށްވެސް އޭނާ ޒާޔަން ފެންނަ ހިސާބުގައި ހުންނަން ބޭނުމެއްނުވެއެވެ.އޭނާއަށް ވެގެންވިއްޔާ ޒާޔަންއާއި އެއްގެއަކުވެސް ނޫޅޭނެއެވެ.ނަމަވެސް ތަޤްދީރު ނިޔާކުރިގޮތުން އެނޫންގޮތެއް އޭނާއަކަށް ނެތެވެ.

"ދޮންތަ ކޮންތަނަކަށްތަ މާ ބާރަށް ތިދަނީ؟ކޮބާ ނީމް؟ ކަމެއްވެފައިތަ ތިހެރީ؟" ގެއިން ނުކުންނަން ދިޔަ ޝާޔާ ފެނުމުން ޝައުފާއަށް އަހާލެވުނެވެ.ޝާޔާގެ މޫނުމައްޗަށް ގަދަކަމުން ހިނިތުންވުން ގެނުވަމުން ބުންޏެވެ." ނީމް އެބައިން މަންމަ ކައިރީގަ އެ ކޮޓަރީގަ.މިދަނީ އޮފީސް ކަމަކު ބޭރަށް.މަންމަ ކައިރީގަ ބުނާތި ނީމް ޓިއުށަނަށް ގެންގޮސް ދޭށޭ 2 ޖެހީމަ.ނީމްގެ ފޮތްދަބަސް އޮންނާނެ ދޮންތަ ކޮޓަރީ މޭޒު މަތީގަ." އާނ އެކޭ ބުނުމުގެ ގޮތުން ޝައުފާ ބޯ ޖަހާލިއެވެ. ފަހަކަށް އައިސް ޝާޔާ ހުންނަ ގޮތުން ޝައުފާ ހުންނަނީ ދެރަވެފައިއެވެ.މީހުންނާ އެހާ ދުރުދުރުން އުޅޭއިރުގައި އެއްޗެއް ބުނާނީ މަދުފަހަރަކުއެވެ.ޝައުފާ ކިޔަވައި ނިންމާފައި މާލެ އައިތާ 2 މަސް ވީއިރު އޭނާއަށްވަނީ ޝާޔާގެ އުޅުމުން ވަރަށް ބޮޑު ބަދަލުތަކެއް ފާހަގަކުރެވިފައެވެ.އެއީ އެކަނި ކުޑަ ކުއްޖެއް ބަލަން ޖެހުމުން ވާގޮތެއް ކަމަށް އޭނާ ދެކެއެވެ. 5 އަހަރުގެ ކުއްޖެއް ބެލުމަކީ ކުޑަ ކަމެއް ނޫނެވެ. މިހިޔާލުގައި ހުއްޓައި ޝައުފާ ސިހުނީ ޒާޔަން އައިސް ކާން ހަދައިދޭށޭ ބުނުމުންނެވެ.

"ޒަޔާ އަހަރެންނަށް ކަމެއް ކޮށްދެވިދާނެތަ؟" ދެމީހުން ކާންތިބި އެތަނުގެ ހަމަހިމޭންކަން ފޫދުއްވައިލީ ޝައުފާއެވެ."ކޮންކަމެއް؟" ކައި ނިމިގެން ފެންތަށި ބޮމުން ޒާޔަން ސުވާލު ކުރިއެވެ."ޒަޔާ ތީ ނަފްސާނީ ޑޮކްޓަރެންނު.ޝާޔާ ދޮންތައަށް ވެގެން އުޅޭގޮތެއް ބަލައިދީބަލަ. އަހަރެން ވަރަށް ހިތަށްއުނދަގޫވޭ ދޮންތަ އެހެންއުޅޭތީ. އަހަރެން މާލެއައި ފުރަތަމަދުވަހުން ފެށިގެން ދޮންތަ އެއުޅޭގޮތް ފާހަގަވޭ."ޝައުފާ މިހެން ބުނުމާއިއެކު ޒާޔަން ކޮށިއެރިއެވެ.ވަގުތުން ވާހަކަ އޮއްބައިލެވޭތޯ އުޅުނެވެ.ނަމަވެސް ޝައުފާހުރީ ދޫކުރާ ގޮތަކަށްނޫނެވެ.ޒާޔަން އެންމެފަހުން އޭނާ އުޅެނީ ވަރަށް ބުރަކޮށް ކަމަށްބުނެ އުޒުރު ދެއްކުމުން ޝައުފާ ހިތްހަމަނުޖެހުނެވެ."ޒަޔާގެ އަނބިމީހާ ބުނެގެން ޒަޔާއަށް އެވަރުކަމެއް ނުކޮށްދެވޭދޯ."ޝައުފާ ގޮތްދޫނުކުރުމުން އެންމެ ފަހުން ޒާޔަންއަށް ޖެހުނީ އެއްބަސް ވާށެވެ.ހިތާއި ދެކޮޅަށެވެ.އޭނާ ހަމަ ޖެހިލުންވަނީއެވެ. ކަންތައްވެދާނެގޮތް ހިތަށްއަރާފައިއެވެ.

ޝާޔާއައިސް ގެއަށް ވަނުމާއިއެކު ނީމް އައިސް 'މޮމީ' އޭ ކިޔައި ބައްދައިގަތެވެ.ޝާޔާ އޭނާގެ ލޯބިލޯބި ދަރިފުޅު އުރާލިއެވެ.އެއީ އޭނާ މިދުނިޔޭގައި ހުރުމުގެ އަސްލެވެ.ލޮލުގެ ފިނިކަމެވެ.ނީމް އުރާލައިގެން ހެމުން ޝާޔާ ސިޓިންގްރޫމަށް ވަނުމާއިއެކު ޓީވީ ބަލަންއިން ޒާޔަން ފެނިފައި އޭނާގެ ހިނިތުންވުން ފަނޑުވިއެވެ.ޒާޔަން ފެންނަ ކޮންމެ ފަހަރަކު އޭނާއަށް ހީވަނީ މީހަކު އައިސް އޭނާގެ މޫނުމަތީ ޖަހާހެންނެވެ.އެއީ އޭނާ މިދުޔެއިންވެސް އެންމެ ފޫހިވާ އިންސާނާއެވެ. މިނޫންދުވަހެއް ދައްކަވާނެބާއޭ ޝާޔާގެ ހިތަށްއެރިއެވެ.ދޮރުމަތީގައިހުރި ޝާޔާފެނި ޒާޔަން އައެވެ.އެވަގުތު 'ބައްޕީ' އޭ ކިޔައި ނީމް ޒާޔަން އަށް ގޮވާލިއެވެ.މިއަޑުއަހާފައި ޝާޔާއަށް ނުބައި ގޮތެއްވިއެވެ.ވަގުތުން އެހެން ނުކިއުމަށް ނީމްއަށް އަމުރުކުރިއެވެ.ޝާޔާއަށް މާބާރަށް މިހެން ބުނެވުމުން ނީމް ރޯންފެށިއެވެ.ޒާޔަން 'އިޓްސް އޯކޭ' އޭ ކިޔައި ނީމް އުރާލިއެވެ. އަދި ޖީބުން ޗޮކްލެޓްއެއް ނަގައި ދިނުމަށްފަހު ކޮޓަރިއަށް ފޮނުވައިލިއެވެ.އެއަށްފަހު މާޔޫސްވެފައި ވާ ގޮތަކަށް ޝާޔާއަށް ބަލައިލިއެވެ.

"ޝާޔާ ޕްލީސް އަހަރެންނަށް މަޢާފް ކުރޭ.އަހަރެން ޝާޔާ ބުނާ ކޮންމެ ކަމެއް ކޮށްފާނަން.އެންމެ ފަހަރަކުނަމަވެސް އަހަރެންނަށް މައާފް ކޮށްދީ." ޒާޔަން މާޔޫސްވެފައި ހުރެގެން ވާހަކަ ދެއްކިއެވެ. ޝާޔާއަށް ރޮވުނެވެ. " ޒާޔަން ސޮރީއޭ ބުނުމުން ވީކަމެއް ނުވާކަމަކަށް ނުވާނެ ދޯ.އެދުވަސް އެނބުރިއެއްވެސް ނާންނާނެ. އަހަރެން އުޅުނުގޮތް ޒާޔަންއަށް އިނގޭތަ.އަހަރެންވެސް އެދުވަހު ހާދަރުއިމޭ.ހާދަ ވޭނެއް އެޅިއޭ މިހިތުގަ.އެކަމަކު ޒާޔަން އަހަރެންނަށް ދިނީ ބީރުކަންފަތެއް.އެހެންވީމަ ކީއްކުރަން އަހަރެން މިއަދު ޒާޔަންއަށް މަޢާފްކުރަންވީ.ނުވާނެ ތިކަމެއް." ޝާޔާ އޭނާގެ ފަހުބަސް އިއްވިކަހަލައެވެ." ޝާޔާ ޕްލީސް، އައިއޭމް ސޮރީ." ޒާޔަންގެ އަޑު ކުރެހުނެވެ. "ޒަޔާ ކިހިނެތްވެގެން ދޮންތަ ކައިރީގަ ސޮރީ ތިބުނަނީ؟" ފަހަތުގައި ހުރި ޝައުފާ މިހެން ބުނުމާއިއެކު ދެ މީހުންނަށް އެއްފަހަރައި އެދިމާއަށް ބަލައިލެވުނެވެ.ޝާޔާ ވަގުތުން މޫނު ފޮހެލައި އަމިއްލަ ނަފްސު ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް މަސައްކަތްވީ ބޭކާރެވެ.އެހެންކަމުން އެންމެ ވަގުތުކޮޅަކުވެސް އެތާ މަޑުނުކޮށް ކޮޓަރިއާއި ދިމާއަށް ޝާޔާ ދުއްވައިގަތެވެ.ޒާޔަންއަށްވެސް ވީ ހަމަ މިވަރެވެ.އެތަނުގައި ނުހުންނަންވެގެން ގެއިންބޭރަށް ވަގުތުން ނުކުމެ އެކަމުން ބަރީޢަވެގަތެވެ.ނަމަވެސް ޝައުފާ އެ ފިޔަވަޅުމަޓިގައި ހަމަ ހުރީއެވެ.އޭނާގެ ފިރިމީހާ އޭނާގެ ދޮންތަކައިރީގައި މަޢާފަށް އެދެން ކުރީކޮންކަމެއް ހެއްޔެވެ؟އޭނާގެ ދޮންތަ ޒާޔަން ކުރިމަތީގައި ރޯންޖެހޭވަރުގެ ވީ ކޮންކަމެއް ހެއްޔެވެ؟

ފުން ވިސްނުމެއްގައި ހުރެގެން ޝައުފާގޮސް ވަނީ ޝާޔާ ކޮޓަރިއަށެވެ.ކޮންމެ ދުވަހަކުވެސް ޒާޔަންއާއި އެކީގައި ވާހަކަދައްކައިލަން ވަގުތުކޮޅެއް ހޭދަކޮށްލުމައި ބެހޭގޮތުން ވާހަކަ ދައްކައިލާށެވެ.ނަމަވެސް ގޮސް ވަނުމާއިއެކު ޝައުފާއަށް ލިބުނީސިހުމެވެ. އެނދުގެ އެއްކަނެއްގައި ބަސްހުއްޓިފައި ޝާޔާއިނީ ފޮޓޯގަނޑަކަށްބަލާށެވެ.ނަމަވެސް ޝައުފާ ހަމަ ފެނުމާއިއެކު އޭނާ އެ ފޮޓޯގަނޑު ބާލީސް ދަށަށްލައިފޮރުވިއެވެ.އަދި ހަމަޖެހޭގޮތް ދައްކައި ކިހިނެތްވީތޯ ސުވާލުކުރިއެވެ.ޝައުފާ ދައްކަންއުޅޭ ވާހަކަ ސީދާ ބުންޏެވެ.ޝާޔާއަށް ހީވީ އޭނާގެ ބޯމައްޗަށް މީހަކު ބޮޑު ހިލަގަނޑެއް ވައްޓާލިހެންނެވެ.އޭނާ މިދުނިޔެމަތީގައިވެސް އެންމެ ފޫހިވާ މީހާއާއިއެކީގައި ކޮންމެ ދުވަހަކު 1 ގަޑިއިރު ހޭދަކުރާނީ ކިހިނެތްހެއްޔެވެ؟އިމާރާތެއްގެ މަތީބުރިން ފުންމާލުންވެސް އޭނާއަށް މިއަށްވުރެން މާ ރަނގަޅެވެ.ޝާޔާ ވަގުތުން އެކަމާ ދެކޮޅުހެދިއެވެ.ނަމަވެސް ޝައުފާ ހުރީގޮތްދޫކުރާގޮތަކަށް ނޫނެވެ. އެހެންގޮތެއް ނެތުމުން ޝާޔާ އެކަމަށް އެއްބަސްވިއެވެ.ހިތާއި ދެކޮޅަށެވެ.

ލިބުނު ކާމިޔާބަށް އުފާ ކުރަމުން ކޮޓަރިން ނުކުތުމަށް ޝައުފާ ހިނގައިގަތެވެ.އެވަގުތު އަލަމާރިކައިރިއަށް ވެއްޓިފައިއޮތް އަނގޮޓި އޭނާގެ ލޮލުގައި އަޅައިގަތެވެ. ބަލާބެލުމަށް އެ ވައްތަރީ ފިރިހެނެއްގެ އަނގޮޓިއަކާއިއެވެ.ޝައުފާ ގުދުވެ އެއަނގޮޓި ނެގިއެވެ. އެއީ ގަދަފެހި ކުލައިގެ ކުޑަ 'މާރބްލް' އެއް ޖަހާފައި އިން ރިހި އަނގޮޓިއެކެވެ."ވާއު.ހާދަ ރީތި އަނގޮޓިއެއް.ކާކުގެ އެއްޗެއް؟ހަމަގައިމުވެސް ދޮންތަގެއެއް ނޫން.އެކަމަކު ދޮންތަގެ ބޯއީފޮރެންޑް އެއްވެސް ނުހުރެއެއްނު." ޝައުފާ ކުރި ސުވާލުން ޝާޔާ މޫނުގެ ކުލަ އޮއްސުނެވެ.އޭނާ ބުނާނެ އެއްޗެއް ނޭނގިފައި ޝައުފާގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. "އެކްސް ބޯއީފޮރެންޑް ގެ އެއްޗެއް ދޯ. ދެޓްސް އޯކޭ އޭ.އަހަރެންވެސް އުޅުނިން ބަހައްޓައިގެން.ޒާޔަންއާ ރައްޓެހިވެފަ އެ ހުރިހައިއެއްޗެއް އުކާލީ." ޝާޔާގެ ހަމަހިމޭން ކަމުން ޝައުފާއަށް ޖަވާބު ނަގައިގަންނާކަށް އުނދަގުލެއްނުވިއެވެ.ޝާޔާއަށް އެހެން ގޮތެއް ނެތުމުން އާނ އެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ. އަދި ވަގުތުން ޝައުފާ އަތުގައި އޮތް އަނގޮޓި ދަމައިގަތުމަށްފަހު އަލަމާރިއަށްލައި ދޮރު ލެއްޕިއެވެ. ޝައުފާ އެއްވެސް އެއްޗެއް ނުބުނެ އެތަނުން ނުކުމެގެން ދިޔައެވެ. ނަމަވެސް އެއީ ކާކުކަން ހޯދުމުގެ ޝައުގު އޭނަގެ ހިތުގައި އުފެދުނެވެ.

ޖެހިގެންއައި ދުވަހުގެ ހެނދުނެވެ.ޝައުފާވީ އޮފީހަށް ގޮހެވެ.ޝާޔާ އުޅުނީ ބަދިގެ ތެރޭގައި ނީމްއަށް ކާންދޭށެވެ.އެވަގުތުވީ ޒާޔަންވެސް ސައިބޯން އެތަނަށް އައި ވަގުތަށެވެ.މަންމަ ބުނުމުން ޝާޔާ ޖެހުނީ ޒާޔަންއަށް ސައިހަދައިދޭށެވެ.އެވަގުތު ވީ ފޫހިން މަރުވާންވީއޭވެސް އޭނާގެ ހިތަށްއެރިއެވެ.ޝާޔާ ސައިހަދދައިދޭތީ ޒާޔަންއަށް އިނީ ބުނަން ނޭނގޭ ކަހަލަ ހިތްހަމަ ޖެހުމެއް ލިބިފައިއެވެ."މިއަދު 2 ޖަހާއިރު އަހަރެން އަންނާނަން.ޝާޔާ އެގަޑިއަށް ފްރީ ވޭ.މަތީ ޓެރެސް އަށް އާދޭ."ސައިހަދާދީފައި ޝާޔާ ދާން އެނބުރުނު ވަގުތު ޒާޔަން އިއްވާލިއެވެ. ކިތަންމެ ރުޅިއައިނަމަވެސް އާނ އެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލުމަށްފަހު ޝާޔާ އެތަނުން ނުކުތެވެ.

މެންދުރަށް ކުރަންޖެހޭ ހުރިހައިކަމެއްކޮށް ނިންމާފައި 2 ޖެހުމުން ޝާޔާ ޓެރެސްއަށް އެރިއެވެ.އޭރު ޒާޔަން އިނީ ދެ ކޮފީތަށި ހިފައިގެން ޓެރެސްމަތީ ހުންނަ ސޯފާގައި އިށީނދެއެވެ.ޝާޔާ މަޑު ހިނގުމެއްގައި ގޮސް ވަކިން އިން ސޯފާގައި އިށީނެވެ. "ޝާޔާ އަދިވެސް އަހަރެންދެކެ އެހާރުޅިއައިސްފަތަ ތިހެރީ؟ ޝާޔާކައިރިން އަހަރެން ކިތައްފަހަރު މަޢާފަށްއެދެން ޖެހޭނެތަ؟"އިސްވެ ވާހަކަ ދެއްކީ ޒާޔަންއެވެ. ނަމަވެސް ޝާޔާ އެއްވެސް އެއްޗެއް ނުބުނެ އިނީއެވެ.އެހެންނަމަވެސް ޒާޔަން ހުއްޓާނުލައި އެވާހަކަ ދައްކަން ފެށުމުން ޝާޔާއަށް ވާހަކަދައްކަން މަޖުބޫރުވިއެވެ." ޒާޔަން ދެންވެސް ރަނގަޅަށް އުޅެވޭތޯ ބަލާބަލަ.އަހަރެން މަޢާފު ހޯދަން ނޫޅޭ.އަހަރެން އަދި ޒާޔަން އަށް މަޢާފް ކުރާކަށް ތައްޔާރެއް ނޫން." ޝާޔާ ދުރަށް ބަލަހައްޓައިގެން އިނދެ ވާހަކަ ދެއްކިއެވެ. އޭނާ ޒާޔަން އާއި ހަތަރުކަޅި ހަމަ ކުރަން ބޭނުންނުވާ ކަހަލައެވެ."ފައިން. ޓޭކް ޔުއާރ ޓައިމް.އެކަމަކު އަހަރެންގެ ސުވާލެއް އަބަދުވެސް އޮވޭ. އުންމީދުކުރަން ޖަވާބުދޭނެ ކަމަށް. ނީމްގެ ބައްޕައަކީ ކާކު؟" ޒާޔަން ކުއްލިއަކަށް ކުރި ސުވާލުން ޝާޔާގެ މޫނު ހުދުވެގެން ދިޔައެވެ.އެންމެ ހިނދުކޮޅަކުވެސް އެތާ މަޑުނުކޮށް ދުވެފައި އެތަނުން ދިޔައެވެ.ޒާޔަންގެ މޫނުމަތިން ނުތަނަވަސްކަން ފެންނަން ހުއްޓެވެ. ވިސްނަން އެތާ އިނދެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ.

ދުވަހަކީ ޒާޔަން ގެ 'އޮފް' ދުވަހެކެވެ. ޝައުފާވެސް ޗުއްޓީ ނަގައިގެން އޭނާވެސް މިއަދު އޮފީހަކަށް ނުދެއެވެ.ޝާޔާވީ އޮފީހަށް ގޮހެވެ.ނީމްވެސް ވީ ސްކޫލަށް ގޮހެވެ.ޝައުފާމެންގެ މަންމަ ޒުލްފާވެސް ވީ ބޭރަށް ގޮހެވެ. އެހެންކަމުން ގޭގައި އުޅެނީ ޝައުފާއާއި ޒާޔަން އެކަންޏެވެ.ގޭގައި އެކަނި އުޅޭތީ ކޮޓަރި ސާފުކުރުމުގައި ދެމީހުން އަވަދިނެތި އުޅުނެވެ. އަލަމާރިތެރެ ސާފު ކުރުމުގެ ތެރޭގައި ޒާޔަންއަށް އޭނާގެ ކުރީގެ 'ޕެންޑްރައިވް' އެއް ފެނުނެވެ. އެއީ އޭނާ ކިޔަވަން ބޭރަށް ދިއުމުގެ ކުރިން ފޮޓޯތައް އަޅައިގެން ގެންގުޅުން ޕެންޑްރައިވް އެކެވެ.އެ އަބަދުވެސް އޭނާ އަތުގައި އޮވެއެވެ.ނަމަވެސް މިހާރު އެ ނުފެނިގެން އުޅޭތައި ދުވަސްކޮޅެއް ވެއްޖެއެވެ.އެހެންކަމުން ސާފުކޮށް ނިމިގެން ޝައުފާއާއި ޒާޔަންތިބީ ޒާޔަންގެ ކުރީގެ ފޮޓޯތައް ބަލާށެވެ.

ފޮޓޯތައް ބަލަމުންދަނިކޮށް އެތަނުން ފޮޓޯއަކުން ޒާޔަންގެ އަތުގައި އަޅާފައިއޮތް އަނގޮޓިއެއް ޝައުފާގެ ލޮލުގައި އަޅައިގަތެވެ. ޝައުފާ ހަމަ އެކަހަލަ އަނގޮޓިއެއް ކުރިން ދެކުން ހަނދާނެއްވުމުން އެއަނގޮޓި ކޮބައިތޯ ޒާޔަންއާއި ސުވާލުކުރިއެވެ. އެސުވާލު ކުރުމުން ޒާޔަންގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަތަން ޝައުފާއަށް ފެނުނެވެ. ޒާޔަން އެއަނގޮޓި އެއްލުނީކަމަށްބުނެ ވާހަކަ އޮއްބައިލިއެވެ.ނަމަވެސް ޝައުފާ ޝައްކެއްގެ މަތީގައިހުރެ ކޮޓަރިން ނުކުމެ ޝާޔާގެ ކޮޓަރިއަށް މިސްރާބުޖެހިއެވެ. އޭނާގެ ހިތުގައިވަނީ ނޭނގޭ ބިރުވެރިކަމެއް އުފެދިފައިއެވެ.ހަމަ އެކަހަލަ އަނގޮޓިއެއް އޭނާ ޝާޔާގެ ކޮޓަރިންދެކުނެވެ.

ތެޅިތެޅިއޮތް ހިތަކާއިއެކު ޝާޔާގެ ކޮޓަރިއަށް ޝައުފާގޮސް ވަނެވެ. މަޑުމަޑުން ހިނގާފައިގޮސް އަލަމާރިކައިރިއަށް ހުއްޓި ދޮރުހުޅުވައި ހާވަން ފެށިއެވެ.އޭރުވެސް ޝައުފާގެ ހިތްހަމަ ނެގިނެގިފައިޖެހެއެވެ.މުޅި އަލަމާރިން ނުބަލައި ތަނެއް ނެތެވެ. ނަމަވެސް އެއަނގޮޓި ފެންނަ ގޮތެއް ނުވިއެވެ.މާޔޫސްވެގެން ދާން އެނބުރުނު ވަގުތު ޝައުފާގެ ލޮލުގައި އަލަމާރީގެ ކަނެއްގައި އޮތް ކުޑަވަރެއްގެ ފޮއްޓެއް އަޅައިގަތެވެ. ހެދުންތަކުގެ ދަށުގައި އޮތުމުން ރަނގަޅަށް ނުފެނުނީއެވެ.ޝައުފާ އަވަސްއަވަހަށް އެފޮށި ނަގައި ހުޅުވައިލިއެވެ. އޭނާއަށް ހީކުރެވުނުގޮތަށް އެފޮށީގައި އެ އަނގޮޓި އޮތެވެ. އެއީ ހަމަ އެ އަނގޮޓިއެވެ. ޒާޔަންގެ ފޮޓޯގައި އޭނާ އަޅައިގެން ހުރި އަނގޮޓިއެވެ.އެކަމަކު އޭނާގެ ދޮންތަ އަތުގައި ޒާޔަންގެ އަނގޮޓި އޮންނަންވީ ކީއްވެހެއްޔެވެ؟ ޝައުފާގެ ލޮލުން ކަރުނަ ފާއްދައިލިއެވެ.

އަނގޮޓި ހިފައިގެން ދާން ހިނގައިގަތް ވަގުތު ޝައުފާ ހުއްޓުންއެރީ އެފޮށީގައި ފޮޓޯގަނޑެއް އޮތުމުންނެވެ.ފޮޓޯގަނޑު އަނެއް ފަރާތަށް އޮތުމުން އޭގައިވަނީ ކާކު ކަމެއް ނުފެނެއެވެ.އެވަގުތު ޝައުފާގެ ހަނދާނަށް އައީ އެދުވަހު ޝާޔާ ފޮޓޯގަނޑެއް ހިފައިގެން އެނދުމަތީގައި އިންހަނދާނެވެ.އެދުވަހު ޝައުފާ އެތަނަށް އައުމުން އޭނާ އެފޮޓޯ ފޮރުވިއެވެ.ޝައުފާ ބަލާކަށް ނުހުރެ އެ ފޮޓޯ އަނެއްފަރާތަށް ޖެހިއެވެ. އެވަގުތު ޝައުފާއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ.އެފޮޓޯގައި ވަނީ ދެވަނަ އެހެން މީހެއް ނޫނެވެ.އޭނާގެ ލޯބިވާ ފިރިމީހާ ޒާޔަންއެވެ. ޝައުފާގެ ހެޔަށް ގޮތްނުވީވެސް ހަމަ ކިރިޔާއެވެ.ޝާޔާގެ ކުރީގެ ލޯބވެރިއަކީ ޒާޔަން ހެއްޔެވެ؟ މިއީ ކޮންފަދަ ބޮޑު އިމްތިހާނެއް ހެއްޔެވެ؟ ޝައުފާއަށް ހަމަ ރަނގަޅަށްވެސް ރޮވުނެވެ.ޝައުފާގެ އެއްބަނޑު އެއްބަފާ ދޮންތައަށްވެ ހުރެ ޝާޔާ އޭނާއަށް އެހާބޮޑު އޮޅުވައިލުމެއް އޮޅުވައިލީއެވެ. ފިރިމީހާއަށްވެ ހުރެ ޒާޔަންވެސް އެކަން ސިއްރުކުރީއެވެ.

ޝައުފާ ރޮމުން ރޮމުން ކޮޓަރިއިން ނުކުތްއިރު ޒާޔަންއިނީ ސިޓިންގްރޫމްގައި ޓީވީ ބަލާށެވެ.އެވަގުތުވީ ޝާޔާވެސް ނީމް ގޮވައިގެން ގެއަށްއައިސް ވަތްވަގުތަށެވެ.ޝައުފާ ރޮމުން ނުކުތުމުން ޓީވީ ބަލަންއިން ޒާޔަން ތެދުވެ ކިހިނެތްވީތޯ ސުވާލުކުރިއެވެ. ޝާޔާވެސް ހާސްވެފައި ކިހިނެތްވީތޯ އެހިއެހިއެވެ.ނަމަވެސް ޝާޔާ ސިހުނީ އޭނާގެ މޫނަށް އަނގޮޓިއާއި ޒާޔަންގެ ފޮޓޯގަނޑު ޝައުފާ ޖެހުމުންނެވެ.ޝައުފާގެ މިޢަމަލުން ޒާޔަން ޖެހިލުންވާގޮތްވިއެވެ."މަށެއްނު ތިސުވާލު ކުރަންވީ.ޝާޔާގެ އަލަމާރީގައި ކީއްވެ ޒާޔަންގެ ފޮޓޯ އޮންނަންވީ؟ޒާޔަންގެ އަނގޮޓި ކީއްވެ ޝާޔާގެ އަތުގަ އޮންނަންވީ؟ ޖަވާބު ދީބަލަ މަށަށް.މަ ހިއެއް ނުކުރަން ޝާޔާ މަގޭ ފިރިމީހާ އާއިހެދި މޮޔަވެގެން އުޅޭނެކަމަކަށް. ތިހާ ދަށުދަރަޖައިގެ މީހެއް މަ ނުދެކެން އަދި." ޝައުފާ ހުރީ ރުޅިއައިސް ރަތްވެފައެވެ. ނަމަވެސް ޝާޔާ އެއްވެސް އެއްޗެކޭ ނުބުނެ ހުރީ މަސްލަހަތަށް ބަލައިފައެވެ.

" ޝައުފާ ރިލެކްސް. ޝާޔާ އާއި އަހަރެން ރައްޓެހިވީ ކިޔަވަން ދިއުމުގެ ކުރިންނޭ. ގޮސް އަހަރެން އޭނައާއި ރުޅިވީ. އޭގެ ފަހުން އަހަރެންނަށް ޝައުފާއާ ދިމާވީ އެކޮޅުން. ކިޔަވައި ނިންމާ އެކޮޅުގަ މެރީ ކޮށްފަ ރާއްޖެ އައުމުގެ ކުރިން އަހަރެންނަކަށް ނޭނގޭ ޝައުފާގެ ދޮންތައަކީ މި ޝާޔާ ކަމެއް. މިގެއަށް އައުމުން އިނގުނީ. އަހަރެން މަންމަމެން ރަށުގަ ނޫޅޭނަމަ އަހަރެން މިގެއަކު ނުވެސް އުޅޭނަން. އަހަރެންނަށް އިނގޭ އަހަރެންނަށް ޝާޔާއާ ދޭތެރޭ ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން.އެހެންވެ މިގެއަށް އައިދުވަހުން ފެށިގެން އަހަރެން މި އަންނަނީ ޝާޔާ ކައިރިން މަޢާފަށް އެދެމުން." ޝާޔާ ވާހަކަ ނުދެއްކުމުން އިސްވެ ވާހަކަ ދެއްކީ ޒާޔަންއެވެ. "ޝާޔާ ކީއްވެތަ މާ މަޑުން ތިހިރީ؟ ހުރިހައި އެއްޗެއް ފަޅައި އަރައި ބޭޒާރުވުމުން ބުނާނެ އެއްޗެއް ނެތީތަ؟ ޝާޔާއަށް އެއްވެސް މީހަކާ އެކީއެއް ނޫޅެވޭނެ ތިއުޅޭ ވައްތަރުންވެސް. ކަލޭގެ ތިހިރަ ނަހަލާލު ދަރިއަކީވެސް އޭގެ މިސާލެއް." ޝައުފާއަށް މިހިސާބަށް ބުނެވުނުތަނައި ޝާޔާގެ ހޫނު އެތިފަހަރެއް އޭނާގެ މޫނަށް އެރިއެވެ.

"އިނަފް! ޖަސްޓް ޝަޓް އަޕް. ނޭނގޭ ވާހަކަ ނުދައްކާ ހުރޭ ޝައުފާ.ތެދު އިނގެން ބޭނުންވެއެއްނު. ހިތްވަރެއް ހުރިއްޔާ އަޑުއަހާ. އަހަރެން ކުރިން ރައްޓެހިވީ ޒާޔަން އާ.އެއީ އަހަރެން އޭ ލެވެލް ހެދި އަހަރު. އޭލެވެލް ނިންމާފަ ޒާޔަން ޑޮކްޓަރީކަން ކިޔަވަން މެލޭޝިޔާއަށް ދިޔައީ.އޭގެ ފަހުން ހަބަރެއް ނުވޭ.އަހަރެން ގުޅީމަ ފޯނެއް ނުނަގާ.އެންމެ ފަހުން ލިބުނީ ބްރޭކްއަޕް މެސެޖު.އޭގަ އޭނަ ބުނެފަ އޮތް އަހަރެންނާ އެކީ އުޅުނީ މަޖަލަށް ކަމަށް. ޓައިމް ޕާސް ކޮށްލަން ކަމަށް. އަހަރެން އޭނައަށް ގުޅައިގެން އާދޭސް ކުރިން އަހަރެންނަށް އެހެން ނުހެދުމަށް.ނަމަވެސް ޒާޔަން ދިނީ ބީރު ކަންފަތެއް. އޭގެ ފަހުން އޭނަ ޝައުފާއާ ދިމާވެގެން މެރީ ކޮށްގެން މިގެއަށް އެއައީ. އަދި ޝައުފާ ތިކިޔާ ނަހަލާލު ކުއްޖަކީވެސް ހަމަ ތި ޒާޔަން ގެ ދަރިއެއް. އަހަރެންނަށް އެކަން އިނގުނީ ރުޅިވި ފަހުން.އަހަރެން ބޭނުން ނުވީ އެކަން އަންގަން. އެއީ ނިއު އިޔާރ ނައިޓެއް. ޒާޔަން އެރޭ އަހަރެން ގޮވައިގެން އެގެއަށް ދިޔައީ. އެރޭ ޒާޔަން ހުރީ ހަމަޔަކުވެސް ނޫން. ޒާޔަން ހަނދާން ނުހުރެދާނެ. ހަމަ އޭގެ އަނެއްދުވަހު ޒާޔަން ފުރައިފި ކިޔަވަންދާން." ޝާޔާއަށް ރޮވުނެވެ.

ޒާޔަން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނަމަވެސް އުފާވެސް ވެފައެވެ. އޭނާގެ ދަރިފުޅު ލިބުނީމައެވެ. ޝައުފާ އެ ހުރި ފިޔަވަޅުމަތީގައި ގަނޑުވެފައި ހުއްޓައި ކުއްލިއަކަށް ހަބަރު ހުސްވެގެން ވެއްޓުނުވެ.ވަގުތުން އެމްބިއުލޭންސްއަށް ގުޅައިގެން ހޮސްޕިޓަލަށް ޝައުފާ ގެންދެވުނެވެ. ޑޮކްޓަރުން ބަލާފައި ބުނީ ހާރޓްއެޓޭކެއް ޖެހުމުގެ ސަބަބުން ހޮސްޕިޓަލަށް ގެނެވުނުއިރުވެސް ޝައުފާ ނިޔާވެފައިވާ ކަމަށެވެ.

7 މަސް ފަސް.

ގ.ރޯޒީއަށް ހީވަނީ ބަހާރު މޫސުން އައިސްގެން އުޅޭހެންނެވެ. މިރެއަކީ ޒާޔަން އާއި ޝާޔާގެ ކައިވެނި ކުރެވޭ ރެއެވެ. ކައިވެނި ކުރެވޭތީ ޒާޔަން އަދި ޝާޔާވެސް ހުޜި އިންތިހާއަށް އުފާވެފައިއެވެ. ޒާޔަން އަށް އޭނާގެ ކުޑަކުޑަ އާއިލާ ލިބުނީއެވެ. ޝާޔާވެސް ހުރީ މާޒީގައި ވެދިޔަ ހުރިހައި ކަމެއް ހަނދާން ނައްތާލުމަށްފަހު ދިރިއުޅުމައިގެން ކުރިއަށްދާން އަޒުމް ކަނޑައަޅައިގެންނެވެ.

ކޮމެންޓް 0