3

އެއީ ތެތްފިނި ރެއެކެވެ. ޖައްވުގައި ރީތިނަލަ ވައިރޯޅި ޖެހެމުން ދާކަން އިރުއިރުކޮޅާ ގަސްތަށް ހެލިލުމުން އަނގައިދެއެވެ. މަގުމަތީކާރޫ ބާރުބޮޑެވެ، އެމީހެއްގެ މަސައްކަތައިގެން އެމީހަކު އަވަދިނެތި އުޅެމުން ދިޔައެވެ. ކޮންމެ މީހަކުވެސް ފިހާރަތަށް ބަންދުކުރަން ކައިރިވާތީ އަވަސް އަރުވާލާފައި އުޅޭކަން އެމީހުންގެ ހަރަކާތް ތަކުން ހާމަވެއެވެ..

ހަންހާރަ ހޮޓަލުން ޖަމީލު ނިކުތީ ރޭގަނޑު ކައިގެންނެވެ. އޭރު އަގައިގައިހުރީ ދުފާއެއްޗެތި އަޅާ ފުރާފައެވެ. އަނގައިގެ ދެމިޔަކަނުން ރަތްކުޅު ފައިބަން ތައްޔާރު ވެފައި ހުއްޓެވެ. ހީވާގޮތުން ދުފުނުލެއް ގިނަކަމުން އެއިގެން ސަލާމަތް ވާން ހުރީ ކެތް މަދުވެފަ އެވެ. އެނިކުތްގޮތަށް ނިކުމެ ބޮޑު ހައްޕުނޑު ގަނޑެއް ހޮޓަލުގެ ކަނާތް ފަރާތުގައި ހުރި ގަނދަކޯޅި ގަހަކަށް ޖަހާލިއެވެ.

އެވަގުތު އެދިމާލުން ހިރަފުސް ބުރާލިހެން އޭނާއަށް ހީވިއެވެ. ނަމަވެސް އެދުވަސްވަކީ ހުޅަނގު މޫސުމް ކަމަށްވެފައި ދޭތެރެ

ދޭތެރެއިން ވާރޭ ވެހޭތީ ބިންގަނޑު ހިރަފުސްވާންވީ އެއްވެސް ސަބަބެއް ޖަމީލަކަށް

ނުވިސްނުނެވެ. އެދުވަހުގެ ފަހުން ޖަމީލަށް ގޮތްނޭނގޭ ކަންތަށް ތަކެއް މެދުވެރިވާން ފެށިއެވެ. މަގުމަތިން ތަފާތު އެއްޗެތި ފެންނަށްފެށިއެވެ. ބައެއްފަހަރު ބަބުރު ކުދިންނެވެ. އަނެއަބައިފަަހަރު ކުއަްޖަކު ނުފެނި ކުދިން ރޯއަޑުވެސް އިވެއެވެ. މިދިމާވާ ކަންތަކާދޭތެރޭ ވިސްނިނަމަވެސް ޖަމީލުގެ އަނހެނުންނަކަށް މިވާހަކަ ތަކެއް އޭނާ ހިއްސާއެއް ނުކުރެއެވެ.ނުވަތަ ކިޔައިދޭކަށް ބޭނުމެއް ނުވެއެވެ

އެއްރެއަކު އާދައިގެ މަތިން ހަންހާރަ ހޮޓަލުން ސައި ބޯލައިގެން ޖަމީލު ނިކުމެ އެތާކައިރީގައި އިން ޖޯލިފަށްޗެއްގައި އޮށޮވެލިއެވެ. އެރޭވެސް ޖަމީލަށް މާގިނައިން ދުފުމުގެ ސަބަބުން އަނގައިން އެއްބައި ހުސް ކޮށްލުމަށްޓަކައި ކައިރީގައި އިން ގަހަކަށް ހަށްޕުނޑު ބުރުވާލިއެވެ. އެއަށްފަހު ހާބަރުގައި ބަހައްޓާފައި ހުރި އޭނާގެ ކުރުބާ ގާޑިއަލާ ދިމާއަށް މިސްރާބު ޖެހިއެވެ. .ހިނގަމުން ދިޔަމަގުމަތީ ކުއްލިއަކަށް ކުރިމަތިން ހުރަސްކުރި ސައިކަލެއްގެ ފަހަތުގައި ވަރަށް ނަލަހެދިލައިގެން އިން އަންހެން ކުއްޖަކަށް އޭނާގެ ނަޒަރު ހުއްޓުނެވެ. އެހީ ފަން އިސްތަށިގަނޑެއް ލިބިފައިވާ ދޮން ލޫޅާފަތި ކުއްޖެކެވެ. ލޮލުގައި ޒާތެއްގެ ވިދުވަރެއް ހުރިކަން ޖަމީލަށް ފާހަގަ ކުރެވުނެވެ. މިއުމުރުގައި އެފަދަ ކުއްޖަކަށް ސަމާލުކަމެއް ދޭކަށް ޖަމީލު ބޭނުމެއް ނޫނެވެ. އެހެންނޫނަސް ޖަމީލުގެ އަނބި މަލީހާއަކީ އެފަދަ ދެވަނައެއް ނެތްފަދަ ރީތިކަމެއް ލިބިފައިވާ ފުރިހަމަ އަތްބެކެވެ. ބޭރުފުށުގެ ރީތިކަމުގެ އިތުރުން އެއީ ރަނގަޅު އަޚްލާގެއްގެވެރި އެކެވެ. އެފަދަ ދީންވެރި އޯގާތެރި އަތްބަކު މިޒަމާނުގައި ލިބޭނީ ވަރަށް ބޮޑުނަސީބުވެރިއަކަށެވެ.

ކޮންމެއަކަސް ކުރިމަތިން އެހުރަސްކެނޑި ސައިކަލާ ދޭތެރޭ ފަރުވާލެއް ނުބަހައްޓާ ޖަމީލު އެދިޔަގޮތަށް ދިޔައީ އޭނާގެ ގާޑިިއަލާއިދިމާއަށެވެ. ދިޔަމަގުމަތީ ޖަމީލަށް ފެނުނީ އޭގެ ކުރިން ދުވަހަކުވެސް ދެކެފައިނުވާ ފަދަ ރިތި ގެއެކެވެ. އެއީ މީގެކުރިން އެތާ ހުރިގެއެއް ނޫނެވެ. ބޭރުން ވައްތަރީ ޚިތާނައިގެ ކަންތައް ހިނގަމުންދާ ގެއަކާ އެވެ. ކޮނަމެއަކަސް ޖަމީލު އެގޭގެ ތެރެއަށް ބޯދިއްކޮށްލިއެވެ. އޭރު ވަރަށް ފޯރިގަދަކޮށް ޒުވާނުން ތަކެއް ރާޒުވާ ކުޅެނީއެވެ.މުޅިތަން ވަނީ ދިއްލާ އަލިކޮށްފައެވެ. އެމީހުން ޖަމީލަށް އިޝާރާތް ކޮށްލުމުން އޭނާވެސް އެޒުވާނުން ތަކާއިއެކު ކުޅުމުގެ ފޯރީގައި ޖެހިވަގުތުތަށް ދިޔަގޮތްވެސް ހަނދާންނެތިއް ޖެއެވެ. ކުއްލިއަކަށް ގަޑިބަލާލެވުނުއިރު 11:30 ވީއެވެ. އަވަހަށް ޖަމީލު އެތަނުން ތެދުވެގެން ހިނގައިގަތީ ގާޑިޔަލާއި ދިމާއަށެވެ. ޖަމީލަށް ގާޑިޔަލާ ހަމައަށް ދެވުނީ އޭގެ ދިހަ ވަރަކަށް މިނިޓްފަހުންނެވެ.

އޭރުގާޑިއާ ކައިރީގައި މާގިނަމީހުނެއް ނެތެވެ. ޖަމީލުގެ ގާޑިއާގައި މަސައްކަތް ކުރަން ގެންގުލޭ ނޫރުލް އަޖުމަލް ވަރަށް ވަރުބަލިރާގެއްގައި އެތާތިބިމީހުނާ ވާހަކަދައްކަމުން ދިޔައެވެ. ޖަމީލަށް ގާޑިއާކައިރިއަށް ލަހުން އާދެވޭ ރޭރޭ ނޫރުލް ހިތްހަމަ ނުޖެހޭކަން ޖަމީލަށް އެނގެއެވެ. އެއީއެކަން ވާނޭވެސް ގޮތެވެ. ދުވާލު ހަތަރުދަމު ސަރުކާރު މަސައްކަތުގައި އުޅެފަ ، ހަވީރު ގޭގެއަށް ކުނިއުކައިދީފަ ދެންލިބޭ ހުސްވަގުތުގައި ޖަމީލުގެ ގާޑިޔާގައި އަތްގާތް ކޮށްދޭންވެސް އޭނާ ބޭނުންވަނީ ގިނަ ލާރިހޯދުމުގެ ބޭނުމުގައެވެ. ނަމެއްގައި އަތްގާތް ކޮށްދިން ކަމުގައި ވިނަމަވެސް ހަގީގަތުގައި އެގާޑިޔާގެ ހުރިހާކަމެއް މިހާރު ބަލަހައަޓަނީ ނޫރުލް އެނިމާއެކަންޏެވެ. ގިނަފަހަރު ޚުދް ޖާމީލަށްވެސް ވާނުވާވެސް ނޭންގެއެވެ. ފައިސާގެ ކަންތަކުގައި މައްސަލައެއް ނުޖެހެންޏާ ޖަމީލަށް އެނިމުނީއެވެ.

"ބޮސް، މިރޭވަރަށް ލަސްވީދޯ..އަދި 5 ކުރުބާހަދައިދީފަ އަހަރެންދަނީ...މިހާރު ވަރަށް ނިދިއަންނަނީ .." ނޫރުލް އަޖުމަލް މިހެންބުނިއިރު ވަރަށްބޮޑަށް ނިދީގެ އަސްރު ހުރިކަން ޖަމީލަށް ފާހަގަކުރެވުނެވެ. އޭރު ގާޑިިޔާދޮށުގައި ތިބިމީހުން މަދުވުމުން ޖަމީލަކަށް އޭނާނެތުމުން ވާނެ މާބޮޑުދައްޗެއް ނެތެވެ. އަދި އޭނާ ދިޔަޔަށް މައްސަލައެއް ނެތްކަމަށް ބުންޏެވެ.

" އާ، އައިމަގުމަތީ ރާޒުވާ ކުޅެން ތިބި މީހުންތަކެއް ދިމާވެގެން ރާޒުވާ ކުޅެން އިނދެވުނީ....އެތާންގައިކުޅެވުނު ރާޒުވާ އަކީ މީގެކުރިން ދުވަހަކުވެސް އަހަރެން ކުޅުނު އެއްޗެއްނޫން. ވަރަށް ފޯރިގަދަކޮށް ދިޔައީ. އަދިވެސް އެތަނަށް ދާހިތްވަނީ. އެމީހުންބުނި މާދަމާރޭވެސް އަންނަންވާނެޔޭ....މިތަނަށްވެސް އައިސްލަންޖެހޭތީ ދެންއައީ " މިހެން ބުނެފައި ޖަމީލު ގޮސްވަނީ ގާޑިޔާ ތެރޭގައި މަސައްކަތް ކޮށްފައި ހުރިގޮތް ބަލާލާށެވެ. އޭރު ތަށްޓެއްގައި ކާށި ކޮށާފައި ހުއްޓެވެ.ޖަބުލާނީ ޕެކެޓުތަކާއި ކުދިކާނާ ޕެކެޓުތަށް ވަރަށް ރީތިކޮށް އަތުރާފައި ހުއްޓެވެ.ތަންކޮޅެއް ދުރުގައި ހުތް އަނބުތަކެއް ދޮވެފައި ކޮށަން ތައްޔާރުކޮށްފައި ހުއްޓެވެ. ކަތިވަޅި ކައިރީގައިި ފަސް ކުރުނބާ ހަދަން ތައްޔާރަށް ބާއްވާފައި އޮތެވެ. މީހުން އިށީންނަން ބަހައްޓާފައިވާ މޭޒުތަކުގެ ތެރޭން ދެ ތިންމޭޒުގައި މީހުން ތިއްބެވެ. އިރުކޮޅަކުން އެމީހުންވެސް ދާންފަށައިފިއެވެ. ނޫރުލް އަޖުމަލްވެސް ގެއާ ދިމާއަށް ދާތަންފެނުނެވެ.

ނޫރުލްއަޖުމަލް ދިއުމުން އެތަނަށް ކުއްލިއަކަށް މީހުން އިތުރުވާންފެށިއެވެ. މުޅިތަނަށް އަލިވިހެންވެސް ހީވިއެވެ. ޖައްވުގައި މީރުވަހެއްވެސް ދުވަން ފެށިއެވެ. ދެން ކުއްލިއަކަށް ވަރުބަލިވެގެން ނިދަން ގެޔަށްދިޔް ނޫރުލް އަނބުރާ އަތުވެއްޖެ . ހީވަނީ ހަތް ގަޑިއިރު ނިދާފައި އައި ހެނެވެ. އެހާވެސް އޭނާގެ މޫނު ތާޒާއެވެ.

"ބޮސް މާބިޒީވީމަ އަހަރެން މިއައީ........" މިހާރު ނޫރުލްއަޖުމަލް ގެ ކިބައިގައި އެއްވެސް ވަރުބަލި ކަމެއް އަދި ނިދީގެ އަސަރެއްވެސް ނެތެވެ. ނަމަވެސް އޭނާގެ އަޑު ކުރިއަށް ވުރެ ބަރުހެން ހީވެއެވެ. އެއަށްފަހު އޭނާ ކުރިއެްކޭ އެއަފަދައިން ކުރުނބާހަދަން ފެށިއެވެ. ތަންތަން ސާފުކުރުމާ އަލަށް ކުރުނބާ ބޯން އަންނަން ފެށި މީހުންނަށް ކުރުނބާ ދެމުން ގެންދިޔައެވެ. މޭޒުތަކުގައި ތިބިމީހުންވެސް އާންމުކޮށް އަންނަ މީހުންނަށް ވުރެ ބިޔަހެން ހީވިއެވެ. ނަމަވެސް މިއިން ކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެވެނީސް ޖަމީލުގެ ފޯނު ރިންގްވާންފެށިއެވެ.

"ހަލޯ..." އެއީ މަލީހާގެ އަޑެވެ.އެކަމަކު އެއީ އެހެން ނަންބަރެ ކެވެ.ފަހަރުގައި ފޯނު ގެއްލުނީކަމަށް ވުން އެކަށީގެންވެއެވެ. މަލީހާއަކީ ވަރަށް އަވަހަށް އެއްޗެތި ބޭއްވޭތަން ނޭނގޭ މީހެކެވެ.މިހެން ހިތަށް އެރިތަނާ މަލީހާގެ ރާގުބަދަލުވިއެވެ.

"ކަލޭ އަހަރެންގެ ދަރުފުޅަށް އަނިޔާ ކޮށްފައި މިފަހަރަކު ސަލާމަތް ވިޔަކަނުދޭނަން......" މަލީހާ ވާހަކަދެއްކީ ވަރަށް ރުޅިވެރިކަމާ އެކުގައެވެ.

"މަލީހާ...ކިހިނެތްވީ ތިވާހަކަ ދައްކަނީ ކޮށްއަޑަކުން ..އަހަރެންނަށް އަނެއްކާ ކޮންކުށެއް ކުރެވުނީ؟...މިރޭތަން ގެއަށް ދިއުން ލަސްވެގެން ރުޅިއައީދޯ...މާލަސްނުވެދާނަށް އިނގޭ" މިހެން ބުނެފައި ޖަމީލު ފޯނު ކަނޑައިލިއެވެ. އެވަގުތު ނޫރުލް އަޖުމަލް ކަތިވަޅި ހިފައިގެން ޖަމީލާ ދިމާލަށް އައެވެ. ނޫރުލް ގެސިފައިގައި ހުއްޓަސް އެއީ ނޫރުލް ނޫންކަން ޖަމީލަށް އިޙްސާސްވިއެވެ.

"ވަށައިގެން ތި ތިބީ އަހަރެންގެ އާއިލާއާއި ރަށްޓެހިން....މިފަހަރު ދުވަސް ދުއްވާލާނަން...މަގޭ ދަރުފުޅުގެ ގަޔަށް ރަތްކުޅުޖަހާ އޭނާއަށް ގޮނާ ކުރީމެއްނު...އަހަރެން އޭގެ ބަދަލުހިފާނީ ވަރަށް ނުބައިކޮށް........ނުބައި އިންސާނާ....." މިހިސާބަށް ވާހަކަ ދެކެވުނުއިރު ޖަމީލުގެ އަތްފައިން ބާރުދޫވާހެން ހީވިއެވެ. މުޅިހަށިގަނޑު ފިނިވާންފެށިއެވެ. ކުރިން ހިނގައިދިޔަ ކަނތަށްތަށް މަތިން ހަނދައިންވިއެވެ. ސައިކަލްގަ އިން ރީތި އަންހެންކުއަްޖާ، ނޫރުލް އަޖުމަލް އަނބުރާ އައުން، މުޅި ގާޑިޔާދޮށް އަލިވެގެން ދިޔަދިޔުން، މޭޒުތަކުގައި ތިބިމީހުންގެ ބިޔަކަަމާ ރާޒުވާކުޅެން ތިބި އަޖައިބެއްފަދަ މީހުން ތަކާ މިހުރިހާ ކަންކަމަކަށް ވިސްނާލުމުން ބިރުން ރޫރޫ އަޅަން ފެށިއެވެ.

އޭނާ ވަށައިގެން އެވަނީ ކޮން ބައެއްކަން އިޙްސާސްވީ ދެނެވެ. ޖަމީލު ފިނިވިއެވެ. މުޅި ހަށިގަނޑުން ހީބިހި ނަގައިގެންދިޔައެވެ.

މިރޭ ޖަމީލު ގެއަށްނައިސް ލަސްވާތީ މަލީހާ ކަންބޮޑު ވެގެން ގޭގެ ފެންޑާގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރެފައި ގަޑިއަށް ބަލާލިއެވެ. އޭރު ގަޑިން މެންދަމުންއަލިވެ 3:00 ޖެހީއެވެ. ދެން ނިދާފައިއޮތް ޖަމީލުގެ ބޭބެ ހޭލައްވައިގެން ނިކުމެ ޖަމީލުގެ ގާޑިޔާ ހުރިދިމާލަށް ހިނގައިގަތެވެ. ގާޑިޔާއާ އަރާހަމަވިއިރު ޖަމީލު މޫދަން ފުންމާލަން އުޅޭހެން ހީވާ ގޮތަކަށް ގުދުވެގެން އޮތެވެ. ޖަމީލުގެ ބޭބެ އެދިޔަގޮތަށްގޮސް ޖަމީލުހުއްޓުވަން އަތްލިތަނާ ޖަމީލު ޚަބަރުހުސްވެގެން ވެއްޓުނެވެ.ޖަމީލު ނަގައިގަނެގެން .ގެއަށްގެން ގޮސް ހަމަބޭއްވިތަނާހެން މުޅިހަށިގަނޑު ތެޅެންފެށިއެވެ. އެއަށްފަހު ލޯ ހުޅުވާލައިފައި ވާހަކަދައްކަން ފެށިއެވެ.

"މަލީހާ އަހަރެން ސަލާމަތް ކުރޭ...ހެޔޮނުވާނެ" އާދޭހާއެކު ޖަމީލުވާހަކަދެއްކިއެވެ.

""ކޮންކަމެއްވީތަ.....އަހަރެންނަށް ވަގަށް ކަމެއްކުރަނީތަ؟." މަލީހާއަށް ޖަމީލާދޭތެރޭޝައްކުކުރެވޭތާ ދުވަސްކޮޅެއްވެއްޖެއެވެ. ނަމަވެސް އަދިއަހާލެވޭނެހާ ހިތްވަރެއް މިހާތަނަށް ލިބިފިނެތީއެވެ،

"މީގެ ދުވަސްކޮޅެއްކުރިން އަހަރެންނަށް ނޭނގި ޖިންނިއަކަށް ގޯނާކުރެވުނީ......." ޖަމީލުގެ ވާހަކަތަށް ވަރަށް ތަފްސީލިކޮށްކިޔައިދިނެވެ.

މަލީހާ ވަރަށް ވިސްނައިފައި މީހަކަށްގުޅާލިއެވެ.

"ހަލޯ، ބައްޕާ. މިގުޅާލީކަމަކު. މާބޮޑުކަމަކާ ދިމާވެގެންމިއުޅެނީ..." މަލީހާގެ ހުރިހާ ވާހަކަތަކެއް ބައްޕައާ ހިއްސާ ކުރިއެވެ.

"ތިކަމުގައި މިރަށުގައި ހުރިއެންމެ މޮޅުމީހާ ގޮވައިގެން ބައްޕަމާދަމާ މާލެދާނަށް.ޖަމީލުއެއްގޮތަކަށްވެސް ގެއިން ބޭރަށް ނިކުތަނުދޭތި" މަލީހާގެ ބައްޕަބުންޏެވެ.

ފަތިހު މަލީހާގެ ބައްޕަ އެރަށުގެ ފަންޑިތަހަދަން އެންމެ މޮޅުމީހާ ގޮވައިގެން މާލެއައުމަށް ދަތުރުފެށިއެވެ.

އަނެއްދުވަހުހެނދުނު މަލީހާ ޖަމީލުގާތުގައި ބައްޕަ އިރުޝާދުދިންގޮތް ކިޔައިދިނެވެ. އަދި ޖަމީލުވެސް އެގޮތްގަބޫލުކޮށް ގާޑިއާދޮށަށް ނުދިއުމަށް ނިންމިއެވެ.

އާދައިގެ ގޮތުގެ މަތިން ދުވާލުގެ ވަގުތުތަށް ޖަމީލު ހޭދަކުރީ ޓީވީ ބެލުމާއި އަރާމުކުރުމުގައެވެ. ކުރީވީ ކަންތައްތަކުގެ މަތީން މާބޮޑަކަށް މިހާރުހަނދާނއެއްނެތެވެ. އެރޭ އިޝާ ނަމާދަށް ހަމަގޮވުމާއިއެކު ޖަމީލަށް އާދަޔާޚިލާފު ގޮތްތަކެއް ވާންފެށިއެވެ.ރުޅިގަނދަވެ މަލީހާއާއިދިމާއަށް އެއްޗެތި ގޮވަން ފެށިއެވެ. އަދި ގާޑިޔާކައިރިއަށް ދިއުން ނުހުއްޓުވޭނެކަމާއި މަލީހާ އާއި މަލީހާގެ ބައްޕަ އުޅެނީޖަމީލަށް ފަންޑިތަ ހަދާ މަރާލަން ކަމަށް ބުނެ ގެއިން ނުކުމެގެން ހިނގަށްޖެއެވެ.ގާޑިޔާ ކައިރީ ގައިހުއްޓިލިއިރު ނޫރުލް އަޖުމަލް ވަރަށް އަވަދިނެތި އުޅެއެވެ.

"ކިހާވަރެއް ދޭންވީ......"ފަހަތުން އަހެން ކުއްޖަކު ގޮވާލި އަޑު އިވިގެން ސިހިފައި ޖަމީލުފަހަތަށް އެނބުރިލިއިރު ލާރިދަބަސް ހިފައިގެން ވަރަށް ފަރުވާތެރިކަމާއެކު ޖަމީލާ ދިމާއަށް ބަލަހައްޓައިނގެން ހުރީ މީދުވަސްކޮޅެއް ކުރިން ޖަމީލު ކުރިމަތިން ހުރަސްކުރި ސައިކަލުގައި އިން އެއްކަލަ އަންހެން ކުއްޖާއެވެ. އެކުއްޖާގެ ފަހަތުގައި އެހެންފިރިހެނަކުވެސް ހުއްޓެވެ. އަނދިރި ކަމުން މީހާގެ ސިފަ ވަކިކުރެވޭ ގޮތެއްނުވިއެވެ. އެމީހަކު ހުރީ އެތާހުރި ފިތުރޯނު ގަހަކާ ނިވާވެގެންނެވެ.

" ފަންސަވިސް ރުފިޔާ....." ޖަވާބުދިނީ ނޫރުލްއަޖުމަލެވެ.އެކުއްޖާ ނެގިލާރި ނޫރުލްއަޖުމަލާ ހަވާލުކޮށްފައި ފުރަގަސްދީ ހިނގައިގަތެވެ. އެކުއްޖާއާއި އެކީގައި އައިމީހާ ހިނގައިގަތީ އެމީހުން އައި ސައިކަލާ ދިމާލަށެވެ. އެކުއްޖާ ހިނގާފައި ދާތަން ބަލަހައްޓައިގެން ޖަމީލަށް ހުރެވުނީ ކީއްވެގެން ކަމެއްނޭނގެ އެވެ. ކުއްލިއަކަށް އެކުއްޖާ ވަކިހިސާބަކުން ގެއްލުނެވެ. އެތަނުން ވަރަށް ބޯދުންގަނޑެއްއަރާ އެކުއްޖާ ގެއްލުނީތީ ޖަމީލުވަރަށް ބިރުގަތެވެ.އަދި އަނބުރައިގަނެގެން ވެއްޓުނެވެ.

ޖަމީލުގެއަށް ގެނެސްދިނީނޫރުލް އަޖުމަލެވެ. އޭރުމަލީހާ ބައްޕައާ ފޯނުންވާހަކަދައްކަން ހުއްޓެވެ.އަދި ވެގެންދިޔަހުރިހާގޮތެް ބައަޕައަށް ކިޔައިދިނެވެ.

ޖެހިގެން އައިދުވަހުވެސް މަލީހާޖަމީލުކުރެން ބޭރަށް ނުދިއުމަށާއި ގާޑިޔާ އާކައިރިއަށް ނުދިއުމަށް އެދުނެވެ. ޖަމީލުވެސް މަލީހާގެ ބަސްއަހައިއެގޮތަސް އަމަލު ކުރުމަށް އެއްބަސްުވިއެވެ.އެދުވަހު މަޣްރިބަނަމާދުން ފޭބިތަނާ ޖަމީލުގެ ކުރީގެ އެކުވެރިންތަކެއް ކުއްލިއަކަށް އެގެއަށް އައެވެ. އަދިވަރަށް މަޖާކުރިއެވެ. މަލީހާ ބަދިގޭގައި ކަށްކަން ހުއްޓައި ކުއްލިއަކަށް ގޭތެރެ ހަމަހިމޭން ވުމުން ނިކުމެ ބަލާލިއިރު ޖަމީލެއްވެސް އަދި އޭނާގެ އެއްވެސް އެކުވެރިއެއްގެ ޖެހުނުތާ ލަކުނެއްވެސްް ނެތެވެ. ކަންތަކާ ޖެހުނީތާއޭ މަލީހާގެ ހިތަށް އެރިއެވެ. މަލީހާ ހަދާނެގޮތް ހުސްވިއެވެ.އެހެންނަމަވެސް ލޯބިވާ ފިރިމީހާއަށްޓަކައި މަލީހާހުރީ ކޮނަމެފަދަ އިމްތިހާނަކާވެސް ކުރިމަތިލާން ތައްޔާރަށެވެ. ޖިންނިއެއް ކީއްކުރަންހެއްޔެވެ. ފުރޭތަޔަކާވެސް ކުރިމަތިލާކަށް މަލީހާ މިހާރު ޖެހިލުމެއް ނުވާނެއެވެ.މަލީހާ ގާޑިިޔާއާދިމާލަށް ވަރަށް ބާރަށް ދުއްވައިގަތެވެ. ގާޑިޔާއާ އަރާހަމަވިއިރު ޖަމީލުފެންނާކަށްނެތެވެ. ނޫރުލަްއަޖުމަލް ކުރުނބާހަދަން ހުއްޓެވެ.

"ކޮބާ ބޮސް.؟........ކޮންތާކަށް ދިޔައީ؟" މަލީހާ ހާސްވެފައިހުރިވަރުން ދެއްކޭ ނުދެއްކޭވާހަކައެއް ވެސް ނޭނގެއެވެ.

"ބޮސް އަންނަނީ ....ދެން އަވަސްދަނީ..." ނޫރުލް އަޖުމަލް ފޫހިވެފައި ހުރިރާގަކަށް ޖަވާބުދިނެވެ.

މަލީހާބަލާކަށްނުހުރެ އެރީ ތޮށިގަނޑުމައްޗަށެވެ. އެވަގުޖަމީލު މޫދަށް ފުއަމާލިތަން ފެނުނެވެ.

"ޖަމީލް...މީހެކޭ ސަލާމަތްކުރޭ" މަލީހާއަށް ވަރަށްބާރަށް ހަޅޭއްލަވައިގަނެވުނެވެ. ހަމައެވަގުތު ޖަމީލުގެ ބޭބެ މަލީހާގެ ފަހަތުން ދުވެފައިއައިސް މޫދަށް ފުންމާލިއެވެ. މަލީހާގެ ހަޅޭކުގެ އަޑަށް އެތަނަށްއެއްވި މީހުން ޖަމީލު ސަލާމަތްކުރުމުގައި އެހީތެރިވެދިނެވެ.

ޖަމީލު މޫދުންނެގިއިރު ހަށިގަނޑުގައި އެއްވެސް ހަރަކާތެއްނެތެވެ. އެހެންނަމަވެސް ދެތިންމިނެޓްފަހުން ލޯހުޅުވާލައިފައި އަޑުންއަޑުނަގާރޯން ފެށިއެވެ. އަދި އެއްޗެތީގެ ކިބައިން ސަލާމަތްކޮށްދިނުމަށްއެދި އާދޭސް ކުރަމުން ދިޔައެވެ.

މަލީހާމެން ގެއަށް އައިސް ވައިންއިރު މަލީހާގެ ބައްޕަ އާއި ފަންޑިތަހަދާ މީހާ އައިސް ތިއްބެވެ. އޭރު އެމީހާ ކިޔަވަމުން ދެއެވެ. އިރުކޮޅެއްނުވެ ޖަމީލަށް އުނދަގޫކުރާ އެތި ގެނެސްގެން ވީނުވީގޮތް އޮޅުންފިލުވައިފައި އޭތި އަނދާލައިފި ކަމަށް ބުންޏެވެ.

ޖަމީލުއަދި މަލީހާއެކަމާ ވަރަށް އުފާވިއެވެ. އެހެންނަމަވެސް އެހާ އަވަހަކަށް ގާޑިއާގެ މަސަކަތް ކުރަންދާކަށް ޖަމީލުބޭނުމެއްނޫނެވެ. އެއަށްވުރެބޮޑަށް ޖަމީލުހުރީ ވަރުބަލިވެފައެވެ. އަރާމުކޮށްލަން ދުުވަސްކޮޅަކަށް ބޭނުންވެފައެވެ.

އޭގެފަހުން ޖަމީލުމެން އުޅެމުން ގެންދިޔައީ ވަރަށްވެސް އުފާވެރި ދިރިއުޅުމެކެވެ. މިހާރު މަލީހާބަލިވެއިނދެ ދުވަސްފުރައި ފިރިހެންކުއަްޖަކުވެސް ވިހައިފިއެވެ. ޖިންނީގެކިބައިން ސަލާތްކޮށްދިން ތަކުރަކީ މިހާރު އާއިލާއާއިވަރަށް ގާތް މިހަކަށް ވަނީވެފައެވެ.

ކޮމެންޓް 0