8

އަރައިގެން އަންނަމުންދިއަ ޙޫނުކަން ގަދަ އަލިފާން ގަނޑެއް ފަދަ އިރުގެ ސަބަބުން ކޮޓަރިއަށް ވެރިވެފައިވާ އަދިރިކަން ފިލައިގެން ދިއަ މަންޒަރަށް ލޯ އަމާޒު ވެފައިވީ އިރު އިހުތިޔާރެއް ނެތި ނައިރާގެ ބޮޑު ދެލޮލުން ފައިބަމުން ދިއަ ކަރުނަތައްފެނުގެ ސާލެއް ފަދައިން ފައިބަމުން ދިއައެވެ.އުމުރުން އަދި އެންމެ ސޯޅަ އަހަރު ފުރިފައިވިއަސް ނައިރާގެ ދިރިއުޅުމުގަ ވަނީ އެތަށް ވޭންދެނިވި ދުވަސް ތަކެއް ކަޑަތު ކުރަން ޖެހިފައެވެ،އެއަނިޔާތަކަށް ކެތްނުވެގެން އަމިއްލަ ނަފްސު މިދުނިޔޭން ފުހެލަން ނައިރާ މަސައްކަތް ކުރަމުން ދާއިރު މިދުނޔޭގެ ލޯތަކަށް އެހުރިހާ ކަމެއް ވަނީ ވަންހަނާ ވެފައެވެ.

ކޮޓަރީގެ ކަނެއްގައި ހުރި މޭޒެއް މަތީ ލެއިން ފެވިފައިވި ކަރުދާސް ތަކެއް ހުރި އިރު، ހަމަ އެތާނގައި މެދު ވަރެއްގެ ވަޅިއެއް އޮތެވެ.ކޮޓަރީގެ މެދަށް ވާގޮތަށް ހުރި ފަންކާ ނިވާލެވިފައިވާ އިރު އޭގައި އެލުވާލެވި ފައިވާވާގަނޑު ހޫރިހޫރި ހުއްޓެވެ. ސުވަލަކީ ނައިރާ އަށް މިހިސާބަށް ވިސްނުންގެންދަށް މަޖްބޫރު ކުރުވީ ކޮންކަމެއް ހެއްޔެވެ.؟ މިނުބައި ފާފައަށް އަރައިގެންނަށް ނައިރާ ތައްޔާރީތައް ވެފަވާއިރު އެ މައުސޫމުގެ ހަޔާތަށް ބަދަލެއް ގެނެސް ދެވޭނެ އެއްވެސް އަތެއް ނެތީ ހެއްޔެވެ؟ މީޙާ މަޖްބޫރީ ވޭނީ އަނިޔާތަކެއް އެކުޑަ ނަފްސަށް ދިން ފަރާތަކަށް ނައިރާ އެކުރަން އުޅޭ ކަމުން ހަމަޖެހުމާއި އުފާލިބޭނެބާއެވެ؟

ނައިރާއަށް ކުރެވުނު އެންމެ ބޮޑު ކުށެއް ކަމަށް މުޅި އާއިލާ އެންމެން ވެސް ގަބޫލް ކުރާ ކަމަކީ ނައިރާއުފަންވުމާއިއެކު ހެން އެމައުސޫމްގެ ސުންޕާ ކަމުން މަންމަ ނޫރާ މިދުނިޔެއާއި ވަކިވި ކަމެވެ.

އެކަމުގައި ނައިރާގެ ކުށަކީ ކޮބާހެއްޔެވެ؟ ދުނިޔެއަށްއައީ ފިތުރަތުގެ ސާފުކަންމަތީގައެވެ. ކުށްވެރި ކަމުގެ ލޭބަލް ހަމަ އެވަގުތުން ފެށިގެން ނައިރާގެ ކަރުގައި އަޅުވާލީ ކޮން ހައްގެއް އޮވެގެން ހެއްޔެވެ؟ ބައްޕަނާޒިމް އެންމެ ލޯބިވާ އަންހެނުން ބައްޕާ އާއި ދުރުކުރުވީ ނައިރާ ހެއްޔެވެ؟ މާމަ އާއި ކާފަ ރަންގަނޑެއް ފަދައިން ބަލާބޮޑުކޮށް އެމީހުންގެ ހުވަފެންތައް ފުރިހަމަ ކޮށްދިން ދަރި ފުޅުގެ ހަޔާތް ބަރުބާދުކޮށްލީ ނައިރާ ހެއްޔެވެ؟ މަންމަ އާއި ބައްޕައެއް ނައިރާގެ ވެސް ވެއެވެ. އެ ލޯތްބަށް ނައިރާވެސް ބޭނުންވެއެވެ. އެހެނަސް އެއެންމެން ގެ ލޯތަކަށް ނައިރާ ވަނީ ކުށްވެރިވެފައެވެ.

އުފަންވިދުވަހުން ފެށިގެންވެސް ނާޒިމް އަށް ނައިރާ ބީރަށްޓެއްސަކަށް ވެގެން ދިއައެވެ، ނައިރާގެ މަންމަގެ އާއިލާގެ މީހުން ވެސް ނައިރާއަށް ފުރަގަސްދިނީ ނައިރާގެ ސޫރަވެސް ދެކެން ބޭނުން ނުވާހާލުގައެވެ. އެންމެ ކުޑަދުވަހުން ފެށިގެން ބަލާބޮޑު ކޮށްދިނީ، ހަމައެކަނި އެނަފްސަށް ޓަކައި އެހިތެއްގާ ރަހުމު އުފެދުނު ބޮޑުދައިތައެވެ، އެހެނަސް ބަލިހާލައިގެން އުޅެން އުދަނޣުވެފަވާއިރު ނައިރާގެ ހުރިހާ ކަންތަކެއް ކޮށްދެމުން ނައިރާއަށް ބޭނުވަ އެއްޗެހި ހޯދަން މަސައްކަތް ކުރުން ވެގެން ދިއައީ ސާއިރާގެ ހާލަތު އިތުރަށް ގޯސްވަމުން ދިއަކަމަކަށެވެ.

ދުވަސްތައް ވޭތުވަމުން ގޮސް ނައިރާގެ އުމުރުން ފަސް އަހަރުވީތަނާ ސާއިރާ މިދުނިޔެ ދޫކޮށް ދިއުންވީ އެ ނިކަމެތި ނަފްސަށް ލިބުނު އިތުރު ނިކަމެތިކަމަކާއި ވޭނަކަށެވެ، ހަޔާތުގައި ދެން ކުރިމަތިވެގެންދާނެ ކަންތައް ހިތަށް ވެސް ނުގެނެވޭހާ ކުޑަކުޑަ މައުސޫމް ނައިރާއަށް އޭރުވެސް އެހެންކުދިންނާއި ހިލާފަށް މިޒާޖަގައި ވަރަށް ބޮޑެތި ބަދަލްތަކެއް އައިސްފައި ވެއެވެ.މަޑުމަޑުން ހުރުމާއި، އެއްވެސް އުފާވެރިކަމެއް ނެތުމާއި، އަބަދުވެސް ލޯ ފެންކަޅިވެފަ ހުރުމުގެ އިތުރަށް ކެއުން ގިނަކަން އެއީ ބިރުންގަންނަ ޖެހިފައިވާ މިންވަރަށް އައިސްފައިވާ ބަދަލުތަކެވެ. އުމުރަށް ވުރެ ބޮޑުވެފައި ފަލަކޮށް ހުރުމުން އެއުމުރުގައިވެސް ތަންގަނޑު ކުދިންގެ މަލަމާތް ލިބުނެވެ. ގިނަ ކުދިން ނައިރާއަށް މުހާތަބު ކުރަނީވެސް ނައިރާ ހުންނަގޮތުން އެފަދަ ބަސްބަހުންނެވެ. އެކަމާ ފުރަތަމަ ކޮޅު ނައިރާ އަޅއެއްނުލައެވެ. އެހެނަސް ބޮޑުދައްތަގެ ވަކިވުމަށް ފަހު ނައިރާއަށް އައިބަދަލުތަކުގެ ތެރޭގައި އެފަދަ ބަސްތައް އިވުމުން ރޮވުމާއި ރުޅިގަދަވުން ވެސް ފެނިގެން ދިއައެވެ.

ބޮޑުދައްތަ ސާއިރާ ވަކިވުމަށް ފަހު ނާޒިމް ކިތަންމެ ބޭނުން ނުވިޔަސް ހިތާދެކޮޅަށް ނައިރާ އޭނަގެ ބެލުމުގެ ދަށައް ގެންނަށް މަޖްބޫރުވީ ރަށު މީހުންގެ އަނގަ ބަންދު ކުރުމުގެ ގޮތުންނެވެ.ނާޒިމް އޭރު އިތުރުކައިވެންޏެއް ކޮށް ދެއަހަރަށް ދާ ކުއްޖަކުވެސް ހުރެއެވެ. ނައިރާ އެގެއަށް ގެންދިއަ ގެންދިއުންވީ ނައިރާގެ ދޮންމަންމަ ޒާރާއަށް ޖެހުނު ބޮޑު މުސީބާތަކަށެވެ. އެކުޑަ ކުޑަ ނައިރާ އަށް ބަރުދާސްތުކުރަން ދަތި ނަފްރަތާއި ކުރިމަތި ކުރުވިއެވެ. ކަން ނުދީ ގިނަވަގުތު ބެހެއްޓުމާއި، ފެންނުވަރުވާ ރީތި ނުކޮށް އެކުއްޖާ ބަހައްޓަން ފެށިއެވެ. ނިދާގެ ތެދުވެންނަ ގޮތަށް އެގޮތުގައި އަނެއް ކޮޅުން އިރު އޮއްސިގެން ދާއިރު، ގިނަ ފަހަރަށް އަމިއްލަ އަށް ގައިގާ ފެން އުގުޅާ ހަދަނީ އެކަމުންވާއުދަގުލުގެ ސަބަބުން ކަންނޭގެއެވެ. ދޮންމަންމަ ކާން ނުދީ ގިނައިރު ބަހައްޓަން ފެށުމުން އިތުރަށް ފަލަވެ ލޮޑުވާން ފެށުމުން ގިނައިރު ކޮޓަރި ތެރޭ ބިއްޖެހިފަ އިދެވެން ފެށީ ގައިގަ ތެދުވާނެހާވެސް ވަރު ނެތިގެންނެވެ.

ނާޒިމް ނައިރާ ސުކޫލަށް ވެއްދީ، ނައިރާގެ އުޅުން ހުންނަން ފެށި ގޮތުން ކަންބޮޑުވެގެންނެވެ. ސުކޫލުއެއީ އާމަހައުލަކަށް ވުމުން ފުރަތަމަ ކޮޅު ނައިރާއަށް އެތާގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމުން އުދަނގޫވިއެވެ. އެހެނަސް މަޑުމަޑުން ނައިރާ ހޭނެފެށިއިރު، އާސައުގެއް އުފެދި ކިޔެވުމަށް ލޯބި ޖެހެން ފެށިއެވެ. ފަތިހު ތެދުވެ ފެންވަރާ އިނގޭ ގޮތަކަށް ނަމާދު ކޮށްގެން ނުކުމެއްނާއިރު ގިނަ ދުވަސްދުވަހު ފަތިސް ނަމާދުގެ ބަންގިވެސް ނުގޮވައެވެ. ބަންގި ގޮވުމުން އަލުން ނަމާދު ކުރެއެވެ. އަމިއްލަ އަށް ސައި ގިރައިގެން ބޯންފެށިއެވެ. ހާވެފައި ހުންނަ ގަޑީގައި ބަދިގެ ފަސޭހައިން ފެންނަހުންނަ އެއްޗިހި ކާންފެށުމުން އުދަގޫވެގެން ދޮންމަންމަ އަގައިގާ ހިފައިގަތް ގަތީނުން ލޭއަރުވާލި ދުވަހު ފުރަތަމަ ފަރަހަށް ނައިރާ ރުޅި އިސްކޮށް ގޭގައި ހުރި ތަށިތަކެއް ތަޅާލުމުން ނާޒިމް ރުޅިގަދަވެގެން ހަފްތާއެއްވަންދެއް ހަތްއަހަރުގެ ކުޑަކުޑަ ދަރިފުޅު އައްސާފައި ތިން ދުވަސް ވަންދެއް ކޮޓަރީގަ ބަންދު ކޮށްފައި ބެހެއްޓީއެވެ.ތިން ދުވަސްވީއިރު ތެދުވާނެ ވަރެއްނެތި ހުމާ ރަތްވެފައި އޮތް ނައިރާ އާމެދު ނާޒިމް ކަންތައް ކުރީ ބައްޕައަކު އަންހެންދަރިއަކަށް ކަންތައް ނުކުރާނެހާ ރަހުމު ކުޑަކޮށެވެ. ހުމާ ފިހިފިހި އޮތް ނައިރާގެ ގަޔަށް ފިނިފެންއެތި އަޅާއެހާލުގައި ވެސް ތެދުވެންނަށް މަޖްބޫރުކުރި އެވެ. ނުވިތާކަށް ޑޮކްޓަރަށް ދައްކަންވެސް ނުގެންގޮސް ބެއްވިއެވެ. ދެދުވަސްވީއިރުވެސް ހުން ރަގަޅު ނުވުމުން ޒާރާ ގެނަސް ޕެނަޑޯލް ކާރޑެއް ދިނުމުން އެކާން ނައިރާ ދެކޮޅު ހެދުމުން ގޮސް ޖޫސް ތައްޓަށް އަޅާފައި ގެނެސްދިނުމުން ނައިރާއެބޯލުމުން އޭގެފަހުން ހުމަށް އެގުންވި އިރު ގިނަ އަދަދަކަށް ބޭސްއަލާފަ ހުރުމުން މޫނަށް އަދިރިވާާ ގޮތްވެގެން ނުތެދުވެވި ރޯލަރޯލާ އެތަށް އިރަކު އޮތެވެ.މިފަދަ އެތަށް އަނިޔާ ތަކަކުން ނައިރާގެ ހަށގަނޑުގައި ލެވެމުން ދިއަ ލަކުނަށް ވުރެ ފުން ޒަހަމްތަކެއް އެ ހިތުގާ ދިއައީ ބޮޑުވަމުންނެވެ.

ތަފާތު އަނިޔާ ތަކާއެކުވެސް ނައިރާ ކިޔެވުމަށް ބެހެއްޓި ލޯތްބެއްގެ ސަބަބުން އެހެންކުދިންނަށް ވުރެ ވިސްނުން ތޫނު ކުއްޖެ ގޮތުގައިވެ، ރަގަޅު ކަމިޔާބީ ތައް ލިބެމުން ދިއައެވެ. ދޮންމަންމަ ޒާރާގެ ކުދިންނަށް ވުރެ ނައިރާ ގެ ހުށިޔާރުކަމާއި އަބަދު ކިޔަވަން އިންނަތަން ފެނި ޒާރާގެ ހިތުގައި އުފެދުނު ހަސަދާގެ ސަބަބުން ނައިރާ ލައްވާ ގޭގެ މަސައްކަތް ކުރަންފެށީ ނާޒިމްއެކަމައި ދެކޮޅުކަން އެނގޭއިރުވެސް ނައިރާގެ ކިޔެވުން ހަލާކުކުރުމުގެ ގަސްދުގައެވެ. ނައިރާ ފަދަ ހުށިޔާރު ކުއްޖަކަށް ކަންތައް އަވަހަށް ދަސްވަމުން ދިއައަސް އުޅެން ޖެހޭލެއް ބުރަކަމުން ކިޔެވުމަށް ބުރުއަރާ، އެ އުފަލުން ވެސް މަހުރޫމް ވެދާނެތީ ނައިރާ ބިރުގަންނަފެށިއެވެ. ދޮންމަންމަ އެދޭ އެދުމަށް ފުރަގަސް ދީފިއްޔާ ލިބޭ އަނިޔާއާއި ވޭން މާބޮޑުވާނެކަށް ހުދު އޭނަވެސް ދަނެއެވެ. ނާޒިމް ގެއަށް ވަދުމަށްފަހު ޒާރާ ނައިރާ އަވަހަށް ކޮޓަރިއަށް ފޮނުވާލަނީ ނާޒިމް ނައިރާގެ ސޫރަވެސް ފެންނަށް ބޭނުން ނުވާކަން އެނގޭތީއެވެ.

އަހަރަކަށް ފަހު އަހަރެއް ވޭތުވަމުން ގޮސް ގްރޭޑް އަށަކަށް އިރު ނައިރާ އަކީ މުޅިރަށުގައިވެސް ކިޔެވުމަށް އެންމެ މޮޅު ކުއްޖާކަމުގައިވިއެވެ. ކިޔެވުމުގެ މަރުހަލާގެ ފަހު އަހަރުތަކާއި ކުރިމަތި ލާން ޖެހުނު އިރުވެސް ގިނަ ކުދިންގެ މަލާމާތް ލިބެމުން ދިއައީ ނައިރާގެ ހަށިގަނޑު

ބޮޑެކަމުންނެވެ.އެކަމާ ނައިރާ ވެސް ފިކުރުކުރަން ފެށީ ފުރާވަރަށް އަޅަންފެށުމުން އެހެންޏާ އަމިއްލަ ނަފްސަށް ދެކޭގޮތްތައް ބަދަލުވާން ފެށުމުންނެވެ. އެބޭނުމުގައި ނައިރާ ކެއުމާއި ދުރުވާން ފެށިއެވެ. ކުރަންޖެހޭ މަސައްކަތް ގިނަ ކަމުން ހުރިހާކަމެއް ކޮށް ފިލާވަޅުތައް ހަދައި ދަސްކޮށްނިމޭއިރު ގިނަރޭރޭ ތިނެއް ޖަހާބޮޑުވެއެވެ. ދެން ލިބޭ ކުޑަވަގުތު ކޮޅުގައި ނިދާލާފައި ތެދުވެވޭއިރު ގިނަފަހަރަށް ހުންނަނީ ހައެއްޖަހާފައެވެ. ތެދުވެ ފެންވަރާހަދައިގެން ފަތިސް ނަމާދުކޮށްލައިގެން ނުކުމެ މުޅިގެ ސާފްކޮށް ރޮށި ފިހެވެނީ ހަމަ ކިރިޔާ އެވެ. ހަތްގަޑި ބައިވުމުން ނައިރާ ތައްޔާރުވެގެން ކޮފީ އެއް ބޯލައިގެން ގޮސް ސުކޫލަށް ވަންނައިރު ގަޑިޖެހެން ހުންނާނީ ސިކުންތު ކޮޅަކަށް ވެފައެވެ. އެއީވެސް ސްކޫލު ގެއާ ކައިރީގައި ހުރުމުންނެވެ. އެހެންނޫނަމަ ކޮންމެ ދުވަހެއްވެސް ވާނީ ނައިރާ ގަޑި ޖެހިގެން ސްކޫލަށް ދާ ދުވަހަކަށެވެ.

ފުރަތަމަ ޓާރމް ޗުއްޓީލިބުމުން ނާޒީމް މާލެ ދިއައީ މުހިމްމު ކަމެއް ޖެހުގެންނެވެ. ޒާރާ އާއި، ނައިރާގެ އިތުރުން ޒަރާގެ ދަރިފުޅު ޒިއާމް ފިޔަވައި އިތުރުމީހަކު އެބޮޑުގޭގައި ނޫޅެއެވެ. އެހެންކަމުން ނަޒިމް ފުރައިގެން ދިއުމާއި އެކު ޒާރާގެ އަންހެން ފިރިހެން ރައްޓެހިން އެގޭތެރެއަށް ޖަމާވާން ފެށިއެވެ،އެމީހުންގެ ފަރާތުން ނައިރާއަށް ގޯނާ ތައް ކުރިމަތިވާން ފެށިއެވެ. އެގެއަށް އަންނަ ފިރިހެނުން ނައިރާގެ ގަޔަށް އަތްލާ ހަދަން ފެށިއެވެ އެކަމުގެ ސަބަބުން ބިރުވެރިކަމެގައި ހުރި ނައިރާ ރޭގަނޑުގެ ވަގުތުތަކުގައި ބޭޜަށް ނުނުކުމެ ކޮޓައީގައި ތަޅުލެވިގެން އިންނަށް ފެށިއެވެ. ނާޒިމް މަލެ ދިއަގޮތަށް އަމިއްލަ ތަނަކަށް ވަޒީފާ އަށް ވަދުނުވާހަކަ އިވި ނައިރާއަށް ހަމަޖެހުމެއް ލިބުނީ، ބައްޕަ ވާހަކަ ނުދައްކާއިރު ބައްޕަކުރިމަތީ އަބަދު އުޅެން ދެރަވާތިއެވެ. އެހެނަސް ނައިރާއަށް ބޯމަތިވި އަނދިރި ވިލާގަނޑު ފެންނާނީ ކިހިނެއް ހެއްޔެވެ؟ ގްރޭޑް އަށެއްގެ ކިޔެވުން ނިމި ނާޒިމްގެ އެދުމުގެ މަތިން ޒިއާމް މަލޭގައި ކިޔަވަން ހުންނަ ފޮނުވާލެވުން ވީ ޒާރާއަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. ބަލަބަލާހުރި ވަގުތު އައިސް ޖެހުނީއެވެ.

ރޭގަނޑެއްގެ މެންދަމުގެ ވަގުތެކެވެ. ފުން ނިއްޖެއް ގައި ނިދާލާފަ އޮތް ނައިރާގެ ވަށައިގެން ދެމީހަކު ގޮސް ހުއްޓުނެވެ. މަޑުމަޑުން އެ ދެމީހުން ނައިރާގެ ހަށިގަނޑުގައި އަތްހިންގާލިތަނާ ސިހިފައި ނައިރާއަށް ހޭލެވުނު އިރު ތަނެއް ދޮރެއް ވަކިކުރަން ނޭގި މުޅިމީހާ ތުރުތުރު ލައެވެ. ކޮޓަރީގައި ދިއްލަފަހުރި ބޮކި ނިއްވާލާފައި ހުރުމުން އެއްވެސް ތަނެއް ފެންނަވަރު ނެވެއެވެ. ނައިރާ އެނދުން ތެދުވެންނަށް ދިމަކޮށްލީ ބޮކި ޖައްސަން ދާންވެގެން ނެވއެ. އެހެނަސް މީހެއްގެ ގައިގާ އަޅައިގަނެ އެނދަށް ވެއްޓުނު އިރު، އަނެއް ކައިރީގައި އިން މީހާ ފޯނުގައި އިން ލައިޓް ޖައްސާލުމާއި އެކު ކުރިމަތިން ސިފަވި ބޮޑު ދެފިރިހެނުން ފެނި ނައިރާ ބިރުން ހޭނުނެތުނީ ކިރިޔާއެވެ." ކަނބުލޯ މަޑުން ހުރޭ ބިރުނުގަނޭ، އަހަރެމެންގެ ފަރާތުން ނުލިބޭނެ އަނިޔާއެއް ކަނބުލޮއަކަށް، ލިބެނީ އުފަލާ އަރާމް އެވެސް ދުވަހަކު ހުވަފެނުން ވެސް ނުލިބޭހާ، އާދޭ، އަހަރެމެން ނާއި އެކު އުފާކޮށްލަން، " ގޭދޮށު ފިހާރަގަ އިންނަ އަހުމަދުބޭގެ އަޑުއިވުމުން ނައިރާއަށް ރޮވެންފެށީ ކުރިމަތިވާން މިއުޅޭ ކަންތައް ހިތަށް އެގުންވުމުންނެވެ. ދެން އަހުމަދުބެއާ ބައިވެރިވި މީހާ އަކީ ކާކުކަން ދެނެގަންނާން ނޭގެނީސް އެމީހާ އައިސް ޖެހިގަތީ ނައިރާގެ ގައި މައްޗަށެވެ. ލެވުނުލާ ބާރަކަށް ހަޅޭ ލަވަން ހުޅުވި އަނގަމަތީ އަހުމަދުބޭ އަތްއަޅާ ނައިރާގެ މޫނުގައި ވަސް ގަންނަފެށީއެވެ. އޭރު ދެންހުރި މީހަކު ދިއައީ ނައިރާގެ އެންމެ އަގުބޮޑު އިއްފަތް ވެއްޔާ މޮޑެމުންނެވެ. ލިބެމުން ދިއަ ތަދުތަކާއި ވޭނަށް ކެތްނުވެވިގެން ތެޅިފޮޅެމުންދިއަ ނައިރާގެ ހަށިގަނޑު ހިމޭންވި އިރުވެސް އަހުމަދުބެ ދިއައީ އޭނަގެ ކަރުހިއްކުން ފިލިވަމުންނެވެ.

ގަޑީން ހެދުނު އަށެއް ޖެހިއިރު ޒާރާ ނުކުމެ ސައިބޯން ދިއައިރު، އެއްވެސް އެއްޗެއް ހަދާފައި ނެތުމުން އައި ރުޅީގައި ނައިރާގެ ކޮޓަރިއަށް ވަންއިރު ނާއިރާ އޮތްގޮތްފެނި ޒާރާގެ މެޔަށް ފިނިވެގެން ދިއައެވެ. އެހެނަސް އެނިކަމެތި ކުއްޖާއަށް އެވަގުތުވެސް ބޭލީ ރުޅިއެވެ، އައިގޮތަށް އިސްތަށީގަނޑުގައި ހިފާ ހަޅޭލެވިއިރު މީ އަމިއްލަ އަށް ޒާރާ ކުރުވި ކަމެއްކަން ނޭގޭކަމަށް ހެދެމުން ތަޅާއަނިޔާ ކުރި އެވެ. " މިހުރިހާ ކަމެއް ކުރީ ކަލޭ، ލާރީގެ ދަހިވެތި ކަމުގަ، ނޫންތަ ، ބުނެބަލަ މީ ދޮގެކޭ، " ނައިރާ އެހަލުގައިވެސް ހިތްވަރު ގަދަކުރަން މަސައްކަތް ކުރިއެވެ. ޒާރާ އައި ރުޅީގައި ނައިރާގެ ބަނޑު ކޮޅުގައި ޖެހުމުން ވީ ތަދުން ދެލޮލުން ހޯސްލާފައި ފައިބައިގެންދިއަ ކަރުނަތަކައި އެކު ވޭނީ އާހެއްގެ އަޑު މުޅިތަނުގައި ފެތުރިގެން ދިއައެވެ.

މިއަނިޔާތަކައި އާދަވެގެން ކޮންމެ ދުވަހަކު ކުރިމަތި ލާންޖެހުން ނައިރާ ދުނިޔެދެކެ ފޫހިވެ މަރުވާން މަސައްކަތް ކުރަން ފެށީއެވެ.

އެއަހަރު ނިމި ގޮސް ޖެހިގެން އައި އަހަރުގެ ސްކޫލު ހުޅުވި ދުވަސްތައް ވޭތުވެދިއައިރުވެސް ނައިރާ ސްކޫލަށް ނާންނަފެށުމުން އޮފީހުން ވީކީއްތޯ ބަލަން ގަޑިކިޔުމުން ޒާރާގޮސް ބުނީ ނައިރާ އިތުރަށް ކިޔަވަން ބޭނުން ނުވާވާހަކައެވެ. އެމީހުން ނައިރާއާއި ބައްދަލު ކުރަން އެދުމުން ޒާރާ ފާޅުގައި ދެކޮޅު ހެދީ އިތުރަށް ދެން ކިޔަވާދޭން ބޭނުން ނޫން ކަމުގައި ބުނަމުން ނެވެ. ނައިރާ ގެއިން ބޭރަށް ނުކުތުން މަނާކޮށް ފިޔަކޮށާލެވިފައިވާ ދޫންޏެއް ފަދައިން ބަންދު ކޮށްގެން ގެންގުޅެން ފެށިއެވެ. ހެދުނު ހޭލާ ގޮތަށް ބިއްޖެހިފައި ކޮޓަރީގައި އެއްކަނެއްގައި އިންނައިރު، ގިނަފަހަރަށް ޒާރާ އައިސް އަނިޔާކޮށްގެން ނޫނީ ބޭރަށް ނުނެރެއެވެ. ލާރީގެ ދަހިވެތިކަމުގައި ހިތްއުފާކުރަން އަންނަ މީހުން އަންނަން ވާއިރަށް ގަދަކަމުން ނައިރާއަށް ފެންވަރަށް ރީތިވާން ޖައްސައެވެ. ހަމަ ކޮންމެ ރެއަކު އާދަވެ އެއަނިޔާދއެމުން ދިއައިރު، އެކުއްޖާގެ ހާލަތު ގޯސްވެ ބުއްދި ގޯސްވާން ފަށައިފިއެވެ.ދުވަސްތައް މާޒީވަމުން ގޮސް އަހަރެއްހާ ދުވަސްވީ ފަހުން ފެންނަފެށި އަލާމަތްތަކުން ނައިރާ ބަނޑުބޮޑުކަން ޒާރާއަށް ދެނެގަނެވިގެން ޓެސްޓު ހެދިއިރު،ޙީ ޔަގީނަށް ބަދަލުވުމުން ބަރުގަދަ ބޭސް ގެނެސް ކާންދީ އެކުއްޖާ ވައްޓާލަން މަސައްކަތް ފެށިއެވެ. އެކަން ނުވުމުން ނައިރާ ނިދާފައި އޮތްނައިރު، އަތުގައި ހުރި ބާރެއްލާ ބަނޑަށް ފިތާ ހޭނެތޭ ވަރު ކުރަން ފެށީއެވެ. ނުވިތާކަށް އަހުމަދުބެ ގެނެސް އެވާހަކަތައް ކިޔާދީ، އަހުމަދުގެ ގޯނަތައް އިތުރުކޮށްގެން ވެސް އެދަރި ނައްތާލަން އުޅެނުވުމުން އެންމެ ފަހުގެ އުކުޅު ބޭނުން ކުރީ އެމީހުންގެ އެ އަމަލުތަކަށް ކޮންމެވެސް ދުވަހަކުން ސާޒާ ލިބޭނެކަން އިގިވެސް ބިރުނުގަންނަ ހާލުގައެވެ. ގޭގެ ދެވަނަ ބުރި ރޭގަނޑުދަންވަރު ނައިރާ ވައްތާލީވެސް ހުދު ޒާރާ އަތުންނެވެ. ނަސީބު ޒާރާގެ އަތުގައި ހިފައި ދަރިފުޅު ބައިގެން ދިއައިރު ނައިރާ އަށްޖެހުނު ސޮކުން އަރައިގަނެ ހަފްތާއެއް ފަހުން ގެއަށް ދޫކޮށްލިއެވެ. އެދުވަހުން ފެށިގެން މިއަދަށް ފަސްދުވަސް ވޭތު ވެދިއައިރުޔ އަމިއްލަ ފުރާނަ ދުއްވާލަން ނައިރާ މަސައްކަތް ނުކުރާ ދުވަހެއް ފާއިތުވެގެން ނުދެއެވެ.

***********************************************

ފަންކާގައި އެލުވާފައި އިން ވާގަނޑަށް ބާރު ވުމައި އެކު ވޭނީ އާހެއް ގެ އަޑާއި އެކު ނައިރާގެ ފުރާނަ ހަށިގަނޑާއި ވަކިވެގެން ދިއައެވެ. މުޅި ކައިނާތުވެސް ކަރުނު ފުރިގެން ދިއަކަހަލައެވެ. ބޯވާރޭގެ ތިކިތަކުގެ ހަމަލާ އަމާޒުވީ އަނިޔާވެރި ބިންގަނޑަށެވެ. ޖެހެމުން ދިއަ ބާރުވައިން ކާއިނާތުގެ ހުރިހާ އެއްޗެއް ހަފުސް ކޮށްލަން އުޅޭހެން ހިވާން ފެށިއެވެ.

ޒާރާ ގެ ހިތް ނުބައި ގޮތަކަށް ތެޅިލީ ގޭދޮރު ހުޅުވާލާފައިވަން ޕޮލިހުން ތަކެއް ފެނިއެވެ. ނައިރާގެ ކޮޓަރިގެ ދޮރު ވައްޓާލުމައި އެކު އެތާގަ ތިބި ދެއަންހެނުންގެ މޫނަށް އަދިރިވީ ލެއާ ތަތްތެޅި ދަންޖެހިފާ ހުރި ނައިރާ ފެނުމުންނެވެ. ދޮރުމަތީ ހުރި ނާޒިމްގެ ލޯ ފެންކަޅިވެގެން ދިއައިރު މަންޒަރު ފުސްވީ ރަންޖަވާހިރެއް ފަދަ ދަރިފުޅު އަމިއްލަ އަތުން މަރަލިކަމުގެ ކުށްވެރި އިހްސާސެއް ވުމުންނެވެ. އާއެކެވެ އެދަރިފުޅުގެ ހަޔާތް ވީރާނަ ކޮށްލީ ހުދު އެ ބައްޕަގެ އަތުންނެވެ.ނައިރާގެ ބިރުވެރި މެސެޖާއި އެކު ގަތް ބިރުން އެނބުރި ރަށައް އައިއިރު ދުނިޔެ އަނެއް ފުށައްޖެހި އަނބިމީހާ އާއި އެކު ދާން ޖެހުނީ އުމުރުދުވަހަށް ޖަލަށެވެ.

ކޮމެންޓް 0