1

ނަލަ ރީތިކޮށް ދުވެލާފައި ދާ 90ވަރަކަށް ފޫޓްގެ ބޮޑު ދޯނީގެ ގެގަނޑުމަތީގައި އަހަރެން އޮށޯވެލާއިގެން އޮތީ ވަރަށް އަރާމްގައެވެ. ތަރިތަކާއި ދިމާއަށް ބަލަހައްޓައިގެން މާބޮޑު ފިކުރެއްގެ ތެރޭގައެއް ނޫނެވެ. ފެންނަމުންދާ ރީތި މަންޒަރުގެ ހިޔާލްގެ ތެރޭގައެވެ. އެއީ ރީތި މަންޒރެކެވެ. ގަޑިން ރޭގަނޑު ދޭއް ޖެހީއެވެ. އާއެކެވެ. ކަނޑުމަތީގައި އަހަރެންގެ ވަޒީފާ އަދާކުރަމުންދާއިރު މިކަހަލަ މަޑުމަޑު ސާފް ވައިރޯޅި އާއި އުޑުމަތި ސާފް ރޭރޭގެ ހިއްގައިމުކަން ވަރަށް ގިނަފަހަރު ތަޖްރިބާ ކުރެވިފައި ވެއެވެ. ބައެއް ރޭރެއަކީ އަހަރެމެން މުޅިން ކަނޑުމަތީގެ ދަތުރު ތަކުގައި ހޭދަކޮށްލާ ރޭރެއެވެ. މާގިނަ އިރުތަކެއް ނުވެ، ޖެހެމުންދިޔަ ރޯޅިފަށް ބާރުވަމުން ދާން ފަށައިފިއެވެ. އުޑުމަތި ބަނަވެ ތަރިތަކުގެ ރީތި މަންޒަރުވެސް މުޅިން ބަދަލް ވެއްޖެއެވެ. ވައި ގަދަވެ ވިއްސާރައިގެ އަސަރު ފެންނަން ފެށިއެވެ. ކަނޑުމަތިގައި އެހެން އުޅޭއިރު ވަރަށް ހިއްގައިމު ދުވަސްދުވަހާއި ނުތަނަވަސްކަން ގެނުވަފަދަ ދުވަސްތަކާއި ދިމާވުމަކީ ހަމަ އާއްމުކަމެކެވެ.

މޫސުމްގެ ރީތި ވަގުތުކޮޅަކަށްފަހު ބަނަކަމާއި ވިއްސާރައަށް ބަދަލް ވީއެވެ. އެއީ އަހަރެންނަށް އެއްވެސް ވަރަކަށް އަކާމެއްނޫނެވެ. މިފަދަ ކިތަންމެ ރެއަކާއި އެގޮތައް ބައްދަލްވެފައި ވެއެވެ. އެހެންކަމުން އެއްވެސް ކުއްޖެއް މާބޮޑު ސަމާލްކަމެއް ދޭތަނެއް ނުފެނެއެވެ. އެކަމަކު މިރޭ ވީ ހީކުރިކަހަލަ ރެއަކަށް ނޫނެވެ. މުޅިން އާދަޔާ ހިލާފް ރެއަކަށެވެ. ހަޔާތުގެ ކަޅުރޭތަކުގެ ޟަފްޙާ އަކަށެވެ. ވައި އިންތިހާއަށް ބާރުވެ އޮޑި ދުއްވާލަންވެސް ކެރޭވަރަށް ވުރެ ކަނޑު ގަދަ ވިއެވެ. ރޭގަނޑުގެ ކަނު އަނދިރީގައި ކުރެވޭނެ މާބޮޑު ކަމެއްވެސް ނެތެވެ. މާ ލަސްތަކެއްނުވެ ކުއްލިއަކަށް އޮޑި ފަރަކަށްއަރާ ބީހުނެވެ. ހާސްކަމާ ނުތަނަވަސްކަމުގެ ތެރޭގައި އެކިގޮތްގޮތައް އެތައް މަސައްކަތްތަކެއް އެންމެންނަށްވެސް ކުރެވުނެވެ. ނަމަވެސް އެއްވެސް ކަމެއް މާ ކާމިޔާބު ގޮތަކަށް ނުވިއެވެ. ދެން ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ދެން އޮތީ ހަމަ މިގޮތުގައި އިތުރު އެހީއެއް ލިބޭތޯ މަސައްކަތް ކޮށްލަކޮށްލަ ތިބުމެވެ. އެގޮތް މިގޮތުން މީހުންތައް މަސައްކަތް ކުރަމުން ދިޔައެވެ. އޭގެ ތެރެއިން ކަކު ބައްތިން އަލި ކުރުމުގެ ތެރޭގައި ހިކިފަސް ތަނެއް ވަރަށް ކާރިން ފެނުނެވެ. ދެން އެންމެންވެސް ގަސްތުކުރީ ފައިބާށެވެ. ދޯނީގައި ތިއްބަސް ދޯނި ސަލާމަތްކުރަން ކުރެވޭނެ ކަމެއް ނެތުމުން ހިކިފަސްތަނަކަށް ފައިބާ ތިބުންވެސް މާރަނގަޅު ވާނެތީއެވެ.

ގަދަ ވަޔާއި ވިއްސާރައިގެ ތެރޭގައި ފަތާފައި ފައިބާގެންގޮސް ފައި ޖެހުނީ މަޑުމަޑު ދޮންފަސްގަނޑެއްގެ މަތީގައެވެ. އެއީ ފަރާއި ގުޅިފައި އޮތް ފިނޮޅެކެވެ. އެއްވެސް ރުކެއްކަހެއްވެސް ނެތްކަން އެގުނެވެ. އާއެކެވެ. އެއީ ދޮނެވެލި ފިނޮޅެކެވެ. ބައްތިން ވެލިގަނޑުގެ މައްޗަށް އަލި ކޮށްލުމުން ފެނިގެން ދިޔައީ ހިއްގައިމް މަންޒަރެކެވެ. ފިނޮޅު ފުރިފައި ކަހަލަ ގޮތަކަށް އޮތް ދޫނިތައް އުދުހިގަތް މަންޒަރެވެ. އަހަރެންގެ ހިތައް ވަރަށްބޮޑު ބިރުވެރިކަމެއް އިހްސާސްކުރެވުނެވެ. އެންމެންވެސް އުޅެމުންދިޔައީ ބިރުވެރިކަމާއި ނުތަނަވަސް ކަމުގެތެރޭގައެވެ. ނަމަވެސް އަހަރެންނަށް މިހާރު ކުރިމަތިވެގެން މިދިޔައީ މުޅިން އެހެން ބިރުވެރި ކަންތައްތަކެކެވެ. އަހަރެން ހިތައް އެރީ އެއީ ހަމަ އެ ދޫނި ފިނޮޅެވެ. އަހަރެން ހިތުގައި ހިންގަންފެށީ މުޅިން އެހެން ބިރުވެރި ކަންތައްގަނޑެކެވެ. އެހިޔާލްތަކުގެ ތެރޭގައި އަހަރެން އެތެރެހަށި މުޅިން ފިނިވެގެން ދިޔައެވެ.

އެއީ މީގެ ގާތްގަނޑަކަށް ސާޅީހަކަށް އަހަރު ކުރީގެ ހަނދާންތަކެކެވެ. އަހަރެން ޅަދުވަހެވެ. އެންމެ ޒުވާން ސިޔާސަ ދުވަސްތަކެވެ. އަހަރެން ބޮޑެތިމީހުންނާއެކު މަސައްކަތް ކޮށް މަހަށްގޮސް، ވަދާގޮސް އުޅެން ފެށި އިރު ދެއަތުން ދެފަލި ރަނގަޅަށް ނުވެސް ޖެހެއެވެ. އަހަރެން މައްސަކަތް ކުރަންފެށީ އެހާ ކުޑައިރުން ސުރެން ފެށިގެންނެވެ. ކުޑަވަރެއް ބައްތެލި ދޯނިގަނޑެއްގައި މަހަށް ގޮސް އުޅުނު ދުވަސް ވަރުން ދުވަހެއްގައި ދޯނިމީހުން ފިނޮޅަށް ދޫނިހިފަން ދާވާހަކަ ދެއްކިއެވެ. އެކަންވީ އަހަރެން މާބޮޑަށް ސައުޤުވެރި ވާކަމަކަށެވެ. އަހަރެން ކެޔޮޅުބޭ ގާތުގައި ކޮންމެހެންވެސް ގެންދަންވާނެކަމަށް ބުނީމެވެ.

ކޮންމެޔަކަސް ދުވަސްތަކައި ރޭތައް ފާއިތުވަމުންގޮސް ފިނޮޅަށް ދިއުމައް ރެއެއް ކިޔާފިއެވެ. ވިއްސާރަ ރޭތަކުން ރެއެކެވެ. އަހަރެން އެކަހަލަ ރެއަކު އެއްގޮތަކަށްވެސް ދާކަށް ބޭނިމެއްނޫނެވެ. އެކަމަކު އެކަމަށްއޮތް ޝައުގެއްގެ ބޮޑުކަމުން ދާން ނިންމީމެވެ. އެކަމަކު އަހަރެން ވަރަށް ޝަކުވާ ކުރިމެވެ.

"އެކަމަކު ދޯ! ކެޔޮޅުބޭވެސް ދެން ކީކުރަންތަ މިކަހަލަ ރެއަކު ދާން ތި ނިންމީ! ކިހާ ވިއްސާރަތަ!"

"ކޮއެފުޅުމެންނަކަށް ނޭނގޭނެ...... ދޫނި ހިފާކަށް ފަސޭހައެއް ނުވާނެ ކޮންމެ ކަހަލަ ރެއަކު އެއް. ކުޑަކޮށް ވިއްސާރަކަނި ޖަހަންޏާ އެސޮރުމެން ތިބޭނީ ރީތިކޮށް ގުޑާވެސް ނުލާ".

ކެޔޮޅުބޭ އެބުނީ ތެދެއްކަން އަހަންވެސް އެނގުނެވެ. ކޮންމެ ގޮތެއްވިއަސް އެމީހުންނެއް އެކަމަކަށް އަލެއް ނުވާނެތާ އެވެ. އެއީ އޭރުގައި ކޮންމެވެސް ވަރަކަށް މީސްމީހުން ކޮށްވެސް އުޅުނު ކަމެއްވީޔާއެވެ.

އެކުޑަކުޑަ ބައްތެލީގައި އަހަރެންނާއި އެކު ޖުމްލަ ފަސްމީހުންވެގެން ފިނޮޅަށް ދިއުމަށް ފުރީމެވެ. އަހަރެމެން ފުރީ ހަވީރުގެ ވަގުތެއްގައެވެ. އެއީ ރޭގަނޑުވެ އަނދިރި ވާއިރަށް އެހިސާބަށް ދެވޭވަރަށް ބަލައިގެންނެވެ. ހިސާބަކަށް ވިއްސާރަ ވެހެމުންދެއެވެ. ނަމަވެސް ވައި ބާރެއް ނުނެވެ. ކަނޑު ހަމަ މަޑެވެ. އެ ފިނޮޅަށް ދެވުމާއެކު އޮޑި ރަނގަޅަށް އެޅުމައްފަހުން ދަލާއި ދަނޑިތައް ހިފައިގެން އެންމެން ފޭބީމެވެ. އަހަރެމެން އެދޫނި ފިނޮޅަށް ފޭބިއިރު ވަރަށް ބައިވަރު ދުނިތައް ތިއްބެވެ. އެންމެންވެސް އުޅެނީ ވަރަށް މަޑުމަޑުންނެވެ. ހުރިހާ އެއްޗެއް ހިފައިގެން ދޫނިތައް ތިބި ސަރަހައްދުގެ ވައިމަތި ފަރާތައް އަހަރެމެން އެންމެން ދިޔައީމެވެ. އެމީހުން އެކަމަށް ވަރަށް މޮޅެވެ. މުޅި ދުނިޔެމައްޗަށް އަނދިރިކަން ވެރިވެފައި ވީނަމަވެސް ތަންދޮރު ވަކިވާވަރުވެއެވެ. އެކަމުގެ ތެރޭގައި އުޅޭއިރު އެހެން ހުރިހަކަމެއް ހަނދަނުން ފިލާދާހާ މަޖާވެފައި ސައުގުވެރިކަން ބޮޑެވެ. ބިރުވެރިކަމުގެ ކަންފުޅެއްވެސް ނުވެއެވެ. އެންމެންވެގެން ދަނޑިތައް ހަރުކުރުމަށްފަހު ރަނގަޅަށް އޭގައި ދާގަނޑު ހަރުކޮށްފިމެވެ. އަދި އައިސް އަނެއްކޮޅުން ލާފައި ދުނިތައް ފައްސާލީމެވެ. ސަހަރޯއެވެ. ހީވަނީ އެހެން ކަމެއް ހެންނެވެ. ދޫނިތައްގޮސް ދަލުގައި ޖެހިއްޖެއެވެ. ދާ އެދިޔައީ ފުރި ބެދިގެންނެވެ. މީ އިނގޭ މަޖާ ކެމެވެ.

އެންމެންވެސް އަވަސްވެގަތީ ދޫނިހިފުމަށެވެ. ކޮންމެ ދުންޏެއްވެސް ހިފުމަށްފަހު ފިޔަ ގޮއްޖަހަނީއެވެ. މިމަސައްކަތް ނިމުމުން ދެންއޮތީ ދޫނިތައް އޮޑިއަށް އެރުވުމެވެ. އޮޑިއޮތީ މޫދުގައި އަޅާފައެވެ. ކޮންމެ މީހަކުވެސް ދޫނި ހިފައިގެންގޮސް އޮޑިއަށް ލާފައި އަނެއްކަވެސް ދޫނި ބަލައި އެނބުރި އަންނަނީއެވެ. މިހުރިހާކަމެއް ހިނގަމުންދާއިރު އަހަރެމެންނާ އެކުގައި އެހެން ކަމެއްވެސް ހިނގަމުން ދެއެވެ. ނަމަވެސް އެއްވެސް މީހަކަށް މިކަންހަމަ ރޭކާވެސް ނުލާތައެވެ.

ދޫނިތައް އެކޮށް އެރުވުމުން އަހަރެމެންވެސް އޮޑިޔަށް އަރާފީމެވެ. ކެޔޮޅުބޭގެ މޮޅުކަމާ ހުށިޔާރުކަން މި އެނގުނީ ދެންތާއެވެ. އެހެން އެއްވެސް މާހަކަށް ހަމަ އެކަށްޗެއްވެސް ނޭގުނެވެ. ކެޔޮޅުބޭ ބުނީ އެންމެން އޮޑިން ފޭބުމެށެވެ. ދެން އަހަރެމެން އެންމެން މި ފޭބީއެވެ. ކުރަން އުޅެނީ ކީއްކަންވެސް ނެނގުނެވެ. އެންމެން ފޭބުމުން ކޮންމެވެސް އެތިފަހަރެއް ހެދީތާއެވެ.

ކެޔޮޅުބޭ ނުންޏެވެ. ކޮންމެ މީހަކުވެސް އޮޑިޔަށް އަރަންވާނީ އަހަރެންގެ އަތުގައި ހިފައިގެންނެވެ. ދެން ހަމަ ފަހަރަކު މީހަކު މިއަރަނީއެވެ. ކޮންމެއަކަސް އޮޑިން އައި ފަސްމީހުން ހަވަވިއެވެ. އޮޑި ކާރީގައި އިތުރު މިހަކު އެބަހުއްޓެވެ. އަހަރެމެންނަށް ސިހުން ލިބުނީ ދެނެވެ. އެއްޗެއް ވިސްނާވެސް ލެވުނީ ދެނެވެ. ކެޔޮޅުބޭ ބުންޏެވެ. ކަލޯވެސް ދާންބެނުމިއްޔާ އަހަރެންގެ އަތުގައި ހިފައިގެން އަރާށެވެ. މިމީހަކު ހަމަ އަނގާންވެސް ނުބުންޏެއެވެ. ނުވެސް އެރިއެވެ. އެހިސާބުން އެންމެންނަށްވެސް ވިސްނާލެވިއްޖެއެވެ. އަހަރެމެން އައި އެންމެން މިތިބީ ހަމައަށެވެ. ދެން މީ ކާކުހެއްވެ. އެއީ އަހަރެމެން އޮޑީގެ މީހެއް ނޫނެވެ. އަދި އެހެން އޮޑިއެއްވެސް ނެތެވެ. އެމީހަކު ވާހަކައެއްވެސް ނުދެއްކިއެވެ. އެއީ އިންސާނެއް ނޫއްކަން ޔަގީނެވެ.

ކެޔޮޅުބޭ: "ދެން ކަލޭ ނާރަނީވިއްޔާ އަހަރެމެން މިފުރަނީ. ކުދިންނޭ ދެން ފަނާ ނަގާ ފަލިތަކާ އެއްޗެހި ބާލާ"

އަހަރެމެން އިސާހިތަކު އެކަން ކޮށް ނިންމާފީމެވެ. ދެން ހަތަރު ފަލީގައި އޮޑި މަޑުމަޑުން ބޭކުރުކަމުން ގޮސް ކުއްލިޔަކަށް ރިޔާ ފޮޅުވާލާފައި ރިޔަލުގައި ވައި އަޅުވާލާފައި ވަރަށް ބާރަށް ދުއްވާލައިފިމެވެ. އަހަރެމެންނަށް ރަނގަޅަށް އޮޑި ބޭރު ކޮށް ނުލެވެނީސް ކުރިމަތިން ނެގި ބިޔަ ރާޅެއްގެވާހަކަ ދައްކަންވެސް ބިރުގަންނަހާވެއެވެ. އޮޑި ބަންޑުން ޖަހާނުލާ ސަލާމަތްވީ ހަމަ ކިރިޔާއެވެ. ރާޅުން ހަމަ ސާލާމަތްވެ، ހަމަކަނޑަށް ނިކުމެވުމުން ކެޔޮޅުބޭ މޫދުގައި އެހުރި ސޮރަކާއި ދިމާލަށް ކަލެޔަށް ދެން ވާނެކަންތައް ތިޔަވީއޭ ބުނެފިއެވެ. އެމީހަކަށް އަޑު އިވޭ ވަރަކަށް ނުނެވެ. އެހެން ބުނީ ވަރަށް މަޑުންވެ. އަހަރެމެން އެނަމެންވެސް ތިބީ ވަރަށް ބިރުންނެވެ. އެކަމުގެ ބިރުވެރިކަން އަހަރެންގެ ހިތައް އަރަންފެށީ އަދި ކިރިޔާއެވެ. އަހަރެމެން އެހުރިހަ ކަމެއް ކުރިއިރުވެސް އޭތި އަހަރެމެންނާއެކު އެއުޅުނީ ހަމަ އެމަސައްކަތުގެ ތެރޭގައެވެ. އެކަކަށްވެސް އެކަން އިޙްސާސް ނުކުރެވުނީއެވެ. ފަހަރުގައި ކެޔޮޅުބެޔަށް އޭރުވެސް އެކަން އެނގިފައި އޮވެދާނެއެވެ. އާއެވެ. ކަންކަން ކުރެވޭނީ މޮޅުވެސް މީހުންނެށެވެ. އޭތި ހަމަ އަހަރެމެންނާ އެކު ދޫނި ހިފާށާ، އެ ދޯންޏަށް އަރުވަންވެސް އެ އުޅުނީއެވެ. އަހަރެންގެ ހިތައްއެރީ އަހަރެމެނަށް ނޭނގި އޭއްޗާއެކު ފުރުނު ނަމަ އަޅެ ވީހީ ކީއްބާވައެވެ. އަހަރެމެން ނުވެސް ލިބުނީސްތާއެވެ. ކެޔޮޅުބޭ ހުރީ ހާދަ ހުށިޔާރުވެގެންތާއެވެ. އެމީހުން އެކަހަލަ ހުރިހާ ކަމަކަށް ލޯހުޅުވެއެވެ.

އަހަރެން އެރޭ ވަރަށް ބިރުގަތެވެ. އެއިން އެއްވެސް ދޫޏެއްވެސް އަހަރެން ބޭނުންނޫންކަމަށް ބުނީމެވެ. ނަމަވެސް އެހެން މީހުންނަށް އެކަން އެހާ ބޮޑުކަމަކަށް ވީހެނެއް ހިޔެއް ނުވެއެވެ. ދެން ބޮޑުކަމަކަށް ނުވެސް ވީތާއެވެ. ވީނަމަ އެންމެންވެސް ހަލަކުވީހެވެ. އެޔަކީ އަހަރެންގެ ނަޒަރުގައި އާދާއިގެ ކަމެއް ނޫނެވެ. ރަށަށް އައިސް ބެލިއިރު މިހަދާފައި ހުރި ގޮތަކީ އެއްކަލަ ކަލޭގެ އެރުވި ހުރިހާ ދޫއްޏެއް ހުރީ ކަރު އަނބުރާފައެވެ. އެދޫނިތައް ހުރީ މަރާފައެވެ. އެސޮރުވެސް ކަމެއް ކޮށްލީތާއެވެ. އޭރުގެ އެމީސްމީހުން އެފަދަ ކަންކަމަށް މޮޅުވެސް މެވެ. އެކަމަކުވެސް އަހަރެން އޭގެފަހުން އެފަދަ އެއްވެސް ކަމަކަށް ނުދާން ވިސްނައިގެން ހުރީމެވެ. އަހަރެން ކެޔޮޅުބޭގާތު ޝަކުވާ ކުރީމެވެ.

"ކެޔޮޅުބޭ ކީއްވެތަ އަހަރެންކާރި ކުރިން އެވާހަކަ ނުބުނީ. އެކަހަލަ ކަންކަމާ ދިމަވާނެކަން އެނގެންޏާ އަހަރެން ނުދިޔައީމުސް ވިއްޔަ. ކިރިޔާއެން މިސަލާމަތްވީ"

ކެޔޮޅުބޭގެ ޖަވާބް ވަރަށް އާދައިގެއެވެ.

"ތިދެން އެކޮ އެހާ ކަންބޮޑުވާވަރު ކަމެއް ނޫނެން! ބޭބެމެން އަލަކަށް ނޫނޭ. ބޭބެމެން އެކަހަލަ ކަންކަމާ ކުރިމަތިލަނީ ހިސާބަކަށް ކަންކަން ދަސްވެސް ކޮށްގެން"

ހަގީގަތުގައިވެސް އެފަދަ ކަންކަން އެއީ އެޒަމަނުގައި ވަރަށް އާއްމު ކަންކަމަށްވެސް އެވެއެވެ. އަހަރެންވެސް އެފަދަ ކަންކަމަ މީހުންނަށް ދިމަވާ ވާހަކަ ވަރަށް ގިނައިން އަޑުއަހަމެވެ. ނަމަވެސް އެގެ ކުރިއަކު އެފަދަ ކަންކަމަށް މާބޮޑަށް ސަމާލުކަމެއް ނުދެމެވެ. އެކަން މިއެނގުނީ އެފަދަ ކަމަކާއި ސީދާ ދިމާވުމުން ނެވެ.

އަހަރެން ކުއްލިޔަކަށް ސިހުނީ އަހަރެމެންގެ އޮޑީގެ ކުއްޖަކު އަހަންނާ ދިމައަށް އަލިކޮށްލުމުންނެވެ.

ހަސަނާ...... ކިހިނެއްވެފާތަ! ދެން އެހާވަރަށް ނުވިސްނާ... މިކަމުގައިދެން ކުރެވޭނެ މާބޮޑުކަމެއް ނެތެންނު. ދުވާލުވެ ކޮންމެވެސް ބަޔަކާ ދިމަވަންދެއް ދެން ތިބޭނިދޯ! ނަސީބެންނު ހިކިފަސްތަނަކާ ދިމާވިކަން.

އޮޑީގެ އެންމެންވެސް އުޅެނީ ލިބުނު ބޮޑު ގެއްލުމާއި ނުތަނަވަސް ކަމުގެރެތޭގައެވެ. އެކަމަކު އަހަރެންގެ ހިތައް ވެރިވަމުންދިޔައީ މުޅިން އެހެން ބިރުވެރި ކަމެކެވެ. އެއީ މީގެ ސާޅިހަކަށް އަހަރުކުރީގެ އެހާދިސާއެވެ. އާއެކެވެ. އެއީ ހަމަ މި ދޫނި ފިނޮޅެވެ. އެއީ އެ ބިރުވެރި މީހާ ފެނުނު ފިނޮޅެވެ. މިއަދަކު ކާރީގައި ކެޔޮޅުބޭވެސް ނެތެވެ. އަދި ކީއްހެއްވެ. އެކަހަލަ އެއްޗެއް ދަންނަކަހަލަވެސް މީހަކުނެތެވެ. ދެން މިހާރު އިންނަންޖެހެނީ ބިރުން ތުރުތުރު އަޅާ ހާލްގައެވެ. މި ބިރުވެރި ކަމުގެ ތެރޭގައި ސިފަވާނީވެސް އެފަދަ މަންޒަރުތަކެވެ. އަހަރެންނަށް ބިރުވެރި އެއްޗެހިވެސް ފެންނަން ފަށަފިއެވެ. ތަންކޮޅެއް ދުރުގައި ކަޅުކުލާގައި އެއިނީ ކޮންއެއްޗެއް ބާއޭ ހިތައް އަރަމުން ދިޔައެވެ. އަހަރެން ގަތްފައި ހުރި ބިރެއްގެ ބޮޑުކަމުން އެއްވެސް މީހެއްގެ ގާތުގައި އެވަހަކައެއް ނުދައްކަމެވެ. ނަމަވެސް ފެންނަމުން ދިޔައީ އިތުރު ބިރުވެރި ކަންތައްކަކެވެ. ކުރިންނެތް އެތައް އެއްޗެއްސެއް އެކިދިމަދިމާލުން ގޮޑުދޮށާ ކާރިވަމުން ދިޔައެވެ. ބިރުވެރި ކަމުގެ ތެރޭގައި އަހަރެންނަށް އެއެއްޗެއްސާ ދިމާލަށް ނުބަލާން އުޅުނަސް ސިއްރުސިއްރުން ބަލާލެވެއެވެ. މާބޮޑަށް ބިރުގަތީމާ ވާނީވެސް ހަމައެހެންނެވެ. އަހަރެން އެރޭ ހޭދަކުރި ވަރަށް ބޮޑު ބިރުވެރި ކަމެއްގެތެރޭގައެވެ.

ކަންކަން ރަނގަޅަށް އޮޅުންފިލާގޮތްވީ ފަތިސްވެ އަލިވުމުންނެވެ. މޫދުގައި ހިކިފާއިން ގަލަކާއި މެދުވެސް ހީކުރެވިފައި އޮތީ މުޅިން ބިރުވެރި އެއްޗެއް ގޮތުގައެވެ. އޮޑިން އޮޔާގޮސް ފިނޮޅަށް ގޮނޑުވި ބައެއް ތަކެތިވެސް ވެފާ އޮތީ ބިރުވެރިކަން އިތުރުކޮށްއްދިން އެޗެއްސަށެވެ. އާއެކެވެ. ބިރު މާބޮޑަށް ގަތީމާވެސް ވާނީ މިހެންވެ. އަހަރެން އެކަންތައްތަކެއްގެ މަތިން ބިރުގެންފައި ހުރި ކަންތަކުގެ ވާހަކަ އެމީހުންގާތު ނުދެއްކުން ކަންވެސް ރަނގަޅޭ ފަހުން ހިތައް އެރިއެވެ. ބިރުންގޮސް މީހާ ހަލަކުނުވީ ހަމަ ކިރިޔާއެވެ. އެއްވެސް ހަޤީގަތެއް ނެތް ކަންތައްތަކެއްގެތެރޭގައެވެ. އޭރު ދެން ހަމަ ކާރީގާ ހުރި މީހާއާމެދުވެސް ޝައްކުކުރެވޭ ހިސާބައް ކަންތައްތައް ދިޔައެވެ. މިހާރުދެން އެކަމާމެދު ވިސްނަލެވުމުން އާދެވެނީ ހަމަ ޒާތެއްގެ ހިންޏެކެވެ.

ކޮމެންޓް 0