19

ގުދުރަތުގެ ފަރިހަރަކާތް ތަކައް ގެއްލިފައިން ރިމީއަށް ކުމުންދޫގެ ރީތި ނަލަ މަލަމަތި ސިފަވެގެން ދިޔައީ ދުނިޔެމަތީ ސުވަރުގެއެއްގެ ގޮތުގައެވެ. އެތެރެ އަށް ފުންނޭވާއެއް ދަމާލެވުނީ ހިތައް ލިބުނު ފިނިކަމަކުންނެވެ.މާލޭގެ ހަލަބޮލި މާހައުލައް ހޭނިފަ ހުރި ރިމީ އައް ކުމުންދޫއައް އާދެވުމަކީ އޮފީހުން ލިބުނު ޗުއްޓީއެއް ގޮތުގެ އިހުސާސް ކުރެވުނެވެ. ކައިރިން ފެންނަމުން ދިޔަ ރަށްރަށު ގެ ރީތި ގުދުރަތުގެ މަންޒަރުތައް ރިމީ ދިޔައީ ފޯނުގަ ރައްކާ ކުރަމުންނެވެ. ރިމީ އަކީ އަބަދުވެސް ގުދުރަތައް ލޯބިކުރާ ކުއްޖެކެވެ.

ރަށާ ލޯންޗު ކައިރިވަމުން އައިވަރަކަށް ރިމީއަށް ބުނަންނޭނެގޭ އިހުސާސް ތަކެއްކުރެވެމުން އައެވެ. ކީއްވެކަމެއް ރިމީ އަކައްވެސް ބުނަން ނޭންގެއެވެ. ލުއި ހިނިތުންވުމެއް ތުންފަތައް ވެރިވެގެން ދިޔައީ އެތައްދުވަހެއްކޮއްފަ މިކަހަލަ ރީތި ހިއްގައިމު މާހައުލަކައް އާދެވުމުންނެވެ.ހައުސިން މިނިސްޓްރީގައި މަސައްކަތް ކުރާތާ ހަތަރު އަހަރުވެފައިވާ ރިމީ އަށް ކުމުންދުއައް އަންނަންޖެހުނީ އޮފީސް ފަރާތުން އެރަށުގަ އިމާރަތް ކުރަމުންދާ މިސްކިތެއްގެ މަސައްކަޔްތައް ކުރިއައްދާ ގޮތުގެ ރިޕޯޓެއް ތައްޔާރު ކުރުމަށެވެ.

ހެނދުނު ސައިބޯލައިގެން ރިމީ އަވަސްވެގަތީ މަސައްކަތްކުރިއަށްދާ ސައިޓާދިމަލަށް ދިޔުމަށެވެ. މަސައްކަތްތައްބަލާލުމައް ފަހު މެންދުރުކެއުމައް ރިމީ އައީގެޔަށެވެ.ގެއަށްއައިސް ކުޑަކޮށް ގައިދޮވެލައި މެންދުރު ނަމާދު ކޮއްލައިގެން ބަދިގެއައްވަންނަން ދިޔަ ރިމީއަށް ހުއްޓެވުނީ ކުރިމަތީއިން ގޮނޑީގައި އިން ރީތިޒުވާނާ ފެނިފައެވެ. ކޮންމެސްތާކުން ދުށް ހަނދާންވެސްވިއެވެ. ނަމަވެސް ކޮންތާކުން ކަމެއް ހަނދާނެއްނެތެވެ. "އަނހާ ރިމީ އާދެކަން" އެގޭ ދައްތަ ނައީމާ ރިމީއަށް ގޮވާލިއެވެ. އަޒާންއަށް ވެސް ރިމީއާދިމާލައް ބަލާލެވުނުވަގުތަކީ ރިމީވެސް އަޒާންނަށް ބަލާލިވަގުތެވެ. ދެމީހުން ގެ ހަތަރު ކަޅިބައްދަލުވި ހިނދު ލޮލުން އެތައްވާހަކައެއް ބުނެދިންކަހަލަ އެވެ. "ރިމީ" ދައްތަގޮވާލި އަޑައް ސިއްސައިގެން ދިޔަ ހިނދު މޫނުމަތިން ލަދުވެތިކަން ފެނިގެން ދިޔައީ ކުރެވުން ކަމަކުންނެވެ. ނޭންގޭ ކަމައް ހަދާލައިފަ ކާންފެށިއިރު އަޒާން އިނީ ލާނެއްފާޑަކައް ހިނިއަައިސްފައެވެ.

ކައިގެން އަނެއްކާވެސް ރިމީ ދިޔައީ ސައިޓަށެވެ. ސައިޓު ހުންނަނީ ގެއާ ފުދޭވަރަކައް ކައިރިކަމުން މަދު ހިނދުކޮޅެއްގެ ތެރޭ އެތަނައް ދެވުނެވެ. ރިޕޯޓު ހޯދުމައްބޭނުންވާ ބައެއް މައުލޫމާތު ހޯދާލައިގެން ގެޔައް އައިރު ގަޑިން ތިންގަޑި ބައިވަނީއެވެ. ފެންވަރާ ނަމާދު ކޮއްލައިގެން އިރުކޮޅަކު ޖައްސާލުމައްފަހު ރިމީ ނުކުތީ ބޭރަށެވެ. ދަންނަ ރަހުމަތްތެރިއަކުވެސް ނެތުމުން ރިމީ އެކަނިގޮސް ގެއާދިމާލުން ގޮނޑުދޮށަށް ނުކުމެލުމުން މޫނުގައި ބީހިލި ފިނި ރޯޅިން ރިމީއަށް ލޯމަރާލެވުނެވެ. ދުރުދުރަށް ފެތުރިފަިވާ ދޮންވެލިގަނޑަށް ނަޒަރު ހިންގާލެވުނު ހިނދު މީ އުފަންރަށަށްވީނަމައޭ ކިޔާލެވުނެވެ. ވީ ނަމަ ޔަގީނުންވެސް ރިމީ ގިނަ ވަގުތު ހޭދަ ކުރާނީ މިތާންގައެވެ. ވިލާތަކުގައި އެކިކުލަފެވެމުން ދިޔަ އިރު ލޮލު ކޮޅަށް ފެތުރިފައި އޮތް ކަނޑުގެ ސަތަހައިގެ ތެރެއައް އިރު އޭގެ ވާޖިބު އަދާ ކުރުމަށްފަހު ހަނދާ ތަރިތަކައް ޖާގަދެމުން ދުވަހާއަލްވަދާއު ކިޔަން ތައްޔާރުވަނީ އެވެ.

ރިމީގެ ހަރަކާތްތަކައް ފާރަލާން ދުރުގައި އަޒާން މަޑު މަޑުން ހުރެ ރިމީގެ ފޮޓޯތައް ފޯނުގައި ރައްކާކުރަމުންދިޔައެވެ.ފަންފަން ދިގު އިސްތަށިގަނޑު ނިއުޅާލެވިފާއިރު ވައިރޯޅިއައްވެސް ކެތްނުވެގެން އައިސް ގޯނާކޮއްލައެވެ. އަޒާން އެވައިރޯޅިގެ މައްޗަށް ހަސަދަވެރިވިއެވެ. ކުޑަ ކުޑަ ޕަރީ އެއްފަދަ ނާޒުކު ކުއްޖާ ގެނެސްމޭގެތެރޭ ފޮރުވާލަންބޭނުންވިއެވެ. ރިމީގެ ލޯބީގަ ރަނގަޅައްވެސް އަޒާންބެދިއްޖެއެވެ. ފުރަތަމަ ނަޒަރުން އެސޫރަ ހިތުގަ ބިންވަޅުނެގިއްޖެއެވެ. ހިތުގެފުނުގައި ރަން އަކުރުން އެނަންފެވިއްޖެއެވެ. "ރިމީ" މަޑު މަޑުން މޭގަ ފިރުމާލަމުން އަޒާން އަށް ކިޔާލެވުނެވެ.

ކުއްލިއަކައް ރިމީ ފަހަތައް އެނބުރުން ވަގުތު ރުކެއްގެ ނިވަލަށް ވަތް އަޒާން ރަނގަޅައްވެސް ފެނުނެވެ. ނަމަވެސް ރިމީ ނޭންގޭ ކަމައް ހަދާލާފަ ގެއާ ދިމާލައް ހިނގައިގަތީ މާހައުލަށް އަނދިރިކަން ފެތުރެން ފެށިފައިވާތީއެވެ. ކޮޓަރިއަށް ވަދެ ނަމާދު ކޮއްލައިގެން ރިމީ މަންމަގެ ފޯންކޯލް އެއް އައިއްސަ އިންތަން ފެނި ގުޅާލިއެވެ. އެތައް އިރަކު ވާހަކަ ދެއްކުމައްފަހު އިޝާ ކޮއްލައިގެން ރިމީ ބަދިގެއަށް ވަނީ ނައީމާ ދައްތަ އަށް އަތްގާތް ކޮއްލަދިނުމުގެ ނިޔަތުގައެވެ. "މިގޭ ގައި ނައީމާ ދައްތައާ އަޒާން ފިޔަވާ އިތުރު މީހަކު ނޫޅޭނެ. ދައްތަ ފިރިމީހާވީ އަޒާން ވަރަށް ކުޑައިރު ނިޔާވެފަ. އަޒާންގެ މަންމަ ވެސްވަނީ އަޒާން ވިހޭތަނުން ނިޔާވެފަ" ރީމާ އަށް ހައިރާން ކަމާއެކު ދައްތައަށް ބަލާލެވުނެވެ. "ރަނގަޅައްތިހީވީ،އަޒާން އަކީ ދައްތަގެ ދަރިޔެއްނުން ދޮންދަރިއެއް. އަޒާން ބައްޕަ ގެ ނަހަލާލު ދަރިއެއް" ނައީމާ ރިމީއަށް ހިނިތުންވެލަމުން ބުނެލިއެވެ. ދައްތައާއެކު ހޭދަވި ހިނދު ކޮޅުތެރޭ އަޒާންގެ އެތައްވާހަކައެއް ރިމީ އަށް އިނގިއްޖެއެވެ. ނައީމާއްތަގެ ހެޔޮކަމަކީ ޝުކުރުވުން ހައްގުއެއްޗެކެވެ.

ރޭގަނޑު ކެއުމައް އިންސާފު ކުރަމުން ދިޔަ އިރު އަޒާން ބަލާވަރުން ރިމީ އިނީކާންވެސް އުނދަގޫވެފައެވެ. ނަމަވެސް ކުރިމަތީ އަޒާން އިނުމުން ނޭންގޭ ހިތްހަމަޖެހުމެއްވެސް ލިބެމުންދެއެވެ. ލޯބީގެ ކަންތަކުގަ މާތަޖުރިބާނެތްނަމަވެސް ކުރިން ނުކުރެވޭ ފޮނި އިހުސާސް ތަކެއްކުރެވޭކަން ހަމަ ގައިމެވެ.

ރޭގަނޑު ކެއުމައްފަހު ދުވަހުގެ ރިޕޯޓް ތައްޔާރު ކޮއްނިންމާލާފަ ރިމީ ނިދީގެ އަރާމުކަން ލިބިގަންނަމުން ދިޔަ އިރު އަޒާން ގެ ހާލަކީ ނުނިދި އެނދުގަ ފުރޮޅި ފުރޮޅި އޮތުމެވެ. ހީވާކަހަލައެވެ. ލޯމަރާލިޔަސް ރިމީ އޭނައަށްގެއްލިދާނެއެވެ.ނޫނީ އަޒާން ނުފެންނަ ހިސާބައްމާދުރަށް ހިނގައިދާނެހެންނެވެ.އެކި އެކި ހިޔާލުތަކުގަ އޮއްވަ އަޒާންނަށް ނިދުނީ ކޮންއިރަކު ކަމެއްވެސްނޭންގެ އެވެ.

އާދައިގެ މަތިން ދުވަސްތައް ފާއިތުވަމުންދެއެވެ. މަޑު މަޑުން އަޒާން އާ ރިމީ ވާހަކަ ދެކެވެންފަށައި އެކުވެރިކަން ބަދަހިވާން ފަށައިފިއެވެ.ނަމަވެސް ދެމީހުންނަށްވެސް ނޭންގުނީ އެކަކު އަނެކަކު ހިތުގަ އުތުރި އަރަމުން އަންނަ ޖަޒުބާތު ތަކައްދޭނެނަމެކެވެ. ދެމީހުންގެ ދޭތެރޭގަ ވަނީ އެކުވެރިކަން ކަމަށް ނިންމާ އަނެކާގެ ހިތުގަވި އެއްޗެއް ނޭންގި ދެމީހުންގެ ގުޅުން ބަދަހިވަމުންދެއެވެ. ފޯނުން އެތަކެއް މެސެޖު ތަކެއް އެކަކު އަނެކަކައް ބަދަލު ކުރަމުންނެވެ.

ރިމީ ފުރާދުވަސް ކައިރިވަމުން އައިވަރަކަށް ދެހިތުގެވެސް ހަމަނުޖެހުން ނަގާލަމުންދާ ކަހަލައެވެ. އެކަކު އަނެކަކު ނުފެންނާނެ ހިސާބުގަ އުޅެން އުނދަގޫ ވާނެކަމައްބުނެ މެސެޖުތައް ފޮނުވަމުންދެއެވެ. އަޒާން ރިމީ އާ ބައްދަލް ކުރަން ބޭނުން ކަމަށްބުނެ މެސެޖެއް ފޮނުވާލީ ރިމީ ސައިޓުގަ އުޅެނިކޮށެވެ. މިރޭ ދާންވީ ތަނާ ވަގުތު ބުނެލާފަ އަޒާން އަނެއްކާވެސް މެސެޖެ ކޮއްލީ ރިމީ ކުރިން ކުރި މެސެޖްގެ ޖަވާބު ވެސް ނުދީ އުޅެނިކޮށެވެ.

ރޭގަނޑު ނުވަގަޑި ބައިވިއިރު ރިމީ އަޒާން ބައްދަލު ކުރަން ބުނެފަ އޮތްތަނައްދާން ނުކުމެފަ މިއަންނަނީ ކަމައް ބުނެ މެސެޖެއް ފޮނުވާލިއެވެ.މަގުމަތިން މީހުންފެންނަލެއް މަދުވީމަ ރިމީ ހުރީ ހިސާބަކައް ބިރުގަނެފައެވެ. އިރުކޮޅެއް ނުވެ މީހަކު އައިސް އަތުގަހިފާލުމުން ސިހިފަ ބަލާލި އިރު އަޒާން ފެނުމުން ހިތްހަމަ ޖެހިލިއެވެ. އެކަމު އެހާލަދުވެސް ގަތެވެ.އެއީ މިހާ ފާޅުކަން ބޮޑުގޮތަކައް ދުވަހަކުވެސް އަްޒާން ރިމީއާ ކުރިމަތި ނުލާތީއެވެ.

މީހުންގެ ހިލަމެއްނުވާހިސާބު ގޮނޑުދޮށުގައި އޮތް ރުއްގުޅުއެއްމަތީ އަޒާނޮ އިށީންނަމުން ރިމީއަށް އެތާ އިށީންނަން އިޝާރާތް ކޮއްލިއެވެ. ލަދުން ހުރެ ރިމީ އަޒާން ގާތު އިށީންދުނީ އެދޭތެރޭ އިތުރު މީހަކަށް އިށީންނާނެ ޖާގަ ބާއްވާފައެވެ.

ހަމަ ހިމޭން ކަމުގެ ހިނދުކޮޅަކަށްފަހު އަޒާން ރިމީ އައްގޮވާލިއެވެ. " ރިމީ އަހަރެން ވަރަށް ބޮޑުވާހަކަ އެއް ބުނަން ބޭނުން. ވަރަށް ދުވަސް ވެއްޖެ ބުނަން އުޅޭތާ" ރިމީ ސުވާލުގެ ނަޒަރަކުން ބަލާލަމުން އަޒާން އަށް ލަދުވެތި ހިނިތުންވުމެއްދިނެވެ.އަޒާން މަޑު މަޑުން ރިމީއާ ކައިރިއަށް ޖެހިލަަ ރިމީގެ އަތްނަގާ އަޒާންގެ މޭގަ ޖައްސާލިއެވެ. ރިމީ އަށް ލޯ މަރާލެވުނެވެ.އަޒާން ރިމީގެ ކަންފަތާ ކައިރިވެލަމުން ހިތުގެ ހާލު ރިމީއަށް އިއްވާލަދިނީ ލޯބީގެ ލަވައަކުންނެވެ.

ތިލޯތްބައް ހިތްކިޔާލީމާ

ދިނީމޭ ހިތްމަގޭ ލޯބިން

ސުކުންތެއްވެސް މަށާދުރުގާ

މިހިތްނޭދޭ ކަލާ ހުންނަން

" ވަރަށް ލޯބިވޭ ރިމީ މާޖިދް ދެކެ" "އަހަރެން ވެސް ވަރަށް ލޯބިވޭ މުހައްމަދު އަޒާން ދެކެ" އަޒާން މަޑު މަޑުން ރިމީ ގެ މޫނާ މޫނު ކައިރި ކޮއްލުމަށްފަހު ލޯބީގެ ފުރަތަމަ ހަދިޔާ ބަދަލުކޮއްލިއެވެ. ރިމީގެ މޫނަށް ލަދުވެތި ކަންވެރިވެ ދެ ކޯތާފަތް ރަތްވެގެން ދިޔަހިނދު އަޒާން ގެ ގައިގަ ބައްދާލެވުނެވެ.އެރޭގެ ބައްދަލުވުން ނިމިގެން ދިޔައީ ރިމީ އާ އަޒާންގެ ނަންވެސް ލޯބިވެރިންގެ ލިސްޓްގަ ހިމެނިގެންނެވެ.އެތައްވަޢުދު ތަކެއް ވަމުންނެވެ.

އާދުވަހަކަށް އިރު އެރީ ރިމީ ގެ ހަޔާތުގަ އާކުލަ ތަކެއްޖައްސަމުންނެވެ. ދުވަހުގެ މަސައްކަތް ނިންމާލާފަ ރިމީ ބެލީ އަވަހަށް ގެޔައްދެވޭ ތޯ އެވެ. ބޯމަތި ކުރަމުން އައި ވާރޭގެ ތޫފާނައް ފިލޭތޯއެވެ.ހެނދުނު އެހާ ރީތި ކޮށް އޮވެލާފަވެސް މެންދުރުފަހު ވިއްސާރަ ކޮއްލީއެވެ. ރިމީއަށް ގެޔަސް އައިސް ވަދެވުނީ ހަމަކިރިޔާއެވެ. "ކުއްލިއަކަށް ހާދަ ވިއްސާރަކޮށްލައިފިޔޭ ދޯ ނައީމާއްތާ" ފެންޑާގައި ފޮތެއްކިޔަން އިން ނައީމާއާ ރިމީ އެތެރެއަށްވަންނަމުން ވާހަކަ ދެއްކިއެވެ.

"ހަވީރު ވާރޭ އޮއްސާލި ގޮތަށްް ތުނިކޮށްލާކަށް ނޫޅުން...ރިމީ ފުރަންވާއިރަށް ތެލުލި ބަނބުކެޔޮ ކޮޅެއްގަންނަން ހުރީ" ނައީމާ ވާހަކަ ދެއްކީ ކާންމޭޒު ކައިރީއިން އަޒާންނާއެވެ. " ރިމީ ފުރަނީ ކޮންއިރަކުންތަ؟ " އަޒާން ނޭންގޭ ކަމަށް ހަދާލާފަ އެހެން އަހާލީ މޭޒުގެ އަނެއްފަޅީ ކާން އިން ރިމީ އަށް އެއްލޯ މަރާލަމުންނެވެ. "މާދަން ނޫން އަނެއްދުވަހުން" ރިމީ މަޑުމަޑުން އިނދެ ބުނެލިއެވެ. "ތިވީ...ހައްހައްހަހަ...މާދަމާ މިގެޔައް ހައެއްކަ ޑަބިޔާ ތެލުލި ބަނބުކެޔޮ ވައްދާނަން..އެވަރުން ވާނެ ނުން މަންމާ" އަޒާން މަޖާ ރާގެއްގަ ބުނެލި އެވެ. ނައީމާ ހީލާފަ ލޯބިވާ ދަރިފުޅުގެ ކޮލުގަ ހިފާލީ އަޒާންގެ ޖޯކުގަ ބައިވެރި ވެލަމުން ނެވެ.

ރޭގަނޑު ކެއުންނިންމާލާފާ ރިމީ އާދައިގެ މަތިން ނައީމާއްތައާ ވާހަކަ ދައްކާލަން އިނދެފަ ކޮޓަރިއަށްވަދެ ނިދަން ތަތްޔާރުވެލީ ކުރަން އެހެންކަމެއްވެސް ނެތުމާއެކީއެވެ.ބައްދަލު ކޮއްލަން ބޭނުން ކަމައް ބުނެ އަޒާންގެ މެސެޖެއް އައީ ނިދަން އޮށޯތް ތަނުންނެވެ. އޭރުވެސް ތުނިކޮއްވާރޭ ވެހެމުން ދާތީ "ކިހިނެތް" ހޭ ޖަހާލާފަ ރިމީ އަޒާންގެ މެސެޖްގެ ޖަވާބު ފޮނުވާލިއެވެ. އަޒާންގެ ޖަވާބެއްގެ އިންތިޒާރުގަ އިން ރިމީ ސިއްސައިގެން ދިޔައީ ކޮޓަރީ ދޮރުގަ މީހަކު ހިފާލި އަޑަށެވެ. ދޮރު ހުޅުވާލި އިރު ކުރިމަތީ ހުރި އަޒާން ފެނި ރިމީ ދިޔައީ ސިއްސައިގެންނެވެ. "މިހެން" އަޒާން ރިމީ އަށް އެހެން ބުނެލާފަ ކޮޓަރި ތެރެއަށް ދެމިގަތީ ރިމީއަށް އެއްޗެކޭ ނުބުނެވި އުޅެނިކޮށެވެ.

ވެހެމުން ދިޔަ ވާރޭ އިރެއް އިރަކަށް ބޯ ކުރަމުން ދިޔަ އިރު ދެ ލޯބިވެރިންގެ ހިތުގައި ޖަހަމުން ދިޔަ ވިންދު ވެސް ދިޔައީ އަވަސް ވަމުންނެވެ. ޒުވާންކަމުގެ ލޭ ހޫނުވެ ދެޖިސްމުވެސް ގޮވަމުން ދިޔައީ އެކަކު އަނެކަކުކައިރިން މި ފިނިމެންދަމުގެ އުފާލިބިގަތުމަށެވެ. ޒުވާންކަމުގެ ޖޯޝުގަ ބެހި ކައިވެނިންބޭރުގަ ދާންނުވާ އެތައް ރާސްތާއެއް ކަަޑައްތު ކުރެވުނީ އިހުތިޔާރުންބޭރުގައެވެ.

"ރޭގަ އެހާވާރޭ ވެހިފަ މިއަދު މިއޮއް ދިއްލާލި އަތްވެއް " ދޯ ދެމުން ނަދީމާ ވާހަކަ ދެއްކީ ހެނދުނު ނާސްތާ ކުރަން އިން ރިމީ އާ އެވެ. " އާންދޯ" ބުނެ ރިމީ އަވަސްކޮއްލީ އަޒާން އަންނަންވާއިރަށް އެތަނުން ނުކުމެވޭ ތޯ އެވެ. ރޭގަ ހިނގި ކަންތަކަށްފަހު ރިމީ ހުރީ އަޒާންއާ ކުރިމަތިލާން ލަދުންނެވެ. އެހާމެ ދެރަވެސް ވެފައެވެ. މުޅި ދުވަސް ރިމީ ހޭދަ ކޮއްލީ އަޒާންއަށް ފިލައިގެންނެވެ. ނަތީޖާ އަކައްވީ އަޒާން އަށް ކުއްވެރި ކަމުގެ އިހުސާސް ކުރެވުމެވެ. ވެދިޔަ ކަންތަކައް މައާފަށް އެދި އެތައް މެސެޖެއް ރިމީއަށް ފޮނުވި އިރުވެސް ޖަވާބެއް ނައެވެ.

ފުރާގަޑި ޖެހެމުންއައި ވަރަކަށް އަޒާން ގެ ހިތުގަ އުފެދިފަ ހުރި ބިރުވެރިކަން ދިޔައީ ގަދަވަމުންނެވެ. ރިމީ އޭނައަށް ގެއްލެނީބާއޭ ހިތައްއެރި އަދަދެއްވެސް ނޭންގެއެވެ. ކުއްވެރިކަމުގެ އިހުސާސް އަމިއްލައަށް ކުރެވެންފެށި، ފުރަން ދިޔަ އިރުވެސް އަޒާން ގެ ހަބަރެއް ރިމީ އަކަށް ނުވިއެވެ. އެކަކު އަނެކަކާ ވާހަކަ ނުދައްކާ ތިބެ ރިމީ ފުރައިގެން ދިޔައީއެވެ. ކުއްވެރިކަމުގެ އިހުސާސް ކުރެވި ލޯބިވެރިޔާއާ ވަކިވެގެން ދާން ޖެހުނީ އަލްވަދާއުވެސް ކިޔާ ނުލެވިއެވެ.

ދުވަސްތައް ފާއިތުވަމުން ދެއެވެ. މަޑު މަޑުން އަޒާންއާ ރިމީ ގެ ގުޅުން އަނެއްކާވެސް ރަނގަޅު ވަމުން އާދެއެވެ. ނަމަވެސް ރިމީ ގެ މައިން ބަފައިން ރިމީ އެހެން މީހަކާ ކައިވެނި ކުރަން ހަމަ ޖައްސާފަ އޮތްވާހަކަ ބުނަން ރިމީ އަށް އަދިވެސް ފަސްޖެހެވެނީ އެވެ. ބުންޏަކަސް އަޒާންއަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ. އަޒާން ގެ ހިތައް އަނިޔާއެއްދީ ދެރަކޮއްލަން ރިމީ ބޭނުން ނުވަނީ އެވެ. އެކަމު އަޒާން ނޫން މީހެއް ރިމީގެ ހިތެއްނޭދެއެވެ. މިރާޝްއާ ކައިވެނި ކުރަން ބޭނުން ނޫން ކަމަށް ރިމީ އަށް ބުނެވުނީ ކިތައް ފަހަރުކަން ހެއްދެވި ފަރާތް ދެނެވޮޑިގެންވާނެއެވެ. އެކަމް ކޮންމެ ފަހަރަކު މަންމަގެ އަތުގެ ހަމަލާއެއް ނޫނީ ހިތްފަޅައިގެން ދާ ވަރުގެ ތޫނު ބަސްތަކުން ހިތްޒަހަމް ކޮއްލައެވެ. އަޒާންއާ ވާހަކަ ދައްކާނަމަ އަޒާންގެ ވަސްވެސް ފުހެލާނެ ކަމައް ބުނަމުންދެއެވެ.

ކިތަންމެ ސިއްރުން އުޅުން ނަމަވެސް ރިމީގެ ކައިވެނީގެ އަޑު އަޒާންގެ ކަންފަތާ ހަމައަށް ފޯރަން މާކަ ގިނަ ދުވަހެއް ނުނެގިއެވެ. ރިމީއާ ވާހަކަ ދައްކަން އަޒާން ކުރިހާ މަސެއްކަތެއް ދިޔައީފެނަށެވެ. މަންމަމެންގެ ހަރުކަށި ބަސްތައް ރިމީ އެކަން ކުރަން ފަސްޖެހެވެނީއެވެ. ފުރާނަ ފަދަ ލޯބިވާ ލޯބިވެރިޔާ ގައިގަ މީހަކު ނުރުހުމުގެ އަތަކުން އަތްލަންބޭނުން ނުވަނީ އެވެ.މިރާޝް އަކީ ކިހާބާރު ގަދަ ނުލަފާ މީހެއްކަން ރިމީ ނޫން އެކަން އިނގޭނެ ދެވަނަ މީހަކު ނެތެވެ.

މެންދުރުކައްކަން ބަދިގޭގަ ހުއްޓަ ރިމީގެ ބޯ އަނބުރައި ގަތީ ކުއްލި އަކަށެވެ. އެތަން ފެނުނީ ބަދިގެޔަށް ވަންނަން އައި ރިމީ ގެ މަންމަ ހަފްސާއަށެވެ. ކާރަކަށް ގުޅައިގެން ހޮސްޕިޓަލައް ގެންދިޔުމުން އެތަނުން ލިބުން ހަބަރަކުން ހަފްސާގެ ހެޔައް ގޮތް ނުވީ ކިރިޔާއެވެ. އައި ރުޅީގަ ގޮސް ރިމީގެ މޫނުމަތީ ޖެހުނުހާބާރެއްލާ ޖަހާލިއެވެ." ގޮތްކުޑަ ކުއްޖާ..ކަލޭ ބަނޑުގަ ތިއޮތީ ކާކުގެ ދަރިއެއް؟ ކަލޭ ތިވައްތަރަށް ތެޅިފަ ވެސް މާ ރަނގަޅު މީހަކައް ވެގެން ތިއުޅެނީ..މިދަރި ބައްޕަ އަކީ އެ ގޮތެއް ފޮތެއް ނެތް އަޒާން ދޯ؟ " ހަފްސާ އެއްޗެހި ގޮވަމުން ދިޔައިރު މިރާޝް އާ އާއިލާގެ ބައެއް މީހުންވެސް އެތާ ތިއްބެވެ. އައިސްފަ ހުރި ރުޅިން ހަފްސާއަށް އެތަނަށް ބަޔަކު އައިކަންވެސް ނޭންގުނީއެވެ.

ރިމީ ބަނޑު ބޮޑުކަން އިނގުން ހިސާބުން މިރާޝް ކައިވެނި ކެންސަލް ކޮއްލީ "އެމީހަކު ހޭވި ހަޑި އެމީހަކު ސާފު ކުރާށޭ " ބުނެލަމުންނެވެ. ނަތީޖާ އަކައްވީ ރިމީ މުޅި މާލެއައް ބޭޒާރުވެ އެކަހެރިވުމެވެ.ވަޒީފާއިން ވަކި ކޮށް ރިމީ ވަންނާނެގެދޮރެއް ނެތި ބިކަވުމެވެ.ކުރިކުށުގެ ޝަޒާ ރިމީ އަށް ލިބުނީ ހީވެސް ނުކުރާހާ ހިތި ގޮތަކަށެވެ.އަޒާންއަށް ގުޅަން ފަސް ޖެހެވެނީ ކީއްވެ ކަމެއް ރިމީއަކަށްނޭންގުނެވެ.އަޒާންއަށް މިހަބަރު ދެނެ ގޮތެއްވެސް ރިމީއަކަށް ނުވިސްނުނެވެ.

ދުވަހަކައްފަހު ދުވަހެއްފާއިތު ވަމުން ދިޔައިރު ރިމީގެ ބަނޑުން އިނގެން ފަށައިފިއެވެ.ރަސްފަންނު ގޮނޑުދޮށުގައި ރިމީ އިނީ ހަވީރު ފިނިން ހިތައްްފިނިކަމެއް ލިބޭތޯއެވެ. ރިމީ ދަންނަ އެތައްބަޔެއްގެ ލޯތަށް ރިމީއަށް އަމާޒުވަމުން ދެއެވެ.ފެންކަޅިވެ ފުސްވަމުން ދިޔަލޮލުން ދުރުން ހިނގަމުން ރިމީއާ ދިމާއަށްއައި އަޒާން ރިމީއަށް ފެނި އިންތަނުން ތެދުވެވުނީ އިހުތިޔާރުން ބޭރުގައެވެ. ކައިރިއަށް އައިސް ހުއްޓުން އަޒާންއަށް ރިމީ ގޮވާލީ އެ އަތުގެ ހިމާޔަތް އަހަންނަށް ދޭނަންހޭ އަހާލާ ގޮތަކަށެވެ.އެތައް ދުވަހެއް ވަންދެން އަޒާން ރިމީ ހޯދަން ކުރިމަސައްކަތުން ރިމީފެނުނީއެވެ. "އަޒާން އަހަންނަށް މާ.." "ޝްޝްޝްޝް އަހަންނަށް ހުރިހާއެއްޗެއްވެސް އިނގޭ...ކީއްވެ؟ ކީއްވެ ރިމީ އަހަންނަށް ފިލީ؟ ކީއްވެ އަޒާންއަށް އިތުބާރު ނުކުރީ..ރިމީއަށް ހީވީތަ ރިމީދެކެ މި އަޒާން ވީ ލޯތްބެއް ނޫނެ..ރިމީއަށް ހީވީތަ ރިމީ ތިހާލުގަ އުޅެން އެކަނި ދޫކޮއްލާނެޔެ..އަހަރެން މިއައީ ރިމީ ބަލާ..މަންމަވެސް ރިމީއާ ޤަބޫލު..." އަޒާންގެ ވާހަކަ ނިމުން އިރު ރިމީއަށް ރަނގަޅައްވެސް ރޮވިއްޖެއެވެ.އަޒާން އޭނަ ބާކީ ކޮއްލާނެޔެ ހިތައް އެރީތީ އެކަމާ ދެރަވެ މައާފަށް އެދުނެވެ.ދުވަހަކުވެސް ވަކިނުވާނެ ކަމަށް ބުނެ ލޯބިން ބައްދާލީ ވެދިޔަތަން ހަނދާން ނައްތާލާ ކުރެވުނު ކުށައް ތައުބާވެ އަލުން އާ ހަޔާތެއްފެށުމަށް ދެ ލޯބިވެރިން އަޒުމް ކަނޑަ އަޅަމުންނެވެ.

 

ކޮމެންޓް 0