3

ހުޅަނގު މޫސުމް ގެ ވިއްސާރަ ފިނި ރޭތަކުގެ ތެރެއިން މިރެޔަކީ ވެސް ވަރަށް އަރާމު ރޭގަނޑެއްގެ ހަމަ ހިމޭން ދައްވަރުގެ ހިތްގައިމު ވަގުތެވެ.

ރަހުމާ ނިދުމެއް ނެތި އޭނާގެ ލޯބިވެރިޔާ އަށް ފޯނުން ގުޅައިގެން ވާހަކަ ދައްކަން އޮތެވެ. "އިޔާޒް! މިޔަދަކީ އަހަރެން ވަރަށް އުފާވި ދުވަހެއް..." ރަހުމާ ބުނެލިއެވެ. "އެހެންތަ..... އެ އަނެއްކާ ކޮން ކަމަކާ....؟ " އިޔާޒް އަހާލި އެވެ. "އެއީ މިޔަދަކީ އަހަރެން އެންމެ ލޯބިވާ ކުއްޖާ ޔާއި ލޯބީގެ ގޮއް ޖަހާލެވުނު ދުވަހައް ވީމަ !" ރަހުމާ ދުވަސް އެހާ އުފާވެރިވީ ސަބަބު ހާމަ ކޮއްދިނެވެ. "އެހެންތަ؟ އަހަރެން ވެސް ވަރަށް އުފާވޭ ތިރަށުގެ ގިނަ ކުދިން ތަކެއް ބޭނުން ވެގެން އުޅުނު ކަމެއް އެއްވެސް މަސައްކަތަކާ ނުލާ އަހަންނަށް ކާމިޔާބު ވީމަ" އިޔާޒް ބުންޏެވެ.

ނިދީގެ އެއްވެސް އަސަރެއް ނެތް އެދެ ލޯބިވެރިންގެ ބަގީޗާގައި ރީތި މާތައް ފޮޅުވަން ފޫހި ކަމެއް ނެތި ތިއްބާ އިރު އޭގެ ވާޖިބު އަދާކުރުމަށް ޓަކާ އާދުވަހަކަށް މަރުޚަބާ ކިޔަމުން އިރު އޭގެ އަލިކަމާ އެކު އުދަރެހުން ދައްކާލައިފިއެވެ. "ރަހޫ..... އަހަރެން ދަނީ ފެންވަރަން" އިޔާޒް މިހެން ބުނެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ފޯނު ކަނޑައިލިއެވެ.

"ދަރިފުޅާ....... މިހާރު އެއޮއް ހަތެއް ޖަހާ ބޮޑުވީ.... ދެން އަވަހަށް ތެދުވަން އުޅޭ..... " ބޮޑުދައިތަ ރަހުމާ ނުތެދުވާތީ ގޮވަން ފެށިއެވެ. "ސާބަސް ބޮޑުދައިތަޔަށް، ރަހުމާ ނިދަން ބާއްވާ.... ކީއްކުރަންތަ އޭނާޔަށް ތިގޮވަނީީކީ...." ބޮޑުދައިތަ ހެނދުނާ ރަހުމާ ހޭލައްވަން ގޮވާތީ ރަހުމާ ގެ މަންމަ އާބިދާ ނުރުހުމާއި އެކު ބުންޏެވެ. އެހެން ކަމުން ދެން އިތުރު އެއްޗެއް ނުބުނެ ބޮޑުދައިތަ ހެނދުނު ރޮއްޓާ އެކު ކާން މަސްހަދަން ފިޔާ ފިލުވަން މޭޒު ކައިރީ އިށީދެ އިނެވެ. "ބޮޑުދައިތަ ތިއިނީ އަހަރެން ދެކެ ހިތްހަމަ ނުޖެހިފަތަ؟ " އާބިދާ އައުމުން ވެސް ބޮޑުދައިތަ އަނގައިން ނުބެނެ އިނުމުން ސުވާލު ކުރިއެވެ. "ނޫނޭ އާބިދާ ... އަހަރެން ރުޅިއެއްނާދޭ.... އެކަމަކު އާބިދާ ރަހުމާ ތިޔަ ގެންގުޅޭ ގޮތް ބޮޑުދައިތަ ޔަކަށް ކަމަކުނުދޭ! " ބޮޑުދައިތަ ވާހަކަ ދެއްކި އެވެ.

"ސަހުމާ އަދިވެސް އެއްޗެހި ދޮއްނަނީތަ؟ " ބޮޑުދައިތަ ކައިރީ އާބިދާ އަހާލިއެވެ. "އާނ އޭނާ ނޫޅޭވިއްޔަ ނުނިދިގެނެއް! އަހަރެން ހިތައް އަރާ އެއްބަނޑު ދެ ކުދިންނެއް ކަމަކު ހާދަ ތަފާތޭ.....އެންމެ ދޮޅުއަހަރުގެ ތަފާތެއް ވިއްޔަ ދެކުދިންގެ ހުރީވެސް، ރަހުމާ އަބަދު ބޭރުގަ، ސަހުމާ ސުކޫލުގެ ކަމަކު ނޫނިއްޔާ ބޭރަކައް ވެސް ނުދާނެ،"އެވަގުތު ރަހުމާ ކޮޓަރި ދޮރު ކައިރީ ބޮޑުދައިތަ ދައްކަމުން ދިޔަ ވާހަކަ އަޑު އަހަން ހުރެފަ ވާހަކަ ދައްކަން ފެށިއެވެ. " އަހަރެން ކިތަންމެ ގިނައިން ނިދިޔަސް، ގިނައިރު ބޭރުގަ އުޅުނަސް ބޮޑުދައިތަޔާ ކޮން ބެހޭކަމެއް، ބޮޑުދައިތަޔަށް ކީއްތަވަނީ ؟؟؟ އަބަދުވެސް ބޮޑުދައިތަޔަށް ރަނގަޅުވަނީ ސަހުމާ، އެހެން އެވަނީ ކީއްވެތަ؟ ސަހުމާ ޔަށް ވުރެ އަހަރެން ރީތި ވާނެ، ދޮންވާނެ، އެހެންވީމަ ގޭގަ އޮތީމަ ކާކު އަހަންނަށް ތަޣުރީފު ކުރާނީވެސް، އެކަމަކު އެއާޚިލާފަ ސަހުމާ ކަޅު، ސަހުމާ ގާތު މަގޭ ރީތި ވާހަކަ އެންމެން ދައްކާތީ ލަދުން އޭނަ ގިނައިން ބޭރުގަ ނޫޅެނީ ވެސް، މަ ނަމަވެސް ލަދު ގަންނާނޭނުން މަގޭ ކައިރީ ސިސް ގެ ރީތި ވާހަކަ ކިޔަންޏާ....." ރަހުމާ ބޮޑާ ކަމާއި، ކިބުރުވެރި ކަމާއިއެކު އޭނަގެ ރީތި ވާހަކަ ބޮޑުދައިތަޔަށް އިއްވާލި އެވެ.

"އޭ އިއްބޭ..... އަހަރެން މިއުޅެނީ އެއްކަލަ ރަހުމާގެ މަންމަ ގެ ދަޣުވަތަކަށް އެރަށަށް ޖައްސާލަން" އިޔާޒްގެ އެކުވެރިޔާ އެކު އެވާހަކަ ހިއްސާ ކޮއްލިއެވެ. "ކަލޭ އެންމެ ފަހުން އެ ރަހުމާ ޔާއި ސީރިޔަސް ވީދޯ؟ " އިއްބެ ސަމާސާ ކުރުމުގެ ގޮތުން އިޔާޒު އާއި ދިމާ ކޮއްލިއެވެ. "ހުއް.... އިއްބެވެސް ދައްކާ ވާހަކަދޯ.... އަހަރެން ސީރިޔަސް ވާނެތަ؟ އަހަރެން ދެން ފޫހި ފިލުވަން ކުރާކަމެއްމީ..... އެރަށުގެ ވަރަށްގިނަ ކުދިންނަށް އެންމެ ރީތި އެންމެ ކަމުދާ ކުއްޖާޔޯ ރަހުމާ ޔަކީ، އެއްވެސް މަސައްކަތަކާ ނުލާ އަހަންނަށް ރަހުމާ ލިބުނީމަ ކީއްވެ އެހާ އަވަހަށް ދޫކޮއްލަންވީކީ...... މީޓްވީމަ ދޫކޮއްލާނީ، އެއަށްވުރެ މާސަޅި ކުދިން މި އިޔާޒް އަށް ވާން އޮއްވަ ރަހުމާ ޔާއި އެކީ އުމުރު ދާއިމާށް ކިހިނެއް އުޅޭނީ" އިޔާޒް މޭފުއްޕާލާފައި ބޮޑާކަމާއި އެކު އިއްބެޔާ ވާހަކަ ދެއްކިއެވެ. " ހޫނނނ ދެން ފޮނި ނުކަނޑާ ދޭބަލަ، އެކަމަކު ސަލާމަތުން އަހަރެމެންނާއި ހަމަޔަށް އަންނާތި އިނގޭ" އިއްބެ މަޖާވެލިއެވެ.

" ރަހުމާ! މިކޮޓަރި ދޯ އިޔާޒް އަށް ދޭނީ" އާބިދާ ރަހުމާގެ ކޮޓަރިޔާއި ޖެހިގެން ހުރި ކޮޓަރި ދައްކާ ލަމުން ރަހުމާޔާއި ވާހަކަ ދެއްކިއެވެ.

އެދުވަހުގެ ރޭގަނޑުގެ ވަގުތެވެ. ރަހުމާގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ. އިޔާޒް އަންނަ ގަޑި ކައިރި ވާތީއެވެ. ފުރަތަމަ ފަހަރައް ހަމަލޮލައް އޭނާ އެންމެ ލޯބިވާ އިޔާޒް ފެންނަން އުޅޭތީ އެވެ. އާބިދާޔާއި ރަހުމާ އިޔާޒް އަށް އިންތިޒާރު ކުރަމުން ދިޔައެވެ.

"އައްސަލާމް އަލައިކުމް" ދޮރު ކައިރީ ހުރި އިސް ކޮޅުން ދިގު ދޮން ހިކި ރީތި ހުސްކޮއްފައިވާ ޒުވާނެކެވެ. ރަހުމާޔަށް ކޮޅަށް ތެދުވެވުނެވެ. މިއީބާ އިޔާޒް އަކީ! ހާދަ ރީއްޗޭ، މިހެން ހިތާ ހިތާ ރަހުމާޔަށް ބުނެވުނެވެ. "ވައަލައިކުމް ސަލާމް" މަންމަ ޖަވާބު ދިން އަޑަށް ހިޔާލް ތަކައް ގެއްލިފައިވާ ރަހުމާޔަށް ހަމަހޭވެރިކަން ވިޔެވެ. އިޔާޒް ދެމީހުންނާ ސަލާމް ކުރުމަށްފަހު "ކޮބާ އެހެން މީހުން" އަހާލިއެވެ. "ސަހުމާ ނިދާނެ ވަރަށް އަވަހައް، ބޮޑުދައިތަވެސް މިރޭވަރަށް އަވަހައްނިދަން ވަދެއްޖެ" އާބިދާ އިޔާޒް ކުރި ސުވާލައް ޖަވާބު ދިނެވެ. "ދެންކޮބާ ރަހުމާގެ ބައްޕަ" އިޔާޒްގެ ސުވާލައް ޖަވާބު ދިނުމުގެ ބަދަލުގައި އާބިދާ އިސްޖަހާލިއެވެ. "ސާބަހޭ އިޔާޒް، ދޮރުން އެތެރެވެލާ އިރަށް އިށީނުމެއްވެސްނެތި ސުވާލު ފޮއްޓެއް ދޯ ތިބަންޑުން ކޮއްލީ.." ރަހުމާ އަވަސް އަވަހައް މަޣުލޫ ބަދަލުކޮއްލިއެވެ. "ރަހުމާ އިޔާޒް އައީމަ ކާންވެގެން ނުވެސްކައި އެހުރީ، އިޔާޒްދޭ ރަހުމާޔާއި އެކުކާން، މަންމަ ދެންމިދަނީ ނިދަން" އާބިދާ ކޮޓަރިޔަށް ވަންނަމުން ބުނެލިއެވެ. ރަހުމާ އިޔާޒް އާއެކު ކާންދިޔައެވެ. "ރަހުމާ މަމް ހާދަ ކޫލްއޭދޯ" އިޔާޒް ބުނެލިއެވެ. "އާނ މަމް ރަހޫއަށް ވަރަށް ޓްރަސްޓް ކުރާނެ" އެހެންވީމަ ދާނޭނުންދޯ؟ " ރަހުމާ ބުނެލިއެވެ. ކައި ނިމިގެން އިޔާޒް ކޮޓަރިޔަށް ވަނުމުން ކޮޓަރީގެ ދޮރު ލައްޕާލަމުން ރަހުމާ އިޔާޒް އަށް ގުޑް ނައިޓް ކިޔާލިއެވެ. "ތިޔަހެން ނުދެވޭނެ، އާދޭ މިރޭ އަހަރެން ކައިރީ އޮންނަން، މާދަމާ ނޫން އަނެއްދުވަހު ފުރަންޖެހޭ، އެހެންވީމަ ގާތުގަވެލަން ލިބުނު މިދެރޭ އަހަރެންބޭނުން އަހަރެންގެ ތިރީތި ލޯބި ރާނީ ގާތުގަ ހޭދަކޮއްލަން" އިޔާޒް މިހެން ބުނެ ރަހުމާގެ އަތުގައި ހިފާ ކޮޓަރިޔަށް ވެއްދިއެވެ.

އިޔާޒް ރަހުމާ ޔާއި ގާތްވާން އުޅުމުން ރަހުމާ ފަހުން ވެދާނެ ދެރަގޮތަކާމެދު ވެސް ވިސްނާ ނުލިއެވެ. އެއީ ރަހުމާ އިޔާޒް ދެކެވާ ލޯތްބެއްގެ ބޮޑުކަމުންނާއި އަދި ކުރެވޭ ބޮޑު އިތުބާރެއްގެ ސަބަބުންނެވެ. އަނެއް ދުވަހުގެ ހެނދުނުގެ ވަގުތެވެ، އެންމެން ހެނދުނުގެ ސަޔަށް އިންސާފު ކުރަމުން ދިޔައެވެ. އިޔާޒް އަށްޓަކާ އާބިދާ މޭޒުމަތި ފަޅުފިލާ ވަރަށް ކާއެއްޗެތި ތައްޔާރު ކޮއްފައި ހުއްޓެވެ. "މަންމާ.....މިރޭ އިޔާޒް އާއެކީ ބޭރަށްދާން މިއުޅެނީ އިނގޭ ! މިރޭ އަހަރެމެން ދެމީީހުން ބޭރުން ކާނީ ! " ރަހުމާ މަންމަ ޔަށް މިރޭގެ ޕްރޮގްރާމް ކިޔާދިނެވެ." މަންމަޔަށް އެންމެރަނގަޅު، ދެކުދިން ދާންވީމަ ދޭ، އިޔާޒް ދަރިފުޅު ބަލާނޭނުންދޯ" މަންމަ އިޔާޒްގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. އާބިދާ އެއްވެސް ވިސްނުމެއް ހިޔާލެއް ފިކުރެއް ނެތްކަހަލައެވެ. ރަހުމާ ޔާއި އިޔާޒް ސައިބޮއިގެން ބޭރަށް ނުކުތެވެ. "އެކަމަކުވާދޯ އާބިދާ! " އާބިދާގެ އަމަލުތައް ހުރިގޮތުން ބޮޑުދައިތަ ހައިރާން ވިއެވެ. " ރަހުމާ އަދި ނުވެއޭނުން ފިރިހެނުންނާއި އެކު ތަންތަނަށް ފޮނުވާ ވަރެއް" ބޮޑުދައިތަގެ ވާހަކައިން އާބިދާ ނުރުހުންވިއެވެ. "ބޮޑުދައިތަޔަކަށް ނޫންދޯ އެނގޭނީ، ރަހުމާޔާއި އިޔާޒް އަކީ ކިހާލޯބިވާ ކިހާގުޅޭ ދެކުދިންތަ؟" އާބިދާ ބުނެލިއެވެ "އެންމެ ރަނގަޅު ދެން މީގެފަހުން ރަހުމާޔަށް އެއްވެސް ބަހެއް ނުބުނެ ބޮޑުދައިތަ ހުންނާނަން، ފަހުން ނުރޯތި މިޔަދު ތިހެން ރަހުމާ އާބިދާގެ ދެއަތުން ހަލާކުގެ ތެރެޔަށް ވެއްޓެން ދޫކޮއްލާފަ" ބޮޑުދައިތަ ނުރުހުމާއި އެކު ބުނެލިއެވެ.

"ކޮއްކޮ ހާދަ ކުރުހެދުމެއް ލައިގެން ބޭރަށް ދާން ތިއުޅެނީ" ސަހުމާ ރޭގަނޑުގެ ކެއުމައް ބޭރަށްދާން ފަރިވަމުން ދިޔަ ރަހުމާ ޔާއި ވާހަކަދެއްކިއެވެ. "ދެން ކޮބައިތަ މައްސަލަޔަކީ.... އިޔާޒް އަށް ވަރަށް ރީތިވާނެ މި ޓޮޕާ މި ޖިންސް" ރަހުމާ ބުންޏެވެ. އިޔާޒް އެއީ ކޮއްކޮގެ ބޯއި ފްރެންޑްއެއް ކަމަކު ތިހާކުރު އެއްޗެތި ލައިގެން ދާކަށް ނުވާނެ" ސަހުމާ ކޮއްކޮއަށް ވިސްނައި ދެވޭތޯ އުޅުނެވެ. "ދެން މިރޭ ސަހުމާ ޔަށް ރީތި އެއްޗެއް ނޫނޭނުން ލާނީއެއް، މިރޭ އިޔާޒް އަށް ކަމުދާ ހެދުމެއް ދޯލާންވާނީ" ރަހުމާ ބުނެލިއެވެ. "ރަހުމާ އަދިވެސް ތައްޔާރު ނުވެވޭތަ؟ އިޔާޒް އެބައިން ބޭރުގަ، ރަހުމާ ލަސްވެގެން އެވާހަކަ ކިޔާތީ މަންމަ މިއައީ ބަލާލަން" އާބިދާ ރަހުމާ ލަސްވާތީ ބުންޏެވެ. "އިޔާޒް ކައިރީ ބުނޭ މިދަނީއޭ....."

ރަހުމާ ވަރުގެ ކޮޅަށް ނަލަ ހެދިލައިގެން ނުކުތެވެ. "ހިނގާ ދެންދާން އިޔާޒް" ރަހުމާ ބުނެލިއެވެ. ރަހުމާ މެން ދިޔުމުން ބޮޑުދައިތަ އެއްޗެއް ބުނަން އަނގަ ހުޅުވާލަން އުޅުނެވެ. ނަމަވެސް ބަހެއް ބޭރު ކުރިޔަސް އެވާނީ ބޭކާރު ކަމެއްކަން އެނގޭތީ މިފަހަރު ހަނު އިނެވެ. "ސަހުމާ ހިނގާ ނިދަންދަމާދޯ، މިހާރު އެއޮއް ނުވަގަޑި ބައިވަނީ، މިހާ ލަސްކޮއްފަ ވިއްޔަ ރަހުމާމެންނަށް އެދެވޭވަރުވީ ވެސް" ބޮޑުދައިތަ ނުރުހުން ވާކަން އަނގާލިއެވެ. "ޕިސް ޕިސް ރަހުމާޔަށް މޮޅެއް ވެދާނެތީ ބޮޑުދައިތަ ހާދަ ރުޅިޔެކޭދޯ ތިއަންނަނީ" އާބިދާ ނުރުހިފާ ބުނެލިއެވެ. އާބިދާ ކޮޓަރިޔަށް ވަނުމުން ބޮޑުދައިތަޔާއި ސަހުމާ ވެސް ނިދަން ދިޔައެވެ.

ގަޑިން އެގާރަގަޑި ބައިވެއްޖެއެވެ. އަދިވެސް ރަހުމާޔާއި އިޔާޒް އެއް ނާދެއެވެ. އާބިދާ ހިތައް މިހެން އެރުމާއި އެކު ދެކުދިން އައިސް ގެއަށްވަނެވެ. "މަންމަ އަދިވެސް ނުނިދަންތަ" ރަހުމާ އަހާލިއެވެ. އާނ ދަރިފުޅުމެން އައީމަ ނިދަން ކަމައް މިއިނީ، ދެން ދާންވީ ނިދަން، މާދަމާ ކޮންއިރަކުންތަ އިޔާޒް ފުރުން އޮތީ" އާބިދާ އިޔާޒް ކައިރީ އަހާލިއެވެ. "ހެނދުނު ހައެއް ޖަހާއިރު" އިޔާޒް ޖަވާބު ދިނުމުން އާބިދާ އެތެރެޔަށް ވަނެވެ. "އިޔާޒް އެހާހެނދުނާ ފުރަންޏާ ދެންދޭ ނިދަން" ރަހުމާ ބުނެލިއެވެ. "ރަހުމާ މިރޭވެސް ނިދަން ޖެހޭނީ އަހަރެން ކައިރީ، ރޭގަވެސް ވަރަށް އުފާވި ރަހުމާގެ ފަރާތުން ބޭނުންވާ ހުރިހާ ލޯތްބެއް ލިބުނީމަ، ދެންހިނގާ ކޮޓަރިޔަށް" އިޔާޒް ރަހުމާ ގޮވައިގެން ކޮޓަރިޔަށް ވަނެވެ. އިޔާޒް އެރޭވެސް ރަހުމާ އޭނާގެ މަޅީގައި ޖެއްސިއެވެ. ރޭގަނޑުގެ ފަހު ދަންފަޅިއެވެ، މީހަކު ދޮރުގައި ޓަކި ދީފައި ގޮވާއަޑަށް ކުއްލިޔަކަށް ރަހުމާޔަށް ހޭވެރިކަން ވިޔެވެ. "އޭ އިޔާޒް އަޅެ ކިހިނެއް ހަދާނީ މަންމަ ގޮވާއަޑު އެއިވެނީ" ރަހުމާ ހާސްކަމާއި އެކު ބުންޏެވެ. "ހާސްނުވޭ" އިޔާޒް ބުންޏެވެ. "ފެންވަރަށް މިއުޅެނީ، އިރުކޮޅަކުން މިނިކުންނަނީ" އިޔާޒް ދޮގެއްހަދާލީ އާބިދާ އެތަނުން ފޮނުވާލުމުގެ ގަސްތުގައެވެ. "އާނ މަންމަ މިދަނީ ސައިހަދަން، ރަހުމާޔަށް ގޮވާ ގޮވާ ވެސް ނުހޭލި" އާބިދާ މިހެންބުނެ ބަދިގެޔަށް ދިޔަވަގުތު ބަލާފައި ރަހުމާ އިޔާޒް ގެ ކޮޓަރިން ނުކުމެ އަވަސް އަވަހަށް ގޮސް އޭނަގެ ކޮޓަރިޔަށް ދެމިގަތެވެ. ފެންވަރައިގެން ނުކުމެ އިޔާޒް ސައިބޮއި ހަދައި އެންމެންނާ ސަލާންކޮއްފައި ފުރަން ދިޔައެވެ.

ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަމުން ގޮސް މިޔަދަކީ އިޔާޒް ފުރައިގެން ދިޔަތާ ދެ ހަފުތާވީ ދުވަހެވެ. ރަހުމާ ގުޅަން އުޅެ އުޅެ އިޔާޒްގެ ފޯނަކަށް ނުވެސް ގުޅުނެވެ. ރަހުމާގެ ރަހުމަތްތެރި ކުއްޖެއް ކައިރީ ބުނެގެން އިޔާޒްގެ ރަށު ކުއްޖެއް ކައިރީ އަހައިގެން ހަބަރެއްވޭތޯ ކުރިމަސައްކަތް ވެސްވީ ބޭކާރެވެ. އިޔާޒް ކިޔާމީހެއް އެރަށުގައި ނޫޅޭ ކަމަށް އެކުއްޖާ ބުންޏެވެ. ރަހުމާ މާޔޫސް ވިއެވެ. އެހިޔާލު ތަކުގައި އޮއްވާ ރަހުމާގެ ރަހުމަތްތެރި ކުއްޖަކު ގުޅާފައި ރަހުމާގެ ބަރަހަނާ ފޮޓޯ ތަކެއް ފޭސްބުކް ގައި އެބައުޅެޔޭ ބުންޏެވެ. ރަހުމާ އެއީ ތެދުތޯ ބެލިއިރު އޭނާ އިޔާޒް އަށް އިތުބާރު ކޮއްފައި، އަހަރެން ދެކެ ލޯބިވަންޏާ މިވެނި އެވެނި ކަހަލަ ފޮޓޯ ފޮނުވާށޭ ބުނުމުން ރައްޓެހިވިތާ ކައިރީ ފޮނުވި ފޮޓޯ ތަކެއް ފޭސްބުކުގައި ހުއްޓެވެ. ރަހުމާ ޔަށް އެހާހިސާބުން އިޔާޒް އޭނާޔަށް އެދިނީ ވަރުގަދަ ލަނޑެއް ކަން ވިސްނުނެވެ. ވީދެރައިން ވިސްނަން އިންދާ ކުއްލިޔަކަށް މޭނުބައިކޮއް ހޮޑުލެވުމެވެ. ރަހުމާ އިތުރަށް ކަންތައް ބޮޑުވިއެވެ. އަދި ގޭމީހުންނަށް ސިއްރުން ފާމަސީޔަކުން ޕްރެގްނެންސީ ޓެސްޓް ހަދާ ކިޓެއް ގެނެސް ޓެސްޓް ހެދިޔެވެ. ކަމަކު ދާކަށް ނެތެވެ، ޓެސްޓްގެ ނަތީޖާއިން ރަހުމާގެ ހުރިހާއުއްމީދެއް ފެނަށް ވިއެވެ، މީހަކު ދެކެވީ ލޯބިންނާއި ކުރި އިތުބާރެއްގެ ސަބަބުން އޭނާ ދުނިޔެއަށް ގިނަކޮއްލީއެވެ.

"މަންމާ އިޔާޒް ދިޔާމަ ރަހުމާ ކޮއްކޮ ހާދަ ބަސް އަހައޭދޯ އަބަދު ކޮޓަރީގަ އޮންނަނީދޯ" ސަހުމާ ސަމާސާ ކޮއްލުމުގެ ގޮތުން ބުނެލިއެވެ. އާބިދާ ރަހުމާޔަށް ގޮވަން ދިޔައެވެ.

އާބިދާ ރަހުމާޔަށް ގޮވާ ގޮވާ އެއްވެސް ޚަބަރެއް ނުވެ ގިނައިރުވުމުން އޭނާ އަތުގަ އޮތް ތަޅުދަނޑިން ދޮރުހުޅުވާލިއެވެ .سبحان الله މަގޭ ދަރި ! އާބިދާ ރޮެއިގެންފައި އެތެރެޔަށް ވަނެވެ، ފަހަތުން އަވަސް އަވަހަށް ސަހުމާ ޔާއި ބޮޑުދައިތަ ވެސް ވަނެވެ. ރަހުމާ ހުރީ އޭނާގެ ކޮޓަރީގެ ފަންކާ ގައި ބެޑްޝީޓްގެ އެްކޮޅު އައްސާފައި، އޭގެ އަނެއްކޮޅު ކަރުގައި އައްސާ ދަންޖެހިފައެވެ. މުޅި ކޮޓަރި ތެރެ ވަނީ ރުއިމުގެ އަޑުން ގުގުމާފައެވެ. އާބިދާ ރަހުމާގެ ގައިގައި ބައްދައިގެން ހުރެ ރޮމުންދިޔައެވެ. ކުއްލިޔަކަށް ސަހުމާޔަށް އެނދުމަތީގައި ސިޓީއެއް އޮތްތަން ފެނިގެން އެނަގާ މަންމަޔަށް ދިއްކޮއްލިއެވެ، ދަރިފުޅާ ސަހުމާ ތިސިޓީ މަންމަޔަށް ކިޔާދީބަލަ! ސަހުމާ ސިޓީ ކިޔަންފެށިއެވެ، "ލޯބިވާ މަންމަ ޔާއި ދައްތަޔާއި އަދި ނޮޑުދައިތަޔަށް، އަހަރެން މިގޮތް މިހިޔާރު ކުރީ ތީގެން އެއްވެސް މީހަކަށް ފަހުން އަހަރެންނާއި ހެދި ލަދުގަންނަން ބޭނުން ނުވާތީއެވެ، މީ އަހަރެންގެ ބޮޑުދައިތަ ޔާއި ދައްތަގެ ބަސް ނާހާ މަންމަ އަހަރެންނަށް ދިން މިނިވަން ކަމުގެ ބޭނުން ނާޖާއިޒު ގޮތުގައި ބޭނުން ކުރެވުމުގެ ހިތި ނަތީޖާ އެވެ، މަންމާ އަހަރެން އިޔާޒް އާއި އެކު ހިންގި ހަޑި ހުތުރު އަމަލުގެ ސަބަބުން އަހަރެން މި އިނީ އޭނާގެ ދަރިޔަކަށް ނަހަލާލަށް ބަލިވެއެވެ، ހުރިހާ އެންމެން އަހަރެންނަށް މާފްކުރާތި" ސަހުމާ އެ ކުރު ސިޓީ ކިޔާނިމުމުން އާބިދާޔަށް އިތުރަށް ރޮވުނެވެ. އެދުވަހުގެ މެންދުރު ނަމާދަށް ފަހު ރަހުމާ ވަޅުލުމުގެ ކަންތައް ނިމިއްޖެއެވެ.

" މަންމާ ދެން ނުރޮއިބަލަ"، ސަހުމާ މަންމަ ހުއްޓުވޭތޯ އުޅުނެވެ. "އާބިދާ ދެން ރުއިމުގެ ބޭނުމެއް ނެތް، މީއަހަރެން ބުނިދުވަސް، މިޔަދު މިހެން ކަންތަކެއް ނުވީސް އެދުވަހު ސަހުމާޔާއި އަހަރެންގެ ބަސް އާބިދާ ގަބޫލު ކުރިނަމަ، ކޮންމެ މީހަކަށް ވެސް ހީވަނީ ދަރިން ދެކެ ލޯބި ވުމަކީ އެކުދިން ބޭނުންވާހާ ކަމަކަށް ކޮންމެ ހިނދަކު ވެސް އާނހޫން ކިޔަން ވާނޭ، އެކަމަކު ދަރިންނަށް ހެޔޮއެދެންޏާ އެކުދިންނަށް ފަހުން ވެދާނެ ގޮތަކަށް ވިސްނަން ވާނެ، ހަމަ ލޮލައް ފެންނަ އިރަށް މީހުންނާ ރައްޓެހިވެ ގެޔަށް ގެނެސް ގޭގެ އެންމެ އެތެރެޔަށްލާ، މީކޮންކަހަލަ މީހެއްތޯ ވެސް ނުބަލާ ކުރަންވާ ވަރަށް ވުރެން ބޮޑު އިތުބާރެއް ކުރުމުގެ ހިތި ނަތީޖާ ތިފެނުނީ، އިތުބާރަކީ ވެސް ވަކި މިންގަނޑެއްގެ ތެރޭ ބަހައްޓަން ޖެހޭ އެއްޗެއް، ކޮންމެ ކަމެއްގައިވެސް ހައްދެއް ހުދޫދެއް އޮންނަން ވާނޭ ބުނާހެން ހައްދު ފަހަނަ އަޅައި ފިއްޔާ އޭގެން ނުކުންނަ ނަތީޖާ ވަރަށް ހިތިވާނެކަން ދެންވެސް ދައްނާތި" ބޮޑުދައިތަ އާބިދާ ޔަށް ނަސޭހަތްދީ ހިތްވަރު ދިނެވެ. އާބިދާވެސް ދެން ކުރިޔަށް އޮތްތަނުގައި އެކަންކަމަށް ވިސްނާނެ ކަމަށް ބުންޏެވެ.

ކޮމެންޓް 0